އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރާނީ ބޮޑު ތަފާތަކުން ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކެމްޕެއިން ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތުގެ ތެރެއިން ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި ނަޝީދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބާ ދިމާލަށް އެމްޑީޕީން ދަނީ ލާމަރުކަޒީ ގާނޫނަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ފަހު ކަމަށެވެ. އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެވަޑައިގެންނެވި ވައުދުފުޅުތައް ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.

"މިހާރު އެ ވަނީ ގާނޫނަށް އެ ބަދަލުތައް ގެނެވިފައި. އަދި ވަކިން ހާއްސަ ގޮތެއްގައި ކައުންސިލްތަކަށް ދިން ބޮޑު ބަޖެޓާ އެކުގައި ކައުންސިލްތައް މަސައްކަތް ކުރާ ގޮތް ވަރަށް ބޮޑު ތަނުން ތަފާތު ވާނެ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީން މަސައްކަތް ކުރަނީ އެ ތަފާތާ އެކުގައި މަސައްކަތް ކުރާނެ ކައުންސިލްތަކެއް ރާއްޖެ އަށް އިންތިހާބު ކުރުމަށެވެ.

"އަޅުގަނޑުމެންނަށް ޔަގީންކަން އެބައޮތް، ކައުންސިލް އިންތިހާބުގެ ބޮޑު ނަތީޖާއަކުން، ބޮޑު ތަފާތަކުން މި ކައުންސިލް އިންތިހާބު އެމްޑީޕީ ކާމިޔާބު ކުރާނެ،" އެމްޑީޕީގެ ހަރުގެ ކައިރީޣައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ކެމްޕެއިން ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް ފެއްޓީ އާޓިފިޝަލް ބީޗު ކައިރި ހުންނަ އެ ޕާޓީގެ ހަރުގެއިންނެވެ. ހަރުގޭގައި ޕޯސްޓަރު ހަރު ކުރުމަށް ފަހު މާލޭގެ ބައެއް ގެތަކުގެ ފާރުގައި ޕޯސްޓަރު ހަރުކުރުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާއި އެމްޑީޕީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި ގިނަ އަދަދެއްގެ އެމްޑީޕީ ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

 1. ޅ .ގަމުމީހެއް

  ޢެމްޑީޕީ ގައި ގާބިލް މީހުނަކައް ފުރުސަތެއް ނެތް ނަޝިދު އާއި ބައިވެރިވެގެން ވައްކަން ކުރާނެ އިސްލާމް ދީނާ ދެކޮޅައް ވާހަކަ ދައްކާނެ މީހުނައް ފުރުސަތު ދިނީ

  91
  2
 2. ކަނީރު

  އަހަރެމެން ދިވެހިންގެ ހިތްތަކުގެ ރައީސް ރައީސް މުހަންމަދު ނަޝީދު. މިގޮތަށް ލިޔުނީމަވެސް ބައެއްބޭފުޅުންގެ ހިތަށް ވަރަށް ތަދުވާނެ

  1
  89
  • ބަނީރު

   އެބޭފުޅާއާ ހިތާހިތުގެ ގުޅުމެއް އެންމެންނަކާ ނޯވޭ. އެހެން ނޯންނަ މީހުންނަށް ކަހަރުވަކެކޭވެސް ހީނުވޭ ތިހެން އަދި ކިޔާ އެއްޗަކަށް. ބަޔަކަށް އެއީ ހިތުގެ ރައީސަށްވިއަސް އެހެން ބަޔަކަށް ހިތުގަ އޮންނަނީ ހެއްދެވި ފަރާތް އެންމެ މައްޗަށް. އެފަރާތަށްވުރެ މައްޗަށް ތިހެން އަރުވައިގެން އުޅޭ މީހުންނަކީ އެމީހުންނަށް މާ ބޮޑު މީހަކަށްނުވޭ. ހިތުގަ މީހަކު އަޅުވައިގެން ނައްޓަން ނުއުޅެ ދީނުން ބޭރުވެވޭއިރުވެސް ނޭނގފަ ތިބޭ ހާލަތަށް ދާން ބޭނުމެއްނުވޭ.

