ހުޅުމާލޭގައި ތިން ބިދޭސީއަކަށް ދިން ހަމަލާއާ ގުޅިގެން ހަތް ވަނަ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، އެ މައްސަލައާ ގުޅިގެން އިއްޔެ 22 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ އެންމެންނަކީ ވެސް ދިވެހިންނެވެ.

އެ ހަމަލާގައި ޒަހަމްވެފައި ވަނީ ތިން މީހެކެވެ. ހަމަލާގައި ޒަހަމްވީ ޗައިނާ ފަތުރުވެރިއަކާއި، ރާއްޖޭގައި މަސައްކަތް ކުރަމުންދާ ޗައިނާ މީހަކާއި، ރާއްޖޭގައި މަސައްކަތް ކުރަމުންދާ އޮސްޓްރޭލިއާ މީހެކެވެ.

އެ ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުގެ ރާއްޖޭގެ ގޮފިން ނެގިކަމަށް ބުނާ ވީޑިއޯއެއް ވަނީ އާންމުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު