ހުޅުމާލެ އަށް ފޭބުމަށް ބޭނުން ކުރާ މަގުގައި ސައިކަލަކާއި ފިއުލް ބައުޒަރެއް ޖެހި، އަންހެނަކަށް މިއަދު އަނިޔާވެއްޖެއެވެ.
ފުލުހުން ބުނި ގޮތުގައި ހައިވޭގައި ހިނގި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން އަންހެން މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އެމީހާ އަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އެކްސިޑެންޓުގައި ފިއުލް ބައުޒަރު ދުއްވަން އިން މީހާ އަށް އެއްވެސް ގެއްލުމެއް ނުލިބެއެވެ.
މި މައްސަލަ އާއި ގުޅިގެން ހުޅުމާލެ ހޮސްޕިޓަލުން ބުނެފައި ވަނީ އެކްސިޑެންޓުވި އަންހެންމީހާގެ ފްރެކްޗާތަކެއް ހުރުމާއި ގުޅިގެން އިތުރު ފަރުވާ އަށް އެ އަންހެން މީހާ އައިޖީއެމްއެޗް އަށް ބަދަލުކޮށްފައިވާ ކަމަށެެވެ. އަދި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށްވެސް އެހޮސްޕިޓަކުން މައުލޫމާތު ދިނެވެ.
އެކްސިޑެންޓު ވީ ލައިސަންސެއް އޮތް ބައެއް ކަމެއްވެސް ނުވަތަ ނޫންކަމެއްވެސް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. މި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށްވެއެެވެ.
ތެޔޮބައުޒަރުގަ އިން ޑްރައިވަރު އަށް ޖެހުނީ. ކުޑަ ސައިކަލަކުން ޖެހި އެއޮށް ބޮޑު ބައުޒަރުގަ އިން މީހަކަށް ވާނީ އެވަރުދޯ.. ހެހެ
ފުލުހުންނަކީ ބޮޓުން ތަކެއް. ފިއުލް ބައުޒަރު ދުއްވަން އިންނަ މީހާޔައް އަނިޔާވޭތަ؟ ގޭގަ ހަބަރު ކިޔާން ތިބޭ މީހުންނަކައް ވެސް އަނިޔާއެއް ނުވޭ.
އަންހެނުން ސައިކަލް ދުއްވަނީ މަގުގެ މެދުން ވާތްފަރާތު ކައިރިން ދުއްވަން އެމީހުން ނުދަނެ
ޢެހެންވީމަތަ ގިނަ އެކްސިޑަންޓްތަކަށް ބަލާއިރު ފިރިހެނުން ގިނައީ؟
ޢެކްސިޑެންޓު ވަޏީ ވަކިފަޅިއަކުން ދުއްވީމަޢޭ ނުބުނޭ ދޮ؟ ބުނީ އަންހެނުން ނުދަންނަ ކަމެއްގެ ވާހަކަ
އަންހެންވެރިން ވ އުނދަގޫކޮށް ދުއްވަނީ ނުފަރިތަކަމުން. ބޮނޑިބޯވަރުވެސް މަދެއްނޫން. ބޮޑެތި އެކްސިޑެންޓް ނުވާތީ ހަބަރަށްނާރަނީ
ތިއީ ފިއުލް ބައުޒަރެއް ވިއްޔާ، ތި ބައުޒަރުގައި ހުންނަންޖެހޭ ނިޝާންތައް ކޮބާ؟
ތިއީ ފިއުލް ބައުޒަރެއް ވިއްޔާ، ތި ބައުޒަރުގައި ހުންނަންޖެހޭ ނިޝާންތައް ކޮބާ؟
ސައިކަލަށާ ފިއުލް ބާޒައް އެކިވަރުގެ އަނިޔާލިބުނޭ ލިޔުންނަމަ.