ވިލިމާލޭގައި ރުކަކުން ވެއްޓުނު މީހަކު ފަރުވާދޭން ފަށައިފިއެވެ.

އޭނާ އަށް ފުރަތަަމަ ފަރުވާދެމުން ގޮސްފައި ވަނީ، ވިލިމާލޭ ހޮސްޕިޓަލްގައެވެ. މިހާރު އޭނާ ވަނީ މާލެ ގެނެސްފައެވެ.

ރުކުން ވެއްޓި އަނިޔާވެފައި ވަނީ އުމުރުން 47 އަހަރުގެ މެދު އުމުރުގެ މީހެކެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ވިލިމާލޭގައި ރުކަކުން ވެއްޓުނު މީހަކު ސިއްހީ އަވަސް ފަރުވާއަށް އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އެހީތެރިިކަމާއެކު މާލެ ގެނެސްފައިވާ ކަމަށެވެ.

އޭނާއަށް މިހާރު ފަރުވަދެމުން ދަނީ އައިޖީއެމްއެޗްގައެވެ.

އޭނާ އަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުން ވިދާޅުވެފައި ވަނީ އުމުރުން 47 އަހަރުގެ އަހަރުގެ ދިވެހި ފިރިހެނެއް ވެއްޓިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައި ވަނީ މިއަދު ހަވީރު 17:50 ހާއިރު ކަމަށެވެ.

ވެއްޓުނު މީހާ އަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށާއި އަދި އޭނާގެ ހާލު ދެރަ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.