ކ.ފުށިދިއްގަރު ފަޅު މައްސަލާގައި ދިވެހި ދައުލަތާއި ދެކޮޅަށް ސިންގަޕޯރު އިންޓަރނޭޝަނަލް އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލާގައި ދެ ބިލިއަން ރުފިޔާ ބަދަލަށް އެދިފައިވާކަން އެނގިއްޖެއެވެ.

ފުށިދިއްގަރު ފަޅު ކުއްޔަށް ދިނުމަށް ކެބިނެޓުން ނިންމީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު އެވެ. ނަމަވެސް އެއްބަސްވުމުގައި ސޮއި ކުރީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދުގެ ވެރިކަމުގައި 2013 ވަނަ އަހަރު އެވެ.

އެގްރިމަންޓްގައި ސޮއިކޮށްފައި ނުވަނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ބައެއް ކަންތައްތަކާއި ގުޅިގެން ދެފަރާތަށް އެކަންތައްތަކަށް އެއްބަސްވުމަކަށް އާދެވިފައިނުވާތީ ކަމަށް އޭސީސިން ބުނެއެވެ.

މި މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅައިފައި ވަނީ ޕްރައިމް ކެޕިޓަލް މޯލްޑިވްސް ކުންފުނިންނެވެ.

އެކުންފުނިން މައްސަލަ ހުށަހަޅާފައި ވަނީ 2013 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީ އާއި އެކުންފުންޏާއި ދެމެދު ވެވުނު ފުށިދިއްގަރުގެ ފަޅު ކުއްޔަށް ދޫކުރުމާއި ތަރައްގީ ކުރުމުގެ އެއްބަސްވުމާއި ދިވެހި ދައުލަތުން ހިލާފުވެފައިވާ ކަމަށް ބުނެ އެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މައުލޫމާތެއް އާއްމުކޮށްފައިނުވި ނަމަވެސް، އެ މައްސަލާގައި ޕްރައިމް ކެޕިޓަލް މޯލްޑިވްސް އިން އެދެނީ ބަދަލުގެ ގޮތުގައި ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދުމަށް ކަމަށް ވަނީ އެނގިފައެވެ.

އަދި މީގެ އިތުރުން، ފުށިދިއްގަރު މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމް ދައުލަތުން އިސްތިއުނާފުނުކޮށް ބޭއްވި ކަމަށް ބުނެ، ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްގެ މައްސަލަ ތަހްގީގު ކުރުމަށް އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ)އަށް ވަނީ ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހުސޭނުބޭ

    ޕްރައިމް ކެޕިޓަލް މޯލްޑިވްސްގައި އެމްޑީޕީގެ ބޮޑުން ތިބޭތަ؟ އެމީހުންނާ ގުޅުން އޮވޭތަ؟ ހާދަ ހީވެޔޭ މި މީހުންނަށް ކާންދޭން މިއަހަރަށް 38 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރިކަމަށް! އެކަމަކު ފިނޭންސް މިނިސްޓަރު ބުނާނެ ފަޅޮލޭ!

    16
  2. ކުޑަކާށި

    އެއްޒަމާނެއްގަ ވެރިކަންކުރީ ދިވެހިން އުމުރަށް ހިތިބޭސް ބޯންޖެހޭނެ .. ކެނެރީ ވައިރަސް ،
    ކެނެރީ ވައިރަސް ، ކެނެރީ ވައިރަސް ، ކެނެރީ ވައިރަސް ، ކެނެރީ ވައިރަސް ، ކެނެރީ ވައިރަސް ، ކެނެރީ ވައިރަސް ، ކެނެރީ ވައިރަސް ، ކެނެރީ ވައިރަސް ، ކެނެރީ ވައިރަސް

