ޓްރާންސް މޯލްޑިވްސް އެއާލައިން (ޓީއެމްއޭ) އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ސީޕްލޭން ޓާމިނަލް ދިނުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އިން (އެމްއޭސީއެލް) އިން ފޮނުވި ކަމަށް ބުނާ ސިޓީއަކީ އެއްބަސްވުމެއް ނޫންކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު އަދި ބައެއް ޤާނޫނީ ވަކީލުން ވެސް ވިދާޅުވާން ފެށުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވާ ކަމަށް ތުހުމަތު ކުރެވޭ "އެލެކްސް އަހްމަދު" ގެ ޓްވިޓާ އެކައުންޓުން އެކަމަށް ރައްދު ދީފިއެވެ.

އެލެކްސް އަހްމަދު ކޮށްފައިވާ ޓްވީޓެއްގައި ވަނީ ޖީއެމްއާރްއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ދިނުމަށް ސަރުކާރުންވި އެއްބަސްވުމަށް އިޝާރާތް ކުރައްވާ ވިދާޅުވީ އެއީ ވެސް އުފެދުމުގައި ބާތިލް އެއްބަސްވުމެއް ކަމަށް ބުނި ކަމަށާއި ނަމަވެސް ނިމުނީ ކަތިވަޅި އާއި މަރިޔަނބު އަދި ކޮށި ވަޅި ވެސް ގެއްލިގެން ކަމަށެވެ.

"ކުރީގައި ވެސް ވޮއިޑް އެބް އިނީޝިއޯއޭ އުފެދުމުގައި ވެސް ބާތިލޭ، ނެތް އެއްޗެކޭ ގޮވި އަޑުއެހިން. ނިމުނީ ކަތިވަޅިއާއި މަރިޔަނބު އަދި ކޮށި ވަޅި ވެސް ގެއްލިގެން." ޓްވީޓްގައި އެލެކްސް ބުނެފައި ވެއެވެ.

ޓީއެމްއޭ އާއިއެކު ކުރިއަށް ގޮސްފައިވާ މަޝްވަރަތަކަށް އަވަސް ހައްލެއް ނުހޯދައިފި ނަމަ ޓީއެމްއޭ އަށް ބަދަލުދޭން ޖެހިދާނެ ކަމަށް ނަޝީދު އިއްޔެ ވަނީ ވިދާޅުވެފައެވެ.

ނާޝީދު އެހެން ވިދާޅުވުމާއި އެކު އެމަނިކުފާނަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. ޓީއެމްއޭގެ ހިއްސާ ކޮންޓްރޯލްކުރާ ކޮންސޯޓިއަމްގައި ހިމެނޭ ބެއިން ކެޕިޓަލްގެ ވަކީލެއްގެ ގޮތުގައި ނަޝީދުގެ ވަކީލު، ޖެރެޑް ޖެންސާ މަސައްކަތް ކުރެއެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ނަޝީދު ވަނީ ދާދިފަހުން ޓީއެމްއޭގެ ބައެއް ވެރިންނާއި ސިއްރު ބައްދަލުވުމެއް ބާއްވާފައެވެ. އެބައްދަލުވުމުގައި ޖެންސާ ވެސް ބައިވެރިވި ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. Anonymous

    މިފަ ހަރު ކަމެއް ކުރެވުނިއްޔާ މިވެރިން އަތުޖެ ހުނު ރައްޔިތަކުވިއްޔާ ފި ހެގެން ކާންވެސް ފަ ހައް ޖެ ހޭނެ ހެން ހިއެއްނުވޭ.

    29
  2. ތުއްތުބެ

    ޑިމޮކްރަސީގެ ބައްޕަ ޔޯ . ހުންނަ ޑިކްޓޭޓަރު ކަން

    38
  3. ކޮށި ދަނޑު

    މިހާރު ވަރައް ސާފު މި ކަލޭގެ ހަތަރެސްފަޔާ ބޮލާ މިކަމުގެ ތެރެއަށް ބާނާފަ އޮތްވަރު، މުޅި މީހާ މީގެތެރެޔައް ބޭނިގެންފަ މިހިރީ، ރަތްޔިތުން ގުބޯހައްދާފަ މކަލޭގެޔައް ފައިދާ ވާގޮތައް ހުރިހާކަމެއް މިކުރަނީ، ރަތްޔިތުންނައް ގެއްލުންކޮށްފަ

