މާލޭގައި ހުންނަ އިންޑިއާ އެމްބަސީކައިރިއަށް އެއްވާނޭ ކަމުގެ އިންޒާރު ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްލަތީފް މުހައްމަދު މިރޭ ދެއްވައިފިއެވެ.

ލަތީފް މިއިންޒާރު ދެއްވާފައި ވަނީ ޕީޕީއެމްގެ ފަރާތުން ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ބޭރު މީހުންނަށް ނޫނީ އެއްވެސް ކަމެއް ނުކުރެވޭ ދަރަޖައަށް ކަންތައްތައް މިދަނީ. ޑޮކްޓަރުން ގެނެވެނީ އިންޑިއާ މީހުންނަށް. ނަރުހުން ގެނެވެނީ އިންޑިއާ މީހުންނަށް. އިންޑިއާ، އިންޑިއާ، ހުރިހާ ކަމެއް ކުރެވެނީ އިންޑިއާއަށް. މާދަމާ ނިކުންނަންވީ އިންޑިއާ އެމްބަސީ ކައިރީގައި މުޒާހަރާ ކުރަން."

ލަތީފް ވިދާޅުވީ އިންޑިއާ އިން ދިވެހިންގެ އަތުގައި ހުރި ހުރިހާ އެއްޗެއް އަތުލައިފި ކަމަށެވެ. ޔަހޫދީންނާއި އިންޑިއާގެ ހިންދޫންނާއި އެއްވެސް ތަފާތެއް ނެތް ކަމަށް ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ އިންޑިއާގެ އާބާދީ ކިތަންމެ ބޮޑު ނަމަވެސް ދިވެހިން އިންޑިއާ ދެކެ ޖެހިލުން ނުވާނެ ކަމަށެވެ.

ލަތީފް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނުހަނު ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ ރައީސް ޞާލިހް ބޭނުންހާ ގޮތެއް މިގައުމަކަށް ނުހެދޭނެ ކަމަށެވެ. "އިބްރާހިމް މުހައްމަދު ޞާލިހް ބޭނުންހާ ގޮތެއް މިގައުމަކަށް ނުހެދޭނެ. ރައީސް ނަޝީދު ބޭނުންހާ ގޮތެއް މިގައުމަކަށް ނުހެދޭނެ. ގައުމުގެ ހުރިހާ މުދަލެއް ވިއްކާ އެކުވެރިންނާއި އާއިލާ މީހުންނަށް ބަހާލައިފި." ލަތީފް ވިދާޅުވިއެވެ.

ރައީސް ޞާލިހް ވެރިކަމަށް ގެންނަން އެންމެ ވަރުގަދައަށް މަސައްކަތް ކުރި އެއްބޭފުޅާ ކަމަށްވާ ލަތީފް މިރޭ ތަކުރާރުކޮށް ވިދާޅުވީ ރައީސް ޞާލިހާއި ނަޝީދަށް އިތުބާރުކުރަން ހެޔޮ ވެސް ނުވާނެ ކަމަށެވެ.

"މިގައުމުގެ މިނިވަންކަން ކުދިކުދިކޮށް ހަލާކުކޮށްލައިފި. ދެން އަޅުގަނޑުމެން ތިބެންވީތޯ މަޑުން. ނުތިބޭނަން. އަޅުގަނޑުމެންގެ މިހުރީ ބޮޑުތަކުރުފާނުގެ ލޭ. އަޅުގަނޑުމެން މިތިބީ ގުރުބާންވާން ތައްޔާރަށް." ލަތީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ޑަރޭ

  ލަތީފެ އް ކަމަކު އެދަ އްކަނީ ރަނގަޅު ވާހަކަ އެއ އް

  36
  2
 2. ހަމައަސްލު

  ތިހެން އުޅެނިކޮށް އިންޑިޔާ އަށް ނާރުވަފާނެ އޭރުން އޮންނާނީ ރާކަނި މަސް ކެވިފަ

  5
  44
 3. އުތުރުކަރަ

  އަހަރެމެންގެ ތެރެއިން ބައެއްގެ ވަގުތީ އެދުންބޮޑު ވެގެންދިއުމުގެ ސަބަބުން ގައުމު މިވަނީ އޮޔާގޮއްސަ....މާޒީގެ ފަތްފުއްތަކުން ގައްދާރުންކަން ރަނގަޅަށް އެނގެން އޮތްބައެއްގެ މެޖޯރިޓީ އޮތްބަޔަކަށް ވޯޓްދީބާރުވެރި ކުރުވިބަޔަކުވެސް މީގެ ޒިންމާނަގަންޖެހޭނެ...

  36
 4. ގާދިރު

  މީހުނަށް ދޭންހުރި ލާރި ދީފަ ތަންތަނަށް އަރާ އެއްވާ ވާހަކަ ދައްކަބަލަ..