 3. ކަނީރު

  އަހަރެމެން ދިވެހިންގެ ހިތްތަކުގެ ރައީސް ރައީސް މުހަންމަދު ނަޝީދު. މިގޮތަށް ލިޔުނީމަވެސް ބައެއްބޭފުޅުންގެ ހިތަށް ވަރަށް ތަދުވާނެ. އިންޝާﷲ ކާމިޔާބު އޮތީ ދާދި ގާތުގަ

  88
  • ބުއްޅަ

   ކެނެރީގެ ބުއްޅަބޭ

   61
 4. ކަނީރު

  އަދި ދުނިޔޭގަ ހުއްޓަ ރައީސް ނަޝީދު ޤައުމުގެ ރައީސްކަން ކުރައްވާތަން ދެކިލަން ވަރަށްބޭނުން. އިންޝާﷲ

  95
  • ޔާން

   ﷲ އިރާދަފުޅުން ދެން ކެނެރީގެ ނަޝީދަކަށް ވެރިކަމަށް ކީއްކުރަން ބޮޑުވަޒީރަކަށްވެސް ނާދެވޭނެ އިންޝާﷲ. ތާ އަބަދު ދުޢާ ކުރާނަން ކެނެރީގެ ނަޝީދުގެ ބަލަވެރިކަމުން މި ރާއްޖެ ސަލާމަތްކޮށްދެއްވާތޯ.

   32
 5. އމޑޕ މެންބަރެއް

  ކަލޯ ތިއުޅެވެނީ ހިޔާލީ ދުނިޔެއެއްގައި. އެމްޑީޕީ މެންބަރއެއް 2013 ރިޔާސީ ވޯޓަށް ފަހު އެކަމަކު މިފަހަރަކު ވޯޓް ދެވޭކަށެއް ނެތް. ބާރައި އާރު ލިބުނީމައި މުޅިޤައުމު ތި ލޫޓްވަނީ މަދުބައެކަށް ނަހަމަ ގޮތުގައި ނާޖައިޒް ފައިދާ ހޯދަދޭށެވެ. ޔާމީންނަށް ވެސް ވެރިކަމުގައި ހުރިއިރު ހީވެފައި އޮތީ ވަރަށް ތާއީދު އޮތް ކަމަށްށެވެ. ކަންކުރެވޭ ގޮތެއް އޭނައަކަށް ވެސް ނުފެނުނެވެ. އިބޫއަށް ވެސް ހަމަ ވެފައިވަނީ އެގޮތެވެ. ލޯކަލް ކައުންސިލް އިންތިހާބް އަކީ އިންސާﷲ މި ޤައުމު ލޫޓްވާ ލަދީނީ ވެރިކަމާށް ނޫނެކޭ ބުނަން ފެށުމެވެ.

  60
  1
 6. ބޮޑޭ

  ކކކމިހާރު ނަގައިފި އެ ނެގީ ނަގާ ނިމިއްޖެ. އަނގަ.

