ގެއްލުމުގެ ބަދަލު ހޯދުމުގެ ވިޔަފާރި ބޮޑުތަނުން ފުޅާވެގެން ގޮސްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

އަލީ ހުސެއިން މިފަދައިން ވިދާޅުވެފައިވަނީ މި ސަރުކާރުން ވެރިކަމަށް އައިފަހުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ކުންފުނިތަކަށް ފައިސާ ދީފައިވާ ދަނޑިވަޅެއްގައެވެ.

ސަރުކާރު އިދިކޮޅު ކޯލިޝަނުން މިކަން ތުހުމަތުކޮށްފައިވަނީ ރޭވުމެއްގެ ތެރެއިން ހިންގާ ބޮޑު ވިޔަފާރިއެއްގެ ގޮތުގައެވެ.

މިކަމާއި ގުޅިގެން އަލީ ހުސެއިން ކުރެއްވި ޓްވިޓެއްގައި ވިދާޅުވެފައިވަނީ ގެއްލުމުގެ ބަދަލު ހޯދުމުގެ ވިޔަފާރި ވަރަށް ބޮޑުތަނުން ފުޅާވެގެން ގޮސް މިހާރު އޮތީ ފުށިދިއްގަރު ފަރަށް އަރާފައިވާ ކަމަށެވެ.

"ގެއްލުމުގެ ބަދަލު ހޯދުމުގެ ވިޔަފާރި ވަރަށް ބޮޑުތަނުން ފުޅާވެގެން ގޮސް މިޙާރު އެ އޮތީ ފިށިދިއްގަރު ފަރަށް އަރާފަ. 2025 ގައި ލިބޭނެ ގެއްލުމާއި 2040 ވަނަ އަހަރު ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ގެއްލުން 2020 ގައި އެއްބޮނޑިޔަކަށް ބަނދެފައި ގަނޑުކޮށް ދޭކަށް ނުޖެހޭ" އަލީ ހުސެއިން ވިދާޅުވިއެވެ.

ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ އިތުރު ކުންފުނިތަކަށް ފައިސާ ދޭން ޖެހިފައިވާ ކަމަށެވެ.

އަލީ ހުސެއިން އިޝާރާތް ކުރައްވާފައިވަނީ ފުށިދިއްގަރު ފަޅުގެ އެއްބަސްވުމާ ގުޅިގެން ދެ ބިލިއަން ރުފިޔާގެ ބަދަލަށް އެދިފައިވާކަން ހާމަވުމާއި ގުޅިގެންނެވެ. އެއެއްބަސްވުން އުވާލުމުން ޕްރައިމް ކެޕިޓަލްސްއިް ވަނީ ސިންގަޕޫރު އާބިޓްރޭޝަނަށް މައްސަލަ ހުށައަޅާފައެވެ. އަދި ދެ ބިލިއަން ރުފިޔާގެ ބަދަލަށް ވަނީ އެދިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ހުސޭނުބޭ

  ކަލޭވެސް ތިއީ ގެރިގުއިތަފާލަށް އަރާފައި ޗީޗީއޭ ގޮވާ މީހެއް! ބަލަގަ ކަލޭގެ ތިއޮއްބޮޑު އަނގަ ބޭނުންކޮށްގެންނޫންތަ މި ނުލަފާ ސަރުކާރު ވެރިކަމަށް ގެނައީ! ދެން ރަގަޅުވާނީ ޗީޗީއޭ ނުގޮވައި އަމިއްލަ ހެދުމު ފަސްބައިން ފޮހެލިއްޔާ!

  60
  2
  • އަލީ ރަސީދު އިބުނު ހަސަން

   ވަރައް ރަނގަޅުވާހަކައެއް

   15
 2. އެމް ޝަމް

  މަގު ފަހި ކޮށްދިނީ މެއްނުން...........