    40
  4. ޙަސަނު

    ޖީއެމް އާރަށް ބަދަލު ދޭންޖެހުނީ އެއްބަސްވުން ޞައްޙަ ވެގެންނެއް ނޫން އެއްބަސްވުން ޞައްޙަނަމަ ބަދަލެއް ނޫން ދޭންޖެހުނީހީ އޭރަށް ޖެހުނީހީ އެއަރޕޯޓް
    ނުބައި އެއްބަސްވުމެއްގެ ދަށުންވެސް ސަރުކާރުން ޖީއެމް އާރަށް އެއަރޕޯޓް ހަަަވާލުކުރީމަ ބަދަލު ދޭނެޖެހުނީ
    މިފަހަރުވެސް މިއުޅެނީ އެކަހަލަ ކަމެއް ކުރަން ހެން ހާދަ ހީވެެއޭ އެހެންވެ މިކަން މާފޯރި ގަދަކޮއްލައޮގެން ތި އުޅެނީ
    މީރައްޔިތުން ވިސްނަން ޖެެެހޭކަމެއް އެހެން ނޫނީ ރައްޔިތުންނަށް ހުރިހާގެއްލުމެއް
    ހުރިހާ ގެއްލުމެއް ރައްޔިތުން ނަށް ދީފަ ދެން އަނެއްކާ ބުނަންވީ ކަތިވަޅި އާ މަރިޔަނބާ ކޮށި ދަނޑާ ދެންހުރި އެއްޗަކާވެސް ގެއްލެނީޔޭ
    އަދިވެސ ރައްޔިތުން ހޭއަރާކަން ނުވޭބާ!

    34
  5. Juhaa

    މި ދާއްބަ ނުބޭނޭ އެއްތަނެއްވެސް ނޯވޭދޯ؟

    39
  6. ހުސޭނުބޭ

    އަޅެ އެއީ ބޮޑު ވަގެއް! އޭނާގެ ޖީބަށް އެއްޗެއް ވަންނާނީ ތި ޓީއެމްއޭއަކަށް ތި ތަން ދީގެން!

    37
  7. މޮޔަ

    ގައުމުގެ ހަލާކު! ކޮން އެލެކްސް އެއް!

    39
  8. ހިނިކު

    ބުރުސްލީއަށް އަދިވެސް ހީވެފައޮތީ ޖމރ ފައްސާލުމުން ކަތިވަޅި އާއި މަރިޔަނބު އަދި ކޮށި ދަނޑު ވެސް ގެއްލިގެން ދިޔަކަމަށް. ހަގީގަތަކީ ދިމާއިދިކޮޅު. ނިމުނީ ކަތިވަޅި އާއި މަރިޔަނބު އަދި ކޮށި ދަނޑު ވެސް އަބުރާ ރައްޔަތުންނަށް ލިބިގެން. ގެއްލުނުއެއްޗެއް ގެއްލުނީ ބުރުސްލީ އާއި ބުރުސްލީގެ ލާހިދަރީންނަށް.

  9. ޓަކަފިރޯށި

    އެހެރީ ކޮޅޮގޮހޮރަށް އަރުވައިގެން ދެން އެމް.ޑީ.ޕީ ކުދިން ވިސްނާށެވެ.ކަލެމެން ކުދިން ތިއުޅެނީ ވަންނާނެ ބޯހިޔާވަހިކަމެއްނެތިއެވެ. އޭނަގެ ގޯތިތައް ލ.ގަމުގަޔާ ކ.މާފުށީގަޔާ ރާއްޖޭންބޭރުގަ އަމިއްލަ އެކައުންޓުގަޔާ ވަގުއެކައުނޓު ތަކުގަ ހުރިފައިސާގެ އަދަދު ކިހިނެއްއެގެނީ ކުދީނޭ ހަމަބުއްދިން ވިސްނަބަލަ އެއީ މަކަރު ވެރިއެކެވެ.

  10. ކޮރަލް

    މީނަ އެކޭ ޓްރަމްޕް އެކޭ ތަފާތެއް ނެތެވެ. ކޮންމެ ވާހަކަ އެއް ދައްކައިގެންވެސް ފަލަސުރުހީއަށް އެރުމެވެ.

  11. އަރީ

    ކުރުކޮށް ބުނެލަން އޮތީ ކޮން އެލެކްސްއެއްހޭ... އެލެކްސް އަކީ މުސްލިމު ނަމެއްތޯ .. އެލެކްސް ބަލައެއްނުގަނެވޭނެޔޭ

  12. އީޖާބޭރާއްޖެ

    ބަލަ ޖީއެމް އާރަައް އެއަރޕޯޓް ދޭން އެއްބަސްވީ މައުމޫނުތަ އަދިވެސް މަށައް ވެދާނޭ ކިޔާފަ ބޯގަޅާލާ މީނާޔެކޭ އަންސަން ސޫކީއެކޭ ތަފާތެއްނެއް އިސްޓިކާ ޖަހައިގެންނާއި ޖޫރިމަނާކޮއްގެންވެސް ރައްޔަތުން އަތުން ރުފިޔާ ހޯދުން ކަމަކީ ފުރަތަމަވެސް އެނގޭނެނު ވެރިކަމައް އައިސްސާ ސައިޗާޖަޝޭ ކިޔާފަ ކަރަންޓް ބިލް ބޮޑުކުރީ ރައްރަށުގެ ރައްޔަތުންގެ އެކައުންޓް ތަކުގައި ހުރި ރުފިޔާކޮޅުވެސް ގެނައީ

  13. ދޮން ކަލޯ

    މި ގައުމުގެ ހަލާކަކީ މިކަލޭގެއާ މިކަލޭގެ އައުވާނުން.

  14. ކުޑަ ތޫތު

    މިގައުމުގެ ހަލާކަކީ މިއުޅޭ އަންނި.