ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ތަރައްގީކޮށްފައިވާ ސީޕްލޭން ޓާމިނަލް އާ ގުޅޭގޮތުން ވާހަކަދައްކަމުން ގެންދަވަނީ އެ މައްސަލައަށް އަވަސް ހައްލެއް ނުލިބިއްޖެ ނަމަ ރާއްޖޭގެ އިގްތިސާދަށް ގެއްލުން ވެދާނެ ތީކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެެއެވެ.

ނަޝީދު މިހެން ވިދާޅުވެފައި ވަނީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އިމާރާތް ކުރަމުން އަންނަ އާ ސީޕްލޭން ޓާމިނަލްއާއި ޓްރާންސް މޯލްޑިވްސް އެއާލައިން (ޓީއެމްއޭ)އާ ގުޅުވައިގެން އެމަނިކުފާނު ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުންތައް އަމާޒުވަމުން އަންނަ ދަނޑިވަޅެއްގައެވެ.

ގިނަބަޔަކު ތުހުމަތު ކުރާ ގޮތުގައި، އެމްއޭސީއެލް އާއި ޓީއެމްއޭ އާ ގުޅޭ މައްސަލައަށް އެމަނިކުފާނުގެ ކުއްލިއަކަށް ވަދެވަޑައިގަތީ، އެކަމުގައި އެމަނިކުފާނުގެ މަސްލަހަތު އޮތީމައެވެ.

ނަޝީދު ސޮއިކުރައްވާ މިއަދު މީސް މީޑިއާއަށް ދޫކޮށްލި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ޓީއެމްއަކާވެސް އަދި އެމްއޭސީއެލްއަކާވެސް އެމަނިކުފާނާއި ގުޅުމެއް ނެތް ކަމަށެވެ. އަދި ބަދަލުގައި އެމަނިކުފާނާ ގުޅުން އޮތީ ދިވެހިންނާއި ދިވެހިރާއްޖެއާ ކަމަށް އެ ޕޯސްޓުގައި ވެއެވެ.

"ވެލާނާ އެއާޕޯޓް އާއި ގުޅޭ ވާހަކަތައް އަޅުގަނޑު މި ދައްކާ މޭރުމުން މި ދައްކަނީ އަޅުގަނޑުގެ ނަޒަރުގައި އެއާޕޯޓުގެ މައްސަލަ އަވަހަށް ނުނިމިއްޖެ ނަމަ ރާއްޖޭގެ އިގްތިސޯދަށް ނުހަނު ގެއްލުން ވާނެ ކަމަށް ދެކޭތީއެވެ". ނަޝީދުގެ ލިޔުއްވާފައިވާ ޕޯސްޓެއްގައި ވެއެވެ.

އެމްއޭސީއެލް) އިން ވީއައިއޭ ގައި އިމާރާތް ކުރަމުން އަންނަ އާ ސީޕްލޭން ޓާމިނަލްއާ ގުޅޭގޮތުން ޓީއެމްއޭ އާ މަޝްވަރާ ކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކަމަށާއި މިހާރު އުފެދިފައިވާ މައްސަލައަށް ހައްލެއް ނުގެނެވޭނަމަ ޓީއެމްއޭ އަށް ބަދަލު ދޭން ޖެހުން ގާތް އިއްޔެ ނަޝީދު ވަނީ ވިދާޅުވެފައެވެ.

"ސަރުކާރާއި ޓީއެމްއޭއަށް ވެސް ފައިދާ ހުރި އެއްބަސްވުމަކަށް އައުން ވަރަށް ބޭނުންތެރި. ގޯސްހެދި މީހުން ހޯދައި އަވަސް ތަޙްޤީޤެއް ފަށަން ޖެހޭ." ނަޝީދު ވިދާޅުވިއެވެ.

ސީޕްލޭން ޓާމިނަލް ހިންގަން ޓީއެމްއޭއަށް 19000 އަކަފޫޓުގެ ސަރަހައްދެއް ދޭން އެމްއޭސީއެލް އިން ޔަގީންކަން ދީފައިވާ ކަމަށް ޓީއެމްއޭ އިން އަންނަނީ ބުނަމުންނެވެ. ނަމަވެސް އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު އިއްޔެ ވިދާޅުވީ އެފަދަ އެއްބަސްވުމެއް އެމްއޭސީއެލް އިން ވެފައި ނެތް ކަމަށެވެ.

