ވައްކަން ނުކުރިޔަސް ޒިލޭބީ ކެވިދާނެކަމަށާއި،ގެއަށް ވައްދަނީ ހަލާލު ފައިސާއަށް ވާން ޖެހޭ ކަމަށް ވިދާޅުވެ، ި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ އަދި މިފްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އާދިލް ސަލީމް ރައްދުދެއްވައިފިއެވެ.

ސަލީމް މިގޮތަށް ވިދާޅުވީ، ސީޕްލޭން ޓާމިނަލް މައްސަލާގައި ނަޝީދު ސޮއިކުރައްވާ މިއަދު މީސް މީޑިއާއަށް ދޫކޮށްލި ޕޯސްޓާއި ގުޅިގެންނެވެ.

ނަޝީދުގެ އެ ޕޯސްޓުގައި ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ތަރައްގީކޮށްފައިވާ ސީޕްލޭން ޓާމިނަލް އާ ގުޅޭގޮތުން ވާހަކަދައްކަމުން ގެންދަވަނީ އެ މައްސަލައަށް އަވަސް ހައްލެއް ނުލިބިއްޖެ ނަމަ ރާއްޖޭގެ އިގްތިސާދަށް ގެއްލުން ވެދާނެތީ ކަމަށެވެ.

ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ،ޓީއެމްއަކާވެސް އަދި އެމްއޭސީއެލްއަކާވެސް އެމަނިކުފާނާއި ގުޅުމެއް ނެތް ކަމަށެވެ. އަދި ބަދަލުގައި އެމަނިކުފާނާ ގުޅުން އޮތީ ދިވެހިންނާއި ދިވެހިރާއްޖެއާ ކަމަށް އެ ޕޯސްޓުގައި ވެއެވެ.

"ވެލާނާ އެއާޕޯޓް އާއި ގުޅޭ ވާހަކަތައް އަޅުގަނޑު މި ދައްކާ މޭރުމުން މި ދައްކަނީ އަޅުގަނޑުގެ ނަޒަރުގައި އެއާޕޯޓުގެ މައްސަލަ އަވަހަށް ނުނިމިއްޖެ ނަމަ ރާއްޖޭގެ އިގްތިސޯދަށް ނުހަނު ގެއްލުން ވާނެ ކަމަށް ދެކޭތީއެވެ". ނަޝީދުގެ ލިޔުއްވާފައިވާ ޕޯސްޓެއްގައި ވެއެވެ.

ނަޝީދުގެ ވާހަކަތަކަށް ރައްދުދެއްވާ އާދިލް ސަލީމް ވިދާޅުވީ، އިގްތިސާދަށް ގެއްލުންވިޔަސް ނުބައިކޮށް ކޮށްފައި އޮތް ކަމެއް ގަބޫލު ކުރުމަކީ ގައުމު އިސްލާހު ކުރެވޭނެ ގޮތެއް ނޫންކަމަށެވެ. އަދި އިސްލާހު ކުރުމުގެ ބަދަލުގައި ތަޣައްޔަރުވާން ބޭނުން ނޫން ކަމަށެވެ.

"ވައްކަން ނުކުރިޔަސް ޒިލޭބި ކެވިދާނެ. ގެއަށް ވައްދަނީ ހަލާލު ފައިސާއަށް ވާން ޖެހޭ. ވޯޓު ދިނީ މި މަގަށް އިސްލާހު ކުރަން". އޭނާ ވިދާޅުވިއެވެ.

ސަލީމް ރައީސް ނަޝީދެއް ރައްދުދެއްވަމުން މިގޮތަށް ޓްވީޓް ކުރައްވާފައިވާއިރު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އިމާރާތް ކުރަމުން އަންނަ އާ ސީޕްލޭން ޓާމިނަލްއާއި ޓްރާންސް މޯލްޑިވްސް އެއާލައިން (ޓީއެމްއޭ)އާ ގުޅުވައިގެން ނަޝީދު ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުންތައް އެމަނިކުފާނަށް ދަނީ އަމާޒުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. Anonymous

  ޝާހިދު ބުނީ މިއުޅޭ ވައިރަހަކާހެދި ބުރެއް އަޅާލަންވެސް ސެލްފީގަނޑެއްނަގާލަންވެސް ރާއްޖެއިން ބޭރަށް ނުދެވެޔޭ
  ދެން އެންމެން ޒިލޭބިކެވޭނެގޮތެއްހޯދަންވެއްޖެޔޭ ރައްޔަތުން ގުނބޯހައްދާފަ

  72
 2. ފަރަަަަހަ

  ރަގަލު

  50
 3. Anonymous

  ސާހަބޭ ސަލީމް.

  74
  2
 4. އައިމަން

  ހުރިހާ ކަމެއްވެސް ޒީރޯލޮރެންސް މިއޮތީވާ ސަރުކާރެއް ވޯޓްދެވުނިތީ ހިތާމަކުރަން

  94
  2
 5. ޑީޑީ

  އަންނި ޒިލޭބި ކޭވަރެއް އެނގޭނީ ބިތުފަންގިނެގީމަ

  95
  1
 6. ީއބ

  0 ޓޮްލަރެންސުގެ ޒުލޭބީ ވަރަށް މީރުވާނެ - ގޮހޮރު ފުރެންދެން ނުކާތި . ފަލަސްތީނު މީހާ ރުޅިއަންނާނެ ނުދީ ކައިފިއްޔާ . ދީފިއްޔާ އޮކޭ ހޮޑުލެވެންދެންވެސް ކާނެ...

  65
  1
 7. ފިނރުޓޭ

  ނަސީދަކީ ތަނެއް ދޮރެއް ބަލާ ނުލާ ވާހަކަ ދައްކާ މީހެއް!

