ހުޅުމާލެ ތަރައްގީ ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅަށް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަ ވާހަކަތަކަށް ހެރިޓޭޖް މިނިސްޓަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން މިއަދު ރައްދު ދެއްވައިފިއެވެ.

ޕީޕީއެމް/ޕީއެންސީން ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ހުޅުމާލެއަކީ ޔާމީންގެ ސިޓީއެއްގެ ގޮތުގައި ސިފަ ކުރައްވައިފައެވެ. އަދި "އެހެން ކުލައެއްގެ ކެންޑިޑޭޓެއް" ހުޅުމާލެ އަށް ކުރިމަތިލުމަށް ލަދުގަންނަން ޖެހޭނެ ކަމަށް ވިދާޅުވެ، ޝިޔާމް ވަނީ ވާދަވެރިންނަށް ވަރަށް ހޫނު ބަހުގެ ހަމަލާތަކެއް ދެއްވައިފައެވެ.

ހުުޅުމާލެ ވުޖޫދަށް ގެނައީ ޔާމީންގެ ބޭބޭފުޅު މައުމޫންގެ 30 އަހަރުގެ ވެރިކަމުގައެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބޮޑު ސަރަހައްދެއް ހިއްކައި، އެ ތަން ޔޫތު ސިޓީއެއްގެ ގޮތުގައި ތަރައްގީ ޕްލޭނެއް ގެންގުޅުއްވީ ޔާމީނެވެ. ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ ނަމުގައި ހިއްކާފައި ވަނީ ފުރަތަމަ ފިޔަވިއްސަށް ވުރެ ބޮޑު ސަރަހައްދެކެވެ. ދެ ވަނަ ފިޔަވަހީގެ ދަށުން މިހާރު ކުރިއަށްދާ އެންމެ ބޮޑު މަޝްރޫއަކީ 7000 ފްލެޓު އެޅުމުގެ މަޝްރޫއެވެ.

ޝިޔާމްގެ ވާހަކަތަކަށް ރައްދު ދެއްވައި ޔުމްނާ ވިދާޅުވީ ހުޅުމާލެ ތަރައްގީކޮށްފައި ވަނީ ޔާމީންގެ ވިސްނުންފުޅުގައި ނޫން ކަމަށެވެ. ހުޅުމާލެ ތަރައްގީ ކުރުމުގެ ވިސްނުންފުޅު އޮތީ މައުމޫންގެ ކަމަށް ވެސް ޔުމްނާ ވިދާޅުވިއެވެ.

ހުޅުމާލެ، ޔާމީންގެ ފަސް އަހަރުގެ ދައުރުގައި ތަރައްގީ ކުރައްވަމުން ގެންދެވީ "ޔޫތް ސިޓީ"ގެ ނަމުގައެވެ.

އިދިކޮޅު ކޯލިޝަންގެ ފަރާތުން ހުޅުމާލެ ދާއިރާ އަށް ކުރިމަތިލަނީ ޕީއެންސީގެ ނައިބު ރައީސް، ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ސުުޖާއުއެވެ.

ރޭގެ ޖަލްސާގައި ސުުޖާއު ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ހުޅުމާލޭގެ ރައްޔިތުންނާއި ޒުވާނުންގެ ތާއީދާ އެކު، އެ ގޮނޑި ކާމިޔާބު ކުރެއްވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ. އަދި ގޮނޑި ކާމިޔާބު ކުރެއްވިއްޖެ ނަމަ، ރައްޔިތުން އެދޭ ފަދަ އިހްލާސްތެރި ހިދުމަތްތަކެއްކޮށް ދެވޭނެ ކަމުގައ ޔަގީންކަން އެބައޮތް ކަމަށް ވެސް ސުޖާއު ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