ސަރުކާރުން ނިންމާފައި ވަނީ އާޓާމިނަލް އިން 5000 އަކަފޫޓުގެ ސަރަހައްދެއް ދެ އަހަރުގެ މުއްދަތަކަށް ޓީއެމްއޭ އަށް ދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

47 ކޮމެންޓް

 1. ހުސޭނުބޭ

  މީނަ ސީޕްލޭން ޓާމިނަލްއާ އަޅައިގަނެގެން ނެއްޓެން ނޭގިގެން މިއުޅެނީ ހަމަ ޔަޤީން ތި ތަނުން ރަގަޅު ކަޓެއް މި ނުލަފާ މީހާއަށް ލިބޭތީ!

  66
  • ކުޑޭ

   އެއީ ޓީއެމްއޭ އަކީ އިންޑިޔާގެ ސިކުންގެ ބޮޑު ހިއްސާ އެއް އޮންނަ ކުންފުންޏެއް. ހަދާން އެބަހުރި ތަ ނަޝީދު( ބުއްޅަބޭ) ބުނީ ވާހަކަ "ހުރިހާ ގޮތަކުން ވެސް އަޅުގަނޑާއި ގެރި މޯޑީގެ ލޮލާއި ދިމާވޭ"..... ހަދާން އެބަހުރިތަ ރައްޔިތުންނާއި ދެކޮޅަށް ދިވެހީންގެ އެއަރޕޯޓް އިންޑިއާގެ ޖީއެމްއަރު އަށް ދިން ހަދާން.

   42
   1
 2. ނާރު

  ކަލެޔައް ކޯޗެއްއެގޭނީ. ކަލޭ ގެ ފުށުން މިގައުމު ސަލާމަތްވޭތޯ ޤުނޫތު ކިޔަން ޖެ ހޭ.

  67
 3. ކުޑަކާށި

  ހުރިހާއެއްޗެއް ނުވިއްކިގެން ބުއްދިފިލާފަ ނިދިނައިސްގެން މިދުވަނީ ، ކިހާބޮޑު އެއްމި

  58
 4. އައިކޭން

  މަޖްލީހުގެ ރައީސް އެމްއޭސީއެލް އާއި ޓީއެމްއާއި ދޭތެރޭ ހިންގާ މުއާމަލާތް ގޯހުން ގޯހަށް ދާއިރު އެކަން ރަނގަޅު ކުރަން މަސަައްކަތް ކުރާއިރު ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން މިކަމުގައި އެއްވެސް އެއްޗެއް ނުކިޔަނީ އެއީ ކިއެއްވެތޭ އެއީ މަމެން ކަން ބޮޑުވާ ކަމެކޭ އެއިން އެގިގެން ދަނީ ރައީސް އިބޫގެ ސަރުކާރަކީ އެއީ އިގްތިސާދީ އެއްވެސް މަސައްކަތެއް ކުރަން ދަންނަ އަދި ރާއްޖޭގެ އިގްތިސާދު ކުރިއަރުވަން އެއްވެސް މަސައްކަތެއް ކުރާ ސަރުކާރެއް ނޫނޭ ބަރުލަމާނީ ނިޒާމަށް ރާއްޖޭގައި ވެރިކަން ކުރާ ނިޒާމް ބަދަލު ކުރަންވީއޭ އައިޑޯން ކެއަރ ހައުމަޗް ޔޫ ހޭޓް އޮން ދިސް އައި ކޭން ސަޕޯރޓް ބަރުލަމާނީ...

  4
  8
 5. ނަސީދު

  ރާއްޖެއައް އެންމެ ގެއްލުން ކުޑަވާނީ ދެން ރައީސް އަންނި މަޖިލިސް ރައީސް ކަމުން އިސްތިއުފާދިނުން

  57
 6. ޜީދޫ ތިކި

  ޢިގްތިސާދަށް މާބޮޑަށް އަސަރު ކުރާނެ ކޮވިޑް 19ގެ ސަބަބުން! ޢެޖެންޑާ 19ގެ ދަށުން އެޅުނީ މހާތަނާށް ކޮންފިޔަވަޅެއްތޯ؟ މަނިކުފާނަށް ހީވަނީ ތިމަންމަނިއްޕުޅު ނޫނީ ގައުމުދެކެ ވެސް ލޯބިވާ މީހަކު ނެތް ކަމަށް! ގައުމު މިދަނީ މިސްރާބުން ކަސިޔާރުވެގެން ނޫންތޯ؟

