ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން އަށް ބޭނުންވާ ޕޯސްޓަރު ހަރު ކުރުމަށް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބޮޑު ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

އެމްޑީޕީން ބުނެފައިވަނީ 15 ފެބްރުވަރީ 2020 (ހޮނިހިރު) ދުވަހު މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ މިހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ އެދުވަހުގެ ހެނދުނު ކަމަށެވެ. މާލޭގައި މިހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ އެމް.ޑީ.ޕީ މައި ހަރުގެއިން ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމް.ޑީ.ޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ބައިވެރިވާ މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ 9:15 ގައި ދެ ރައީސުން ބައިވެރިވެވަޑައިގަންނަވާ ހެނދުނުގެ ސަޔާއި އެކުގައި ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

އޭގެ ފަހުން ދެ ރައީސުން އެމް.ޑީ.ޕީ ހަރުގޭގައި ޕޯސްޓަރ ކުރެހުން ފައްޓަވައިދެއްވާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. އަދި މާލޭގެ އެކި ސަރަހައްދުގައި ޕޯސްޓަރ ހަރުކުރުން 10:00ގައި ފައްޓަވާދެއްވުމާއި އެކީގައި މުޅިރާއްޖޭގައި މިހަރަކާތް އެއްފަހަރާ ކުރިޔަށް ގެންދާނެ ކަން ވަނީ އިއުލާނު ކޮށްފައެވެ.

އެޕާޓީން ބުނެފައިވަނީ މުޅި ރާއްޖޭގައި އެކީ އެއްފަހަރާ ހިންގުމަށް ހަމަޖެހިފައިވާ މިހަރަކާތް މެންދުރު 12:00 އިން 2:00އަށް މެދުކަނޑާލުމަށްފަހު، މެންދުރު 2:00 އިން އިރުއޮއްސި 6:00އަށް ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް ކުރިޔަށް ގެންދާނީ ރާއްޖޭގެ ރަށްތަކުގެ އިތުރުން ވިލިމާލެ އަދި ހުޅުމާލޭގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    ތީ ވެސް ހަމަ ރައްޔިތުންގެ ފައިސާއިން ކުރާކަމެއް.

    53
  2. ޔާމިން

    ނަޝީދު މޫނުގަ އިބޫގެ ޕޯސްޓަރު ހަރުކޮށްބަލަ.

    20
  3. ޙަނަ

    ޚަރަދު ކުޑަކުރުން؟ މުސާރަ ބޮޑުކޮށް، އޯޓީ ދޭންވީމަ ޚަރަދު ކުޑަކުރަން ޖެހެނީ؟ ސިޔާސީ ކަންތަކުގަ އަދި ބޭންންވާ ބަޔަކަށް ވަޒީފާދީ މުސާރަ ބޮޑުކުރާއިރު "އޯކޭ"
    މިނިމަމް ވޭޖް ވެސް ވަކި ބަޔަކަށް.. ކުރިން ބުނި މުޅި ރާއްޖޭގެ އެންމްވެސް ހިމެނޭނޭ.. ތަރައްޤީއަށް ކުރާ ކަމެއް ނުފެނޭ. އެއްކަމެއްވެސް ނުފެނޭ ޕާޓީ މީހުންނަށް ކޮށްދޭ ކަންތައް ފިޔަވާ.. ހީކުރީ ވަރަށް ރަނގަޅު ސަރުކާރަކަށް ވާނެކަމަށް..

    15
  4. އެލްން ބުރޯ

    ކޮންމެ އެއްޗެއް ހަރުކުރިޔަސް އިންޝާﷲ އެމްޑިޕީ ބަލިވާނެ ފަހަރެއް މިފަހަރަކީ.

    18
    1
  5. ޢެލެކުސް

    ޑްރާމާ ގުރޫޕް، ރަތްޔިތުންނައް ފައިދާހުރި އެއްކަމެއްވެސް ނުކުރަނީއޭ، ކަލޭ ކިތަންމެ ޕޯސްޓަރެއް ހަރުކުރިޔަސް ކަލޭމެން ނޮހޮވޭ އިންސާފުވެރި އިންތިހާބަކުން، ފެއިލިޔާސް

    19
  6. އެސޮރު

    ކަލޭމެން ހަރުކުރޭ މިސޮރު ހުންނާނަން ތިޔަ ނޮޅާ ކައި ހުސްކުރަން.

  7. ބުއްޅަބޭ

    މީޙަގީގީ ގައުމައްގައްދާރުވުމަކީ ގައުމުގެ އެސެޓްތައް ނުއަގުގައި ބޭރުމީހުންނައްދީފައި ސަރުކާރައް ރުފިޔާ ހޯދަން އެސެޓަކައް މިހަދަނީ ރައްޔަތުން ރައްޔަތުން ކުރާބުރަމަސައް ކަތުން ހޯދާ ރުފިޔާކޮޅު އެކިއެކި ޓެކްސްގެ ނަމުގައި ނަގައިގެން މުސާރަޔާ އިނާޔަތާ ނަންގަވައިގެން އަރާމްގަ މިބޭފުޅުން މިއުޅުއްވަނީ ހަމަ މީހަކު އެއްޗެއް ބުނާއިރައް ވޭތިވެދިޔަ ސަރުކާރުގެ ބޮލުގައި އަޅުވާފައި ރެކެން ވެގެން މިއުޅެނީ ބަލަ މީ 40 ގެ ނޫނީ 30ގެ އަހަރުތަކެއްނޫނޭ މިގައުމުގެ

  8. ނައްޓަނީ

    ތިޔަ އެއްޗެހި ހިއްޕާ ގޮތަށް ނައްޓަންވެސް ނިކުންނާތި. ތަންތަނުގެ ފާރުތައް ހަޑިކޮށްލާފަ ސާފުކުރާކަށް ނޭނގޭ. ޕްރައިމަރީއަށް ހަރުކުރިތަކެތިވެސް އެހުރީ ނުނައްޓާ.