48 ކޮމެންޓް

  1. ސަރުކާނު

    ޔާމީން ކޮށްދިންކަނތައްތަކާ ޖޭވަނީދޯ؟ ކީއްކުރާނީ؟ ޔާމީން ވެރިކަމަށް އައިމާ އަހަރެންހީކުރީ މި ދެން ދުވަސް ދިޔައްޔޭ. ޚައްސަކޮސް މައުމޫނާ މައްސަލަ ޖެހެންފެށީމާ އަހަރެން ހިތައް އެރި ޔާމީން ކިހިނެއް ހަދާނެބާއޭ؟ ނަމަވެސް އަހަރެން ހީކުރިގޮތެއްނޫން ވީކީ. 30 އަހަރާ ނުބައްދަލް ޔާމީންގެ ފުރަތަމަ 2 އަހަރުންވެސް މި ދިވެހިރާއްޖެއިން ފެނިގެން ދިޔއައީ. މަގޭވެސް ޚިޔާލް އެބަހުރި ދިވެހިން ހަނދަށްދާންވެސް އެކަމކު ކުލަޖެއްސޭނީ އެވަރުގެ ސިކުޑިއެއް ހުރިމީހަކަސް ދޯ؟ ބައްޕާފުޅުގެ ޚިޔާލް ނެތެކޭނޫން އެކަމކު ސްޕީޑް ހުރީ ފިނިހަކު ދުވެލީގަ. ބައްޕާފުޅު ނަގައިގެން އަޅުގަޑުމެން އުޅުނުނަމަ 2038ގަ ހުޅުމާލެ 2ވަނަފޭސް ނިމި 2050ގަ ބްރިޖް އެޅޭނެހެން ހީވަނީ. ސޮރީ.

    162
    7
  2. މައި

    ކަމަނާމެންގެ ލަދުވެތިކަން ކޮބައިބާވައޭ ހިތަށް އަރާ. ބައްޕާފުޅު 30 އަހަރު ގޮނޑިކޮޅުގައި އިންނެވިއިރު މި ގައުމު ބިނާކުރުމުގެ ހިޔާލުކޮށްލަ ކޮށްލާ އިނީ. ކަމެއްނުކުރެވުނު. ފަސްއަހަރުން ކުރިކަން ހަޖަމުނުވެގެން ތިޔަ އުޅުއްވަނީ. ބައްޕާފުޅު ތިހިޔާލު ހިތުގަ ނުބާއްވާ ތަރައްގީ ކުރިނަނަ މިހާރު މިއީ ސިންގަޕޫރަށް ވެފަ އޮންނާނީ. ހަސަދަ ވިޔަސް ބޮޑުވަރު. ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތީ ޔުމްގެ

    145
    5
  3. ހަސަން

    މަންޖޭ..... ދޫނި ދުވާލު ދާ ހަތަރު ދަމު ބުރުޖަހާފަ ރޭގަނޑު ނިދަން ހާއްޔަށް އަރާ އުސޫލުން މަންޖެ ގެ ބައްޕަ ހުޅުމާލެ ތަރައްޤީ ކޮށްފަވަނީ. މާތަހިރުވާނެ މަންޖެ އައުރަ ނިވާކުރަން ވެސް. އެކަމުގެ ނަމުގަ މުސްލިމު އަމަލުން ޔަހޫދީ.

    136
    2
  4. Anonymous

    ޔުމްނާ ކަމަނާގެ ބައްޕާފުޅު ވެރިކަމުގަވެސް ތަރައްގީތައް ކޮންމެވެސްވަރަކަށްކުރެއްވި، ހުޅުމާލެވެސް އުފެއްދެވީ ހަމަ ރ.މައުމޫނު، އެހެންނަމަވެސް އެއަށްވުރެވެސް ސްޕީޑް އަވަސް ކޮލިޓީ ތަރައްގީއެއް ހުޅުމާލެއާށްވެސްގެނައި ރ.ޔާމީން ނޫނޭ ދެންނެވޭކަށްނެތް، ސަބަބަކީ ރައްޔިތުންނަށް ހުރިހާގޮތަކުންވެސް ފަސީހަތަކާއި ފައިދާތައް ލިބޭނެ މަގު ފަހިކޮށްދިނިމަށް އެއްމެބޮޑު އިސްކަންދެއްވިވެރިޔަކީ ވެރިޔަކީ ރ.ޔާމީނު، ރ.މައުމޫނު ވިދާޅުވެފައިވަނީ ބުރިޖުއެޅޭނެއޭ، އެކަމަށް އެއްވެސް އަމަލީ ފިޔަވަޅެއްއަޅަން ބޭނުންފުޅެއްނުވި، ދެން ރ.ޔާމީނަށް އެންގީ ތިހުރިހާ ހާސްހާސް ފްލެޓް އަޅާނެކަމެއްނެތޭ، އަދި ކީއްކުރާ ދެވަނަފިޔަވަހި ނުވަތަ ގްރޭޓާ މާލެއެއްހޭ، މިއީނޫންތަ ހަގީގަތަކީ ދޮތެ؟؟

