ބަނދަރުގެ ރައްކާތެރިކަމަށް ކައުންސިލުން ހަދާފައިވާ އުސޫލުތަކާ ހިލާފަށް ހދ. ކުޅުދުއްފުށީ ލޯކަލް ބަނދަރުގައި އެޅި ޓަގް ބޯޓެއް ބަނދަރުން ނުނެރެވި ގިނައިރުވުމުން މައްސަލަ ހޫނުވެއްޖެއެވެ.

ކުޅުދުއްފުށީ ލޯކަލް ބަނދަރުގައި ކޮޅުވެއްޓި، ޓަގް ފަދަ ދަގަނޑު އުޅަނދުފަހަރު ބޭނުންކުރުން ވަނީ ކައުންސިލް އިން މަނާކޮށްފައެވެ. ކައުންސިލުން ބަނދަރުގެ އުސޫލެއް ހަދައި ތަންފީޒު ކުރަން ފަށާފައިވަނީ 2018 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި އެވެ.

އެރަށު ކައުންސިލް އިން ބުނެފައިވާގޮތުގައި މިފަދަ ބޮޑެތި ދަނގަޑު އުޅަނދުފަހަރު ބަނދަރުކުރުން މަނާކުރީ ބަނދަރުގެ މޫޓުތައް ނެއްޓި އެފަދަ އުޅަނޑުތައް ބަނދަރުގައި އަޅާފައި އޮންނައިރު ތޮށިގަނޑުގައި ޖެހި ތަންތައް ނެއްޓި ބަނދަރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ ކަމަށެވެ.

ރޭ 8:00 ހާއިރު އެރަށުގެ ބަނދަރަށް މި ޓަގްބޯޓް ވަދެ އެ ބޯޓުގައި ހުރި ބައެއްތަކެތި އެކްސްކަވޭޓަރެއް ބޭނުންކޮށްގެން ބާލާފައިވާ ކަމަށާއި އެކަން ކޮށްފައިވަނީ ގަވާއިދާއި ހިލާފައް ކަމަށް ރަށު ކައުންސިލް އިން މައުލޫމާތުދެއެވެ.

ކައުންސިލް އިން ބުނީ އެކަން ހުއްޓުވުމަށް ކައުންސިލުން ފުލުހުންގެ އެހީތެރިކަމަކަށް އެދުނުނަމަވެސް ފުލުހުންނަށް އެކަން ހުއްޓުވިފައެއް ނުވާ ކަމަށާއި ބޯޓު ނެރެވޭތޯ ކައުންސިލުން ރޭ ވަރަށް ދަންވަރު ވަންދެން މަސައްކަތްކޮށްފައިވާ ކަމަށެވެ.

މި ޓަގް ބޯޓް ބަނދަރުން ނުކުމެފައިވަނީ މިއަދު ހެނދުނު 7 ޖެހިފަހުން ކަމަށް ވެއެވެ. މި ބޯޓުގެ މައްސަލައިގައި، ބަނދަރު ބޭނުންކުރާ އޮޑިވެރިންގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޓަގު

  އެޖެންޑާ 19 ގައި ގަވައިދާހިލާފު އެވެސް ކަމެއްނުހިގާނެ މީއީ 0 ޓޮލަރެންސްގެ ދަށުން ރަށްޔަތުން ނަށް މާކުރިން ކަށަވަ ރުކޮށްދެއްވާފައިވަނީ0ޓޮލަރެންސް މިހެން ބުނެލުމުން ނަމުން ޞާލިހުބެ ރަށްޔަތުން ނަށްވިހުރިހައި ވަޢުދެއް ފުށްދެޔޯ

  25
  1
 2. ތާޖު

  ތިޔަޢީ ހާދަ ޒާތެއްގެ ތިށިގަނޑެ. ތިނަދޫ ބަނަދަރުގަ ދަގަނޑު ބޯޓެ ނޯނަ ދުވަހެއް ނުދޭ. ތޮށިގަނޑު ހަލާކުވެގެން ބަޔަކު ނޫލޭ.

  11
  7
  • އަލީ

   ބަލަ ތިނަދޫއޭ ލިޔުމުގެ އެބައޮތްތަ؟

   3
   1