  50
 7. ޝާން

  ރާއްޖޭގެ އިގުތިސާދަކަށް އެއްވެސް ގެއްލުމެއް ނުވާނެ. ގެއްލުންވާން ތިބިމީހުން އެތަން ޓީއެމްއޭ އަށް ނުދެވިގެން ތެޅި ފޮޅެނީ. އަދި ދޭންވެސްދޭނެ. މިއީ %100 ޔަގީން ކަމެއް. ދިވެހި ކުންފުނިތަށް ވެސް އެތިބީ ތިތަންހިންގަން ތައްޔާރުގަ.

  46
 8. ހުދުހުދު

  މީނަގެ ފަޔަށް ހިނި އަރައިގެން އެއުޅެނީ ކޮންމެވެސް ނުބައެއް އުޅޭތީ.

  50
 9. ދޮންސޮޮރު

  ބަލަ އެތަން މީހާރުވެސް އެބަހިގައޭ މީނަ މިއުޅެނީ ރަގަޅަކަށް ނޫން ކުދިންނޭ ސަމާލްވޭ!

  24
 10. ދޭންވީއޭ

  މަޖްލީހުގެ ރައީސް އާއި ގުޅުން އޮތް ނަމަވެސް އަދި ނެތް ނަމަވެސް އެއީ މަމެން ކެއަރ ކުރާ ކަމެއް ނޫނޭ ބޮޓަމް ލައިން އަކީ އެއާރޕޯރޓްގެ ތަރައްގީ އަށް ހުރަސް އެޅިގެން އުޅެނީ އެއީ ޓީއެމްއޭ އަށް އެމްއޭސީއެލް އިން އަލަށް އެޅި ޓާރމިނަލުން ދޭން ޖެހޭ ޖާގައިގެ މައްސަލައިގައޭ އެކަން އެއީ އެމްއޭސީއެލް އަށް ވެސް އަދި ޓީއެމްއޭ އަށް ވެސް ގެއްލުން ހުރި ކަމެއް ނޫނޭ ދޭންވީއޭ ޓީއެމްއޭ އަށް ދޭން އެމްްއޭސީއެލް އިން އެއްބަސްވި އަދަދަށް ބިން ނުވަތަ ފްލޯރ ސްޕޭސް ދޭންވީއޭ

  1
  3
 11. ތިއަރީ

  ޓީއެމްއޭ އަކީ މިހާރު ވެސް އެއާރޕޯރޓް ގައި އެތައް ރިސޯރޓްސް ތަކުގެ ލައުންޖް ހަދައިގެން އެތަނުގައި ސީޕްލޭން އޮޕަރޭޓް ކުރާ ބަޔެކޭ އެހެން ކަމަށްވާނަމަ އެމެންނަށް ހައްގުވާނެއޭ އާ ސީޕްލޭން ޓާރމިނަލުން އެއް ފްލޯރ އެ ނުދެވޭނަމަ އެމެންނަށް ހުޅުލޭ ފަޅުން ބިމެއް ހިއްކައިގެން އެތަނުގައި 10 ބުރި އިމާރާތެއް އަޅައިގެން އެކަން ކުރަން ހުއްދަ ދޭންވީއޭ އެއީއޭ އިންވެސްޓަރ ކޮންފިޑެންސް ރާއްޖޭގައި ދަމަހައްޓަން ކުރަން ޖެހޭނެ ކަަމަކީ ދިސް ކޭންބީ ދަ ސެންސް މޭކިންގް

 12. Anonymous

  އެއީ ޓީއެމްއޭ އަކީ އިންޑިޔާގެ ސިކުންގެ ބޮޑު ހިއްސާ އެއް އޮންނަ ކުންފުންޏެއް. ހަދާން އެބަހުރި ތަ ނަޝީދު( ބުއްޅަބޭ) ބުނީ ވާހަކަ "ހުރިހާ ގޮތަކުން ވެސް އަޅުގަނޑާއި ގެރި މޯޑީގެ ލޮލާއި ދިމާވޭ"..... ހަދާން އެބަހުރިތަ ރައްޔިތުންނާއި ދެކޮޅަށް ދިވެހީންގެ އެއަރޕޯޓް އިންޑިއާގެ ޖީއެމްއަރު އަށް ދިން ހަދާން

