ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ސަރުކާރަށް ލިބެއްޖެ ނަމަ ފެނިގެން ދާނީ ހުދުމުހުތާރު ވެރިކަމެއް ކަމަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނާއިބު ރައީސް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފު އުމަރު މިފަދައިން ވިދާޅުވެފައި މިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެމްޑީޕީގެ ކައުންސިލް އިންތިހާބު ޕޯސްޓަރު ހަރު ކުރުމަށް ބޭއްވި ހަރަކާތުގައި ނޫސްވެރިންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. ރައީސް ސޯލިހު ވިދާޅުވީ ކައުންސިލް އިންތިހާބު ބޮޑު ތަފާތަކުން އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށެވެ.
އާދަމް ޝަރީފު އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުން ރައްޔިތުން ގާތު ވެފައިވާ ވައުދުތަކުގެ ތެރެއިން އެއްވެސް ވައުދެއް ފުދިފައި ނުވާ ކަމަށެވެ. އެގޮތުން މިނިމަމް ވޭޖުވެސް ކަނޑައެޅިފައި ނުވާ ކަމަށާއި ވަޒީފާގެ ޕްރޮބޭޝަން ދިގުކޮށް ބައެއް މާއްދާތައް ހުއްޓާލާ ސަރުކާރުން ތިން ބާރު މަސްހުނި ކުރަމުންދާ މަންޒަރު ރައްޔިތުންނަށް ފެންނަމުންދާ ކަމަށެވެ.
"ލޯކަލް ކައުންސިލްތައް ސަރުކާރަށް ދީފިނަމަ ހުދުމުހުތާރު ވެރިކަމަށް މިސްރާބު ޖަހާނެކަން ދަންނާނެ،" އާދަމް ޝަރީފު ވިދާޅުވިއެވެ.
Gina vaudhuthah nufudhdhi, minimum wage kanda neylhi, wazeefaage probation dhigukoh, baeh subjects huttaalai, 3 baaru mas-huni kuramundhaa manzaru, rayyithunnah feney. LC sarukaarah dheefinama, khodhumuhuthaaru verikamakah misraabu jahaanekan dhannaane.https://t.co/gBCxFaZtwq
— Adam Shareef Umar (@Adamshareefz) February 15, 2020
އާދަމް ޝަރީފް ކުރެއްވި ޓުވީޓުގެ ތަފްސީލް ދެއްވައި، އޭނާ "ވަގުތަށް" ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ މެޖޯރިޓީ އެމްޑީޕީ އަށް ދީގެން ރައްޔިތުންނަށް ލިބުނު ކުރިއެރުމެއް ފެންނަން ނެތް ކަމަށެވެ. ރައްޔިތުން ބޭނުންވި ފަދަ ނަތީޖާއެއް ނުނެރުވުމުން އެމީހުން ތިބީ ސަރުކާރާ މެދުގައި ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
"ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކޮށްދޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ. ހުރިހާ ބާރުތަކެއް ލިބިއްޖެނަމަ، މި ވެރިކަން ބަދަލު ވެގެން ދާނީ ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް،" އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ލޯކްލަ ކައުންސިލް އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ކުރުމުގެ އެއްވެސް ފުރުސަތެއް ނެތެވެ. އިދިކޮޅުން ނިކުމެ، އެމްޑީޕީ ބޮޑު ތަނުން ބަލި ކުރައްވާނެ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
ޕޯސްޓަރުތައް ހަރު ކުރުމަށް ބޭއްވި ހަރަކާތުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ މިދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުން އަދިވެސް ތިބީ ސަރުކާރާއި އެކީގައި ސަރުކާރަށް އިންތިހާބުތައް ކާމިޔާބު ކޮށްދިނުމުގެ ރޫހުގައި ކަމަށެވެ.
ކައުންސިލް އިންތިހާބަށް އެމްޑީޕީން ވަނީ އެޕާޓީގެ ޕްރައިމަރީ ބާއްވާ ނިންމާ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންވެސް ފައިނަލް ކޮށްފައެވެ. އަދި ކައުންސިލް އިންތިހާބަށް ފޯމު ހުށަހެޅުމަށް އެޕާޓީން ހުޅުވާލާފައިވާއިރު ކައުންސިލް އިންތިހާބުގައި ކެމްޕެއިން ހަރަކާތްތައް އެންމެ ފުރަތަމަވެސް ފަށާފައި މިވަނީ އެމްޑީޕީންނެވެ.
