ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރު މިއޮތީ ނިދާފައި ކަމަށް ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލައި ޕީޕީއެމް އިން ކޮންމެ ރެޔަކު ބާއްވަމުން ގެންދާ ޖަލްސާގެ ތެރެއިން މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝިޔާމް ވިދާޅުވީ ރާއްޖޭގެ ހުރިހާ ދިމާލަކުން ވެސް ފެންނަމުން ދަނީ ބިރުވެރިކަން ކަމަށާއި ކޮރަޕްޝަނަށް އޮންނާނީ ޒީރޯ ޓޮލަރެންސް ކަމަށް ވިދާޅުވާ ސަރުކާރުން ހިންގަމުން ގެންދަނީ ކޮރަޕްޝަންގެ މާބޮޑެތި އަމަލުތައް.

"މިއަދު ނޫހުން އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ރިޔާސީ ކޮމިޝަނަށް ދައުލަތުން ކުރަމުން ގެންދާ ޚަރަދުގެ ތަފްސީލް ހާމަކުރަން ރައީސް އޮފީހުން ދެކޮޅު ހެދި ޚަބަރު. ނަމަވެސް ވިދާޅުވަނީ މިއީ ދެފުއްފެންނަ ސަރުކާރެއް ކަމަށް. ޤާނޫނުގެ ދަށުން އެމައުލޫމާތު ހޯދަން އެދުނީމަ ވެސް މައުލޫމާތު ދޭން މިވަނީ ދެކޮޅު ހަދާފައި. ރައީސް ޞާލިހްގެ ވެރިކަމުގައި ވާހަކަ ދައްކާގޮތް ވަރަށް ރީތި، ނަމަވެސް ކުރައްވާ ކަންތައްތައް ފެންނަމުން ގެންދަނީ ވަރަށް ގޯސްކޮށް." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރިޔާސީ ކޮމިޝަންތަކުގައި ތިބީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ކިތައް މުވައްޒަފުންކަން ސާފުނުވާ ކަމަށާއި އެތައް މިލިއަން ރުފިޔާއެއް އެކޮމިޝަންތަކަށް ޚަރަދު ކުރަމުން ގެންދާ ކަމަށެވެ.

އަދި ސިޔާސީ ގޮތުން ބޭނުންވާ ވަރަކަށް ބޭނުންވާ ބަޔަކަށް މިސަރުކާރުން ވަޒީފާ ދެމުން އެބަގެންދާ ކަމަށާއި ބޭރުގެ އެމްބަސީތަކުގައި މަސައްކަތް ކުރުމަށް ވެސް އިއުލާން ކުރުމެއް ނެތި ސަރުކާރުގެ މަތީފަޑީގައި ތިއްބެވި ބޭފުޅުންގެ އާއިލާ މެންބަރުންނަށް ވަޒީފާތައް ދެމުން ގެންދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އެކަމަކު ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރެވޭކަށް ނެތް. އިތުރު ގަޑީގެ ފައިސާ ދޭކަށް ބޭނުމެއް ނުވޭ." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވަނީ ފުލުހުންގެ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް ވެސް މިރޭ ފާޑުވިދާޅުވެފައެވެ.

"ފުލުހުންގެ ޤާނޫނަށް ގެންނަން އެއުޅޭ އިސްލާހްތައް ކިޔާލުމުން ބިރުގަނޭ. ފުލުހުންގެ އިދާރާގައި އެތިއްބެވީ އެތައް އަހަރެއް ވަންދެން ޚިދުމަތް ކުރުމުގައި ތިއްބެވި ބޭފުޅުން. މިހާރު އެގެންނަ ޤާނޫނު ގެނައިމަ މިހައި ދުވަސް ވަންދެން ފުލުހުން އަމަލު ކުރަމުން އަންނަ ހަރުދަނާ އުސޫލުތައް ނެތިގެން ދާނެ. މުޅި މުއައްސަސާ ސިޔާސީ ވެގެންދާނެ. ކިތަންމެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅަކު ނަމަވެސް ކޮމިޝަނަރު ބޭނުން ވުމުން ވަޒީފާ އިން ވަކިކޮށްލާނެ." ޝިޔާމް ވިދާޅުވިއެވެ.