  11
  1
 13. ޙަސަނާ

  އާނ ދެންމިވަރައްކަންނޭގެ ގައުމުދެކެމީހަކު ލޯބިވާނީ މީނަނުރުހޭބަޔަކު ވެރިކަމުގަ ތިބިއްޔާ ފަރަންޖީން ކާރިއައްގޮސް ރޮއިހޭރެނީ ދިވެހިގައުމައް ދަތިކޮއްދޭށޭ ގެސްޓުން ދިޔަނުދޭށެ ބަޑައްޖައްސުވާދޭށޭ ނޫވާތާކައް މީހުންގެ ބޮލައްއެރިގެން މަގުމައްޗައްނެރެ ގައުމުހަލަބޮލިކޮއް ސިފައިންނާފުލުހުންގެއަގުވައްޓާ

  18
 14. ބުތު

  ފަޑިޔާރު ނަށީދު ސާބަހޭ ޑިމޮކުރޮސީ ތިދަނީބާރަ.......

  10
 15. ބުތު

  ފަޑިޔާރު ނަށީދު

  15
 16. ކޮރަލް

  މީނަ އެކޭ ޓްރަމްޕް އެކޭ ތަފާތެއް ނެތެވެ. ކޮންމެ ވާހަކަ އެއް ދައްކައިގެންވެސް ފަލަސުރުހީއަށް އެރުމެވެ.

  22
 17. އަލިފުތު

  އަޅެފަހެ މިގައުމުގަ އަހަރުމެން ރައީސްއަކަުވެސް ހޮވައިގެން މިއުޅެނީ... ހުރިހާކަމަކަށް އަނގައެއް ނުބާނާ. މީނަނޫން މީހަކު މިގައުމުގަ ނެތީތަ ހަމަ މިކަހަލަ ކަންތަކާ ވާހަކަ ދައްކަން؟

  15
 18. ބޭޗާރާ

  ބަލަ ޖީއެމްއާރއަށް އެއަރޕޯޓް ދިނީ ބާލިދީ އެއަރޕޯޓޭ ކިޔާފައި ނޫންތަ. މިފަހަރު މިމީހުންނަށް މިދެނީ އިގްތިޞާދު ހަލާކުވަނިއްޔޭ ގެއްލުންވަނިއްޔޭ ކިޔާފައި. ތިޔަވަރުގެ ކުޑަކުޑަ ކަމަކާހެދި މިގައުމުގެ އިގްތިސާދަކަށް ގެއްލުމެއް ނުވާނެ. ޖީއެމްއާރ އަތުން އެއަރޕޯޓް އަތުލީމާ ދޭންޖެހުނު ބަދަލަށްވުރެ ބޮޑު އެއްޗެއް ދޭކަށް ނުޖެހޭނެ. ވަގުކަލޭގެ މަކަރުވެރި ހީލަތްތެރި ވާހަކަ ނުދައްކައި މަޑުން ހުރޭ. ކަލޭގެ މަކަރުވެރިކަމާއި ހީލަތްތެރިކަމާއި ދޮގުވެރިކަން އެއީ މިހާރު ދިވެހިންނަށް ދަސްވެ ބާވެފައި އޮތް އެއްޗެއް.

  18
 19. ރައްޔިތުމީހުން

  ފޯރިއެއް އެބަހުއްޓެއްނު

  13
 20. ގޮވާލަމޭ

  ސަރުކާރުން ހަދާފައިވާ އެއްބަސްވުން ތަކަށް ސަރުކާރުން އިހްތިރާމް ނުކުރުން އެއީ ދިވެހިރާއްޖޭގެ އިގްތިސާދަށް އޭގެ ސަބަބުން ވަރަށް ބޮޑަށް ގެއްލުންވާ ކަމެކޭ ބޭރުގެ ފޮރިންގް އިންވެސްޓަރަކާއި އެކު މާލެ ސަރަހައްދުގެ ފުށި ދިއްގަރު ފަޅު ހިއްކަން ދީގެން އެމެންނަށް އެތަނުގައި ވިޔަފާރި ކުރަން އެއްބަސްވެފައިވަނީ އެއީ ދިވެހި ސަރުކާރުން ނޭ އެހެން ކަމަށްވާނަމަ އެކަން އެގޮތަށް ތަންފީޒު ކުރަން ޖެހޭނެއޭ އެމެންނަށް ފުށި ދިއްގަރު ފަޅު މިހާރުން މިހާރަށް ދޭން މަމެން