ކައުންސިލް އިންތިހާބު އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވަން އިލެކްޝަނުން ނިންމާފައިވާއިރު މި މަހުގެ 20ވަނަ ދުވަހުގެ ކުރިން ކައުންސިލް އިންތިހާބުގައި ވާދަކުރާ ފަރާތްތަކުން ފޯމު ހުށަހަޅަންޖެހެއެވެ.
ރަނގަޅު ވާހަ ކައެއް ތާއީދު.
އެންމެ ފުރަތަމަވެސް އަވަސް ވެގަންނާނީ ލާދީނީ ކަންކަން ފަތުރަން! އެރުން އެމީހުންނަށް ބުނެވެން އޮންނާނެ ރައްޔިތުން މިތިބީ ތިމާމެންގެ ކޮޅުގަޔޭ!!!
ކޮއިފުޅާ ކަމެއް ކުރަން ނުދަންނަ މީހުންނަށް ކުރެވޭނީ ތިޔަ ކަން. މީހަކު އެތައް ކަމެއް ކޮށްފައި ރަށްވެރި ތަރައްޤީގެ ނަމުގައި ފޮތެއް ނެރެފައި ރަށްވެރި ތަރައްޤީ ދައްކާލީމާ، މިމީހުންނަށް އަދި ކިރިޔާ ރަށްވެހި ފަތިސް ކިޔަން އެނގިފައި މިތިބީ. މިވަރުގެ ކަމީނާ ބަޔަކަށް ރަނގަޅު ކަމެއް ކުރަން އެނގޭނެތަ؟
އިންތިހާބުތަށް ކާމިޔާބު ކުރަނީ ވޯޓު ގަނެގެން! ޢެހާވަރަށް ސައްލި ހުންނާނެ! ޜައްޔިތުން އެމީހުންގެ ހައްގުތަށް ވިއްކާލާ ސަގާފަތެއް މިތަނުގަ އޮތީ! ގައުމު ދެކެ ލޯބިވާ ބަޔަކު ވެސް އުޅެފާނެ! ގިނައީ ލައްޒަތު ހޯދަން ބޭނުންވާމީހުން! ޢެކަން އެމް ޑީ÷ޕީ އަށް އެގޭ! ޢިދިކޮޅުން ވަރަށްގިނަ މަސައްކަތް ކޮށްގެން ރައްޔިތުންނާ ގުޅިގެން އުޅެގެން ތިކަންވާނީ! ސިޔާސީ ގިނަ މީހުންނަކީ ވަރަށް ހަޑި ބައެއް! މަކަރާއި ދޮގު، އޮޅުވާލުން ކަންދެއްކުން، ބޮޑެތިފާފަ ތައް! ޜަގަޅު ސިޔާސީ މީހުން އެއީ ތަރިން ގާނދީ މަންޑޭލާ....
ވަރަށް ބޮޑު ތެދުފުޅެއް މިހާރުވެސް ފެންނަމުންދަނީ އެފަދަ ގޮތެއް. ރައްޔިތުންނަކަށް ހެޔޮއެދޭ ތަނެއް ނުފެނެއި، ކަމެއް ނުކޮށްދެވެއި
އެއީ ރައްޔިތުންނައް ކަމެއްކޮއްދެންއައި ބައެއްނޫން އެމީހުން ވެރިކަމައްއައީ ރައްޔިތުންނައް ކަންތައްކޮއްދޭނަމުގަ ޤައުމު ދަވާލަން އެކަންނުކުރެވިގެން އެއުޅެނީ މިހާރު ލޯކަލްކައުންސިލްތައްނުލިބިގެންނޭ އެބުނަނީ މިކަމައްރައްޔިތުން ނުވިސްނައިފިނަމަ ދެންދުވަހަކުވެސް ގައުމުއަތުނުޖެހޭ ހިސާބައްގައުމުގެކަންތައްދާނެ.
