އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނު ޕޯސްޓަރު ހަރުކުމުގެ ހަރަކާތެއް އެމްޑީޕީން މިއަދު ފަށައިފިއެވެ.
"ރަށްވެހި ފަތިސް" ނަމުގައި ކުރިއަށް ގެންދާ މި ހަރަކާތް ޝަރަފުވެރިކޮށް ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެމްޑީޕީގެ ކެމްޕެއިން ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް ފެއްޓީ އާޓިފިޝަލް ބީޗު ކައިރި ހުންނަ އެ ޕާޓީގެ ހަރުގެއިންނެވެ. ހަރުގޭގައި ޕޯސްޓަރު ހަރު ކުރުމަށް ފަހު މާލޭގެ ބައެއް ގެތަކުގެ ފާރުގައި ޕޯސްޓަރު ހަރުކުރުމުގައި ރައީސް ސޯލިހާއި ނަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޑީޕީގެ ހަރުގެ ކައިރީގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީގެ އަމާޒަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބޮޑު ތަނުން ކާމިޔާބު ކުރުން ކަމަށެވެ. ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރަން ޖެހޭ މުހިންމު މަގްސަދުތަކެއް ހުރި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ފަހުން ގެނެވުނު ބަދަލުތަކާއި ގުޅިގެން ކައުންސިލްތަކަށް ބާރުތަކެއް ދީފައި ހުރުމުން ސަރުކާރުން ހިންގަން ޖެހޭ މަޝްރޫއުތަކަށް ކައުންސިލްތަކުގެ އެއްބާރުލުމާއި އެހީތެރިކަން ވަރަށް ބޭނުންވާކަމަށެވެ. އަދި މަޖިލިސް އިންތިހާބަށް ވުރެ ބޮޑު ކާމިޔާބީއެއް މިފަހަރު ލޯކަލް ކައުންސިލް އިންތިހާބުން ހޯދާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް މިއަދު މާލޭގެ އިތުރުން ވިލިމާލެ އަދި ހުޅުމާލެގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިއަދު މެންދުރު ފަހު ރައީސް ސޯލިހާއި މަޖިލިސް ރައީސް ނަޝީދު ވިލިމާލެއަށް ވަޑައިގަންނަވާނެއެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ވަނީ މަޖިލިހުގެ ސުޕާ މެޖޯރިޓީ ލިބިފައެވެ. އެހެންވެ، އެ ޕާޓީގެ މެމްބަރުން ތިބީ ލޯކަލް ކައުންސިލް އިންތިހާބުގައި އެއަށް ވުރެ ބޮޑު ކާމިޔާބީއެއް ހޯދުމުގެ އަޒުމުގައެވެ.
ރައްޔިތުން މާޔޫސްކަމާއި ހިތްދަތިކަމުގަ ރައިސްމީހާބަޑުފުރާކައިގެން ރައްޔިތުންމީހާހޯދައިދިން އިއްޒަތާޝަރަފުވެރިކަމުގަ ހެވިދިލިފަ .
ފަޒުނާ އާއި ލައެލާގެ މޫނުގަ ޕޯސްޓަރު ހަރުކޮށްބަލަ މާތާހިރުވާނެ. ގައުމު އޮޔާދަނީ މޑޕ ޔަހޫދީން ހެވިދިލިފަ. ހެޔޮނުވާނެ އެކަކުވެސް ވޯޓު ނުދޭތި.
