ރ. ފައިނުގައި ބޭއްވި މޫދު ކަސްރަތު ކްލާސްތަކެއްގެ ނިންމުމުގެ ރަސްމިއްޔާތަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މިހާރުގެ މެމްބަރު އާދަމް ޝަރީފް އުމަރަށް ދައުވަތު ދިނުމަށް ފަހު، ފަހުން އޭނާ ގެންދަން ބޭނުން ނުވުމުން، އެ އިވެންޓް ކެންސަލްކޮށްފިއެވެ.

އެމްއެންޑީއެފްއާޢި ފައިނު ކައުންސިލްގެ އިތުރުން ފައިނު އަންހެނުންގެ ކޮމިޓީއިން އިންތިޒާމް ކުރި އެ ރަސްމިއްޔާތަށް އުނގޫފާރު ދާއިރާގެ މެމްބަރާއި، އިނގުރައިދޫ ދާއިރާގެ މެމްބަރަށް ވެސް ދައުވަތު ދިނެވެ.

އެ ރަށުން "ވަގުތު"އަށް މައުލޫމާތު ދިން މީހަކު ނަން ހާމަނުކުރުމަށް އެދި ބުނީ އާދަމް ޝަރީފަށް ދައުވަތު ދީފައި ވަނިކޮށް އޭނާ އެ ރަސްމިއްޔާތަށް ގެންދިއުމާއި ދެކޮޅު ހެދީ ސަރުކާރުގެ ނުފޫޒު އޮވެގެން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

"އުނގޫފާރު ދާއިރާގެ މެމްބަރާއި މަޑުއްވަރީ ދާއިރާގެ މެމްބަރަށް ދައުވަތު ދިނީ ފައިނު މީހުންވީމަ. ދިނީމަ މިވީ ގޮތަކީ އެ މީހުންނަށް ނާދެވުނީ. ކުރިން އެ މަސައްކަތުގައި އުޅުނު އެމްއެންޑީއެފް މީހުން ކައިރީވެސް އަހާފަ ދައުވަތު ދިނީ. ފަހުން ކޮންމެވެސް ބަޔަކު ބުނީ ކަމަށް ބެލެވެނީ ނުގެންނާށޭ." އެ ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.

މޫދު ކަސްރަތު ކުލާސް ނިންމުމުގެ ރަސްމިއްޔާތަށް އާދަމް ޝަރީފް ގެނައުމާއި ދެކޮޅު ހެދުމުން، އެ ހަރަކާތް އިންތިޒާމް ކުރި ބައެއް ފަރާތްތަކުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް، އެކަމާޢި ދެކޮޅު ހަދާފައެވެ. މޫދު ކަސްރަތު ކުލާސް ނިންމުމުގެ ރަސްމިއްޔާތަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ވެފައި ވަނިކޮށް، އެ އިވެންޓް ކެންސަލް ކުރުމަށްފަހު އެ ރަސްމިއްޔާތަށް އެ ރަށަށް ދިޔަ އެމްއެންޑީއެފް މީހުން ފުރުވާލާފައިވާ ކަމަށް "ވަގުތު"އަށް ވަނީ މައުލޫމާތު ލިބިފައެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް "ވަގުތު"އަށް ވިދާޅުވީ، ފައިނުގައި ބާއްވަން ހަމަޖެހިފައި އޮތް ރަސްމިއްޔާތަކަށް އޭނާ އަށް ދައުވަތު ލިބުނު ކަމަށެވެ.

"އަޅުގަނޑަށް ދައުވަތު ލިބުނު. އަޅުގަނޑު ހުރީ ދާން. މީދޫ އަށް ވެސް ދިއައިން. އެކަމަކު އެންމެ ދެރައީ އިވެންޓް ކެންސަލްވީމަ. ހުރިހާ ތައްޔާރީތަކެއްވެ ނިމިފައި ވަނިކޮށް." އާދަމް ޝަރީފް ވިދާޅުވިއެެވެ.

ފައިނު މީހަކު "ވަގުތު"އަށް ބުނީ އިޖުތިމާއީ ހަރަކާތެއް ސިޔާސީކޮށް އިދިކޮޅު މީހަކަށް ވުމުން އިވެންޓެއްގައި ބައިވެރި ނުކުރެވޭނެ ކަމަށް ބުނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމާއި ހިތާމަ ކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޗަރުކޭސް

    ފިތުނަވެރިކަމާއި ހަސަދަވެރިކަން އިސްކޮށްގެން ގައުމަށާއި ރައްޔަތުންނަށް ކުރިއެރުމެއް ނެތްކަން ވިދުވަރެއްގެ ގަދައަލިކަން ފަދައިން ފެނިފާޅުވަމުން މިދަނީ. ދުވަސްތައް ގުނާބަޔަކަށް މާކަދިގު އިންތިޒާރެއްގައި ތިބެންޖެހުމަކީ ނާދިރުކަމެއް ކަމުގައި ގަބޫލުކުރާ މީހުނެއް މަދެއްނޫން.

    26
  2. ސިޔާމު

    ހަމަ ހަޖަމު ނުވަނީ

    23
  3. ބޮޑުމަންޒަރު

    ބަލަ މީކީ އިދިކޮޅުމީހުންނާ ކުރިމަތިލާން ކެރޭބަޔެއްނޫނޭ އެެއައްވުރެންމިބައިގަނޑުގެ ހިއްވަރުބަލިވާނެ މިހާރުއެފެންނަނީ އެމަންޒަރު

    27
  4. ޔާމިން

    ހަޖަމެއްނުވާނެ އަޅާނުލާ.

    23
  5. ގޮށްރީނދޫ

    ސިފައިންވެސް އެޖެންޑާ19 ތަފާތުވާނެ.

    26
    1
  6. ޙދސ

    ތީގެއްލިގެންވހޯދާ މީހެއް

    3
    17
  7. ޖިންނި

    ލާދީނީ މުރުތައްދު ރޭސިސްޓް އެމް ޑީ ޕީ ސަރުކާރު

  8. މާމީ

    މިއިން އެގެނީ ރައީސް މީހާ ރައީސްކަމަށް އަންނަންވެގެން ރައްޔިތުން ކާރިދެއްކި ވާހަކަ ތަކަކީ ދޮގުކަން ކުލައަކައް، ފިކުރަކަށް ނުބަލާނަމޭބުނެފަ މިހާރު ތިބައްލަވަނީ ކޯއްޗަކައްތޯ ސުވާލު ކޮއްލަން ބޭނުން،،،،،، މިހާރު ފުލެޓުދިނުމުގަވެސް ފުރަތަމަ ކޮންޕާރޓީ އެއްގައިތޯ އުޅެނީ ވަރައް ހިތާމަހުރިކަމެއް މިހާރު މިޖެހެނީ ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ޕާރޓީބަދަލު ކުރަން ސަރުކާރު އޮންނަޕާރޓީ ނޫނިއްޔާ ސަރުކާރުގެ ޚިދުމައް ދިނުމުގަ ވެސް ތަފާތު ކުރޭ ހިތާމަ ހުރި ކަމެއް،،،،،،،

  9. މިއަދު

    އިދިކޮޅުގެ ކޮންމެ މެމްބަރަކީވެސް މިސަރުކާރު ކުޑަކަކޫ މައްޗަށް ތިރިކުރެވޭވޭ ވަރުގެ މެމްބަރެއްކަންމިއެގުނީދޯ ހާދަފިޑި ސަރުކަރެކޭ ސަރުކާރުގެ ބާރެއްނެތްކަން ހަމަވުމުން މަހަމަ ހިތްފަޅައިގެން ދާވަރު