މިއަދު މާލެގައި ބިދޭސީންތަކެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި އެކަކުގެ ބޯ ފަޅާލައިފިއެވެ.

މި މާރާމާރީ ހިނގާފައި ވަނީ އަމީނީ މަގު، މީރާ ކުރިމަތީ ގޯޅިގަނޑުގައެވެ.

ފުލުހުން ވިދާޅުވީ، ބިދޭސީންތަކެއްގެ މެދުގައި މާރާމާރީ ހިނގި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު މެންދުރު ފަހު 3:45 ހާއިރު ކަމަށެެވެ.

އަދި މި މާރާމާރީގައި އެކެއްގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށާއި، އަދި އިތުރު ބިދޭސީއެއްގެ ކޮނޑުހުޅަށް އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މާރާމާރީ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ، މި މާރަމާރީއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މިއަދު މާލޭގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިނގިިއިރު، މިދިޔަ ހަފްތާ ތެރޭގައި ދެ ބިދޭސީއެއްގެ ދެމެދުގައި މާރާމާރީއެއް ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތޫބާ

    ވަމުންދާގޮތް.........