    20
    2
  3. ބެއްޔާ

    ފުށިދިއްގަރު ފަޅަކީ އެހެން އެއްވެސް ބަޔަކަށް ވިއްކޭނެ އަދި ދެވޭނެ ފަޅަކަށްވެސް ވެގެން ނުވާނެ. މާލެ އާއި ހުޅުމާލެ އެވަނީ ފުރުމަކާ ހަމައަށް ގޮސްފަ. މާލޭ ކައިރިން ފަޅެއް ކީންކުރަން ގިރިޔެއްވެސް މިވަގުތު ނެތް ހުހަކަށް. ފުށިދިއްގަރު ފަޅަކީ ހިއްކާލައިފި ނަމަ މާލެ ވަރުގެ 10މާލެ ހެދޭހާ ޖާގަބޮޑު ތިލަފަޅެއް.. އަދި ބްރިޖަކުން މާލެއާ ގުޅާލެވޭ ހިސާބުގަ އޮތް ފަޅެއް. އެފަޅު ތަރައްޤީ ނުކުރެވުނަސް ބަޔަކަށް ނުދޭތި. އާދޭސް ކޮށްފަ މިބުނަނީ...

  4. ކައުންސެލަރު

    ލާދީނީ

  5. ސލ

    ފުށިދިއްގަރު ފަޅުވެސް އަދި މުއާމަލާތްތަކުންވެސް މަކަރާއި
    ހީލަތްހަދައި އޮޅުވާލުމުގެ މުޑުދާރު އަމަލުހިންގަނީ މޑޕ އެވެ ދައުލަތަށާއި ރައްޔިތުންނަށް ވަމުންދާ ގެއްލުންތަކަށް
    ބަދަލު ދޭންޖެހޭނީ މޑޕ އެވެ ދައުލަތަކުންނޫނެވެ.

  6. ޔޫކޭންބީ

    ރާއްޖެ އިން ގަވާއިދާ ޚިލާފަށް ބޭރުކުރަން އުޅުނު ހަތަރު މިލިއަން ރުފިޔާ އަތުލައިގެންފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މިގޮތަށް ނަމަވެސް ކޮރަޕްޝަން

  7. މަންޖެ

    މިއީ ދެން ބޮޑު ނޮހޮރުއްޕާނެއްނު. އަބަދުވެސް އެގްރިމެންޓާ ޚިލާފުވެގެން ބަދަލުދިނުން. ދުވަހަކުވެސް ޚިލާފު ވިގޮތެއް ނޭންގެ. އެއްވެސް މަސައްކަތެއް ނުކުރާތަންތަނަށްވެސް މިލިއަނުން ބަދަލު. ދެން ކޯޓުންބޭރުން މައްސަލަ ނިންމާލާ. އޭރުންނެއްނު ލާރިގަނޑު ކާލެވޭނީ. ކޯޓުގެ ތެރޭން ގޮއްސިއްޔާ ނުލިބޭނެ ވިއްޔާ. ޚާއްސަކޮށް ސިންގަޕޫރުގެ ކޯޓަކުން.

  8. ސިކަންދަރު

    މިހާރު މިފެންނަނީ އެޖެނޓް 19 ގެ ތަފާތު ވަރައްތަފާތެއްނުންތޯ ރޯމާ ދުވާލު ހޭލާ ތިއްބާ ހުވަފެން އެދައްކަނީ މުޅިގައުމައް ރައްޔަތުން އަދިވެސް ހޭ އަރާކައް ނުވޭތޯ މުސްކުޅިން ބުނާ އަޑު އިވޭ ފުރިހަމަ މުސްލިމަކައް 1 ހަރަކުން 2 ފަރަކައް ކައްޓެއް ނުޖެހޭނޭ އެހެންވީމާ 100% 200% 300% މުސްލިމުންނޭ ކިޔާކަމައްވަންޏާ މިކަމުން ސަލާމަތްވާން އެބަޖެހޭ ރައްޔަތުން ކުރިން ނުވިރައްކަލެއް ފަހަކުން ނުވާނެ މާތް ﷲ މިއަނިޔާވެރިންގެ ކިބައިން މިގައުމު ސަލާމަތް ކޮއްދެއްވާފާންދޭވެ އާމީން