އއ.ތޮއްޑޫގައި މަސައްކަތް ނިމި ހުޅުވަން ތައްޔާރުވެފައި ހުރި ގެސްޓް ހައުސްއަކަށް ރޭ ބަޔަކު ގެއްލުން ދިން މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރުމުން އެރަށަށް ދެވޭނީ މައްސަލަ ރިޕޯޓް ކުރި ފަރާތުން ފުލުހުންގެ ދަތުރު ހަމަޖައްސައި ދިނމުުން ކަމަށް ފުލުހުން އޭނާ އަށް އަންގައިފިއެވެ.

ގެސްޓްހައުސްގެ ވެރިފަރާތުން މިރޭ "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ މިއަދު ހެނދުނު މައްސަލަ ރިޕޯޓް ކުރުމުން މެންދުރު ވީއިރުވެސް ފުލުހުން ތޮއްޑުއަށް ނައި ކަމަށެވެ. ދެން ފުލުހުންނަށް ގުޅުމުން ފުލުހުން ވިދާޅުވީ ތޮއްޑުއަށް ދެވޭނީ ލޯންޗެއް ހަމަޖެއްސުމުން ކަމަށެވެ.

"ދެން އަޅުގަނޑުމެން ހަމަޖެއްސީ 12 މީހުންގެ ޖާގައިގެ ލޯންޗެއް. ނަމަވެސް ރަސްދޫން ތޮއްޑުއަށް އެލޯންޗްގައި އަންނަން ފުލުހުން ދެކޮޅު ހަދައިފި. ގަލްފެއް ހަމަޖައްސަން ފުލުހުން ބުނުމުން އަޅުގަނޑުމެން ގަލްފެއް ކުއްޔަށް ނަގައިގެން ރަސްދުއަށް ފޮނުވައިގެން އެރަށުން ފުލުހުން ތޮއްޑުއަށް ގެނައީ." އޭނާ ބުންޏެވެ.

ތިން ފުލުހުން ތޮއްޑުއަށް އައިތާ ކުޑައިރުކޮޅެއް ފަހުން ސްނޯކްލިއަން އަށް ދިޔަ މީހަކު ނިޔާވި ޚަބަރު ލިބިގެން އެފުލުހުން އެސަރަހައްދަށް ވަނީ ގެންގޮސްދީފައެވެ. އެސަރަހައްދަށް ފުލުހުން ގެންދަން ޖެހުނީ ވެސް ގެސްޓްހައުސް އަށް ގެއްލުން ދިން މައްސަލަ ރިޕޯޓް ކުރި މީހާގެ ޚަރަދުގައި އޭނާ ކުއްޔަށް ހިފާފައިވާ ލޯންޗްގައެވެ.

ރަސްދުއާ ތޮއްޑުއާ ދެމެދު އޮންނަނީ ލޯންޗެއްގައި 15 ވަރަކަށް މިނެޓުން ދެވޭ ވަރުގެ ދުރުމިނެކެވެ.

"އަޅުގަނޑު ބޭނުން ވަނީ ފުލުހުންގެ ތެރޭގައި ހުރި މިފަދަ މައްސަލަތައް ހައްލުވާން. މިއީ ފުލުހުން ރައްޔިތުންނަށް ޚިދުމަތް ދޭން ޖެހޭ ގޮތް ކަމަކަށް ގަބޫލެއް ނުކުރެވޭ." އޭނާ ބުންޏެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ނުލިބެއެވެ. ނަމަވެސް ފުލުހުން ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވެފައި ވަނީ ތޮއްޑޫގެ ގެސްޓްހައުސް އަކަށް ގެއްލުން ދިން މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ.

ގެސްޓްހައުސް އަށް ގެއްލުން ދިން މީހުން ވަނީ އެތަނުގައި ހުރި ފަރުނީޗަރުތަކުގައި ދަވާދު އުނގުޅާ ދޮރުފޮތިތައް ހަލާކުކޮށް ގެއްލުންތައް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ގުރާ

    މާލޭ ސަރުކާރަކަށް މިގައުމު ނުހިންގޭ، ގައުމަށް ލިބޭ ހުރިހާ އެއްޗަކުން ކިރިއާ މާލޭގެ ކަންކަން ބެލެހެއްޓެނީ. ޕޯޗުގީޒުން ތިބިނަމަ މިއަށްވުރެ މާރަނގަޅުވީސް.

    45
    4
  2. ކޮރަލް

    ބަދަލު ހޯދަން ކޯޓައް ދާން ވީ އެވެ.

    41
  3. ވާކުޑޭ

    ކޮންމެ ރަށަކަ ލޯންޗެއްކާއި ކިތަންމެ ކުޑަ މައްސަލޭ ބަލަން ލޯންޗް ދަތުރު ކުރުމަކީ ކިހާ ބޮޑު ހަރަދެއްކަން ނޭނގެނީތަ މީސްމީހުންނަ

    5
    52
  4. ބުތު

    ތިޔަފުލުސް މިހާރު ދުވަހަކު ނުދާވަރަ ތިޔައޮތީ ފޫގޮސްފަ ކީއްކުރާނީ މީހާލަތު.....ގަދަބަޔަކު ހަވާލުވީމަ ވާނީމިހެންތާ...........

    47
    • Anonymous

      ރަސްދޫ ފުލުހުން ތިބެނީ އެ އަތޮޅުގެ މަސްތުވާ ތަކެތީގެ ބޮޑުން ގެ ދަށުވެފަ

  5. ޑރ. ރާމީ ހަސަން މ. ވައިނުޖެހޭގެއާގެ

    ރަށެއްގެ ވާހަކަ ލިޔުއްވާ ނަމަ އެ ރަށެއްގައި މީހުން އުޅޭ އަދަދު ލިޔެލުން ރަނގަޅު ވާނެ.