އމ ފަތިސް ޖަހައިގެން ނުކުތަސް ކަލޯމެންނަށް އަހަރެންގެ ވޯޓު އަބަދަށްޓަކާ ހަރާން! ހަނދާންކުރާތި. ކުރިންވެސް ފަހުންވެސް ދެންވެސް ވޯޓެއްނުދެން. ދެންވެސް ގޮށް ރީނދުލާއެކު ރާއްޖޭގެ އެންމެން ތިއްބަސް މަ އެކަނި ހުންނަންޖެހުނަސް ނުދޭނަން ވޯޓެއް. ﷲ އިރާދަކުރެއްވިއްޔާ ތިޔަ ފަތިހަކަށް އިރެއްނާރާނެ ދުވަހަކުވެސް. #ލާދީނީ
ރައްވެހި ފަތިހޭ ކިޔާއިރު ތީގެ ތެރެއިން ކިތައްމީހުންތޯ ފަތިހު ހޭލީ! ނަމާދުކުރީ! މާރިޔާ ބުނުހެން އެންމެ ރަނގަޅީ ރައްވެހި ހަވީރު ނުވަތަ ރޭގަނޑު ކިޔުން!
ތިޔަ ކިޔަން އައުލާކަން ބޮޑީ ޔާމީނު ކޮޕީކޮށްފިން. ޔާމީނު ރަށްވެރި ތަރައްޤީ ގެނެސް ރަށްވެރި ތަރައްޤީގެ ފޮތެއް ނެރެފައި ދައްކާލީމާ، ރަށްވެހި ފަތިސް ކިޔަން އަހަރެމެންނަށް ދަސްވެއްޖެއޭ ބުނުން. ކޮޕީ ކުރުން ނޫން ކަމެއް ނުވެސް ދަނޭ.
މީ މި ރާއްޖޭގެ ޔަހޫދީ ލާދީނީ ބައިގަޑުގެ މަތިފަޑި
ގައުމައިގެން ދިވެހިރަޢިއްޔަތުންއުޅެނީ މައުޅޭނީ މަގެޕާޓީއައިގެން. ސޯލިހް
"ރަށްވެހި ފަތިސް" އެކިޔާ ޖަރީމާ ރާއްޖޭގަ ފަތިސް ވަގުތު ފެށެނީވެސް ހެދުނު އިރުއެރުމުގެ ފަހުން ހެއްޔެވެ؟ ވީމާ ރިޔާ ކަމަނާފާނަން ވެސް އެވިދާޅުވެވުނީ ހަމަ ރަގަޅަށްތާއެވެ. އެވެރިން ހެދުނު ގަޑީގައި ތިބޭނީ ނިދާފަތާއެވެ. ރަށްވެހި ފަތިހޭ ކިޔާފަ ފަތިސް ވީ ހެދުނު 9:30 ގައި ތާއެވެ. ބަކާސް
ރަައްވެހިތަރައްޤީގެބާނީ ރައީސްޔާމީން އައްއެނގިލައްވާނީ ރައްވެހިތަރައްގީއާއި ރައްވެހިފަތިހާގެންނަންއަދިކީއް ރައްވެހި ހަވީރާ ރައްވެހިރޭގަނޑުވެސް ކަލޭމެންނައްއެނގޭނީ ބޮޑުކަނޑަން ދޮގުހަދަން އޮޅުވާލަން
މި ފޮޓޯތަކުން ޖޭއެސްސީ ކަހަލަ މުސްތަގިއްލު ކޮމިޝަން ތަކުން މުސްތަގިއްލު ވާނެ ވަރު ވަރަށް ރަނގަޅަށް ފެނިގެން އެބަދޭ.
ތިބާއަށް ލިބިފައިވާ ފެންވަރާއި ޝަހުސިއްޔަތު އޮޅުވާލައިގެން ނުކުމެ މަގުތަކުގައި ހިނގުމަކީ ދިވެހިން އިތްހަމަޖެހޭ ކަމެއްނޫން. ތިޔާކަމަށްވެސް ބޯޑެއް އުފައްދައިގެން ކުރިއަށް ދާން ފެނޭ
މި ޕޯސްޓަރުން ފެންނަ މަންޒަރަށް ވިސްނާއިރު ދޭހަވަނީ، ތިވިލޭ ފަތިހުން ރަށް އަރަގުވެގެން ދާހެން މަށަށް ފެންނަގޮތް ބުނެލީ ހަޖަމްކުރާނެކަމަށް އުއްމީދުކުރަން