    133
    5
  5. ސަލާމް

    ޔާމީންގެ ތަރައްގީ އާއި މައުމޫނުގެ ތަރައްގީ އޮތީފެންނަން ހާމަޔަށް. ކޮންމެހެން ކިޔާދޭކަށް ނުޖެހަެނެ

    130
    4
  6. ޛސޖސހ

    މައުމޫން ގެ ވިސްނުމަކީ އިންޑިޔާ ރުހޭ މިންވަރަށް ތަރައްޤީ ކުރުން. އެވިސްނުމަކަށް ނޫން ޔާމީން އެހެރީ ތަރައްޤީ ކުރަން ޖައްސާފަ. މަންޖޭ ކަލޭ ކިޔާ އެއްޗެއް ބަލައިގަންނަނީ ކޮންބަޔެއް. ކަލޭ ބައްޕަގެ ވިސްނުން މިޔޮތީ މިހާރުފެންނަށް. ގައުމު ފުޑާލާފަވެސް އަންބޮޑިދަށް ވެރިކަން ގެނައުން. އެކަމު އެކަމެއްވެސް ނުވި. އެލެކްސް ވަނީ ކަށިޖަހާ އަންބޮނޑި ދުޅަކޮށްލާފަ. އެހެންވެ ސައިޒުގަ ތިތިނީ. މިހާރު ދެން ކަލޭމެން ޖެހޭނީ މޯޑީ ބުނިގޮތަކަށް ހަދަން.

    120
    4
  7. މާމީ

    ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތީދޯ،؟ތިބުނާމީ ހަކު ކުރިކަން ކަމަނާއަކައް ފަހަރުގަ ނޭގިދާނެ އެކަމަކު ދިވެހި ރައްޔިތުން ނަށް ވަރައް ސާފުކޮށް އެނގޭ،،،،،،،، މިހާރުގެ ޒުވާން ޖީލައް މިކުރަނީ ކަމަނާ ތިބުނާ މީހަކު 30އަހަރު ވަންދެން ކުރިމަސައްކަތުގެ ނަތީޖާ،،، ވަރައް އަސަރުކުރޭދޯ ޔާމީނު މިގައުމައް ކޮއްފަ ހުރި މަސައްކަތް ފެނުނީމަ.... 30އަހަރު ކޯއްޗެއް ހޭވީ،،،،، ހަމަކޯސްޓުކިރާ، އެންކާރމިލްކު ދޯ

    98
    3
  8. އަހްމަދު

    ކަމަނާ ކަމަނާ މިފަހަރުތިޔަރައްދުދެއްވީ މެޑަމްވިދާޅުވިގޮތައް ސުރުހީބައްލަވާފަ އެހެންނޫނަސް ބައްޕާފުޅަކީ ތަރައްގީގެތަސައްވަރު ބަނޑުފުޅުގަބާއްވަވައިގެން ވެރިކަންކުރެއްވިބޭފުޅެއް ތިރީސްއަހަރާނުބައްދަލު ތަރައްގީ ފަސްއަހަރުތެރޭގެންނެވިކަންއެއީ އެންމެކުޑަކުއްޖާވެސް ގަބޫލުފުޅުކުރައްވާކަމެއް ކަމަނާ ގަބޫލުފުޅުކުރެއްވުމާ ނުކުރެއްވުން އެއީ މުޅިންތަފާތުކަމެއް

    95
    4
  9. 19 ނަވާރަ

    ޔުމުނާމެން އަނގަ ނުހުޅުވާ މައިތިރިވެގެން ހުރޭ. ހެރިޓޭޖްވެސް ތި ހިންގަނީ ކުންފުނިތަކުގެ އެއްބާރުލުމާއެކު. ތިޔާ ވިދާޅުވާ ބައްޕާފުޅު ހުޅުމާލެ ފުުރަތަމަ ފިޔަވަހި ހިއްކެވީ. އެކަމަކު ތަރައްގީއޭ ކިޔާފަ ކުރެއްވިކަމެއް ހަރާން. ހަމައެކަނި އޭރު ހުޅުމާލެއަކީ ވަޒީފާތަކުގައި އުޅޭމީހުން ނިދަންދާ ހާލި. މީ އޭރު އެތަނުގެ ހާލަކީ