ވިޔަފާރީގެ ވާދަވެރިކަން އުފައްދަން ސަރުކާރުން މަޖިލީހަށް ބިލަށް ހުށަހެޅުމަށް ފަހު ދިރާގާއި އުރީދޫގެ ވާހަކަ ދައްކަނީ ވެސް މުއާސަލާތީ ޚިދުމަތް ދިނުމަށްއިންޑިއާގެ ރިލިއަންސް ކުންފުނި ރާއްޖެ ގެންނަން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ހުރިހާ މައުލޫމާތެއް އިންޑިއާއަށް އެބައެނގޭ. މިގައުމުގެ ކަނޑުގެ އަޑިއަށް ދާންދެން މިވަނީ އެމީހުންނަށް ދީފައި. ހައިޑްރޮގްރަފީ އެގްރިމެންޓަކީ ނުރައްކާތެރި އެގްރިމެންޓެއް. ދުވަހެއް ދުވަހަކަށް އަޅުގަނޑުމެން މިދަނީ އަޅުވެތިކަމަށް." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ހުރިހާ ގޮތަކުން ވެސް ގައުމު މިދަނީ އަނދިރިކަމާއި ދިމާއަށް ކަމަށައި އުމްރާނީ ގޮތުން އެއްކަމެއް ވެސް ނުކުރެވިގެން އުޅޭއިރު ދީނީ ކަންކަމަށް ވަމުންދާ ގޮތް ވެސް ފެންނަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ކިނބޫ

  ޝިޔާމަށްވެސް ވާނުވާ ނޭނގެނީ ނިދާފައެއް ނޫން ވާބަލި ޖެހި ތަންމަތި އަރާފަ އޮތީ.

  29
  18
 2. ވަރަށް ވާހަކަ

  ކޮވިޑް19 ވަބާ އެޖެންޑާ19 މީ ފަހުގެ ތާރީހުގާ ގައުމެއް ހަލާކުވެވެ އިގްތިސޯދް އިނދަ ޖެހުމުގެ ވަބާ އެޖެންޑާ 19 އިން މިގަްުމު ސަލާމަތް ދިވެހި ރައްޔިތުން ނިކުމެ މި މުސީބާތުން ސަލާމަތް ނުކޮށްފިޔާ މިގައުމު ކުރިޔަށް އޮތް 3 މަސްތެރޭ އިންޑިޔާގެ އަޅުވެތިކަމާ ލާދީނީ ޔަހޫދީންކައިރިން ސަލާން ަހޭ ހިސާބަށްބަށް މިގައު އިނދަޖެހޭނެ

  23
 3. ވަރަށް

  ކޮވިޑް19 ވަބާ އެޖެންޑާ19 މީ ފަހުގެ ތާރީހުގާ ގައުމެއް ހަލާކުވެވެ އިގްތިސޯދް އިނދަ ޖެހުމުގެ ވަބާ އެޖެންޑާ 19 އިން މިގަްުމު ސަލާމަތް ދިވެހި ރައްޔިތުން ނިކުމެ މި މުސީބާތުން ސަލާމަތް ނުކޮށްފިޔާ މިގައުމު ކުރިޔަށް އޮތް 3 މަސްތެރޭ އިންޑިޔާގެ އަޅުވެތިކަމާ ލާދީނީ ޔަހޫދީންކައިރިން ސަލާން ަހޭ ހިސާބަށްބަށް މިގައު އިނދަޖެހޭނެ

  15
 4. މދއއބ

  މީ ސަރުކާރެއްތަ

  25
  2
 5. އަހުމަދު

  ވަރައްވާހަކަ. ތިބުނީ ވަރައްބޮޑުތެދެއް މި ގައުމު ގެ އެޖެންޑާ 19ޔާ މުޅި ދުނިޔެއައް ޖެހި ގެންމިއުޅޭ ކޮވިޑް19 މިމުސީބާތާ ވަރައް ގުޅިއްޖެ

 6. ވަތަނީ

  ވަރަށް އަވަހަށް މިސަރުކާރު ބަދަލުވާން އެބަޖެހެއެވެ ކަރަޕްޝަނާއި ވައްކަން އިތުރުވުމާއި ގައުމީ މަސްލަހަތަށް
  ލޮޅުން އަރާފަދަ ކަންކަންމިދަނީ ތަކުރާރުވަމުންނެވެ މިކަން
  ކަމުގެ ހިތި ނަތީޖާ ދިވެހިންނަށް މިވަނީ ފެންނަން ފަށާފައެވެ މޑޕ ވެރިކަމުގައި ހުރެގެން ހިންގާ ޖަރީމާތަކަކީ
  ވަރަށްބޮޑަށް ރޭވިގެން، އޭނާއަށް ފަސޭހައިން ބޯދަމައިގަނެވޭ
  ގޮތަށް ހިންގާ ބިޔަ ވައްކަންތަކެކެވެ މަ ވައްކަން ކުރި ނަމަވެސް އެހެންމީހަކު ޒިއްމާވާން އެބަހުރިކަން އޭނާ ދަނެއެވެ. ރާއްޖެ މިދަނީ ފުން އަނދަވަޅކާއި ދިމާއަށެވެ
  މިކަމުން ސަލާމަތްވާން ރައްޔިތުން އެކީ އެކައްޗަކަށް ތެދުވަން ވީވަގުތު އަތުވެއްޖެއެވެ.

