ހއ. އުލިގަމް ކައިރީ އޮތް ދޯންޏެއްގައި މެޔަށް ތަދެއް އެރި މީހާ ނިޔާވެއްޖެއެވެ.

އެ ދޯނީގައި ތިބި މީހުން ބުނެފައި ވަނީ، އެ މީހާގެ އެއްވެސް ހަރަކާތެއް ނެތް ކަމަށެވެ.

ނިޔާވެފައި ވަނީ އުމުރުން 44 އަހަރުގެ ދިވެއްސެކެވެ. އޭނާއަކީ އުލިގަމުގެ އުތުރުން 70 ނޯޓިކަލް މޭލު ބޭރުގައި އޮތް ނުޖޫމް 2 ނަމަކަށް ކިޔާ އެ ދޯނީގައި ހުރި މީހެކެވެ.

އޭނާގެ މެއަށް ކުއްލިއަކަށް މެއަށް ތަދެއް އަރައިގެން، އެކަން ދޯނީގެ ތިބި މީހުން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 11:38 ހާއިރުއެވެ.

ނިޔާވެފައި ވަނީ ށ. ފޯކައިދޫއަށް ނިސްބަތްވާ މީހެކެވެ. އެއީ އެ ދޯނީގެ ކެޕްޓަން ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަލީ

    ހުކުރު ދުވަސް މަތިން ހަނދާން ނެތް މީހުން ވ ގިނަ

    19
  2. ކުބުރާން

    މަރުވާނެކަން އެއީ ޔަޤީންކަމެއް އެކަމަކު މަރުވާނީ ކޮންތާކު ކޮންގަޑިޔަކުކަން އެއީއެނގޭކަމެއްނޫން އަބަދުވެސްތިބެންޖެހޭނީ ކުރެވުނުހެޔޮކަމެއްކޮއް މަރައްތައްޔާރުވެގެން އެހެންނޫނީ އާޚިރަތްކާމިޔާބެއްނުވާނެ އާޚިރަތްކާމިޔާބުވުން ވަނީ މީހާއައްކުރެވޭހެޔޮ ޢަމަލުގެމައްޗައް

    45