ރާއްޖެ އެތެރެކުރަން މަސައްކަތް ކުރި 1932 އެމްފެޓަމައިން ގުޅަ އަތުލައިގެންފިއެވެ.

މި މަހުގެ 9 ވަނަ މި ތަކެތި ދިވެހި ކަސްޓަމްސް އިން އަތުލައިގެންފައި ވަނީ ބަންގްލަދޭޝުން އައި ފިރިހެނެއްގެ ލަގެޖުންނެވެ.

ކަސްޓަމްސް އިން ވިދާޅުވެފައި ވަނީ އުމުރުން 26 އަހަރުގެ މީހެއް އަތުން މަސްތުވާތަކެތިކަމަށް ޝައްކު ކުރެވިގެން ފާސްކުރި އިރު ފުރަތަމަ މަރުހަލާގެ ޓެސްޓުން އެމްފެޓަމިން/ ޔާބާ އަށް ޕޮސިޓިވް ވެފައިވާ ކަމަށެވެ.

މި ތަކެތީގެ މަގުމަތީގެ އަގޔ ޖުމްލަ 193،200 ދިވެހި ރުފިޔާ އަށް އަރާ ކަމަށް ކަސްޓަމްސް އިން މައުލޫމާތު ދެއްވައެވެ.

މި މައްސަލާގައި ޝާމިލްވާ މީހާ މިހާރު ހައްޔަރުކޮށްފައި ވާއިރު އަތުލައިގެން މަސްތުވާތަކެތި ވަނީ ފުލުހުންނާއި ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    އެޖެންޑާ 19 ބިރަކާއި ނުލާ މަޖާ ކުރުން ޕާޓީ ކުރުން ބަލަނތިބޭ މަތީ އޯޑަރު ކަސްޓަމްސް އަށް އަންނާނެ ތި ބޭސް ދޫކުރުމަށް

    5
    1
  2. Anonymous

    ބިރަކައި ނުލައި މަޖަކުރުން ޕާޓީ ކުރުން ބަލަނތިބޭ މަތީ އޯޑަރު ކަސްޓަމްސް އަށް އަންނާނެ ތި ބޭސް ދޫކުރުމަށް

    5
    1
  3. ޙާސަރު

    މިހާތަނައް މިރާއްޖެއަށް އެތެރެވި ފިރަތަމަ މަސްތުވާތަކެތި ހެން ހީވަނީ
    މީގެ ކުރިން އަޑުއިވެނީ މުޅިންވެސް މަސްތުވާއެއްޗއްްކަމަށް ސައްކު ކުރެވޭ އެއްޗެއް އަތުލިވާހަކަ

  4. ޚާލިދު

    މިހާތަނައް މިރާއްޖެއަށް އެތެރެވި ފިރަތަމަ މަސްތުވާތަކެތި ހެން ހީވަނީ
    މީގެ ކުރިން އަޑުއިވެނީ މުޅިންވެސް މަސްތުވާއެއްޗއްްކަމަށް ސައްކު ކުރެވޭ އެއްޗެއް އަތުލިވާހަކަ