ބޮޑާކަމާއި ކިބުރުވެރިކަން އިސްކޮށްގެން ތިއްބާ ބޮޑު އެއްޗެއް އަތުން ބީވެގެންދާ ކަމުގެ އިންޒާރު މާލޭ މޭޔަރު ޝިފާ މުހައްމަދު ދެއްވައިފިއެވެ.

މޭޔަރު ޝިފާ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ބޮޑާކަމާއި ކިބުރުވެރިކަން އިސްކޮށްގެން ތިއްބާ މިޔޮއް އަތުން ބީވެގެން ދަނީ ހީވެސްނުކުރާވަރުގެ ބޮޑު އެއްޗެއް" ކަމަށެވެ.

ޝިފާ ވިދާޅުވި "ބޮޑު އެއްޗަކީ" ކޮބައި ކަމެއް އޭނާ ސާފުކޮށެއް ނުދެއްވައެވެ.

ބައެއް މީހުން ވަނީ ޝިފާ އިޝާރާތް ކުރައްވާފައި އެވަނީ ކައުންސިލް އިންތިޚާބަށްތޯ ނުވަތަ ވެރިކަމަށްތޯ ސުވާލު ކުރައްވާފައެވެ.

މާލޭގެ މޭޔަރު ކަމަށް އިތުރު ދައުރަކަށް ކުރިމަތިލައްވަން ނިންމަވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވި ނަމަވެސް ޝިފާ ވަނީ ޕްރައިމަރީ އިން ބަލިވެފައެވެ.

"ބޮޑު އެއްޗެއް" އަތުން ބީވެގެންދާ ކަމުގެ އިންޒާރު ޝިފާ ދެއްވިއިރު ސަރުކާރަށް އެދެވޭ ނަތީޖާތަކެއް ނުނެރެވޭތީ ކައުންސިލް އިންތިޚާބު ނާކަމިޔާބު ވެދާނެ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

އަދި ޓީއެމްއޭ އަށް ސީޕްލޭން ޓާމިނަލް ދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ސަރުކާރުން ތާއިދު ކުރާތީ ފާއިތުވި ދެދުވަހު އެމްޑީޕީގެ ބައެއް މެންބަރުން ވެސް ގެންދަނީ ސަރުކާރަށާއި ނަޝީދަށް ފާޑުކިޔަމުންނެވެ.

ބައެއް ފަރާތްތަކުން ވަނީ ޖީއެމްއާރަށް އެއާޕޯޓް ދިނުމުން ކުރީފަހަރު ވެސް އެމްޑީޕީގެ ވެރިކަން ވެއްޓުނީ ކަމަށާއި މިފަހަރު ވެސް އެފަދަ ގޮތެއް މެދުވެދާނެ ކަމުގެ އިންޒާރު ދެމުންނެވެ. އަދި ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް އޮންނާނެ ކަމަށް ބުނާ ސަރުކާރުން އެމަންޒަރު އަމަލުން ދައްކަމުން ނުގެންދާ ކަމަށް ވެސް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އިބޫ

    2012 ފެބްރުއަރީ ގައިވެސް މީހަކު ހަމަ ތިހެން ކޮސްގޮވި. ތަފާތަކީ އޭރު ކޮސް ގޮވި މީހާގެ އަތުން އާރާއި ބާރު ގެއްލިގެން ދިއުން. ކަމަނާ ވެއްޖެ އާމުން ތިޔަ އުޅުއްވަނީ ޓާރމް ހަމަވާތީ ޓޮލަރޭޓް ނުވެގެން. ބޮޑު އެއްޗެއް ބީވާކަށް ނޫޅޭ. ބީވެ ނިމިއްޖެ.

    25
    1
  2. އައިޝ

    ފެއިލްވި ދައިތަ އެބުނާއެއްޗަކީ ވެރިކަން ބީވެގެން ގޮސްފިނަމަ ދުވަހަކު ވެސްނުލިބޭނެވާހަކަ ހުވެނެއްގައިވެސް އެދައިތަ އެބުނީހަމަ ދެދަށް ބީވެގެން ދިޔަނުދީއެއް ވެސް ނުހިފެހެއްޓޭނެދައިތާ ހުރިހާވެސް ބާރަކީﷲ އޮތުމޮޅުކޮންމެވެރިކަމަކަށްމަތިންދެއްވާނެގަދަބާރޭއަތުންއުރެދިއްޖެނަމަ އެކަމަށްރަތުންދެއްވާނެއިންޒާރޭ އެހެންވީމާ ދެންކިނެއްތޯ ހިފަހައްޓާނީ އެދައިތަ މިފަހަރު އެބުނީހަމަ ތެދެއް ދައިތަ ބުއްޏަސް ތެދެއްވާނީ ހަމަތެދަކަށް ނޫންތޯ