  1
  13
 21. ދޭންވީއޭ

  ފުށި ދިއްގަރު ފަޅު ކުއްޔަށް ދީފައި އެމެންނާއި އެ ފަޅު ހަވާލު ކޮށްފައި ނުވާތީވެ އެމެންނަށް 2 ބިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދޭން ޖެހޭނަމަ ދެން ޓީއެމްއޭގެ ވިޔަފާރި އަށް ހުރަސް އެޅޭ ގޮތަށް އެމްއޭސީއެލް އިން ވެސް އަދި ސަރުކާރުން ވެސް އެއް ހިއްސު މަދު އުސޫލުން އެކަން ކޮށް ފިނަމަ ބަދަލެއްގެ ގޮތުގައި 2 ބިލިއަން ޑޮލަރު ވެސް ދޭން ޖެހިދާނެއޭ ޓީއެމްއޭ އަށް މިކަމުގައި ވިސްނުން އިސްކޮށްގެން އީގޯ ބައި ދަށް ކޮށް ޓީއެމްއޭ އަށް އެމެންނަށް ހައްގު ފްލޯރ އޭރިއާ

 22. ނުވާނެއޭ

  ފުށިދިއްގަރު ފަޅުގެ މައްސަލައިގައި ބަދަލުގެ ގޮތުގައި އެދިފައި ވަނީ ދެ ބިލިއަން ރުފިޔާ އަށް ކަމަށްވާނަމަ އެއިންވެސްޓަރާއި އެކު ނެކް ޓު ނެކް ނުޖައްސާ ސަރުކާރުން ބަލަންވީ އެކަން އެއްބަސްވުމާއި އެއްގޮތަށް އެކަން ކުރުމޭ މަމެން ހީކުރަމޭ ރައީސް އިބޫ އަކީ އެއީ އޯޕަން މައިންޑުން ވިސްނާނެ ރައީސް އެއް ކަމަށްވާނެ ކަމަށް ރައީސް އަށް އެޑްވައިޒް ދޭން ތިބޭ މީހުންނަކީ އެއީ އަބަދުވެސް ވަން ސެންސް މިސިންގް އުސޫލުން ވިސްނާ މީހުންނޭ އެމެން ބުނާ ގޮތަށް ކަން ކޮށްގެން

 23. ލަވިންގް

  ފުށިދިއްގަރު ފަޅުގެ މައްސަލައިގައި ބަދަލުގެ ގޮތުގައި އެދިފައި ވަނީ ދެ ބިލިއަން ރުފިޔާ އަށް ކަމަށްވާނަމަ އެކަން އެގޮތަށް އެވެގެން އެދަނީ އެއީ

 24. އޯސަމް

  މަމެންނަށް އަބަދުވެސް އެމްޑީޕީގެ ވެރިކަމުގައި މިއިވިގެންދަނީ އެކި އިންވެސްޓަރުންނަށް ބަދަލު ދޭން ޖެހޭ ތަނޭ ބަދަލުގައި އެމެންނަށް ހައްލު ގެނެސްދޭ ތަން ފެނިގެން ނުދެއޭ ފުށި ދިއްގަރު ފަޅު 2013 ގައި ބޭރުގެ އިންވެސްޓަރަކަށް ކުއްޔަށް ދީފައިވާ ނަމަ ލާރޖް ކޮށް ލާރޖް ސެލެބްރޭޝަން އާއި އެކު އެމެންނަށް އެ ފަޅު ހަވާލު ކުރަންވީއޭ ފުށި ދިއްގަރު ފަޅު ތަރައްގީ ކުރެވިއްޖެނަމަ ރާއްޖެ ލިޓިލް ސިންގަޕޯރ އަށް ބަދަލު ވެގެން ދިޔައީއޭ ހޭއް ލަވިންގް ދިސް އިންވެސްޓްމެންޓް

