ބާތިލް ދީންތަށް ގެންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކާއި ދެކޮޅަށް ތެދުވާނެ ކަމަށް ވެރިކަން ކުރާ ޕާޓީ ޕީޕީއެމް އިން ބުނެފިއެވެ.

ކޮންމެ ދިވެހި ރައްޔިތަކު މުސްލިމަކަށްވާން ޖެހޭނެ ކަމަށް ޤާނޫނު އަސާސީގައި އޮތް އޮތުން ބަދަލު ކުރުމަށް، އިދިކޮޅު އިއްތިހާދާއި ގުޅުން ބޮޑު ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދިވެހި ސަރުކާރަށް ހުށަހެޅި ހުށައެޅުމާއި ގުޅިގެން ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބް ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އީޔޫގެ ހުށައެޅުން ޕީޕީއެމް އިން ބަލައި ނުގަންނާނެ ކަމަށެވެ.

"ގ. ކެނޭރީގޭ ނަޝީދު ގެންދަވަނީ 9 ވަނަ ހަސަން ރަސްގެފާނު ކުރެއްވި މަސައްކަތް ކުރަމުން. ނަޝީދުގެ ނަން މިއަދު ދިވެހި ރައްޔިތުން ބަލައިގަންނަންވީ ކެނެރީ އަނދިރިންގެ ގޮތުގައި " އަދުރޭ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ މިއީ ދީނީ އިލްމުވެރިން ފާޅުގައި ތެދުވެ އެއްޗެށް ވިދާޅުވާންވީ ވަގުތު ކަމަށާއި ވަރަށް ދުރު ދުރުން ގޮވަމުން އައި ގޮވެލިފަތި މިވަނީ މިހާރު ހަގީގަތަަކަށް ވެފައި ކަމަށެވެ.

"މިހާރުދެން އިތުރަށް ޝައްކު އުފައްދާނެ ޖާގައެއް ނެތް. "ކެނެރީ އަނދިރިން" އޭނަ އަމިއްލަ ކަންތައްތަކެއް ހާސިލުކުރުމަށް އިސްލާމުދީނުގެ އަދުއްވުންނާއި ބައިވެރިވެގެން މި ކުރައްވާ މަސައްކަތުގެ ތެރޭގައި ދެން ސަލާމަތް ނުވެވޭ ވަރަށް އޮތީ އެމީހުންގެ އަތް ދަށުވެފައި" އަދުރޭ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ މިއީ ސަރުކާރާއި ދެކޮޅަށް ހުށައެޅި ހުށައެޅުމެއް ނޫން ކަމަށާއި މިއީ ސީދާ ރާއްޖޭގެ މި އޮތް އިސްލާމް ދީން ނައްތާލަން ހުށައެޅި ހުށައެޅުމެއް ކަމަށެވެ.

"މި އުޅެނީ ރައީސް ޔާމީން ގޯސްވެގެންނެއް ނޫން. ހުޅަނގުން ބޭނުންވަނީ އެމީހުން ބޭނުންވާ ގޮތަށް މިތަން ބައްޓަން ކުރަން. މީގައި ކުށްވެރި ވަނީ ނަޝީދު އެކަނިއެއް ނޫން. މީގައި އޭނާއަށް ބައިއަތު ހިފައިގެން ތިބި އިދިކޮޅު މީހުންވެސް ކުށްވެރިވޭ" އަދުރޭ ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީގެ ނުވަ ވަނަ މާއްދާއަކީ ދިވެހި ރައްޔިތަކަށް ވެވޭނީ މުސްލިމަކަށް ވެގެން ކަމަށް ބުނާ އިރު އީޔޫއިން ހުށައެޅި ހުށައެޅުމަކީ ސީދާ އިދިކޮޅު ފަރާތްތަކުން އަޑީގައި ތިބެގެން ހުށަހެޅި ހުށަހެޅުމެއް ކަމަށެވެ.

"ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅަކު ގައުމު އިސްލާހު ކުރުމުގެ ނަމުގައި ނިކުމެ ގައުމު ބަދުނާމު ކޮށް ހަމަޖެހުން ނަގާލުމަށް ދަނީ މައްސަކަތް ކުރަމުން. ޑިމޮކުރަސީގެ ނަމުގައި ތަފާތު އެކި އެކި ފަލްސަފާތަށް ގެނެސް، ބަނޑަށް ޖެހި މިދާ ދިޔުން އަޅުގަނޑުމެން ވިސްނާލަން އެބަ ޖެހޭ" ހަލީލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނަންނި

    ކޮބާ އަނާރާ ކޮބާ އިމްރާނު ކޮބާ އަލީޒައިދު

    ކޮބާ އަދާލަުޕާޓީ ކީއްވެ އީޔޫއާ ދެކޮޅަށްއެއްޗެއް

    ނުބުނެ ތިތިބެނީ އަނގަ ނެތީތަ ދީނޭކިޔައިގެން

    ރެޑިޔޯމޯލްދިވްސް އަށް ގޮސް ފާޑުފާޑުގެ ވާހަކަ

    ދައްކައެއްނު.

  2. ޢެލާ

    މުރުތައްދުން ނަށް ޖަގައެއް ނެއް ރައްޔިތުކަމެއްވެސް ނެއް އެކަމަކު ކެނަރީގޭ މުރުތައްދު އެހެރީ ދިވެއްސެއްގެ ގޮތުގަ ގެނެސް ގެން އަނާގާގަ އަނދަގޮޑި ޖަހާފަ ގޮޅީގަ ބާއްވަންވީ ނަސީދު ހީ ނުކުރައްޗެ މިތަނށް އައިސް ހަމޖެހިލާގެންއުޅެވޭނެކަމށް މިގައުމަ އަހަރަމެން ގެ ދީނަށް ދުއްތުރާ ކޮއްފަ

  3. ހަމަ

    ބާތިލް ދީންތަކުގެ މީހުން ކުރާ ކަންތައް ކުރިއަސް ރަގަޅުދޯ މުސްލިމުންނޭ ކިޔާފަ

  4. ލާދީނީ ނަސީދު

    ލާދީނީ މޮޔަ ނަސީދު ޔާމީނު ވަގަސް ކަލެއައްވުރެން ރަނގަޅެއްނު..

  5. މޫސާ

    ހޭވައްލަ ތައްޔާރު! މަވެސް ނުކުންނާނަން.

  6. މޫސާ

    ކޮބާ އެއްކަލަ އަދާލަތު ޕާޓީ؟

  7. މޫސާ

    ކެނެރީގޭ އަނދިރި އަނދިރީން މިރާއްޖެއަށް އެރިޔަ ނުދޭތި.