  81
  1
 8. ޖަގަހަ

  ނުހަނުގެއްލުންވާނެ.ނުހަނުގެމާނައަކީކޮބާތަބުނެދީބަލަ. ބޮނޑުތަ ކުޑަތަ ރީތިތަ ސަލިތަ.

  48
 9. ރާކަންޏާ

  މި ސޮރަށްވެސް މިހާރު ރައީސް ޔާމީން ކަމުގޮސްފިހެން ހީވަނީ. ބަލަ ބުރާންޗާ! ކަލޭމެން އުޑުގަ ޖެހިފަ ބިމުގަ ޖެހުނަސް ރ.ޔާމީން ގައުމު ހިންގިހެން ލާހިކެއްނޫން ހިންގާކަށް. އަވަހަށް މިސޮރަށް ހެޔޮވަރުގެ ވަޒީފާގަނޑެއް ދިނުމަށް ސަރުކާރަށް ގޮވާލަން.

  36
  4
 10. ސިދުގީ

  މީ މިގައުމައް ދިމާމޮފަ އޮތް ބަލާ ވެރިކަމެއް މީނަގަގެ ކިބައިން މިގައުމު ސަލާމަތް ކުރައްވާނދޭވެ. އާނމީން

  47
  2
 11. ްއިސްލާހު

  މިކަލޭގެ މިހުރިހާ ހާސަރުތަކެއް ދަމާއިރު އެހެން މީހުން މިވަރަށް ތެޅޭތަނެއް ނުފެނެއެވެ. ޖީބު ބޮޑުވާވަރަކަށް ތެޅޭލެއްވެސް ބާރުވާނެއެވެ.

  36
  1
 12. ހާމަ

  މިވެރިންގެ ސަރުކާރު އައިފަހުން މިވެރިންނަށް ބައިއެޅޭ ގޮތައް ބަދަލު ދިނުން ކަމަކީ، ހިޔާލުފާޅު ކުރީމަ ބުނާނެ ރަގަޅަށް ނުކިޔަ ކޮމެޓް ކުރަނީ އޭ

 13. ސޯކާބެ

  ރަނގަޅުވާހަކަޔެއް ސީތާމިނަލް ނުދީފިނަމަ މީނާޔާމީނާގެޓީމައް ގެއްލުންވާނެ ވަހަކަ އެބުނަނީ ސާފު ދިވެހިބަހުން ވީމާ މިކަމާމެދު ވިސްނަންވީ ރައްޔަތުން ރައްޔިތަކައް ހެވެއްނޭދެވޭނެ ނުންތޯ ޙުދުތިމާޔާ އަނބިދަރިންނާއި މައިންބަފައިންގެ ހައްުތައްވެސް އަޅުވެތި ކުރިމީހަކައް ވިސްނަވާ ކުއްލިޔަކައް 6% ޖިޒީ މިދައްކަން ޖެހުނީ އަޅުވެދިވީ ގޮތެއްނޭގި 2008 ވަނަ އަހަރާހަމަޔައްވެސް މިގައުމު އައީ ހިގސަމުން ނުޖެހޭ ޖިޒީދައްކާކަށް ސަރުކާރުގެ އެސެޓްތައް ހިންގައިގެން ފައިސާ ހޯދުމުގެ ބަދަލްގައި ވިއްކާލާފައި މިބަލަނީ ރައްޔަތުން ކުރާމަސައްކައް ދަމައިގަނެނެން ބޮޑުމުސާރަޔާ އިނާޔައް ނެގޭތޯ

 14. ޢާދިލް

  މާފުށީ ގައި އަންދާލި އަސްލުމިއޮތީ ސާފްވެފަ ، އާދިލްސަލީމުގެ އާއިލީ މުދާތަކުގަ މިއޮތީ ރޯވާންފަށާފައި،

 15. ޑެއިލް

  ޢާދިލް ސަލީމް މިފްކޯގެ ޒިލޭބިކެ އި އިރު ހަނދާނެ އް ނުވޭތަ ނަހަލާލުފަ އިސާ ގެ އަށްގެންދަން ނުވާނެކަމެ އް. މިހާރު ކިހިނެ އްވެގެންތި އުޅެނީ. ތިމާނޫން އެހެން މީހަކު ޒިލޭބިކާތީ ހަޖަމުނުވީދޯ

 16. ބްރޯ

  ވެލާނަގެއަށް ވަނީމަ 3 ތަޅާ 2 ތަޅުދަނޑި ޖީބަށް ވަދެގެން ގެއަށްދިޔަ ފަޅާ އެރީމަބުނީފޮހެލަންގެނައިއޭ . ބަލަގަ ކަޒަކިސްތަނޫގެ ހާންސަތީރު ހޮޓާލަށް ރާއްޖެއިންދޮންވެލި ވިއްކަފަ ވަނީވެސް މި ތަޅުދަނޑި ޖީބަށްލީމީހާގެ ވެރިކަމުގާ މިމައްސަލަ ނުބެލިގެން އުޅޭނީ ކީއްވެތަ؟ މިހާރު ޓާމިނަލެއް ފޮލާ ސާފުކުރަން އެއުޅޭނީ ހަވާލުވެގެން.

 17. ކޮތަރު

  ދިވެހި ފިލްމީތަރި އަށްވެސް މިހާރު ވާނުވާ އޮޅުންފިލަން އުޅޭފާޑު ޖަހަން ފަށައިފި.

 18. ފަތީންބެ

  އާދިލް ވިދާޅުވިއަސް ތީ ވަރަށްބޮޑު ތެދުފުޅެއް!