ކަލޯ މެން ފޭބީ ކޮން ކަހަލަ ވެރި ކަމެއް ކޮއްފަތަ؟؟؟؟
އިދިކޮޅު މިހާވަރަށް ބައިބައި ވެފަ އޮތް ޒަމާނެއްނާދޭ ވީމާ އިދިކޮޅު އެއްގަލަކަށް ނާރައިފަނަމަ ކައުންސިލްތައްވެސް ދާނީ އެމްޑީޕީއަށް. ޔާމީން ގެ އަނބިކަނބަލުން މިވަނި އިދިކޮޅު ބައިބައި ކުރުވާ އެމްޑީޕީ އަށް ފުރުސަތު ހޯދާ ދީފަ ގެއަށް ވަޑައިގެން ހިނިތުންވެފަ،
ބަލަ ކޮންމެ ބަޔަކު ވެރިމަށް އެރިޔަސް ބުރޯ ސަރުކާރާ ނުގުޅި ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނޯންނާނެ
ނިމިދިޔަ5 އަހަރު ކުރި ވައްކަމުން މިއުޅެނީ އަރައިނުގަނެވިގެން އެންމެ އަރިހުގަތިބިމީހުން މާލޭން ފުލެޓް ގަނެ ގޯތިގަނެ އަގު ބޮޑު ކާރުގަނެ ވ ޔނ ގެ ވެރިކަމުގަ ތަންމަތި ހިފައިގެން މާލެ ފޭބިމީހުން މުއްސަދި މަހުޖަނުންނައްވެފަ މިސާލަކައް ހިސާބް ޓީޗަރު ދޮންކެޔޮ ގެރިބޯ ނިލަންދު ހަލީލް މުޅިއާއިާޔައް ފުލެޓްދީފަ ކަމެއް ނުކުރެވެ ކޮބާ ޒަމީރު
އިސްލާމް ދީން ރައްޖެ އައީ ވަގު ޔާނީން އާއި އެކުގަތަ ނުނީ ޕޕ އާއި އެކުގަތަ
ޔާމީނުގެ ވެރިކަމުގައި ކަލޭމެން އެންމެން އަތުޖެހުނުހާތަކުން ސިޔާސީ އިދިކޮޅު އެންމެން ހިފާ ހައްޔަރު ކޮށް ޓީވީ ސްޓޭޝަން ތަކުގައި އަލިފާން ޖަހާ މަޖްލިސް ހިސޯރުކޮށް ސްޕްރީމް ކޯޓު ފުރާޅު ވައްޓާލީ އެއީ ކޮންކަހަލަ މުޚްތާރު ވެރިކަމެއްވީމަތަ ؟ ލަދުހަޔާތް ކޮބާ ؟
ރައްޔިތުންނޭ ވަގުތީފައިދާ އަށްނުވިސްނާ!! ދާއިމީފައިދާއަށްވިސްނާ!! ލޯ ކަލް ކައުންސިލް އިންތިހާބު، އެމްޑީޕީއަށް ދީފިނަމަ މުޅިގައުމުފުނޑާލާނެ. ދުނިޔޭގެ އިގްތިސާދުފުނޑިހަލާ ކުވެގެންދާއިރު ވެސް ސިޔާސީމަގާމްތައްގާތްމީހުންނާ ޕާޓީމީހުންނައް ބަހާ ބޮޑެތިއަދަދުތަ ކުން މުސާރަބަހާ އިރު ނި ކަމެތި ރައްޔިތުން ބި ކަކުރުމައްފަހު މަ ކަރުވެރިހީލަތްތެރި ކަމާއެ ކު ނު ކުމެ ވަގުތުބޭނުން ހިފާ ފައިސާގެދަހިވެތި ކަމާއޭގެ އަޅުވެތި ކަމުގަ ޖައްސާނެ. ވިސްނާފި ކުރުނު ކޮށްފިނަމަ އަންނާންއޮތް މާދަމާ މިގައުމުގެ ދަރީން އުޅޭންޖެހޭނީ ފަލަސްތީނުގެ ރައްޔިތުންނައްތުރެ ނި ކަމެތި ހާލުގަ. މިއާދޭސް ނުއަހާވަގުތީ ފައިދަާގެ އަޅުވެތިކަމުގަ ނުޖެހޭތި!! ދެތިންހާސް ރުފިޔާއަށް ވޯޓުވިއް ކާނުލައްވާތި!!
