ހދ.ނެއްލައިދޫ، ރޯޒީ، އަލްމަރުޙޫމު އިބްރާހިމް ޒާހިލް އަށް އެހީގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން، ޒާހިލް ނިޔާވި އިރު، ބާކީ ހުރި ފައިސާ، ޒާހިލްގެ އާއިލާގެ ފަރާތުން، "ވަގުތު" އާއި ހަވާލުކޮށްފިއެވެ.

އެހީގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން، ޒާހިލް ނިޔާވި އިރު، ބާކީ ހުރީ ތިން ލައްކަ ވިހި ހާސް ރުފިޔާ އެވެ. މިފައިސާ އެއްކޮށް ވަނީ "ވަގުތު" އާއި ހަވާލުކޮށްފައެވެ. މިފައިސާ އަކީ، ޒާހިލްގެ އާއިލާގެ އިސްނެގުމުގެ މަތިން، "ވަގުތު" އާއި ހަވާލުކުރި ފައިސާ އެކެވެ. އާއިލާގެ ފަރާތުން މި ފައިސާ ހަވާލުކޮށްދެއްވީ، ޒާހިލްގެ މަންމަ، ރަމްޒިއްޔާ ހާރޫނެވެ.

މި ފައިސާ އާއި "ވަގުތު" ގެ ފަރާތުން ހަވާލުވުމަށްފަހު، ޒާހިލްގެ އާއިލާގެ އެދުމުގެ މަތިން، "ވަގުތު އެހީ" ގެ ނަން، "ޒާހިލް ފައުންޑޭޝަން" ގެ ނަމަށް ބަދަލުކޮށް، ފައުންޑޭޝަން ރަޖިސްޓްރީ ކުރުމަށް ވަނީ ނިންމާފައެވެ. ފައުންޑޭޝަން ހެދުމަށް ހަމަޖެހިފައިވަނީ، ޒާހިލްގެ އާއިލާގެ ފަރާތުން ކަނޑައަޅާ ބޭފުޅަކާއި، "ވަގުތު" ގެ ފަރާތުން ކަނޑައަޅާ ބޭފުޅެއްގެ ނަމުގައެވެ.

މިކަމާއި ގުޅިގެން "ވަގުތު" ގެ އޮފިޝަލަކު ވިދާޅުވީ، މި އަހަރުގެ ރަމަޟާން މަހަށްފަހު، ފައުންޑޭޝަން އިފްތިތާޙު ކުރުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ވަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން ޤަބޫލުކުރާ ގޮތުގަ ޒާހިލް ނިޔާވިއިރު ލިބިފައި ހުރި ފައިސާ ވާނީ ޒާހިލްގެ އާއިލާގެ މިލްކަކަށް. ނަމަވެސް އާއިލާގެ އިސްނެގުމުގެ މަތިން ފައުންޑޭޝަނެއް ހަދައި، އެފައުންޑޭޝަނަށް އެ ފައިސާ ހަދިޔާ ކުރަން ނިންމުމުން އެކަމަށްޓަކައި އާއިލާ އަށް ޝުކުރު ދަންނަވަން. އިދާރަކުރެއްވިއްޔާ މި ފައުންޑޭޝަންގެ ފަރާތުން، އެހީއަށް ބޭނުން ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެންމެ ބޮޑު މަޤްޞަދު." އޮފިޝަލް ވިދާޅުވިއެވެ.

ޒާހިލް ނިޔާވުމާއި އެކު، ބާކީ ހުރި ފައިސާގެ އަދަދު އޭރުވެސް އާއިލާގެ ފަރާތުން "ވަގުތު" އާއި ހިއްސާކުރިއެވެ.

މީގެ އިތުރަށް، ޒާހިލްގެ ޙަޔާތުގެ މައްޗަށް ބިނާކޮށް، ފޮތެއް ނެރުމުގެ މަސައްކަތްވެސް "ވަގުތު" އިން ދަނީ ކުރަމުންނެވެ.