 25. ޖެހޭނެއޭ

  ކޮމަން ސެންސް އިން ވިސްނާނަމަ މަޖްލީހުގެ ރައީސް ގެ ހައިސިއްޔަތުން ނަޝީދު އެވިދާޅުވަނީ އެއީ ރަނގަޅަށޭ ޓީއެމްއޭގެޖެހޭނެއޭ

 26. ދިސްވޭ

  އެމްއޭސީއެލް އާއި ޓީއެމްއޭއާ އަޅުގަނޑާ ގުޅުމެއް ނެތް ކަމަށް މަޖްލީހުގެ ރައީސް ވިދާޅުވާނަމަ އެއީ އޯޕަން މައިންޑަކުން ވިސްނަން ޖެހޭނެ ކަމެކޭ ޓީއެމްއޭ ކޮށްގެންނޭ..

 27. ދަވޭ

  އެމްއޭސީއެލް އާއި ޓީއެމްއޭއާ އަޅުގަނޑާ ގުޅުމެއް ނެތް ކަމަށް މަޖްލީހުގެ ރައީސް ވިދާޅުވުމުން ދެން މިކަން އީގޯ އުސޫލުން ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ވިސްނައިގެން ނުވާނެއޭ އުޅުމުން

 28. އައިޖަސްޓް

  ފުށިދިއްގަރު ފަޅު ކުއްޔަށް ދިން އެެއްބަސްވުމަށް ސަރުކާރުން އޮނަރ ކުރަން ޖެހޭނެއޭ އައި ޑޯން ވޮނާ އަދަރ ޗޮއިސް އޮން ދިސް އައި ޖަސްޓް ޑޯން ވޮނާ އަދަރ ޗޮއިސް...

 29. ސިކަންދަރު

  މިހާރު ތިޔަކަމުން ރެކެން ދައްކާވާހަކަ ވުޖޫދަގަނެއްކަމެއްގައި ބަދަލުދޭން ޖެހޭތަ އެހެން ނޫނަސް ޓާމިނަލެއް ބޭރުބަޔަކައް ދޭން ހެޔޮނުވާނެ ދީ ގައުމުދެކެ ރައްޔިތަކުދެކެ ލޯބިވާ ވީހެއްނުން އެހެން ނޫންނަމަ ޙުދުތިމާޔާ ތިމާގެ އަނބިދަރިން ގެއަތުން ޖީއެސްޓީގެ ނަމުގައި ޖިޒީނުނެގީސް ތިމާމީހާގެވެސް ހައްގެއް ހޯދާނުދެވޭ މީހަކައް ދެން ކާކުގެ ހައްގެއްތޯ ހޯދާދެވޭނީ މުޅިންވެސް ރުފިޔާއަށް ފާޅުގަބުނެފި ނުން ޖީބައް ރުފިޔާ ވަނުމޭ ބޭނުންވަނީ ރައްޔަތުން ހޭލަން ނުވޭތޯ މިވަރުންވެސް އެއަރޕޯޓްވެސް ދިނީ މައުމޫނު ހަދާފައޮއް އެގްރިމެންތަކައްތޯ

 30. ޓްރަމްޕަޓް

  ތިމާ އާ ގުޅުމެ އް ނެތް ކަމެ އްގަ އި ކޮން ވާހަކަ އެ އް.

 31. އެމަންޖެ

  މި ކެނެރީގެ ކިބައިން މިގައުމު ސަލާމަތް ކުރަށްވާޝި.

 32. އެސޮރު

  ސައިތާން.

 33. އައްލާބެ

  ރައްޔިތުން ނަމުގައި ކުންފުނި ހިްގނާކަށް ނުވާނެޔޯ. ހިންގަންވާނީ ހައެއްކަ މަހުޖަނުންނޯ! ސަރުން ކުރާ ވިޔަފާރިޔަކީ ބިންތައްހިސޯރްކޮއް ހަމަހަމަކަމާއެކު ރައްޔަތުންނައް ނުދީ ދަތިކޮއްފައި ރާްއްޖޭގެ ބޮޑެތި ކުންފުނިތަކަށާއި ބޭރުގެ ފަރާއްތަކައް ބިންތައް ދީގެން ފުލެޓްގެ ނަމުގައި ގެސްޓް ހައުސް ވިޔަފާރި ބޮޑު އަގުގައި މީރައްޔަތުން ނިކަމެތިކޮއް ފަސޭހަ ކަމާއެކު ވޯޓް ހޯދަން މިކަން ފެއްޓީ އެދިގުރާސްތާ 30 އަހަރު މިހާރު ކޮންމެ ސަރުކާރަކުންވެސް ބޭނުން މިކުރަނީ ވޯޓް ހޯދަން މިމެތޮޑް