  13
  17
 5. ޙމ

  އިޗީ ކަލޮ

  4
  4
 6. ށަޒަން

  މީގެކުރިން ޗައިނާ ޗައިނާ ޗައިނާ ކާކު ޗައިނާ އެންބަސީކައިރިއަށް އެއްނުވީ ! މީހަމަ ފިއޮކޭ ފިއޮކޭ ކިޔާ ބައެއް ތިމާއަށް ލިބޭބައި ގެއްލުނީމާ މޮޔަބޮލައްއެރުން ނޫންކޮންކަމެއް ....

  5
  26
 7. ސްޓަރ

  މިކަހަލަ މީހުންގެއަޑުއަހަން އަޅުގަނޑަށް ވަރަށް އުނދަގޫ އެއީ މިއަދު މިކޮޅުގަ މާދަން އެކޮޅުގަ އަނެއްދުވަހު ހުންނާނެ ތަނެއް މީހަކަށް ޚިޔާލަށްގެންނަންވެސްނޭނގޭނެ.

  13
  3
 8. ޔާމިން

  ތަޅާ ބިމާހަމަ ކޮށްލަންވީ އެއްވާނެވެސް ކަމެންނެއް.

  19
  1
 9. ނޫނު

  ގައިމު ޔާމީނު ވައްކަން ކޮށްގެނޭ ކިޔާފަ މިވެރިކަން ގެނައީ ޔާމީނު ދިޔައިރު ރިޒާވް 800+ ގަ މި ވެރި ކަމުގެ 1 އަހަރަކުން ރިޒާވް300 އަކަށް ވައްޓާލީ އިނގޭނުން ކާމީހުން މިހާރު ކުރެވުނު ނެއް އެއް ކަމެއްވެސް ފެންނާކަށް. ޔާމީނު ވެރިކަމުގަ ފަށާފަ ހުރި ކަންކަން ނިމިގެން ރިބަން ކަނޑަށް އެކަނި އިނގެނީ.

  24
  2
 10. އުތުރުން

  ލަތީފް އެފާޅުކުރެއްވީ ޚިޔާލެއްނޫނެވެ މިގައުމަށް ޣައްދާރުން
  ގެނެސްފައިވާ ކާރިސާގެ ހަގީގަތެވެ މިކަން މިދަނީ ރާއްޖޭގެ
  ހުރިހާ ހިސާބަކުން ފާޅުވަމުންނެވެ. ދިވެހިންގެ އަތުން ރާއްޖޭގެ މުގޫ ދޫވެއްޖެކަމުގެ އިހްސާސް ރައްޔިތުންނަށް
  ކުރެވެން ފަށައިފިއެވެ މިއީ ބިރުވެރި އެހާމެ ނުރައްކާތެރި
  ހާލަތެކެވެ.

  21
 11. މާމީ

  ސޯލިހު ސޯލިހު ކަމުންތޯ އުތުރު ތިލަފަޅު އިންޑިއާ އސްކަރިއްޔާ އަށް ތިއަދިނީ ؟ ސޯލިހު އެވެ ތިޔަހެން ނަހައްދދަވާ ތިބޭފުޅުންނާ އިންޑިއާ މީހުނާ ލޮލާ ލޯ ދިމާވިނަމަވެސް އެއީ ދިވެހި ރއްޔިތުންގެ މިލްކިއްޔާތުގަވާ ހަރު މުދަލެވެ .ސޯލިހަށް އެނގި ނުލައްވަނީތޯ އުތުރު ތިލަފަޅުއާރާސްތު ކުރަން ދިވެހި ސިފައިން ކުރި ބުރަމަސައްކަތާ އަހަރުމެންގެ ޓެކުސް ފައިސާއިންކުރި ޚަރަދު ނިކަން އުޑުހާސާތަނަކަށް ނިކުމެ ހުރެ ތިމަންނައަށް މިކުރެވޭ ކަން ކަމަށް ވިސްނަވާ ބައްލަވާ.... ހުރިހިތާމައެއްގެ ބޮޑުކަމާއެވެ....

 12. ކައުންސެލަރު

  ކަލޯ އެއިންމީހަކަށް އިތުބާރުކުރުން ހެޔޮނުވާނެތީތަ އެމީހުން ހޮވަން ވޯޓްދިނީ؟ އޭ ބުރާންޗާ. އަހަރެން އެންމެކުރިންވެސް މިހާރުވެސް ދެންވެސް ގޮށްރީނދޫ ހިމެނެންޏާ ވޯޓެއްނުދޭނަން. އެދިމާލަށް ބަލާވެސް ނުލާނަން. އެއީ މިދިވެހި ޤައުމުގެ ހަތުރުން. އިން. ހަނދާން ކުރާތި އެކަން. އެންމެ ފުރަތަމަ ދުވަހުއްސުރެ އެކަންކަން ނޭނގުނުމީހަކަށް ވީމަ ކަލޯ ދެރައީ. ތިޔަކަހަލަ މީހުންގެ ގަޔަށް 100 ފަހަރުވެސް ކަށިޖަހާނެ. އަހަރެން ގަޔަށް އިރާދަކުރެއްވިއްޔާ އެންމެ ފަހަރަކުވެސް ކަށިޖަހާކަށް ލާހިކެއްނޫން. ހަނދާން ކުރާތި!