    4
    31
  6. ޝައްފަ

    އިމްރާނަށް އަށް އިނގޭނީ ބޮލުގައި ކަޅުފޮތި ބަނދެގެން އެކްޓިވިސްޓަކަށް ވެގެން މިނިސްޓަރު ކަން ހޯދަން ސަރުކާރު ވައްޓަން ބަގާވާތް ކުރަން. މީނާ ނޫން އެހެން މީހަކު ލާން ވެއްޖެ.

    27
    1
  7. ހުސްނުވި ސޫދު

    އަހަރު އެންމެ އެންމެ ކަނ

  8. ހުސްނުވި ސޫދު

    ފުލުހުން ބޮލުން ކެޓުވިޔަސް މިވަރު ބޮޑު....

    26
  9. Anonymous

    ހަހަހަހަހަހަހަހަ. ތީ އަޑު ތިމާމެން ފޭހުނު އިލޮށިގަނޑު! އަމިއްލަ ލޮލަށް ވަންނަތަން މިފެންނަނީ! މާދަން ވެސް ވޯޓްލާންް ނިކުމެފަ ގައުމުގަ ހުޅުޖަހާ ގައުމުގެ އެސެޓްސްތައް ކުޑަ އަގަކަށް ވިއްކަމުން ގައުމު ފަސާދަކުރަމުންދާ ބައިގަނޑަށް ވޯޓް ދޭން އަރުވައިޖަހައިގެން ނިކުންނާނީ!!!!! ސާބަހޭ !! ސާބަހޭ ހޯމް މިނިސްޓަރޫ!!

    36
    2
  10. ވަޒީރެއާލާ

    މަ ދެލޯފުޅާ!!! ތީ ފުލުހުންގެ ތެރޭގައި ހުރި މައްސަލައެއްނޫން. ދިވެހިރައްޔިތުންނަށް ހެޔޮވެރިކަންކޮށްދޭ އިބޫ ސޯލިހުގެ އޯގާތެރިކަމުން ހިތްހެޔޮކަމުން ކުރާކަމެއް. ސަރުކާރުގެ ޚަރަދު ކުޑަކުރަން އަންގާފައިވަނީ. އެހެންވެގެން ފުލުހުން އެއެންގުމާ އެއްގޮތަށް އަމަލު ކުރަނީ. ތިޔަކިޔާ އެއްޗެއްވިއްޔާ އެ ސޯލިހާދިމާލަށްކިޔާ. ހޮސްޕިޓަލަށް ބޭސް އަޅަންދާމީހާ މިހާރު ދާންވަނީ ބޭހާއި ބެންޑޭޖްވެސް ހިފައިގެން. އެޑްމިޓްވާމީހާވެސް ގެއިން ބެޑްޝީޓާއި ބާލީސް ވެސް ހިފައިގެން. ދާދިއަވަހަށް ބަލިމީހާއަށް ޚިދުމަތްދޭ ޑޮކްޓަރުންނާއި ނަރުހުންގެ މުސާރަވެސް ބަލިމީހާ ދައްކަން ޖެހިދާނެ. އެއީ ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެގޮތުން.

    29
    2
  11. މާމީ

    ކޮވިދު-19 ގައި އޮތްގޮތައް ރައްޔިތުންނަަަށް އުފާ ފާގަ ކަންގެނެސް ދެނީ ދެންވެސް އަވަހައް 19 ގައި ހިމެނޭ މީހުން ކައުންސިލް ތަކަށް ހޮވާލާ

    13
  12. ޙިސާންހުސްނޫ

    ގެއްލުމުގެ ބަދަލުގެގޮތުގައި 5 ބިލިއަން ޖަހާލާފަ ކޯޓަށްވައްޓާލާ. ކޯޓުންބޭރުން ނިންމާލާނެ 4 ބިލިއަަނަށް ބުއްޅަބޭއަށް އެތިކޮޅެއްދޭމަތިން.

    12
  13. ޚިޔާލު

    މިގައުމުގައި ފުލުހުންގެ މައްސަލަ ބަލަން މިނިވަން މުއައްސަސާއެއް ރައްޔިތުންގެ ފައިސާއިން ހިންގާ ކަން އިގޭތޯ. އެތަނަށް މި މައްސަލަ ހުށަހޅާބަލަ

    2
    2
  14. ޔާމިން

    ޝޭ ކު އިމްރާން އަދި އެމްސީ ހަމީދު އިސްތިއުފާ. ބަދަލުގެ ގޮތުގައި 4ބިލިޔައް ޑޮލަރު ހޯދައް ކޯޓަށްްލާ ކެނަރީގެ ޔަހޫދީ ކަލޭގެޔައް 2 ބިލިޔައް ޑޮލަރު ދިނީމަ ނިމުނީ. ބާ ކީ 2 ބިލިޔައް ޑޮލަރު ތިބޭފުޅާޔައް.

  15. ރާއްޖެތެރޭ މީހާ

    މިޤައުމަގަ ފުލުހުން މަސައްކަތް މިކުރާގޮތް ގޯސްކޮށްފަ ވަަހަކަ ދެކުމުގެ ބަދަލްގަ ފުލުހުން މަސައްކަތްކުރަނީ ކިހާ ގިނަ ފެސިލިޓީސް އެއް ހުރެގެންތޯ ބަލަން އެބަ ޖެހޭ ޙާއްސަކޮން ރާއްޖެތެރޭގަ މަސައްކަތް ކުރާަ ފުލުހުން ކޮމެ ބައެއް ވެރިކަމަށް އަޔަސް އެބޭފުން އުޅެނީ އެފަދަ ހާލެއްގަ