ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ފުލުހުންގެ ހިދުމަތުގެ ބިލުން ސިޔާސީ ނުފޫޒުގެ ދޮރު އިތުރަށް ހުޅުވިގެންދާ ދާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔާޑް) އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ހިދުމަތުގެ ބިލު މަޖިލީހަށް ހުށަހެޅެއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. އެ ބިލުގެ ފުރަތަމަ ކިޔުން މިހާރު ވަނީ އިއްވާފައެވެ.

އެ ބިލާއި މެދު ކަންބޮޑުވެ މިއަދު ރިޔާޒް ވިދާޅުވީ، މިހާރު ހުށަހަޅާފައިވާ ފުލުހުންގެ ހިދުމަތުގެ ބިލުން މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ކުޑަވެ، އެ މުއައްސަސާއަށް ސިޔާސީ ނުފޫޒުު ފޯރުވުމުގެ ދޮރު އިތުރު ހުޅުވިގެން ދާނެ ކަމަށެެވެ.

"ފުލުހުންނަށް ރަނގަޅު ހިދުމަތެއް ދެވޭނީ ހިންގުން މިނިވަން ވެގެން". އަބްދުﷲ ރިޔާޒް ވިދާޅުވިއެވެ.

މިހާރު އަމަލުކުރާ ފުލުހުންގެ ގާނޫނަކީ 2008 ވަނަ އަހަރުން ފެށިގެން އަމަލުކުރާ ގާނޫނެކެވެ.