ހަށިގަނޑުގައި އުފެދުނު އިންފެކްޝަނަކާއި ގުޅިގެން އިންޑިޔާގައި ފަރުވާދެމުން ދަނިކޮށް، ޒާހިލް ނިޔާވީ، 2017 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 17 ވީ ހުކުރު ދުވަހުއެވެ. ޒާހިލްގެ ފަރުވާއަށް އެހީތެރިވުމުގެ ގޮތުން، މުޅި ރާއްޖޭގައި ބޮޑެތި ކެމްޕެއިންތައް ކޮށް، ފައިސާގެ ބޮޑެތި އަދަދުތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ޒާހިލް އަށް ވަނީ، ތައިލެންޑުންނާއި އިންޑިޔާއިން ފަރުވާދީފައެވެ.

"ވަގުތު" ގެ ފަރާތުން އެދެނީ އަލްމަރުޙޫމް އިބްރާޙިމް ޒާހިލް އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލިބިގެން ދިއުމެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

 1. އަބްދުﷲ ރިޟާ

  ވަގުތު އިން ތިޔަ ކޮށްދެއްވާ މަސައްކަތައް ޝުކުރިއްޔާ

  374
  4
 2. މުހައްމަދު

  އާއިލާ އަށް ކެއްތެރިކަން ދެއްވާ ކުއްޖާގެ ފުރާނަޔައް ސުވަރުގޭގެ ދާއިމީ ނިއުމައް މިންވަރު ކުރައްވާށި. އާމީން

  310
  2
 3. ޒާހިލްްގެެ ފަހަރި އެއް

  ޔާﷲ، މައްޔިތާގެ ފާފަ ފުއްސަވައި، ރަޙްމަތްލައްވައި، ސުވަރުގޭގެ ދާއިމީ މަތިވެރި ނިޢުމަތްފުޅު މިންވަރުކޮށް ދެއްވާށި! 😭
  امين يارب العالمين
  އާއިލާއަން ދެއްކި ނަމޫނާއަށް ސާބަސް

  303
  2
 4. މާހާ

  އަލްމަރުޙޫމް އިބްރާހީމްޒާހިލް ފަދަ އެލީތެރިކަމަށްބޭނުންވާ ގިނަފަރާތްތަކަކަށް، ތިޔަފައުންޑޭޝަންގެ ފަރާތުން އެހީލިބިގެންދާނެކަމަށް އުއްމީދުކުރަން. ތިޔަޢަމަލުގައި ބަރަކާތްލައްވާށި.

  242
  2
 5. Anonymous

  އުފަލުން ރޮވިއްޖެ .

  186
  2
 6. ދެރަ

  ވަގުތުން އިސްނަގައިގެން ސީރިޔާގައި ހާލުގައި ޖެހިފައި ތިބި މުސްލިމުންނަށް އެހީތެރި
  ވުމަށް ފަންޑް ރެއިޒިން އެއް ބާއްވަންވީނުން ތޯ. ޓެންޓް ތަކުގައި ކުޑަ ކުދީން މަރު އެވަނީ ފިނި ގަދަ ވެގެން. އަހަރުމެންނަށް ވެސް ކޮންމެވެސް އެހީތެރިކަމެއް ދެވިދާނެ ނޫންތޯ އެ މުސްލިމުންނަށް ވެސް. ކޮންމެ ތަނެއްގައި އުޅުނަށް މުސްލިމުން ވާނީ އެއް ބަޔަކަށް. އެ މުސްލިމް އެތިބީ އެހީތެރި ކަމަށް ބޭނުންވެފް

  212
  7
  • މީރާ

   ބޭރުގައި ތިބި މީހުންނަށް އެހީވުމުގެ ކުރިން ކިތައް ނިކަމެތި އާއިލާގެ ކިތައް މީހުން އެތިބީ ބޭސް ފަރުވާ ނުކުރެވިފަ؟ އެވެސް ހަމަ މުސްލިމުން