  27
  7
 7. ވަގުންފެނޭ

  ކޮންބާރެއް ނުދީގެންތޯ މިހާ ދަތި ހާލުގައި ރައްޔިތުން މި އުޅެނީ.ފުރަތަމަ ބުނީ ރައްޔިތުންނޭ ވެރިކަން ލިބުނީމަ އޭ ހެޔޮވެރިކަން ކުރެވޭނީ،ވޯޓޫ ދޭށޭ.ވޯޓުދިނިން.ދެން ބުނީ ރައްޔިތުންނޭ މެޖޯރިޓީ ދޭށޭ. އެކަން ކޮށްފިން.ދެން ބުނީ ރައްޔިތުންނޭ ޖުޑީޝިއަރީ ލިބެން އެބަޖެހޭ.މިހާރު ޖުޑީޝިއަރީ ގެ ފުރިހަމަ ބާރު މަނިކުފާނުއަތުގައި..މަޖިލިސްގެ ބާރު އަތުގައި.ވެރިކަން އަތުގައި.ކޮންބާރެއްތޯ ަރއްޔިތުންނުދެނީ.ބާރު ނެތިގެންތޯ ގައުމު ނުހިގަނީ.ކޮންމެފަހަރަކު ރައްޔިތު މީހާ ގުބޯހައްދާފައި.މިހާރު މިކިޔަނީ ކައުންސިލް ލިބުނީމަ އޭ ހެޔޮވެރިކަން.ސަލާމުން ސަލާމް.ވަރަށް ކެތްކޮށްފިން.މަށާ މަގޭ އާއިލާ އެމް.ޑީ.ޕީ އަށް ވޯޓުދިނުން ސަލާމް.ފުރަތަމަ ކަންކޮށްފައި ދައްކާ.ތި ގައުމު ހިންގަނީ ނޫން.ޓީ.އެމް.އޭ ގެ ޚިޔާނާތު ގެ ބަޔާން އޭ.ސީ.ސީ އިން ނެރުނީމަ ވެސް އަރުވަ ޖަހާފައި ޓީ،އެމް.އަށް ޓާމިނަލް ދޭން ތިކުޅޭ ކުޅިގަޑޫ ރައްޔިތުންނަށް އިގޭ.ބޮޑު ތަނުން ވަގުން ބަލިވާނެ.ކުރީގެ ވަގުންނޭ ކިޔާއިރު މިހާރުގެ ވަގުގެ ކަންތައް ހަގުނަ ބޮޑު.

  52
 8. އަޙްމަދު

  އިންޝާﷲ މިއިންތިހާބު އެމްޑީޕީ އަކަށް ކާމިޔާބެއް ނުވާނެ!

  55
  1
 9. Anonymous

  ރައްޔިތުން މާޔޫސްކަމާއި ހިތްދަތިކަމުގަ ރައިސްމީހާބަޑުފުރާކައިގެން ރައްޔިތުންމީހާހޯދައިދިން އިއްޒަތާޝަރަފުވެރިކަމުގަ ހެވިދިލިފަ. ﷲ އިރަދަފުޅުން މިފަހަރު އެމްޑިޕީ ބަލިވެ އަމިއްލައަށް އިސްތިއުފާ ދޭނެ

  41
 10. އަހަރެން

  އިނގޭ ނަގާނެކަން .. ޝަރީފު ވެސް ހުންނާނެތާ އަދި އެއްކަލަ އިންޑިޔާ ވެސް މިފަހަރުވެސް އެހީ ވާނެނު .. ރާއްޖޭގެ އެއްވެސް އިންތިޚާބެއް އެހެން ބަޔަކަށް ނުލިބޭނެ އިންޑިޔާ އާއި ޝަރީފު ތިއްބާ .. ވަރަށް ސަލާމް ..

  28
  1
  • ސަންގުމަރުމަރު

   ތިޔާ ބުނީ ރަނގަޅަށް.
   ނިމިދިޔަ ރިޔާސީ އިންތިހަބުގައި އިންޑިއާގެ ބަރު ވަނީ ދައްކާލައިފި. ދެންވެސް ވޯޓުލާންޖެހޭ ހުރިހާ އިންތިހާބެއް އެމްޑީޕީ އިން ކާމިޔާބު ކުރާނެ. ހުރި ހަލާކެއްގެ ބޮޑުކަމާއެވެ.

