ބޯކޮށް ވާރޭވެހި ށ. ނަރުދޫގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ރޭ ލިބިއްޖެއެވެ.

ނަރުދޫ ކައުންސިލްގެ ރައީސް އަހުމަދު އާރިފް "ވަގުތަށް" ވިދާޅުވީ އެ ރަށަށް ބޯކޮށް ވާރޭވެހި ދެ ގެއެއްގެ ހިފާ ގެން ގުޅޭ ސާމާނު ހަލާކުވެފައިވާ ކަމަށެވެ. އަދި ފެން ޕަންޕު ޖަހައިގެން މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަމުްނދާ ކަމަށް އަހުމަދު ވިދާޅުވިއެވެ.

ނަރުދޫގައި ފެން ބޮޑުވެފައި.

އޭނާ ވިދާޅުވި ގޮތުގައި އެ މަސައްކަތުގައި ރަށުގެ ރައްޔިތުންނާއި އެމްއެންޑީއެފުން ބައިވެރިވެއެވެ.

ނަރުދޫގައި ވާރޭ ވެހުމުގެ ސަބަބުން ރަށުތެރޭގައި ދެ ފޫޓު ބައި ނުވަތަ ތިން ފޫޓަށް ފެންބޮޑުވެފައި ކަމަށް އޭނާ ވިދާޅުވިއެވެ. މަގުތަކުގައި ހިނގާ ބިނގާވެ ނޫޅެވޭ ވަރަށް ފެން ބޮޑުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ މިއަދު ފަތިހު ފަހަކުން ހެނދުނު ނުވައެއް ޖެހުމާ ހަމައަށް ހއ. އަތޮޅުން ފެށިގެން ޅ.އަތޮޅާއި ހަމައަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޔާމިން

    ސަރު ކާރަށް ކޮށްދެވޭނެ ކަމެއް ތި ކަމުގަ ނެއް. މިދުވަސް ކޮޅު މިއުޅެނީ ވަރަށް ބިޒީ ކޮށް ކައުންސިލް އިންތިހާބުގެ ކެއްޕޭނުގަ ތިރަށުގެ ރައްޔިތުން ނި ކުމެ ފެންހިއް ކާ. މޑޕ ޔައް މެޖޯރިޓީ ހޯދަދޭތި ތިރަށުއް ވަރަށް ސަލީން.

    8
    2
  2. މާމިގިލީ މީހާ

    މާމިގިލިއަށް ވާރޭ ނުވެހިގެން މިއުޅެނީ. ހިރަފުސް ގަދަ ކަމުން، މަގު ތަކުގައި ސައިކަލު ވެސް ދުއްވޭ ވަރެއް ނޫން. ހިގާ ބިގާ ވެސް ނޫޅެވޭ. ބޭރައް ނިކުންނަނީ މާސްކް އަޅާގެން. ބުރުމާ ބާގީގެ ފެން ލޮރީތަކުން ފެން ވެސް ޖަހާކައް ނުކެރޭ.

    3
    2
  3. ކިޔުން

    ނަރުުދޫ ކިޔާރަށެއް އޮއްނަކަންވެސް މި އެނގުނީ އަދިކިރިޔާ

    5
    4