ކަސްޓަމްސް އިން ޑިކްލެއާ ނުކޮށް ރާއްޖެ އިން ބޭރުކުރަން އުޅުނު 4.1 މިލިއަން ރުފިޔާ އަތުލައިގަނެފައިވާ ކަމަށް ވިދާޅުވެ ކަސްޓަމްސް އިން މިރޭ މައުލޫމާތުތަކެއް ހާމަކޮށްފިއެވެ.

ކަސްޓަމްސް އިން މިރޭ އާއްމުކުރި ބަޔާނެއްގައި ވިދާޅުވީ ތަފާތު ތިން މައްސަލައެއްގައި ގިނަ އަދަދެއްގެ ފައިސާ ރާއްޖެ އިން ބޭރުކުރަން އުޅުނީ ދެ ދިވެހިންނާއި ބަންގްލަދޭޝް މީހެއް ކަމަށެވެ.

ފުރަތަމަ މައްސަލައިގައި މީހަކު އަތުލައިގަތީ މިދިޔަ އަހަރުގެ ޑިސެމްބަރ 12 ވަނަ ދުވަހު އެވެ. 29 އަހަރުގެ ދިވެހި ފިރިހެނެއްގެ އަތުން އެދުވަހު 2154145.51 ރުފިޔާ އަތުލައިގަތެވެ. ހަމަ އެދުވަހު ބަންގްލަދޭޝް މީހަކުގެ އަތުން ވަނީ 617139.00 ރުފިޔާ އަތުލައިގެންފައެވެ. އަދި މިދިޔަ މަހުގެ 22 ވަނަ ދުވަހު 31 އަހަރުގެ ދިވެއްސެއްގެ އަތުން 1383174 ރުފިޔާ އަތުލައިގެންފައި ވެއެވެ.

މިމައްސަލަތައް ތަޙްޤީޤު ކުރަން މިހާރު ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ. ނަމަވެސް މި މައްސަލައިގައި ހިމެނޭ މީހުން ހައްޔަރު ކުރިކަމެއް ނުވަތަ ނޫންކަމެއް ކަސްޓަމްސް އިން ކަށަވަރުކޮށެއް ނުދެއެވެ.

މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން މަނާކުރުމުގެ ޤާނޫނު ބުނާ ގޮތުން 20000 އެމެރިކާ ޑޮލަރު ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ އެމެރިކާ ޑޮލަރު ނުވަތަ އެއަދަދަށްވާ ދިވެހި ރުފިޔާ ނުވަތަ ބޭރުފައިސާ ކަސްޓަމްސް އިން ކްލިއާ ކުރަން ޖެހެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބުންޓަކި

    އެޖެންޑާ 19ގެ ޒީރޯ ޓޮލަރެންސް ގެ ދަށުންހިގާ ކަންކަމާ ބެހޭނެ ކަމެއްނެތް!

  2. ނަވާޒު

    ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް އަތުލައިގަތް ފައިސާ ތައް ކަމަށް ބުނެޖަހާފައިވާ ފޮޓޯގައި އެންމެ ރުފިޔާއެއްވެސް ފެންނާކަށްނެތް.

  3. ޔާމިން

    އއއގަ އިމު އިޅުގަނޑު މި އޮތީ ޖަލުގަ.

  4. ޔާމިން

    އގަ އިމު އިޅުގަނޑު މި އޮތީ ޖަލުގަ.

  5. ޖަމީލް

    ތިޔަތި ކަޓުވާލީ ދެން ނުލިބޭނެ