   92
   2
 7. ރާއްޖެތެރޭ މީހާ

  އުފަލުން ރޮވިއްޖެ. ކޮންފަދަ ރީތި ނަމޫނާއެއް އާއިލާގެ ފަރާތުން އެދެއްކީ. އާއިލާ އަށް ކެއްތެރިކަން ދެއްވާ ކުއްޖާގެ ފުރާނަޔައް ސުވަރުގޭގެ ދާއިމީ ނިއުމައް މިންވަރު ކުރައްވާށި. އާމީން

  193
  4
  • މީރާ

   ބޭރުގައި ތިބި މީހުންނަށް އެހީވުމުގެ ކުރިން ކިތައް ނިކަމެތި އާއިލާގެ ކިތައް މީހުން އެތިބީ ބޭސް ފަރުވާ ނުކުރެވިފަ؟ އެވެސް ހަމަ މުސްލިމުން

   42
   3
 8. އަހުމަދު

  ކޮމެންޓް ތަކައް ޑިސްލައިކް މި ދޭ ކާފަރެއްގެ ނިމުން ހިތިކުރައްވާށި
  މަރްހޫމްގެ ފުރާނައަށް ހެޔޮރަހްމަތް ލައްވާ އާއިލާއަށް ހެޔޮލަފާ ދަރިން ދެއްވާންދޭވެ. ކޮންފަދަ ހެޔޮލަފާ ހިއްތަކެއްގެ ވެރި އާއިލާ އެއް...... ތި އާއިލާ އަށް ހެޔޮރަހްމަތް މާތްﷲ މިންވަރު ކުރައްވާށި.

  136
  11
  • ވިސްނާލާ....

   ޤަޞްދުގައި އެކަކުވެސް ޑިސްލައިކެއް ނުދޭނެކަން ޔަޤީނެވެ. އެވާނީ ލައިކަށް ފިތަން އުޅެނިކޮށް ޑިސްލައިކަށް ފިތެނީ ކަމަށެވެ. ބަދު ދުޢާ ކުރުމުގެ ކުރިން ވިސްނާލާށެވެ!

   121
   1
   • އަހްމަދު

    ތިބުނުން ރަނގަޅުކަމަށް ގަބޫލުކުރެވޭ. މިތާނގާވެސް މިއިނީ ދެގޮޅި އެއްގޮތަށް. ރަނގަޅީ ކޮން ގޮޅިއެއްކމެއް ނޭގޭ. ބައެއްނޫސް ތަކުގައި މިހެންހުންނަ ގޮޅިތަކުން ކަނާއަތް ފަރާތުގޮޅި ރަނގަޅު ކަމަށްވޭ އަނެއްބައި ނޫސް ތަކުގައި ވާއަތް ފަރާތުގޮޅި ރަނގަޅުކަމުގައިވޭ. މިތައްޔާރު ކުރާ މީހުން ވެސް ލައިކް ޑިސްލައިކް ރަނގަޅަށް އެނގޭގޮތަށް ހަދާނަމަ އޮޅުން ކުޑަ ވާނެ.

    25
 9. އަހުމަދުﷲ

  މަރްހޫމް އަށް ހޮޔޮރަހުމަތް ލައްވާ އާއިލާއަށް ކެއްތެރިކަން ދެއްވާ ހޮޔޮލަފާ ގިނަ ދަރިން ދެއްވާ ރޯދި ބަރަކާތް އިތުރު ކޮއްދެއްވާންދޭވެ.
  މި ކޮމެންޓް ތަކައް ޑިސްލައިކް ދޭ ކާފަރެއްގެ ނިމުން ހިތިކުރައްވާނެ.

