މާލޭގެ މިސްކިތަކަށް ރޭ ފަތިސް ނަމާދު ކުރަން އެރި މީހަކު ގަމަތް ދިން އިރުންސުރެ އެހެން މީހުން ނަމާދުކޮށް ނިމެންދެން ސަޖިދައަށް ގޮސް ނުތެދުވުމުންް ބެލިއިރު އޭނާ ހުރީ މަސްތުވެގެން ކަމަށް ފާހަގަ ކުރެވިގެން ފުލުހުން އޭނާ ހައްޔަރުކޮށްފިއެވެ.
މިހާދިސާ ހިނގި މިސްކިތައް ނަމާދަށް ދިޔަ މީހަކު ކުރި ޓްވީޓެއްގައި ބުނީ ފަތިސް ނަމާދަށް ޤަމަތް ދިން ވަގުތު ސަޖިދައިގައި ނުތެދުވެ ޒުވާނަކު އޮތުމުން މުދިންބެ އިޝާރާތަކަށް އެޒުވާނާއަށް މީހަކު ގޮވި ކަމަށެވެ. އެ މަސްތުގެ ހާލަތުގައި އޮތް ޒުވާނާގެ ތެދުވެފައި އަނބުރާ އަނެއްކާވެސް އޮށޯއްނީކަމަށް ފަތިސް ނަމާދަށް ފަހު ފުލުހުނަށް އެޒުވާނާ ގެންދިޔަ ކަމަށް ވެސް އޭނާ ބުންޏެވެ.
ފަތިސް ނަމާދަށް ޤަމަތް ދިން ވަގުތު ސަޖިދައިގައި ނުތެދުވެ އޮތް ޒުވާނެކެވެ. މުދިންބެ އިޝާރާތަކަށް އެޒުވާނާއަށް މީހަކު ގޮވި އެވެ. އެ މަސްތުގެ ހާލަތުގައި އޮތް ޒުވާނާގެ ޖަވާބަކަށްވީ ތެދުވެފައި އަބުރާ އޮށޯތުމެވެ.
ފަތިސް ނަމާދަށް ފަހު ފުލުހުނަށް އެޒުވާނާ ގެންދިޔައީ އެވެ.#abeedhmv pic.twitter.com/D4m2tEarwj
— Abdulla Abeedh (@abeedhmv) February 14, 2020
މިހާދިސާ ހިނގާފައި ވަނީ ޔޫސުލް އަލް ބަރްބަރީ މިސްކިތުގައެވެ. މިއީ މަޖީދީ މަގު އަގޯރާ ކައިރީ ހުންނަ މިސްކިތެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެެއެވެ.
ފަހަކަށް އައިސް މާލޭގެ މަގުމަތީގައި މަސްތުވެގެން ޒުވާނުން ބިއްޖެހިފައި ތިބޭ މަންޒަރު ވަރަށް އާއްމުކޮށް ފެނެއެވެ.
ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މަސްތުވެގެން ބިއްޖެހިފައި ތިބޭ މީހުން ގިނަ ވެފައި ވަނީ ގިނަ އަދަދެއްގެ ކުށްވެރިން ޖަލުން ނެރެ މުޖުތަމަޢަށް ދޫކޮށްލާފައި ވާތީއެވެ.
ާއެޖެންޑާ19ހޯދަނީ ބިމުގަ ލޯޖަހައިގެން
24 ގަޑިއިރު ކޮންމެހެން ނުޖެހޭ ހަމައިގަ ހުންނާކަން. ބޮވޭނެ ބޮވެން ވާނެ( ބަގުރާ) އަދި ބިރަކާއި ނުލާ މަޖާވެސް ކުރެވޭނެ،( ޕާޓީ ކުރުމާއި ޒިނޭކުރުން) އެމްޑިޕީގެ ރައީސް ނަޝީދު ވިދާޅުވީ.
ކީކޭ ބުނާނީ، ތިކަމާ ވަރައް އުފާވާނެ، ބިއްބިތަށް ޚާއްސަކޮށް ޒުވާނުން ޖެހިޖެހި ތިބުމަކީ ވަރަށް އުފާކުރާނެ ކަމެށް
އެޖެންޑާ19 ތަފާތުވާނެ.
ތަޤްވާވެރިކަމުގެ މިސާލެއް
ސަޖިދައިގާ އޮއްވައި އަދި ކިރިޔާ މީހަކު އެ ހައްޔަރު ކުރީ....
ސިޔާސީމީހުންގެ ދުލައް ވަރަށް ފަސޭހަ ބަހެއް އެއީ "ސަޖިދައިގާ އޮއްވަތަ ގެންދިޔައީ"
ތިމަންޒަރު ފެނުނީމަ އެންމެއުފާވާނީ ބުއްޅަބެއާއި ބުއްޅަހޮއްކޮ ދެން ޝަހިންދާއާއި އެމްޑީއެން ހަމީދު
ޢެ ޒުވާނާ އެ ވަބާއިން ސަލާމަތް ވާން އެ މަސައްކަތް ކުރީ އެކަމުން ސަލާމަތް ވޭތޯ ދުއާކުރަން. ޢިރާދަ ކުރެއްވިއްޔާމުން އެ ޒުވާނާ އެކަމުން ސަލާމަތް ކުރައްވާންދޭވެ
މިޔަކު އަންނި ބޭނުންވާ ގޮތަކީ.