  40
 3. ބޯކިބާ

  ފަލަސްތީނު މީހުން ގޭގެއަށް ދައުލަތުގެ ފައިސާގަނޑު އެދަމާލަނީ. ތިޔައީ އަދަކު އިއްޔެއަކު މިގައުމަށް ޖެހިގެންއުޅޭ މުސީބާތެއްނޫން، އުތުރުމީހުން ދޫދޫމަތިން އެކިޔާ ރަދުންނެއް އުޅުނު ޒަމާނުގަވެސް ކަންއޮތީ ތިހެން، އެކިއެކި ނަންނަމުގަ ތިކަންކުރަނީ، އެޒަމާނަކާ ގުޅޭގޮތަށް. މިއަހަރު އެކަނިވެސް ހައެއްކަ ގޯއްޗަށް އެކަހާލީ ދެކުނުގެ ހުރިހާ ރަށަކަށް އޮތް ބަޖެޓަށްވުރެ ބޮޑުއެއްޗެއް. ދުވަސްކޮޅެއްކުރިން ހުރިހާ ފަޅުރަށެއް ވިއްކާފަ ގޭގެއަށް ފައިސާގަނޑު ގެންގޮއްސަވީ.

  22
 4. ހަނދުމަ

  ހަނދާނަށް އަންނަނީ 2007 އަދި 2008. އެންމެ ބާރަށް އިވުނު އަޑަކީ ދަރީންގެ ދަރީންނަށްދާނދެން ގައުމު ވިއްކައިފި. ބޯހިކޭކަށް ނެތް. މިކަމާހެދި ބިރުން ރައްޔިތުން ވެރިކަން ބަދަލުކޮށްފި. ދަރަނިން ސަލާމަތްވާން ވެރިކަން ބަދަލުކުރި ފަހުން އެބުނާ ދަރަންޏެއްގެ ވާހަކައެއް، އެ ބުނާ ދަރަންޏަކަށް ދޭންޖެހުނު ބަދަލެއް އޮތް ވާހަކައެއް ދިން ވަރެއް މިއިން ނޫހަކުން ނުފެނޭ. އެކަމަކު ނުދަރުވާން އައި ސަރުކާރުތަކުން ކުރި ކަންކަމުން، ޖީއެމްއާރއަށް އެތައް މިލިއަނެއް، އަނެއް ބަޔަކަށް އަނެއް މިލިޔަނެއް މިހެން މިލިއަނުން ބިލިއަނުން ދޭން ޖެހިގެން ރައްޔިތުން ހަނާވަމުން މިހިރަ ދަނީ. ނުވިތާކަށް ދައުލަތުގެ އޮފީހެއް އޮޑިޓް ކޮށްފިއްޔާ މިލިއަނުން ބިލިއަނުން ކައި ހުސްކޮށްފައި ތޮށިގަނޑަށް ހަދާލާފައި އޮތް ވާހަކައެއް ނޫން ވާހަކައެއް ނާދޭ. ޑިމޮކްރަސީގެ ފޮނިކަމާއި މީރުކަމަކީ މިއީބާ؟

  30
 5. ބެއްޔާ

  އަލީ ހުސައިނަށް ވާވަރުވީމަ ދެން ކޮންއަނގައެއް ތިލަވަނީ. އިއްޔެ ނޫންތަބުނީ ޓީއެމްއޭއަށް ޓަވަރުދީފައޮތީ ރަނގަޅަށޭ. ދެން ކޮންބަދަލެއްގެ ވާހަކަތަ ތިގޮވަނީ އަޑުން އަޑުނަގާފަ

 6. މަނިކެ

  އިއްޒަތްތެރި މެންބަރު ވިދާޅުވެފައި އެވަނީ ވަރަށް ރަނގަޅު ބަސްފުޅެއް މިހާރު ބަދަލުދިނުމަކީ ވިޔަފާރިއަކަށް ވެއްޖެ. މި އެއްބަސްވުންތައް ހަދާ ބަޔަކު އަތުން މިފައިސާ ހޯދޭނެ ގޮތެއް ތި އިއްޒަތްތެރި މެންބަރުން ތިއްބަވާ މަޖިލީހުން މިކަމަށް ޤާނޫނެއް ހަދަން ފެނޭ ނޫނަމަ އަޅުގަނޑުމެން ރައްޔަރުންގެ ފައިސާއި އިން މިބައި މީހުންނަށް ބަދަލުދީފައި ރައްޔަތުންނަށް ކޮށްދޭނީ ކޮންކަމެއްތޯ؟

 7. ބަޑިތަކުރު

  މިރާއްޖޭގެ މީހުން މިހާރަކަށް އައިސް ސިންގަޕޫރުގެ އާބިޓްރޭޝަނަށް މިހުށަހަޅަނީ އެތަނަކީ އެއީ މަޙްޝަރު ދުވަހުގެ އިންސާފަށްވުރެވެސް އިންސާފުވެރި ތަނަކަށް ވާތީބާ؟