ޅ. ހިންނަވަރު ގެއެއްގެ ކައިރީގައި ހުރި ސައިކަލެއްގައި ރޯކޮށްލައިފިއެވެ.

ހިންވަރުގެ ގެއެއްގެ ކައިރީގައި ހުރި ސައިކަލެއްގައި ރޯކޮށްލީ ރޭގެ ވަގުތެއްގައެެވެ. އެ މައްސަލަ މިހާރު ވަނީ ފުލުހަށް ހުށަހަޅާފައެވެ.

ފުލުހުން މިއަދު ވިދާޅުވީ، އެރަށު ގެއެއްގެ ކައިރީގައި ހުރި ސައިކަލެއް ރޯކޮށްލި މައްސަލަ ފުލުހަށް ހުށަހެޅީ މިއަދު ހެނދުނު 6:12 ގައި ކަމަށެވެ.

ފުލުހުން ހިއްސާކޮށްފައިވާ އެ ސައިކަލުގެ ފޮޓޯތަކުން ފެންނަ ގޮތުގައި، އެ ސައިކަލު ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ. އެ ސައިކަލުގައި އަނދާފައި ވަނީ މަޑިއާ ދިމާލުންނެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.