    23
    1
  3. ރައްޔިތުމީހާ

    މި ވެރިކަން އައިފަހުން ރައްޔިތުންނަށް ދޮގުހެދުމައި އޮޅުވާލުމާއި ކޮރަޕްޝަން އިންތިހާއަށް ގޮސް ރޯމާދުވާލު މަގުމަތީގައި މަސްތުވުމައި ޒިނޭކުރުމާއި ދީނަށް ފުރައްސާރަ ކުރުން އިތުރުވެގެން ގޮސްފައި ވާތީ ރައްޔިތުން މިފަހަރު ބޮޑު ތަނުން އެމްޑިޕީއަށް ނޫނެކޭ ބުނާނެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުން އެމްޑިޕީ ބަލިކޮށް އޭގެފަހުން ބައިބަޔަށް އެމްޑިޕީ ކުދިކުދިވެ ސަރުކާރުން އަމިއްލައަށް އިސްތިއުފާ ދޭނެ ﷲ ގެ އިރާދަފުޅުން.

    39
  4. ހުސޭނުބޭ

    އާނ! ޗަކޮއި ތިއީ ރަންގަނޑެއް!........... ރަނެއްވެސްނޫން..... ދުރަންގަނޑެއް! ބޮޑު ބޮލުގައި ރިހުމެއް! ނެތިއްޔާ ހާސް ރަގަޅު! މޮޅު ވާހަކަދައްކާނެކަމެއްނެތް!

    23
  5. މާމީ

    ހާދަދެރަވެފަ؟ މޭޔަރު ކަންގެއްލިދާނެތީ ތިޔަދެރަވަނީ ބަލަ ކިހާދުވަހެއް މިވީ ދަތުރުވެރިންގެ މާރުކޭޓު ބަންދުކޮއްފަ ހުންނަތާ އެއީ ތިބޭފުޅުންގެ ނާގާބިލުކަން. މީހަގީގަތަކީ ދެން ދެރަވާނެކަމެއްނެއް

    30
  6. ހައިން

    އެޖެންޑާ 19ގައި ލިބޭނެ ގަނޑުކޮށް އެއީ ޑިސްކޯތަކާ ޑާނސްކުރުމާ 24 ހަމާން ކެޓުން މިކަން ކަން ގެއްލިދާ ވާހަކަ މިގައުމު މިމުސީބާތުންސަލާމަތް ކުރއްވާން ދޭވެ މިބައިގަނޑު ތިތަނުން ފައްސާ ބޭރު ކުރައްވާފާންދޭވެ މުޅިގައުމު ހަލާކުކޮށް މުޖްތަމައު ބައިބާކުރި ގައްދާތުން ތީ

    30
  7. އިބްރާ

    މާލޭގެ މޭޔަރުކަން މާލޭގެ މޭގަނޑަށް ގެއްލޭވާހަކަ އެވިދާޅުވަނީ.

    27
  8. ކަނބާ

    އަތުން ދޫވި ޤުމްރީ މިފަދަ އަޅި ޤަމަރުތާ.....

    22
  9. އަޙްމަދު

    އެނާގެ ގޮނޑި އެއީ ބީވެގެންދާ ބޮޑު ވިޔަފާރިއެއް! އަޅާނުލާ މިނިސްޓަރު ފެންވަރުގެ ވަޒީފާއެއް ލިބޭނެ! ފަހަރެއްގައި ސިވިލް ސާރވިސް ކޮމިޝަންގެ ރައިސްކަންވެސް ލިބިދާނެ! ހުސްއަތާ ގޭގައި ހުންނާކަށް ނުޖެހޭނެ!!!

  10. މާމީ

    އެހެރީ ކޮޅުގޮހޮރައް ކައިފަ ދެން ބަޗަން އުޅޭނެ ކަމެއް ނެއް 0 ޓޮލަރަންސް ގެ ދަށުން ވިއްކާލީ ސާބަހޭ،

  11. Anonymous

    ދެންލަލަާ