 7. Anonymous

  ސާބަހޭ ކޮއިފުޅާ އެމްޕީ ޝިޔާމް ތިކުރާ ހިތްވަރަށް، އިދިކޮޅުގައި މެމްބަރުން މަދުނަމަވެސް ކޮއިފުޅުގެ ތިޔަހިތްވަރުން މަޖިލީހުގެދެންތިބި ހުރިހާ މެމްބަރުންނަށްވުރެވެސް އަރާހުރީ، ރައްޔިތުންގެ ހައްޤުގައި ހާމަކުރަމުންދާ ޝުޢޫރުގައި އޮށްޓަރު އެބަހުރި، ސުވާލަކީ އަރަމުންއައި ކުރިއެރުން ހުއްޓި މިސަރުކާރު ނިދިފައިވާއިރު ހަމަ އަހަރުމެން ރައްޔިތުން މިގޮތަށް ހަނުބެންވީތޯއޭ؟؟ކެތްމަދުވެފަމިތިބީ އެގިއްޖެތަ؟؟ ގައުމަށް ހެޔޮއެދޭހާ ރައްޔިތުން މަގުމަތްޗަށް ނިކުމެ ގައުމުގެ ދިފާއުގައި އަޑުއުފުލާ މަސައްކަތްކުރަންވެއްޖެ. މިގައިމު އިންޑިޔާގެ ވަކިތަކުގެ ދަށުގައިވެ ނިމިއްޖެ، ޢެއާޕޯޓްފަދަ ރައްޔިތުންގެ އެސެޓްތަކާއި ކުޅެމުންދަނީ ތިމަންނަމެންގެ އަމިއްލަ މުދާތަކެއްގޮތަށް، ފާއިތުވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން ގެރިމޯދީއަތުން އަގުހޯދައިގެން އެ ދަރަނި އަދާކުރަނީ ގައުމާއި ރައްޔިތުން ގުރުބާންކޮށްގެން، މީ މިވަރުގެ އަމިއްލައެދުންބޮޑު ނުބައި ސަރުކާރެއް.

 8. ޔާމިން

  މީ ސަރުކާރެއްނޫން މީ ނުރައްކާތެރި ވައިރަހެއް އެޖެންޑާ19 ސަމާލުވޭ.

 9. Anonymous

  އެންމެފުރަތަމައަށް ކުރަންވީކަމަކީ ރައީސަކަށް އިންތިޚާބުވާ މީހެއްގެ ހުންނަންޖެހޭ ޝަރުޠުތައް ގާނޫނެއްގައިކަޑައެޅުން (ަތައުލީމީފެންވަރާއި ތަޖުރިބާ ހިމަނައި) އެއްމެދަށްވެގެން މާސްޓާސް ހޯލްޑަރ އަކަށް ވާނޖެހޭނެ، ޕިޔޯނެއްގެ ވަޒީފާއަށްވެސް ކުރިމަތިލެވޭނެ ތަޢުލީމީ ޝަރުޠުތައް ކަނޑައަޅާފަިވާއިރު ގައުމާއި ރައްޔިތުންގެ ހެޑަކަށް ހޮވާފައިވާ ބޭފުޅާގެ ކިބައިގައި ޢެއްވެސް ޢިލްމެއް ޙިލްމެއް ގާބިލުކަމެއްނެތީމަ އެފަދަ ރައީސާއި ގައުމު އޮންނާނީ އަބަދުމެ ނިދާފައި، އެއްވެސް އޮތްޓަރެއް ނެތްއިރުވެސް ރ.ސެލްފީ އިބޫމެން އަމިއްލައެދުން އެހާމެބޮޑުކަން ފެންނަނީ،

 10. އަލްޖިބްރާ

  ކަލޭމެން ވެރިކަމުގައި ހޭލާތިބެގެން ކުރި ވައްކަންތަކުގެ ވާހަކަ ދައްކަން ނުކެރުނީތަ ؟ ލަދުކޮބާ ؟

  2
  7
  • Anonymous

   އިސާ ހިތަކު ގޮ ހޮރު ފޫ އެޅިދާނެ.