 34. ޔާމި

  ނޫމަޑި އަށް 55 މިލިއަން ޑޮލަރަށް ވުރެ ބޮޑު ބަދަލެއް ސަރުކާރުން ދީފައިވާ ކަމަށް މަޖްލީހުގެ މަޖްލީހުގެ މެމްބަރަކު ވިދާޅުވާނަމަ އެއީ މަމެން ކަން ބޮޑުވާ ކަމެކޭ ޔޭއް

 35. ޢަންސާރު

  ޢަނިޔާވެރިންނާ އިންސާފު އަރާ ހަމަ ކުރާނެ

 36. ޑޮޮން

  ޥަގު

 37. ޔޫކޭންބީ

  ފުށިދިއްގަރު ފަޅުގެ މައްސަލައިގައި ބަދަލުގެ ގޮތުގައި އެދިފައި ވަނީ ދެ ބިލިއަން ރުފިޔާ އަށް ނަމަ އެކަމަކީ އެއީ ސަަރުކާރުގެ އިކޮނޮމިކް ކައުންސިލުން ވިސްނަން ޖެހޭނެ ކަމެކޭ ރ ހީރޯ...

 38. އައިއޭމް

  ޓީއެމްއޭ ގެ މައްސަލަ އަކީ އެއީ ސަރުކާރުން ހައްލު ކުރަން ޖެހޭނެ މައްސަލަ އެކޭ އެއީ ވަރުގަދަ އިންވެސްޓަރެކޭ ރާއްޖޭގައި މ

 39. ޔޫކޭންބީ

  ސަރުކާރެއް ނަމަ އުރަތްޕެއް ވެސް ހުންނަން ޖެހޭނެއޭ 2 ބިލިއަން ރުފިޔާ ބަދަލެއްގެ ގޮތުން ފުށި ދިއްގަރު ފަޅު ކުއްޔަށް ހިފި މީހުންނަށް ދިނުން އެއީ އެއް ނޫނޭ އެކަން ކުރަން ޖެހޭނެ ގޮތަކީ އެކަން ކުރަން ޖެހޭނެ ގޮތަކީ އެމެންނަށް ސީދާ ފުށި ދިއްގަރު ފަޅު އެއްބަސްވުމާއި

 40. ޔޫކޭންބީ

  މަމެން ލޯންގް އާރުއެންއާރު ޕެކޭޖެއްގައި ރާއްޖޭން ބޭރުގައި އުޅެފައި އައުމުން ވެސް މަމެންނަށް ނުފެނެއޭ ހީރޯ...

 41. ޔޫކޭންބީ

  ރާއްޖެ އިން ގަވާއިދާ ޚިލާފަށް ބޭރުކުރަން އުޅުނު ހަތަރު މިލިއަން ރުފިޔާ އަތުލައިގެންފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ކޮރަޕްޝަން

 42. ބްރޯ

  މިކަލޭގެ އަކީ އިގްތިސާދު އެގޭ މީހެއްނޫން .މިކަލެގެ އަށް އެގެނި އަތަސް ހެޔޮވަރުކޮށްފަ ނެގުން . ބަލަގ ވެލާނާގެން 3 ތަޅާ ދެ ތަޅުދަނޑި ފޮހެލަށޭ ކިޔާފަ ގެންދިޔައީމަ މިއީފޮހޭ މީހެއްތަ؟މިހާރު އެއުޅެނީ އެއަޕޯޓްގެ ޓާމިނަލެއްގެ މައްސަލަ ހިލިގެން މިކަލެގެ އަތެއް ވެދާނެ ކަމަށް ވެގެން. އަދި ނުބެލޭކަމެއްވޭ މިކަލޭގެ ވެރިކަމުގަ ޖީއެމްއާރު އެއާޕޯޓްގާ އޮވެ ދިވެހި ދޮންވެލި ކަޒަކިސްތާނުގެ ހާންސަތީރު ހޮޓަލަށް ވިއްކައިގެން އެ ހޮޓަލުގަ އާޓިފިސަލް ބީޗަކާ ބިލްޑިންގް ގެ ޓޮޕް ފްލޯރ ގާ ބީޗެއް ހަދަފައިވާ ކަން އަދިވެސް ވަނީ ނުބެލި އެކަމުގާ ވެސް މީނަގެ އަތެއްވެޔޯ ކިޔާ ސްވިސްބެންކަށް އެހެން މީހެއްގެ އެކައުންޓަށް ޑޮލަރު ޖަމަ ވިޔޭ ވެސް ކިޔާ ބީޝް އެއޮތި ބީޗް ވިޑިއޯ މިހުރީ ބޭނުންތަ؟