  95
  1
 10. ނަނަ

  ޒާހިލް އަށް ސުވަރުގަޭގެ ދާއިމީ ނިޢުމަތް ލައްވާށި އާމީން

  127
  1
 11. ޯހޫނު

  ޢަގު ހުރި ދަރިޔެ ގެއްލިގެން ދިޔައީ ހިތާމަހުރި

  65
 12. އަހަރެން

  ޒާހިލް އަށް ދިމާވެފައި ހުރި ކަހަލަ ބައްޔެއް އަހަރެންގެ ބޭބެ އަކަށް ވެސް ވަނީ ދިމާވެފަ. އަހަރެން ބޭބެ ގެ ފޮޓޯ ތައް ފޭސްބުކް ގައި ޖެހުމުން ޒާހިލް އެއް ދުވަހު ވަނީ އަހަންނަށް މެސެޖް ކޮށްފައި. ދެތިން ދުވަހު ވާހަކަ ދެކެވުނބު. އޭރު ޒާހިލް ހުރީ ތައިލެންޑް ގަ. މާތް ﷲ ޒާހިލް ގެ ފުރާނަ އަށް ހެޔޮ ރަހުމަތް ލައްވާށި

  68
  1
 13. ހަނާ

  ހިތާއި ފުއްޕާމެ ބަދަލު ކުރަން ޖެހިފައިވާ އަސްރާ އަށް އެހީ ތެރިވެ ދެއްވާ😭

  74
  1
 14. އަދާލަތު

  އަލްމަރުޙޫމް އިބުރާހހ ހީމް ޒާހ ހިލްގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، ޢާއިލާޔަށް ކެތްތެރިކަމާއި، ފުރިހ ހަމަ ޞިއްޙަތާއި، ޢާފިޔަތު ދެއްވާށި. އާމީން.

  42
 15. ޙަސަން ޒަރީރު

  މާތްﷲ މަރުހޫމްގެ ފުރާނައަށް ރަޙްމަތްލައްވާ ސުވަރުގޭގެދާޢިމީ ނިޢުމަތްމިންވަރު ކުރައްވާށި އަދި މިކަމުގައި ވަގުތު ނޫހުން ވެދެއްވި ދީލަތި އެހީފާހަގަކޮށް ހައްޤްޟުކުރު ދައްނަވަން " ޟުކުރިއްޔާ ވަގުތުގެ އެއްމެހާ ހީވާގި މުއައްޒިފުން "

  32
 16. ޔާމިން

  އާމިން

  16
 17. ޥ ގުދް

  Vvv ބެސްޓް

 18. ޢެސްކޮބާ

  އަހުމަދު، މީހުންނަށް ބަދު ދުޢާ ތިކުރަނީ، ތިޔައީ އަނެކާ ޖަޖް ކުރަން ކާކު؟ވެދާނެ 40-50 އަހަރު ގެ މީހަކު އޮޅިގެނަ އޭގެ މާނަ ނޭނގޭތީ، މާނަ ދޭހަ ވާގޮތަކުން ޑި ސްލޢިކް އަށް ފިތިފަ ކަމަށްވެ ސް. ކާފަރެއްގެ ލަަގަބު ޝަހާދަތް ކިޔައިގެން ހުރި މު ސްލިމަކަށް ރައްދު ކުރުމަކީ ކިހާވަރެއްގެ ކަމެއްކަން ކަލެޔަށް އިނގޭތަ؟ ތިކަހަލަ ތަނެއް ދޮރެއްނޭނގޭ މަރުމޯލުންނާ ހެދި އެހެން މީހުންގެ ޢިއްޒަތާ ކަރާމާތް ގެއްލިގެން ދަނީ. ޙެޔޮވި ސްނުން ދެއްވާށި! ޢާމީން

 19. ދިވެހިން

  ވަގުތ ނޫހަކީ ރައްޔިތުނެ ނޫހެކެވެ ރައްޔިތުންގެ ހަމަޖެހުމަށާއި ގައުމީ މަސްލަހަތުގައި ވަގުނޫހުގެ ދައުރު
  ފާހަގަކުރެވެއެވެ މެނޭޖުމަންޓަށް ސުކުރު ދަންނަވަމެވެ.