ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަކީލެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރަމުންނުދާ ކަމަށް ޖެރަރޑް ޖެންސާ ވިދާޅުވެއްޖެއެވެ.

ޖެރާޑްއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވުމާއި ގުޅިގެން، އެކުލަވައިލެއްވި ބައިނަލް އަގުވާމީ ވަކީލުންގެ ޓީމްގައި އިސްކޮށް އުޅުއްވި ވަކީލެވެ.

އޭނާ މިހެން ވިދާޅުވެފައި ވަނީ، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ބޮޑު ހިއްސާ އޮންނަ ބެއިން ކެޕިޓަލްގެ ވަކީލެއްގެ ގޮތުގައި ޖެރަރޑް ހިމެނޭތީ އެކަމާއި ގިނަބަޔަކު ފާޑުކިޔުންތައް އަމާޒުވަމުން އަންނަ ދަނޑީވަޅެއްގައެވެ. އޭނާއަކީ ރައީސް ނަޝީދު އާއި ގާތް ގުޅުމެއް އޮންނަ މީހެކެވެ.

ޖެރަރޑް މިއަދު ޓްވީޓާ މެދުވެރިކޮށް ވިދާޅުވީ، ރައީސް ނަޝީދުގެ ލޯޔަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ނުދާތާ ދޮޅު އަހަރަށްވުރެ ގިނަ ދުވަސް ވެދާނެ ކަމަަށެވެ.އެ ޓުވީޓާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ.

އާ ސީޕްލޭން ޓާމިނަލް މައްސަލާގައި ރައީސް ނަޝީދު، ޓީއެމްއޭއާ އެއްކޮޅަށް ވާހަކަދައްކާއިރު، ރައީސް ނަޝީދު ޖެރަރޑް އާއި ޓީއެމްއޭގެ ފަރާތްތަކާއި ބައްދަލު ކުރި ކަމަށް ބުނެ އެފަދަ މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.

ޓީއެމްއޭ މައްސަލައާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އެމްއޭސީއެލް އާއި ޓީއެމްއޭގެ މުއާމަލާތައް ހިންގާފައި ހުރީ ޔާމީންގެ ސަރުކާރުގައި ކަމަށާއި މިކަމަށް ގޮތެއް ނުހޯދިއްޖެނަމަ ރަންވޭ ހުޅުވުން ލަސްވުމުގެ އިތުރުން ޓީއެމްއޭއަށް ބަދަލެއް ދޭން ޖެހުން ގާތް ކަމަށެވެ.

"ސަރުކާރާއި ޓީއެމްއޭއަށް ވެސް ފައިދާ ހުރި އެއްބަސްވުމަކަށް އައުން ވަރަށް ބޭނުންތެރި. ގޯސްހެދި މީހުން ހޯދައި އަވަސް ތަޙްޤީޤެއް ފަށަން ޖެހޭ." ނަޝީދު ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ވަނީ ދެއަހަރު ދުވަހަށް ހަތަރު ބުރިއަށް ހަދާފައިވާ ސީޕްލޭން ޓާމިނަލްގެ އެއް ބުރި މިހާރު ވެސް ޓާމިނަލް ދީފައިވާ އަގުގައި ޓީއެމްއޭއަށް ދޭށެވެ. އެއީ ގާތްގަނޑަކަށް 5،000 އަކަމީޓަރުގެ ޖާގައެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލަބީބު

    ރައީސް ޔާމީން އިންދެވި ގަސްތަކުގެ މޭވާތައް ހިތަކަށް ލިބިފައޮތްއިރުވެސް އެ މޭވާތައް ރީތިކޮށް ކާންވެސް ނޭގޭ ދޯ؟

  2. ދަރަނިވެރިޔާ

    ބޮޑުތަނުން ބަަަަަދަލުދީއަވަހައްސަލާމަތްވުމަކީއެންމެރަގަޅުގޮތެއްނޫންl

  3. ސިކަންދަރު

    މިހާރު ކުރާކައް ނުޖެހޭނެނު މިހާރު އެހެރީ މިނިވަން ވެފައި ބަލަ ކަނބުލޮ ހީކުރަނީ މިގައުމުގެ އެންމެންނަކީވެސް މޮޔައިން ކަމައްތަ ތިޔަ މަސައް ކަތުންނާ ވާހަކަތަކުން މިއިނގެނީ މިހާރު ތިޔަ އަތުލާން ތިޔަ އުޅެނީ ކިނބުލޮ ކުރި މަސައްކަތުގެ އުޖޫރަ ޓީއެމްއޭގެ ނަމުގައި ވެދުން ވައްސަލާމް