ޖަޒީރާ ދިރިއުޅުން.
ދިވެހި އެންމެ ޒުވާނަކު ތިއެރީ ފަތިސް ނަމާދަށް މިސްކިތަށް. އޭނަ ހުރީ މަސްތުގަ. ދެންތިބީ ހުސް ބިދޭސިންް. ސިޔާސީ ކަންކަމުގަ ދީނޭ ކިޔާ ކުދިންކޮޅު ވެސް ގައިމު ފަތިސް ނަމާދަށް ހޭލާނަމަ..
ނިދި އަންނަ ވަރުން ސަޖިދައިން ނުތެދުވާން އޮތީ..
އަބަދު ހަމައިގައި ތިބޭކަށް ނުޖެހޭ ދޯ އަންނީ...
ކަލޭމެންނަށް ވެރިކަން ލިބުނީމަ މިފަދަ ކަންކަން އާއްމުކޮށް ހުޅުވާލީ ދޯ އަންނި އެމްޑީޕީ.. ބޮޑު ވަބާއެއްމީ.. އަންނިއާ މަސްތުވާ އެއްޗެހި...
މީ އޭޖެންޑާ 19 ހޯދާ މީހެއް ނޫން.. މީވެސް މިގައުމުގަ ވެރިކަން ކުރި މީހަކު ރައްޔިތުންނަށް ގެނެސްދިން ތަރައްގީ..
އެސޮރު ބުނާނެދޯ ފުލުހުން ތިމަންނާ ހައްޔަރުކުރީ މިސްކިތުގައި ސަޖިދައަށް އޮއްވައޭ! ކެކެކެކެކެކެ
ހަމަ ހޭގައި ތިބޭ ގިނަ މީހުނަށް މިސްކިތްވެސް ނުފެނޭ
ކޮވިޑް 19 އާއި އެޖެންޑާ 19 ވީމަ ވާގޮތްތީ މިމުސީބާތުން ސަލާމަތްވޭތޯ ތާއަބަދު އަޑުހަރުކޮށް ކިޔަވާ ނަމާދުތްކުގެ ފަހުރަކުއަތުގަ ﷲ ދުއާކޮށް މިމުސީބާތުން މިގައުމާއި އިސްލާމްދީން ރައްކާތެރި ކޮށްދެއްވާ މި 2 ފަނާކުރަނިފި ދެ މުސީބާތުން ސަލާވޭ ﷲގެ ކުޅަދުންވަންތަވެރިކަމުން މިހާރު މިތަން ހަލާކުރަމުން މިގެންދާ އިސްލާމްދީނުގެ އަދުއްވުންގެ ކިބއިން މިގަައުމު ސަލާމަތް ކުރައްވާން ދޭވެ އެބާމީހުން ގަފަދަ ފަދަ ކޯފާއަކުން ބަލިކުރައްވާ މިގައުމުން ބޭރު ކުރައްވާފާން ދޭވެވެ.އާމީން އާމީން
އެންމެފަހުން މިސްކިތް ތަކަށް ވެސް އެރީ....
ތީ ދައުލަތަށް ބަދަލު އަރާފާ ތިބޭ ބައެއް ގެންގޮސް ރަނގަޅަށް ކާންދީފަ ދޫކޮށްލާނެ
24 ގަޑިއިރު ކޮންމެހެން ނުޖެހޭ ހަމައިގަ ހުންނާކަން. ބޮވޭނެ ބޮވެން ވާނެ( ބަގުރާ) އަދި ބިރަކާއި ނުލާ މަޖާވެސް ކުރެވޭނެ،( ޕާޓީ ކުރުމާއި ޒިނޭކުރުން) އެމްޑިޕީގެ ރައީސް ނަޝީދު ވިދާޅުވީ.
ހަބަރު ތައް ލިޔާއިރު ވެސް ދިވެހިން ކިޔާލަން ފަސޭހައިން ލިޔެލުން ރަނގަލު. ތެދެއް މިހާތަނަން އެއްމެ ގިނައިން ކިޔާލެވޭ ނޫހަކީ (ވަގުތު). މި ސުރުހީވެސް ކިޔާލަންވެގެން ހުލުވާ ކިޔާލަމުން ގެންދާއިރު އެއްމެ ކުށަކަށްވުރެ ގިނަ ކުއްފެނުނު. އެފަދަ ކަމެއްވެސް ހިނގާފާނެ
ތި މީހަކު ތި އޮތީ ސަޖިދައިގައޭ ނުބުނެ އޮށޯވެގެންނޭ އޮތީ ބުނިނަމަ.
ފަހަކަށްއައިހޭ ބިތްޖެހިފަ ތިބޭތަން ފެންނަނީ.އަބަދުވެސް ތިޔަބައިވަރު ބިތްޖެހިފަ ތިބޭތަން ފެނޭ.