ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެކުއްޖާގެ ކާފައާ މުނިކާފަގެ މައްޗަށް އާއިލާ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއި، ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ކުރުމަށް ނިންމައި، އެ މައްސަލަ ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

މި މައްސަލާގައި ހައްޔަރުކުރި ކުއްޖާގެ ކާފައަކީ 81 އަހަރުގެ މީހެކެވެ. އަދި ކުއްޖާގެ ކާފައަކީ 62 އަހަރުގެ މީހެކެވެ.

މި ދެ މީހުން ހައްޔަރުކުރީ ގއ. ކަނޑުހުޅުދޫ އިން މިދިޔަ މަހުގެ 17ވަނަ ދުވަހުއެވެ. މި މައްސަލާގައި ކުއްޖާގެ ބައްޕަވެސް ވަނީ ހައްޔަރުކޮށްފައެވެ. ކުއްޖާގެ ބައްޕަ ހައްޔަރުކުރީ އިހުމާލުވުމުގެ ކުށުގެ ތުހުމަތުގައެވެ.

މި މައްސަލާގައި އިތުރު ބައެއްގެ އިހުމާލުވާކަމަށް ޕީޖީ އޮފީހުން ވަނީ ވިދާޅުވެފައެވެ. އަދި އެ މީހުންގެ މައްޗަށް ދައުވާ ކުރާނެ ކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

މި މައްސަލައިގައި ފުލުހުން މީގެ ކުރިން ވިދާޅުވީ، ކުއްޖާގެ ކާފައަށް ކުރެވިފައިވަނީ ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކަމަށާއި ކުއްޖާގެ މުނި ކާފައަށް ކުރެވެނީ ޖިންސީ ފުރަައްސާރަ ކުރި ކަމުގެ ތުހުމަތު ކަމަށެވެ. ނަމަވެސް އޭގެ ފަހުން ތަޙްޤީޤަށް ލިބުނު ކުރިއެރުންތަކެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.

އިއްޔެ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ މިމައްސަލައިގައި ބަންދުކޮށްފައިވާ ތިން މީހުންގެ އިތުރުން ވެސް އެކުއްޖާގެ އާއިލާގެ ބައެއް މެންބަރުންގެ މައްޗަށް ދައުވާ އުފުލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކޮރަލް

    ބޮޑެތި މައްސަލަ ތަކުގަ ހުކުމް.ނުކުރެވެނީ އެވެ. ނޫނީ ތަންފީޒް ނުކުރެވެނީ އެވެ.

  2. ބޯކިބާ

    ކުއްޖާގެ ބައްޕަގެ އިހުމާލުވެސް އޮވެދާނެ، އެކަމަކު އޭނާ ދަރި ރޭޕްކުރިކަމަށް ފާޅުގަ ނޫސްތަކުގަޖަހާ އޭނާމަރާށޭކިޔާފަ ސޯޝަލްމީޑިއާގަ ޕޯސްޓްތައްޖެހިމީހުންކޮބާ. ޝަހިންދާގެ ފޮޓޯއެއް ޖެހިމީހާއަށް ދައުވާކުރަނީ، ދޮގު އިލްޒާމު އަޅުވާފަ މީހަކު މަރަންގޮވިއަސް އޯކޭ؟

    6
    1
  3. ނަން

    ޕީޖީ އައް ސާބަސް

  4. އެމަންޖެ

    ތިޔަ ދައުވާއެއް އުފުލަ އުފުލާ ސަރުކާރު ތިބޭނީ ދުނިޔެ ނިމިގެންދާ އިރުވެސް.

  5. Anonymous

    ތިއޮތީ ދައުވާ އުފުލިފަނޫންތޯ؟؟ދެން ހުރިހާކަމެއް ނިމުނީ، މީގެކުރިންވެސް ހެދިގޮތަށް ބޭވަރު ގޮގޮޑިމެން ދޫކޮށްލާ، އެއިރުން އިންތިޚާބުތަކުގައި މިސަރުކާރުކޮޅަށްލެވޭ ވޯޓުގެ އަދަދު ގިނަވާނެ ނޫންތަ؟

    1
    1
  6. Anonymous

    ޖިންސީގޯނާއާއި ޖިންސީ ފުރައްސާރައާއި ދެކަމުގައިވާ ތަފާތަކީ ކޮބައިތޯ ؟؟؟

    11
    1
  7. ބަލާބެ

    ތިޔައީ ވަރަށް ދެރަކަމެއް. އަދި އެހާމެ ހަޑި މުޑު ދާރު ޢަމަލެއް. ތިކުއްޖާގެ ކަފަ އަށާ މުނިކާފަ ތިމާމެންގެ ލެޔާ އިސްލާމީ ހުދޫދުން ބޭރުގައި ކުޅުނު އިރު އެއްވެސް އެއްޗެއް ހިތަކަށް ނަރަނީ ތަ؟ އަދި ތިޔަށް ވުރެ ދުރުން ބޮޑު މީހަކުވެސް ނުވީތަ؟ އަޅުގަނޑުމެން ދުރުތާތިބިމީހުން ތިވާހަކަ އަޅުއިވުިނިމަ ލަދުވެސް ގަނޭ. ކުއްޖާ ގެ ދިފާޢުސައިޑްގައި ތިބިމީހުންކުރި ހަޑިމުޑުދާރު ޢަމަލު ސަރުކާރުން ބަލާ ފަ އެއަށް ޙައްޤު އަދަބު ދޭނެ ކަމަށް އުއްމީދުކުރަން.