 11. ކައިލީޖެނާ

  މިހަރަ އިބޫއޭ ކިޔާ ނުލަފާ މީހާ ގައުމުގަ ބޮޑު ވައްކަމެއް ކުރަމުން ދާއިރު ފެންނަ ކަމަށްވެސް ނުހަދާ ނުކުމެ މިއުޅެނީ އަންބޮނޑި ބޮޑުކުރަން ކެންޕޭނަށް ޕޯސްޓަރު ހަރުކުރަން

  25
 12. Anonymous

  ސައްހަ ވޯޓެއް ނަގައިގެން ކުޑަ ކާމިޔާބެއްވެސް ނުލިބޭނެ، ނިމިދިޔަ ދެއިންތިޚާބު ދުވަސްވަރުގައި ރައްޔިތުން ފެނުނުގޮތާއި މިހާރު ފެންނަމުންދާގޮތް ވަރަށްތަފާތު، ކުރީގެ އެމްޑީޕީއަށް ސަޕޯޓް ކުރި ގިނަރައްޔިތުން ދައްކަމުންދަނީ އެމްޑީޕީއާއި ވަރަށް ދެ ކޮޅުވެރި ޝުއޫރެއް، ގައުމުގެ އެއްވެސްބިމެއް އިންޑިއާ ނުވަތަ ބޭރުގެ ގައުމެއް ޖާގަޖަހަން ދޭން އެމްޑީޕީ ރައްޔިތުންވެސް ބޭނުމެއްނޫން، ނަހަމަގޮތުގާ ގައުމުގެ އެއްވެސް އެސެޓެއް އެއްވެސްފަރާތަކަށް ދޭންވެސް ރައްޔިތުން ބޭނުމެއް ނުވާނެ

  21
 13. ޙަމަހަމަ

  މޑޕ ގެ އިލެ ކްށަން ކަންތައް ހުންނަގޮތް ރީއްޗަށް ފަލީހަތްވެއްޖެ އަމިއްލަ އިންތިހާބުގެ ތެރެއިން.

  17
 14. ޔާމިން

  އިންޝާﷲ ބޮނޑު ތަނުއްބަލި ކޮށްލާނައް މޑޕ ޔަކަށްދޭނެ އެއްވެސް ވޯޓެއްނެއްލާދީނީ ބައިގަނޑު ވަރަށްވެފަ އަދި އެބަހުއްޓެންނު 2 ޔަހޫދީން.

  23
 15. ހުވަދޫ ޑޮކް

  ކޮބާ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ " ހައްޤުވާ މިންވަރު " މި ފަހަރު ވޯޓް ދިނުމުގައި ވިސްނާލަން އެބަޖެހޭ ފުންކޮށް ވިސްނާލަން އެބަޖެހޭ ! އައްޑޫ ވިޔަފާރިވެރީން ( ޚާއްސަކޮށް އަންނަ އުނު ވިއްކާ ފަރާތްތަށް) ނަޝީދު އާއި ބައްދަލުކޮށް ވިޔަފާރި ދައްވެ މުދާ ސްޓޮކް ވެފައިވާ ވާހަކަ ބުނުމުން ނަޝީދު ބުނަނީ ތިޔަކަންތައްތައް ހައްލު ކޮށްލާނަމޭ ބާކީވެފަ ހުންނަ މުދާ ޗައިނާއަށް އަށް ރީ އެކްސްޕޯރޓްކޮށްގެން ..... ހަމަ ބުނާއިރަށް އައްޑޫ ވިޔަފާރިވެރީން ހެވިފަ އަތްޖަހަން ތިބޭ !! ޗައިނާއިން އެބައުޅޭ ބާ މި ފަދަ ބާ މުދާ ނުލިބިގެން !! އައްޑޫގައި ގެސްޓް ހައުސް ވިޔަފާރިއަށް 33 މިލިއަށް ރުފިޔާގެ ބިޔަބޮޑު އިންވެސްޓްމަންޓެއް ގެނެސް ފަތުވެރިކަމުގެ ސިނާޢަތަށް އިންގިލާބެއް ގެންނާނަމޭ ބުނުމުން ހަމަ އައްޑޫ ރައްޔިތުން ބާރަށް އަތްޖަހަން ފެށީ .... ވިސްނާލަބަލަ 33 މިލިިއަށް ރުފިޔާއަށް ކިތަށް ގެސްޓްހައުސް ތޯ އަޅާލެވޭނީ އަދި ކިހާވަރެއްގެ އިންގިލާބެއްތޯ ގެންވޭނީ !!! މި ހާރުވެސް އިންޑިއާށް އައްޑޫ ގަން އެއަރޕޯރޓް ވިއްކާލުމަށް ހީލަތްތެރި ރޭވުން ރާވަމުން އެގެންދަނީ !!! އައްޑޫއަށް އިންޑިޔާގެ 500 ސިފައިން ގެންގޮސް ކޮން ކަހަލަ ދިރާސާއެއްތޯ ކުރަން އެއުޅެނީ އަދި ނަތީއްޖާ އަކަށް ކޮންކަހަލަ ދާހިލީ މައްސަލަތަކެއްތޯ ފެންމަތިވެގެން ދާނީ ނިކަން އައްޑޫ ރައްޔިތުން ވިސްނާލަބަލަ!! ސިޔާސީ ވިސްނުމުން އެއްކިބާވެތިބެ، މިނިވަން ވިސްނުމަކުން ވިސްނައި ފަރުދީ ޒިންމާ، ޒިންމާދާރު ކަމާއިއެކު އަދާ ކުރަމާތޯ !!