ފައިސާބަހާފިނަމަ ފައިސާނުހިފާދޫނު ކުރާތި!! އެއީ ބަހާދޭނީ ހަމަރައްޔިތޔންގެފައިސާ.. އެ ކަމަ ކު ވޯޓުދެއްވަންވާނީ ވިސްނާވަޑާގެން ... އެމްޑީޕީ އަ ކަށް މިގައުމުހިންގުމުގެ ގާބިލް ކަންލިބިފަ ނުވާ ކަން މިއަދުމިވަނީ ސާބިތުވެފަ. ރައްދު ކޮމެންޓް ކުރެއްވިނަމަ ވެސް މިހަގީގަތް ބަދަލުނުކުރެވޭނެ.
ބުރޯ ކަލޯ ތިހިރީ ހަމައިގަތޯ ޔާނުއަށް ވަގު ކިޔާމީހުނަށް ބުނެލާނީ ފުރަތަމަ ތިމާއަކީ ކިހާތެދުވެރި މީހެއްތޯ ވިސްނާލާފަ އެހެންމީހުނަށް ވަގަށްގޮވާނީ ރައީސް ޔާމީންއަށް ވަގަށް ގޮވާމީހުން ތިބީ ކަފަތް ބީރުވެ ދެލޯކަނުވެފަބާ އޭހައަރެންހިތަށްއަރާ އާއެހެއްޏާފަހެ ހަޤީގަތް އެގިތިބެ އެވެސްކުށެއް ނެތްނިކަމެތި މައުސޫމް އިންސާނަކުގެ މައްޗަށް ބާތިލްޝަރިޔަތެއް ކުރުވާފަ އެވަރުންވެސް ރައީޔާމީނަކީ ވަގެއް ނޫންކަން ސާބިތުވީ މަވެސް އެވަރުން ފަރުޖެހިގެން ޝަރިޔަކުރިޣާޒީބޭރުކޮށް ލާފަ މަގުމަތީގައި ވަންވަންޖަހަން އުޅުނު ރީނދޫ ގުންޑާއެއް ލައްވައި ބުހުތާންހުކު މެއްކޮށްފަރޔާމީން ޖަލަށްލިޔަސް ރަލާއި ގަންޖާއާއިބޮއެގެން އަމަލުވެފައިހުރި މީހެން ނޫން ކޮންމެ އިންސާނަކުވެސް ޤަބޫލްކުރާނެ ރޔާމީން ވައްކަންނުކުރާނެކަން ތިގުންޑާތަކަށް ކެވުނުވަރުން އެހެން މީހުނަށްތި ވަގަށްގޮވަނީ ރީނދޫ ގުންޑާތައް ވެރިކަން ފޭރިގަންނަކޮންމެ ފަހަރަކުވެސް ހަމަމިފަ ދަހާލަކުރަށްޔަތުން އުޅެން ޖެހެނީ އެހެވީމަ މިހާރު ރަށްޔަތުންނަށް އެގޭ އަސްލު ވަގުންނަކީ ކޮންބައެއްކަން ވަރަށްސާފު އަސްލު ވަގުން އެގޭނެ މިވެރިކަން ބަދަލުވީމަ ތިމަންނާމީ ވަގެއްކަންއަމިއްލައަށް ގަބޫލުކޮށްގެން ހުރިހާ ވަގުން ރާއްޖެދޫކޮށް ފިލަންދުވާ މަންޒަރު އަދިރަށްޔަތުންނަށް ފެންނާނެ ރައީސް ޔާމީންއަށް ވަގަށް ގޮވާކޮންމެމީހަކީ ބޮޑުވަގެއްކަން ވަރަށްސާފް ﷲރައީސްޔާމީން ދެދުނިޔޭވެސް މަތިވެރި ކުރަށްވާށި އާމީން
ސާވިސް ޗާޖަކި މުވައްޒަފުގެ ހައްގެއް،10% ނަގަން ޤާނުނުގައި ކަށަވަރު ކޮށްދެއްވާ، ނަގާވަރު ހަމަހަމައަށް ބެހުން ލާޒިމްކޮށް، މީރާއަށް އަށް ރިޕޯޓުހުށަހަޅަން ޝަރުތުކޮށް ޤާނޫނު އިސްލާހްކޮށްދީ! ދާއިރާގެ މެންބަރު ރައްޔިތު މީހާގެ އަޑު އައްސަވާ!