ޖިންސީ ގޯނާގެ ދެ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ، ދެކުނުގެ ރަށެއްގައި 15 އަހަރުގެ އަންހެން ކުއްޖަކަށް ބިދޭސީއަކު ޖިންސީ ގޯނާ ކުރި މައްސަލާގައި އާއި، އުތުރުގެ ރަށެއްގައި ބިދޭސީއެއް އަންހެނަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، ދެކުނުގެ ރަށެއްގައި 15 އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރި 40 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ. އަދި އެމައްސަލަ ފުލުހަށް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހު ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެ ދުވަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރިއިރު، އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތު ޖަހައިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އުތުރުގެ ރަށެއްގައި ބިދޭސީ ފިރިހެނެއް އެރަށު 53 އަހަރުގެ އަންހެނެއް ދިރިއުޅޭ ގެއަކަށް ވަދެ ޖިންސީ ފުރައްސާރަ ކުރި މައްސަލަ ފުލުހަށް ހުށަހެޅީ އިއްޔެއެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 28 އަހަރުގެ ފިރިހެނެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާމިގިލީ މީހާ

    ސަރުކާރުން އަދިވެސް ބަންގާޅިން ހަމަ އެތެރެ ކުރަނީ. މިހާރު ރާއްޖޭގެ އާބާދީއަށް ވުރެ ބަންގާޅިން ގިނަ ރާއްޖޭގަ. ދެން ސަރުކާރު ހޮވާން ވޯޓް ދޭން ޖެހޭނީ ބަންގާޅިން. މައުމޫނުގެ ކާފަ ދަރިންތައް.

    3
    1