 43. ބްރޯ

  ބަލަގަ ތެޅެނީ ކީއްވެ ؟ އަފްރަސީމާ މިނިވަން ނޫސްވެރިޔަ ރިޒްވަނުވެސް ކޮމިސަނުން ރިޕޯޓެއްހަދަ ނިންމާލެވުނިއޭ ހީވީތަ؟ޓާމިނަލް ވެސް ފަހުން ނަގަންއޮތް ރާޅު ބޮޑީ ބަނޑަށް ދަމާލާފަ ނަގައިރު ނަގާރާޅޫ ސުނާމީއެކޭ އެއްފަދަ ވާނެ . ފިލަންޏާ އަވަސް ވިލާތަށް ދޭ.

 44. ބުއްޅަބޭ

  މީޙަގީގީ ގައުމައްގައްދާރުވުމަކީ ގައުމުގެ އެސެޓްތައް ނުއަގުގައި ބޭރުމީހުންނައްދީފައި ސަރުކާރައް ރުފިޔާ ހޯދަން އެސެޓަކައް މިހަދަނީ ރައްޔަތުން ރައްޔަތުން ކުރާބުރަމަސައް ކަތުން ހޯދާ ރުފިޔާކޮޅު އެކިއެކި ޓެކްސްގެ ނަމުގައި ނަގައިގެން މުސާރަޔާ އިނާޔަތާ ނަންގަވައިގެން އަރާމްގަ މިބޭފުޅުން މިއުޅުއްވަނީ ހަމަ މީހަކު އެއްޗެއް ބުނާއިރައް ވޭތިވެދިޔަ ސަރުކާރުގެ ބޮލުގައި އަޅުވާފައި ރެކެން ވެގެން މިއުޅެނީ ބަލަ މީ 40 ގެ ނޫނީ 30ގެ އަހަރުތަކެއްނޫނޭ މިގައުމުގެ އެންމެންނަކީ ތިޔާކިޔާ ހިނދުކޮޅެއް އައިސްގެން އުޅޭބަޔެއްނޫން ވެދުން

 45. ސޯކާބެ

  ގޯސްވާނެތާ އެމްއެމްޕީއާރސީގެއ ވައްކަމާ ބަލާފަ މީ އޭގެ 3ގުނަ މަތީ ކަރަޕްޝަނުގެ އަމަލެއް ހައްތާވެސް ބަލަނީ އެޖެންޓް 19 ގެދަށުން ޖީބްފުރާލަން މީ އެބުނާ ތަފާތް އަނެއް ދިވެހިރާއްޖެ ރޯމާދުވާލު ހޭލާ ތިއްބާ ހުވަފެންދެއްކުން މިޔުތީވާ ގައުމެއް ޒީރޯ ޓޮރޮލެންސް ކޯދްލާ މަތިން އަރަނީ ބޯހަލާކް

 46. އަހްމަދުބިންސައީދު

  އެމްޑީޕީގެ މިސަރުކާރު އައިފަހުން ރާއްޖޭގެ އިގްތިޞޯދަށް މިދަނީ ނުހަނު ގެއްލުންވަމުން. އިގްތިޞޯދި އަނދަވަޅަކަށް މިގައުމު ނުވެއްޓެނީސް މިސަރުކާރު އިސްތިއުފާދީ. ސަރުކާރު މިވަނީ ފެއިލްވެފާ. ރައްޔިތުން ނުކުމެ ވެރިކަމުން ނުބާލަނީސް ސޯލިހު އިސްތިއުފާ ދީފާ ގޭގާހުރޭ.