އަޅުގަނޑުމެން ދިރިއުޅެމުން މިއަންނަނީ އިސްލާމީ ޤައުމެއްގައެވެ. ތަބާވަމުން މިއަންނަނީ އެއް ދީނަކަށެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ވަށައިގެންމިވާ މާޙައުލަށް ނަޒަރެއް ހިންގާލުމުން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. އަޅުގަނޑުމެން ގެ ވިސްނުމާއި ފިކުރާއި ގުޅިފައިވާ އިސްލާމް ދީނުގައި ކަނޑައެޅިގެން ހަރާމް ކުރައްވާފައިވާ އެތައް ކަމެއް އަޅުގަނޑުމެންގެ ލޯ ކުރިމަތިން މިދަނީ ފެންނަމުންނެވެ. އަދުގެ ޒުވާނުން ކުށުގެ ވެށީގައި އުދުހެމުން ދަނީއެވެ. އެއްވެސް ޚިޔާލެއް ފިކުރެއް ނެތިއެވެ. އެކަން ރަނގަޅުކުރަން މަސައްކަތް ކުރަންޖެހޭ ފަރާތްތައް ގަދަ ނިދީގައި ތިބިއިރު، އަމިއްލަ ޒިންމާ އަދާކުރަން ގިނަ ބަޔަކު ވަނީ ނުކުޅެދިފައެވެ.

މި ޤައުމުގައި ހިނގާ އެތައް ނުރަނގަޅު ކަމެއްގެ ފެށުމަކަށް ޔަޤީނުންް ވެސް "ޕޯރން ސައިޓް" ތައް ވާނެކަން ކަށަވަރެވެ. އަޅުގަނޑު މިލިޔުމުގައި ފާހަގަ ކޮށްލާނީ ދިވެހިންގެ ހިތްތަކުން ޕޯރން ސައިޓްތަކަށް ދެވުނު ޝަޢުޤުން، މިޤައުމާއި ދިވެހިންނަށް ދިމާވެފައިވާ މައްސަލަތަކާއި މުސީބާތްތަކަށެވެ. އެގޮތުން އަޅުގަނޑަށް ފާހަގަ ކޮށްލެވޭ މައިގަނޑު 4 ކަމެއް މި ލިޔުމުގައި ހިމަނާލާނަމެވެ.

1- އާއިލީ ގުޅުންތައް ހީނަރުވުން.
ޕޯރން ސައިޓުތަކުގައި ވަގުތު ހޭދަކުރުމުން އާއިލީ ގުޅުންތައް މުޅިން ހީނަރުކޮށްލައެވެ. އާއިލާގެ ތެރޭގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން މުޅިން ނެތިގެން ދެއެވެ. މައިވަންތަ ގުޅުމާއި، އަމިއްލަ ދަރިންނާއި، އެއް ލެޔެއް ހިނގާ މާތް ގުޅުންތަކުގައި އޮންނަ ހަޤީޤީ ލޯބި ނެތިގެން ދެއެވެ. މިކަމުގެ ސަބަބުން ބަފައިން އަމިއްލަ ދަރިން ގަޔަށް އަރައި، މައިން ދަރިންނަށް ޖިންސީ އަނިޔާކޮށް، މުޅި އާއިލާގެ ތެރޭގައި ބަދުއަޚުލާޤީ އެތައް މައްސަލަތަކެއް ފެންމަތިވެއެވެ. މި މައްސަލަތަކަކީ މި ޖީލުގައި ވަކި ހިއްޕާލާފައިވާ ބޮޑުތި މައްސަލަތައް ކަމާއި މެދު އެއްވެސް މީހެއް ދެބަހެއް ނުވާނެއެވެ.

2- ދެވި ހިފުން
މީ އަދައިގެ ވާހަކައެއް ނޫނެވެ. މީ އިންސާނާ ދުނިޔޭގެ ވާޖިބުތަކުން މުޅިން ހަނދާން ނައްތުވާލާ ކަމެކެވެ. މި ޤައުމުގެ ޒުވާނުންނާއި، 18 އަހަރު ނުވާ ކުޑަ ކުދިންނާއި، ދެބައި އުމުރުގެ މީހުންނުން ފެށިގެން މުސްކުޅިން ވެސް މިފަދަ ބަދުއަޚުލާޤީ ސައިޓުތަކަށް ދެވި ހިފާފައިވާ ކަމަކީ ވަރަށް ހިތާމަކުރަން ޖެހޭކަމެކެވެ. މިކަމުގެ ސަބަބުން ދިވެހިންނަށް ވަގުތުގެ މުހިންމުކަން ނޭނގި، ދުނިޔެވީ ހެއްލުންތަކަށް ގެއްލިގެން ދެއެވެ. ދީނީ ވާޖިބުތައް މަތިން ހަނދާންނެތި އެމީހެއް ދުނިޔެއަށް ފޮނުއްވި ސަބަބު އޮޅިގެން ދެއެވެ.

