ކ. މާފުށީގައި ހުރި ގުދަނެއްގައި ރޯވެ އަނދާ ހުލިވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މިހާދިސާގެ ރިޕޯޓް ސިފައިންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 09:12 ގައި ކަމަށެވެ.

އަލިފާން ނިއްވުމުގައި ސިފައިންނާއި ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނާއި ބައެއް އާއްމުން ވެސް ބައިވެރިވިއެވެ.

މި ކުދަނަކީ މާފުށީ ކުޑަކުދިންގެ މަރުކަޒު ކުރިން ހިންގި ސަރަހައްދުގައި ހުރި ގުދަނެވެ. އެމަރުކަޒު މީގެ ދެއަހަރު ކުރިން ވަނީ ބަންދުކޮށްފައެވެ. ނަމަވެސް އެތަނުގެ ހުރިހާ މުވައްޒަފުން ވަޒީފާ އިން ވަކިކުރީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުއެވެ.

"ވަގުތު" އަށް މައުލޫމާތު ދިން ބައެއް މީހުން ބުނި ގޮތުގައި ގުދަނުގައި ބަޔަކު ގަސްދުގައި ރޯކޮށްލީ ކަމަށް ބެލެވެއެވެ.

އެގުދަނަކީ މީގެ ކުރިން ވަރަށް ގިނަ މުދާ ހުރި ގުދަނެއް ކަމަށާއި ނަމަވެސް މަރުކަޒު ބަންދުކޮށް އެތަން ބަލަހައްޓަން ތިބި މުވައްޒަފުންތަށް ވަކިކުރި ފަހުން އެކި ފަރާތްތަކުން އެތަނުގައި ހުރި މުދާތައް ގެންގޮސް ގުދަން ހުރީ ވަރަށް ބޮޑަށް ހުސްކޮށްލާފައި ކަމަށް މާފުށިން މައުލޫމާތު ދިން މީހުން ބުންޏެވެ.

"އެތަނުގައި ހުރި މުދާތައް ވަގަށް ނެގުމަށްފަހު ޒިންމާ ނުވާން ވެގެން ކުރި ކަމެއް ކަމަށް ގަބޫލު ކުރެވެނީ." މާފުށިން މައުލޫމާތު ދިން މީހަކު ބުންޏެވެ.

ގުދަނުގައި އަލިފާން ރޯވި ސަބަބާއި ގުޅޭގޮތުން އަދި މިހާތަނަށް އެއްވެސް ރަސްމީ އިދާރާއެއްގެ ބަހެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ސަޅިބެ

  އެއީ ގުދަނެއް ނޫން. އެއީ ކުރީގެ އިސްލާހިއްޔާ. އެތާ ހުރިހާ މުވައްޒަފުން ކަނޑާލާފައި އެތާހުރި މުދާތައް ބަހާ ހުސްކޮށް ދެން ރޯކޮށްލީއެ. މިހާރު ނޭންގޭނު އެތަނުން ނެގީ ކޯއްޗެއްކަމެއް. މިހާރުވެސް އެތަން މިސަރުކާރުގެ ގާތްމީހުންގެ މުދާތައް ރައްކާކުރަން ބޭނުން ކުރަމުން އެދަނީ

  18
 2. ވީރު

  މާފުށީ އިސްލާހިއްޔާގެ ގުދަނުގައި ރޯވި އަލިފާން ގަޑު ނިއްވުމުގައި ކަރެކްޝަންގެ އޮފިސަރުން ކުރި ބުރަމަސައްކަތަށް އައްސެރިބަހާ ސާބަސް...👏🏾👏🏾👏🏾

  17
  3
 3. މިއަދު

  މިސަރުކާރުގެ އިސްފަޑީގެ ބައެއްމީހުންގެމުދާ އެތަނުގައި ހުރިކަމަށްވާނަމަ ތިއަށް ވ ބޮޑުޢަދަދުން ބަދަލުދޭންޖެހޭނެ ނޫމަޑިއާއި ކައިރިކުރާޢަދަދަކުން

 4. ކާކީ

  ޒީރޯ ތޮލަރެންސް ގެ ދަށުން ހިގި ކަމެއް!

 5. އާދިލް ސަލީމް

  ގުދަން ދޮވެލާފަ މަތި އަޅަން ރޯކޮށްލީ. މިކަން އެނގޭނެ އުސްމާނަށް