    86
    2
  10. އިއްބެ

    30އަހަރާނުބައްދަލު 5އަހަަރު ފުލެޓްތައްވެސް ހިއްކިތަންވެސް ޖަނަރޭޓަރުގެވެސް 30އަހުރުޔާމީންހުރިނަމަ ކަލޭގެބައްޕަ ގައުމައްވީކިހާވަރެއްގެހިޔާނެއްކަން ރައްޔަތުންނައްފެންނާނެ ދެންވެސްއަގަ ބައްޕަގެހުދުމުހުތާރުވާހަކައަމިއްލަޔައްބޮޑުވާންނުދައްކާ

    84
    3
  11. އިބުރޭ

    ކާލޭގެ ބައްޕަ ވިސްނުންފުޅަކަސް އަމިއްލެ އެދުން ބޮޑުކަމުން ނުކުރީނުން އެތަން ތަރައްގީ

    95
    3
  12. ލަވްލީ

    ނާތެދެއް ރައީސްޔާމީން ނުން މަސައްކަތްކުރީ ކަމަނާގެ ބައްޕައައް ނިސްބަތްވާ ކާފަދަރިން( ބޮންދުން) ގިނައިމާރާތްތައް ފަޒާޔައް ބަޑިޖެހީމަ ފޭބީ!

    49
  13. އަސްލު

    ރާބޮއެގެން ހަމަބުއްދި ފިލާނުގޮސްހުރި ކޮން މެމީހަކުވެސް ގަބޫލް ކުރަންޖެހޭނެ ޝިޔާމް އެބުނުއްވީ ތެދެއްކަން!

    55
    2
  14. ހަސަދު

    ތަރައްގީ ވެއްޖެތޯ. ރާއްޖޭގެ އެންމެން ހުޅުމާލެ އަށް އަޅާލީމާ އެވީ ތަރައްގީތޯ. މައުމޫން ވެރިކަމުގެ 30 އަހަރު ރާއްޖޭގެ ރައްތަކަށް ތަރައްގީ ގެނެވުނު ނަމަ ހުޅުމާލޭގެ ވާހަކަ ދަށްކަން ވުވެސް ޖެހޭނެ. މައުމޫނުގެ 30 އަހަރު އެއީ ފިނިހަކު ދުވޭލީގއި ރާއްޖެ ދަތުރު ކުރި 30 އަހަރު. ކަމަނާ ވެސް ރަނގަޅަށް ވިސްނަވައިފިއްޔާ އެގޭނެ.

    55
    1
  15. Anonymous

    ކަލޭގެ ބައްޕަ ގުއި ޖަހަންވެސް ރަނުން ފާހަނަ ތަށި ހެދި ކިހާ ތަރައްޤީ

    43
  16. ހުސޭނުބޭ

    ހުޅުމާލެ ތަރައްޤީކުރަނީ ނަސްރީނާގެ ވިސްނުމަކަށް ނޫންތަ؟

    48
    1
  17. Anonymous

    ކަމަނާގެ ބައްޕާފުޅު ހުޅުމާލޭ ތަރައްގީކުރަމުންއައީ ހިތުން، އަމަލީގޮތުން ކުރިޔަށް ނުގެންދެވުނީ އެފްޕީ އޢިޑީގެ ފައިސާގަނޑު ބޮޑުބުޅާ ކާލީމަ، ގައުމަށް އެއްމެބޮޑު އަމްދަނީލިބޭނެ ދޮރާއި ހަވާލުކޮށްފައިވަނީ ބޮޑުބޭބެފުޅާއި އެއަމްދަނީ ތިޔައާއިލާއަށް މަސްބަހާހެން ބަހަމުންއެދަނީ، ދެން ކޮންތަރައްގީއެކޭ ކިޔާކައްތަ؟؟

    42
  18. ގައިމު

    މާލެ މިއޮތީ ތަރައްގީ ކުރެވިފައި މިއުޅެނީ ހުރިތަނުން ގުޑާ ނުލެވިގެން! މިގައުމު ސިންގަޕޫރަށް ހަދާލިސް ބައްޕާފުޅު ނޫން މީހަކު ތިރީސް އަހަރު ހުރިނަމަ! ޢިއްލަބެއާއި ހަވާލު ނުކުރީވެސް ވެރިކަމާ ބޫތު ކެވިފަ ހުރިވަރުން!

    42
  19. ބޮއިހަލާކު

    ޔާމީނަށް ދެވަނަ ދައުރެއް ނުލިބުނު ސަބަބަކީ ފާރިސް އަށް ނައިބުރައީސްކަން ނުދިނުން. އެކަމާ ބޮޑާ ހާކަމުން ގޮސް ބައްޕާފުޅު އެއްމެފަހުން ވެރިންކަން ވައްޓަންވެގެން ކޭތަވެސް ހިހާ ވާހަކަ ވިދާޅުވިނޫންތޯ! ޔާމީނު ބޭނުންނުވީ އާއިލީ ވެރިކަމަކަށް ވާން އެހެނަސް މިހާރުމިއޮތީ އާއިލީ ވެރިކަމެކޭ ބުނެވިދާނެ. މިހާރުވެރިކަމުގަ ތިބި މީހުން ވެރިކަމަށް އަައުމަށް ކުރިން ވަރަށް އަޑަށްބާރުލާ ދެއްކިވާހަކައެއް މިވެސް!

    51
    1
  20. .......

    ހުޅުމާލެ ހިއްކުމާއި ތިލަފުށި ހިއްކުންވެސް އެއީ މައުމޫނުގެ ވިސްނުމެއް ނޫން...ވެރިއަކަށް ހުރީ މައުމޫން އޭރު...ވިސްނުން ގެނެސް ކަންކުރީ އެހެން ބައެއް....

    37
    1
    • އަލީ

      އުމަރު ޒާހިރުގެ ވިސްނުމެއް.

  21. ނަން

    މަގޭކޮމެންޓް ނުޖެހި ނުކެރުނީ ތޯއްޗެ

    19
    2
  22. Anonymous

    ޏުޖެހި

    13
    2
  23. who

    Hulhumale' ey hihkanves jehey thaneh nuun. Flats ves alhaakah nujehey. hulhumale' dhuvasdhaane dhuvaskolhakun. Raaboe masthuvefa thibey baeh 24 gadeeru. Kudhinves eha goas. Accident eh nuhinga minute eh deytha. Nuba kanthakuge ahppa rashehnu thee. Mulhi rah ehkoh adiyah dhiyunves ekasheegenve. Evarunves Hulhumale' firumaala firumaala enmenves

  24. ފުތާ

    ކަޅުވަކަރު ކަމަނާ ހިމެނޭގޮތައް ތީމުގޭ ކާމޭޒުދޮށުން އުފެދުނު ޕްލޭނެކޯލަ ހުޅުމާލެ އަކީ. ޚެކެކެކެކެ

    21
  25. ޢަލިބެ

    30 އަހަރުން ހުޅުމާލެ ހިއްކީ މައުމޫނޭ ބުނެ ބައިސާކަނޑާއިރު، މައުމޫނު ހިއްކިބަޔަށްވުރެ ބޮޑުތަނެއް ޔާމީންގެ 5 އަހަރުތެރޭގައި ހިއްކިވާހަކަޔާ މާލެ ހުޅުމާލެ ބުރިޖްގެ ވާހަކަޔާ 25 ބުރީގެ ހޮސްޕިޓަލްގެ ވާހަކަދައްކަން ލަދުގަންނަނީދޯ.

    33
  26. ދަވްތޫރް އަބުދުލް އަޒީޒް

    ތިޔަބުނާ މައުމޫނު ތަރައްގީ ކުރިއްޔެއްނޫން ގައުމު ހަލާކްކުރީ 1978 އަހަރު ވެރިކަމައް އައިރު އޮއް 98 އާގްބޯޓްތައް ދިވެހި އެތައް ދަރިންތަކެއް ވަޒީފާ އަދާކުރި ވީތަނެއްވެސް ނޭނގޭ އެއަރ މޯލްޑިވްސް ފުލައިޓް ތަކާ މިހެންގޮސް މިގައުމުގެ އެސެޓްތައް ދުއްވާލީ ދޭތެރެ ދުރުކޮއް ޖީލްތަކެއް ނައްތާލީ ގޯތިދޭނަމޭކިޔާފައި ރައްޔަތުންލައްވާ މަސައްކުރުވާފައި ކުންޏައްވުރެ ރައްޔަތުން އަގުދައް ކޮއް ކުނިއަޅަންވެސް ބިންތައް ބޭނުންކޮއް ބިންތައް ހިސޯރުކޮއް ފުލެޓްގެ ނަމުގައި ގެސްޓް ހައުސް ވިޔަފާރިފެއްޓީ ސުކޫލްތަކުގއި ޑުރަގް އިސްތިހާރުކޮއް މުޅިގައުމައް ފެތުރީ މިހެންގޮސް ކިޔާބަލަ 1 މަސް ދުވަހު ކިޔަސް މދވާނެ ކުރިކަންތައް ތައް ބާތްކަރުތާހޭ ތަރައްގީ ކުރިއްޔޭ ބަލަ ތިޔަބުނާ ހުޅުމާލެ އެއީ ރައްޔަތުންނައް ވިޔަފާރި ކުރަން ހުޅުވިހަބެއް ނިކަމެތި ރައްޔިތަކަށް ހިލޭދިން ބިންކޮޅެއް ނޯންނާނެ ލަދެއްނެތީމަ މައުމޫނޭ ކިޔައިގެން ބާތްކަރުތާހޭ

    24
  27. ސިކަންދަރު

    ހުޅުމާލެޔަކީ ރައީސް ނާސިރުގެ ތަސައްވަރެއް ނާސިރު ނިންމަވާފަ އޮއްކަމެއް ކަމައް މުތަނަސްސިރު އަަރައްބަކު އެބަ ފަތުވާދޭ

    18
  28. މީކާއީލް

    ކަލެޔައް މާބަޮޑައް އެނގެނީ އެކަނކުރީ ހަމަ ޔާމީނު މައުމޫނު އެއް ނޫން ކިތައްމެ ކަޑަވިޔަސް

    31
  29. ހަސަންބެ

    ރައީސް ޔާމީނެއް ނޫން ބުރިޖް އަލައިދިނީ. އެއީ މައުމޫނު ހުވަފެނެއްގައި ކޮށްލި ކަމެއް. ޖޭވިޔަސް ތިޔައީ ދެން ފުކެއް ބޮޑުވަރު.

    28
    2
  30. ނަންނި

    ޢެންމެކުޑަކުއްޖާ ޔަށްވެސް އިގޭނެ ކާކުކަން ތަރައްގީ ގެނައީ ހަމައެކަނި 6ވަރަކަށް ފްލެޓް އެޅުނީމަ ތަރައްގީވީތަ.. ޢޭރުގަ ކިޔަވާކުދިންނާ ވަޒީފާތަކުގަ އުޅުނުމީހުން އުޅުނު ހާލު އެގުނުތަ.. ޒަރޫރީ ބޭނުން ކުރަން ވެސް މީހުން ޖެހުނީ މާލެ އަންނަން އެޗެއް ގަންނަންވިޔަސް 30ގަޑިއިރު އަދި އެއަށްވުރެން ގިނައިރުން .. ކިތަންމެ ދެރަވިޔަަސް ހަމަތަރައްގީ ކުރީ ރައީސް ޔާމީން .. ޏުބުނެވޭނެ މީކީދޮގެކޭ..

    15
  31. މިއަދު

    ވ އަސަރުކޮށްފި ކަމަނާއަށް ބައްޕާފުޅު މިއަދުވެސް އަދިމާދަމަވެސް ވާނީ ހަމަ ރަންގަނޑަކަށް އެކަމު ދިވެހިރަޢިއްޔަތުން ބަލައެއް ނުގަނެ ދެރަވިއަސް އަސަރުކުރިއަށް އަދި ޖޭވިއަސް ބުންނައޮތީ ރައިސްމައުމޫނު 30 އަހަރުން ނުގެނެވުނު ތަރައްގީ ރައިސްޔާމީން 5 އަހަރުން ގެނަސްދީފިޔެ ދެންލަލަލާ

    29
  32. ާއަހުމަދު

    ބީޗުގައި އަޅާމިސްކިތަކީވެސް މައުމޫނުގެ ވިސްނުމެއް

    11
  33. ދަވްތޫރް އަބުދުލް އަޒީޒް

    ބާތްކަރުތާހޭގެ މާނައަކީ ކޮބައިތޯ އެއްޗެކޭހީފުޅު ނުކުރަށްވާތި ކޮމެންޓް ކިޔާމީހެއްވީމަ ނޭނގޭތީ ހަމައަހާލީ އެގޭބޭފުޅެއް ބުނެލަ ދެއްވާ ބާތްކަރުތާހޭ އެބުނުއްވަނީ ކީކޭތޯ؟

  34. ޗަކޮއެ

    30 އަހަރުން މާލޭގައި ބޮޑު ކުނި ފަރުބަދައެއް ތަރައްގީކުރީވެސް މައުމޫންގެ ވިސްނުމަށް. އެތަންނަގާ ސާފުކޮށް އެހިސާބު ސްކޫލްތަކުގަ ކިޔަވައިދޭންފެށުނީ ޔާމީނުގެ ވިސްނުމަށް. ދެންނިކަން އެއްޗެކޭ ކިޔާބަލަ.

    12
  35. ބޯކިބާ

    ދިވހިރާއްޖެ ހަލާކުކުރީ ތިޔަ އާއިލާއިން. ކަލޭމެންގެ ފަލްސަފާއަކީ ގޭދޮށު ތަރައްގީގެ ފަލްސަފާ، ހުރިހާ ކަމެއް ރަށަށް ބޮނޑިކޮށްގެން އެހެން ހުރިހާ ރަށެއްގެ ރައްޔިތުން ކުލީއަޅުންނަށްހެދީ ތިޔަ އާއިލާއިން. އެކަމާ ކިބުރުވެރިވަންޏާ ވާންވީ.

    8
    1
  36. ނަސީމު

    3 ދުވަހުގެ ވެރިކަމެއްދޯ!

  37. ސަޓޯ

    ކަނބުލޮ ބައްޕާފުޅު ވިސްނަން ހުރީ... ތަރައްގީ ކުރީ ބޭބޭފުޅު ރައީސް ޔާމީން.. ޕުލީޒު ހަޖަމް

  38. ރާޙަތު

    އޭ މޮޔަޔާ! އޭ ވަޒިފާގެ އަޅާ! އޭ އަމިއްލައެދުމުގެ ކަނބުލޯ! މައުމޫނު 30 އަހަރުން ކުރި މަސައްކަތެއްކުރިފަހުން އެޔށްވުރެ ބޮޑުމަސައްކަތެއް 5 އަހަރުން ކޮށް ހުޅުމާލެ ސިޓީފެންވަރަށްގެނައީ ޔާމީން! ހަޖަމްނުވެގެން ތިޔަ ތެޅިބައިލަނީ! ބަފަޔަށްވެސް ހަޖަމްނުވީ 30 އަހަރުންނުވި އެތައްކަމެއް 5 އަހަރުން ކޮށްފަ ދެއްކީމާ!

  39. އާބިދާ

    ލަދުހަޔާތްކުޑަ މީހުންވެސް ދުނިޔޭގަ އުޅޭ މަނުދެކެން މިވަރު ބަޔަކު، މަގޭ ފަޓުލޫނު ފެހީވެސް 30 އަހަރުގެ ވިސްނުމަށް

    12
  40. ވިސްނާ

    ވިސްނުމަކުން ކަމެއްނުވާނެނޫންތޯ ކަމެއް

  41. ދިރާސާ

    ކަމެއްކޮށްދެވޭނީ ކުރީމަ މޮޅުވިސްނުމަކުން ކަމެއްނުކުރެވޭނެ ބައްޕާފުޅުގެވެރިކަމުގެ ދިގު30 އަހަރުގައިވެސް ވިސްނެވީތޯ ނަމަވެސް ނުކޮށްދެއްވީމަ ނުވިއެއްނޫންތޯ ވިސްނިދާނެ ހަނދަށް
    ދިއުމަށްވެސް، ވިސްނިދާނެ ނިއުކުލިއަހަތިޔާރުހަދަންވެސް ނަމަވެސް މޮޅުވިސްނުމަކުން ކަމެއްނުވާނެ

  42. މޫސާމަނިކް

    ބައްޕާ ކައިރީގާބުނޭ ޔާމިންއޭ ހުޅުމާލެތަރައްގީކުރީ ބޯގޯސް ގޯޅާބޯގެ އެތިފަހަރާ ކަލެއައްއެގޭތަ

  43. އައްލާބެ

    ތިޔަ ހުޅުމާލެޔަކީ ސަރުކާރުން ރާވައިގެން ހިންގާ ރެފުއުޖީ ޓައުނު (ގެދޮރުމީހުންނަކީ) ރެފުއުޖީން މީތިޔަބުނާ މިއުމޫނުގެ ރޭވުމުގެދަށުން ފެއްޓިކަމެއް މިހާރު މިކަން މިދަމަހައްޓަނީ ހުރިހާ ސަރުކާރުތަކުން ޙުދު ތިމާމީހުންގެ އަނބިދަރިންނާއި މާމަ ދަރިންގެ ހައްގުތައްވެސް އަޅުވެތިކޮއްލައިގެން ތިޔަބުނާ މައުމޫނުގެ މާމަ ދަރިޔަކައްވެސް ދެނެއް ނުލިބޭނެ ތިޔަ ހުޅުމާލެޔަކުން ގޯއްޗެއް ދެން ކޮން ފޮނި މިރުކަމެއްތޤ ޙުދު އާއިލާޔައްވެސް ހުދުރު މިގައުމުގައި 1978 އަހަރާހަމޔައް އެއްވެސް ސަރުކާރަކުން ބިންތައް ހިސޯރުކޮއް ބާއްވައިގެން ބިން ވިއްކާފައެއް ނެތް ބައްލަވާ ދިވެހި ތާރީޙް ދެން ކޮން ފަޙުރެއްތޯ

  44. ޒާ

    އެއީ ބަފާގެ ތަރިކަ މުދާވިއްޔަ

  45. މަންޖެ

    ކަމަނާގެ ބައްޕާޕުޅުގެ ވިސްނުން ހުއްޓޭ މާލެ އާއި ހުޅުމާލެއާއި ބްރިޖަކުން ގުޅާލަންވެސް. ކަންކުރީމަ ދޯ ވާނީ. ތުޔަ ބުނާ 30 އަހަރުގެ ވެރިކަމުގައި ގައުމު ތަރައްގީއެއްވެސް ނުކޮށްދެވުނު، އިޖްތިމާއީ މިންގަޑުތައްވެސް ގެއްލުވާލީ، މަގުމައްޗައް ކުނިއެޅުން، ކަފިހުރަހަށް ދެއްވާއެއްޗިހި މަޑު ނުކުރުން، އަޑިހުތުރުބަހުން ވާހަަކަ ދެއްކުން، މިކަންކަން ހުއްޓުވަން ކަމަނާގެ ބައްޕާޕުޅަށް އެއްވެސް ކަމެއް ކުރެވުނުތޯ؟؟ މުޅިޖީލު މިއޮތި ހާލުކުވެ ނިމިފައި. ބޮޑަށް ރަނގަޅުވާނީ ބައްޕާޕުޅުގެ ވާހަކަ ނުދައްކަވައި މަޑުން ހުންނެވިއްޔާ

  46. ސައްލޭ

    މިމީހާ މޫނުމަތީގައި ހާދަ ތަފާލެކޭ އަޅާފަމިހުރީ ކޮމެންޓުތަކުގައި! ހެޔޮ ނުވާނެނު؟

  47. ޖަވާޒާ

    އިބޫ ބޮލަށް ކަލޭގެ ބައްޕަ ޗިޕު ޖަހައިގެން ކަލެއަށް ޓޭލަރ މޭޑް ކޮށްގެން ހެދި މަގާމަކުން މުސާރަ ހަލާލު ނުވާނެ ކަލެއަށް. ކަލޭ އަތް އުރާލައިގެން ހުރެ އެއްވެސް މަސައްކަތެއް ނުކޮށް ތިޔަ އަހަރުމެންގެ ޖީބުން ބޮޑު މުސާރަ ގެންދަނީ. ހަރާން ވާނެ ކަލެއަށް މުސާރަ. ކޮންޝައެންސް އޭ ކިޔާ ކުޑަވެސް ކަން ފުޅެއް ނެތެއްނު ކަލޭގެ. ކުޑަކުޑަ އޮފީހަކުން ކުރެވޭހާ މަސައްކަތް އޮތް ތާކަށް ނުޖެހޭނެ މިނިސްޓްރީ ކިޔާކަށް. އަދި މަބޮޑޭ ވާން ކަންބޮޑުވާން ޖެހޭ ކަންކަން އަހަރުމެންނަ އެބަ ކިޔާދޭނު. ފުރަތަމަ އަހަރުމެންގެ ޖީބުން ހަލާލު މުސާރަ އެއް.....އެޅޭ ތޯ ބަލާބަލަ ކުކުޅަށް ވުރެ ބިސްދޮށިވެގެން އަހަރުމެނަށް ބުނެދޭނަމޭ ހިތާ. ކާކުތަ މީދެން.