ރާއްޖޭގެ އުތުރުގެ ރަށެއްގައި ތިން ކުއްޖަކަށް އެކި ދުވަސް މަތިން ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 30 އަހަރުގެ ފިރިހެެނެކެވެ.

ފުލުހުން ވިދާޅުވީ، އުތުރުގެ ރަށެއްގައި 7 އަހަރާއި 10 އަހަރުގެ ދެ އަންހެން ކުއްޖަކަށާއި، އަދި 13 އަހަރުގެ ފިރިހެން ކުއްޖަކާއި މެދު އެކި ދުވަސްމަތިން ޖިންސީ ގޯނާކުރި މައްސަލައެއް ރިޕޯޓް ކުރީ މިދިޔަ ބުދަ ދުވަހު ކަމަށެެވެ.

އަދި އެ މައްސަލައާ ގުޅިގެން މިއަދުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް އޭނާ ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައިމިނަތު

    ތި ގޯނާ ކުރާ މީހުންގެ ފޮޓޯ އެބަ ޖެހޭ ހާމަ ކުރަން އޭރަށްދޯ އެހެން މީހުނަށް ރަށްކާތެރިވާން އެނގޭނީވެސް

    12
  2. ކޮސް

    ތިޔަ ގޯނާއަކުން ނޭރިއެއްނު؟ ނުވެސް އަރާނެ