  17
 16. ފަސްމާމުލުންގެ5ވަގު

  ވިސްނާ ވަގަކަށް ހާސްދުވަސް ވެރިޔަކަށް އެއްދުވަސް ވަގު ވޯޓު ސަރުކާރު

 17. ސޮނި

  ނަނާހުވަފެންދުށީމޭ އެޖެންޑާނަވާރާތްވެރިކަމެއްވެއްޓޭންއުޅޭތީޔޭނަނާހުވަފެންދުށީމޭވެރިކަމާހެދިބުއްޅަބޭގެއަގާތްސޮނިއެފާތްބާތީނަނާހުވަފެންދުށީމޭ

 18. ްއިސްލާހު

  ބަލިވާނެ ކަން ޔަޤީންވާތީ "އަނގަފުޅު އައްވަނީ" އެވެ. ދިވެހިރާއްޖޭގެ ރައްޔިތުން އަދި ތިބީ ހަމަ ހޭގައެވެ.

 19. Anonymous

  އާނ ދޮގޭ. އެހެންތަ ހީކުރި. ޞައްޙަ ވޯޓުން ލާހިކެއްނޫން ކުރިހޯދާކަށް. އޭކީއްވެ. ނަޝީދު ކިޔާ މީހަކު ދީނާޚިލާފު ކަންކަން ކުރަން ހިތްވަރުދޭތީ.

  10
 20. އެމަންޖެ

  ތިޔަ ބޭފުޅުން ލާރިދީ ގަނެފަ އޮތް އެއްޗެއް ލިބިދާނެތާދެން، މި މޮޔަ މީ މިގައުމައް ޖެހިފަވާ ބޮޑު ވަބާއެއް.

 21. ބޮލި މުލައް

  އީސީ މެމްބަރުންނަށް ރިޝްވަތު ނުދީ ކާމިޔާބުކުރުން ކާމިޔާބަކަށްބަލާނީ.

 22. މިއަދު

  މިއަދު މިފެންނަނީ ވެރިކަން ކުރުމުގެ މުޅިން އައުނިޒަމެއް ރާއްޖޭގައި ތަޢާރަފް ވަމުންދާމަންޒަރު ރިޔާސީ ނިޒާމެއް ގައުމު ހިންގަނީ މުޅިދައުލަތް މުށުތެރެއަށް ޖަމާކޮށްގެން މަޖިލިހުގެ ރައީސް ގައުމުގެ ރައިސްގެ ކަމަކީ ނަޗަރަންގީކުޅުން ބ ތުޅަދޫމީހުންގެ ބަހުންނަމަ ގުއިނުދެކޭ ކަޅަށް ގުއިފެނުނީމަ ވާނީ ހަމަމިހެން