ހއ. އުލިގަމް ކައިރީ އޮތް ދޯންޏެއްގައި ހުރި މީހެއްގެ މެޔަށް ތަދެއް އަރައިގެން އޭނާއަށް އެހީތެރިވުމުގެ މަސައްކަތް ސިފައިން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ނުޖޫމް 2 ނަމަކަށް ކިޔާ އެ ދޯނި އޮތީ އުލިގަމުގެ އުތުރުން 70 ނޯޓިކަލް މޭރު ބޭރުގައި ކަމަށެވެ. އަދި މެއަށް ތަދެއް އަރާފައި ވަނީ އެ ދޯނީގައި ހުރި 44 އަހަރުގެ މީހެއްގެއެވެ. އޭނާއަކީ ދިވެއްސެކެވެެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އޭނާގެ މެޔަށް ތަދެއް އެރީ ކުއްލިއަކަށްކަމަށެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބުނީ، މިއަދު ހެނދުނު 11:38 ހާއިރު އެވެ.

އިތުރު ތަފްސީލް އަންނަނީ...

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ތީތި ތިއޮތީ ސަރަހައްދުން ބޭރުގަ

  2. ޕޮޓް

    ހެލިކޮޕްޓަރު ނެތްތަ ؟ ޙެލިކޮޕްޓަރ

  3. ޢަލީ

    ހުކުރުދުވަހު ވެސް އެހާ ބެރުގައި މަސްވެރިކަމުގައި ހުކުރަށް ނައިސް ތިބެން ހެޔޮވާނެހޭ

  4. މޯދީ

    ތިތަނަށް ދިވެހިސިފައިން ނުދެވޭނެ... އިންޑިޔާ ސިފައިން ފޮނިވާ އެމީހުން ޖެހޭނީ ޑީޕޯރޓްކުރަން ފުރަތަމަ..