3- ޞިއްޙީ މައްސަލަތައް އާންމުވުން.
މިރާއްޖޭގައި ޅައުމުރުގައި ގިނަގުނަ ޞިއްޙީ މައްސަލަތަކާއި ކުރިމަތިލާން ޖެހުން މިވަނީ އާންމު ކަމަކަށް ވެފައެވެ. ލޮލުގެ މައްސަލަތަކާއި، ޑިޕްރެޝަން ފަދަ ކަންކަމަކީ ޒުވާނުންގެ މެދުގައި މިހާރު ގިނަވަމުން އަންނަ ޞިއްޙީ މައްސަލަތަކެވެ. ޕޯރން ސައިޓުތައް ބެލުމަކީ މީހާ އެކަނިވެރި ކަމަށް ލޯބި ކުރުވާ ކަމެކެވެ. އެހެންމީހުންނާއި ގުޅުން ހީނަރުކޮށް އެކަނިވެރިކަމަށް މީހާގެ ޟަމީރު ހުށައަޅާ ކަމެކެވެ. މިކަމުގެ ސަބަބުން ސިކުނޑީގެ މައްސަލަތަކާއި ކުރިމަތިލާން ޖެހެއެވެ. ބައެއް ވަގުތު ތަކުގައި ދުނިޔެ މަތިން ފޫހިވެ، މީހާގެ އަމިއްލަ ޟަމީރު ދެކެ ރުޅި އިސްކުރެވޭ ހާލަތުވެސް އާދެއެވެ. މިކަންކަން މިގޮތަށް ވުމުން އަމިއްލައަށް މަރުވުން ފަދަ ބޮޑެތި ފާފަތަކަށް ބިރެއް ނެތި އަރައިގަނެވެއެވެ.

4- ޒިނޭ ކުރުން ގިނަވެ، ފާޙިޝް އަމަލުތަކުން ޤައުމު ހަލާކުވުން.
ޕޯރން ސައިޓު ތަކަކީ ސީދާ ގޮތުން ޒިނޭއަށް ހުޅުވިފައިވާ ދޮރެކެވެ. މިދޮރުން މި ޤައުމުގެ އެތައް ބަޔަކު މިވަނީ ވަދެ، ޒިނޭފަދަ ބޮޑުވެގެން ވާ ފާފަ ތަކަށް ޖެހިލުމެއް ނެތި އަރައިގެންފައެވެ. އުމުރުން 18 އަހަރު ވާއިރު އިއްފަތްތެރި، ބިކުރުވެރި ކުއްޖެއް ހޯދުން ވަނީ ނާދިރު ކަމަކަށް ވެފައެވެ. މިއީ ވަރަށް ބިރުވެރި، ވަރަށް ސީރިއަސް ވާހަކައެކެވެ. މިކަމުގެ ސަބަބުން އަޅަގަނޑުމެންގެ މައްޗަށް އާންމު ވެގެން ވާ ކޯފާއެއް ވެސް އަތުވެދާނެއެވެ. ޒިނޭ ކުރުން ގިނަ ތަނެއްގައި އެތައް ގިނަގުނަ ނުރައްކާތެރި ބަލިތައް ވެސް އާންމު ވެގެން ދާނެއެވެ.

ދިވެހީންނޭވެ!! މި ލިޔުމުގައި އެންމެ 4 ކަމެއް ހިމެނި ކަމުގައި ވިޔަސް، ޕޯރން ސައިޓުތަކަށް ތިބާއަށް ލޯބި ދެވި، އެ ސައިޓުތަކަށް ތިބާގެ ނަފްސު ދެވިއްޖެނަމަ މުޅި ތިބާގެ ޙަޔާތް ހަލާކުވެ ނެތިގެން ދާނެއެވެ. ހަވާ ނަފްސުގެ އެދުންތަކަށް ހެއްލިގެން ނުދާށެވެ. ތިބާގެ އަމިއްލަ ޙަޔާތް މިފަދަ ނުބައި ދޮރަކުން ވަދެ ތިބާއަށް ލިބެން އޮތް ދާއިމީ އުފާތައް ގެއްލުވާ ނުލާށެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

 1. ހޭލާ

  ވަރައް ރަނގަޅު ލިޔުމެއް.

  217
  9
 2. ވިސްނާ

  ރާއްޖެ މީހުނަށް ޕޯރން ސައިޓް ތަކަށް ނުވަދެވޭ ފަދަ ގޮތެއްވެސް ހަދަން އެބަ ޖެހޭ. އެފަދަ ސައިޓް ތަށް ހިންގާމީހުންގެ މޮޅު ރޭވުމެއް އެއީ ހާއްސަކޮށް މުސްލިމު ގައުމުތަކުގެ މީހުންނަށް ފަސޭހައިން ވަދެވޭހެން ހެދުން. އެމީހުން ބޭނުންވަނީ އެމީހުންނާއެކު މުސްލިމުން ވެސް އެފަދަ ކަންތައްތަކުގެ އަވާގަ ޖެހުން. އެމީހުންގެ ވިއުސއ ގިނަކޮށް ގިނަ ލާރިކާން ބޭނުންވާ ހައްދުފަހަނަ އަޅާފަ ތިބި ހަޔާތްކުޑަ ބައެއް!

  124
  10
  • އަލިބެއްޔާ

   ތީ ވާނެ ކަމެއް ނޫން..

   22
   7
 3. ްްްއަލީ

  އިންޓަނެޓު ގެ ޚިދުމަތް ދެނީ ރާއްޖޭގަ 2 ތިން ކުންފުންޏަކުން ހަމަރަގަޅަށް މިކަން އެނގިތިބެ އެކަމާ އަޅާނުލަނީ ހަމަލީބޭ ފައިދާބޮޑުކަމުން އަމިއްލަޔަށް ސަލާމަތް ކަން ހޯދަން ޖެހޭ ދުވަސް ވަރެއްމީ. ކޮރޯނާ ވައިރަސް އަށްވުރެ ހަގީގަތުގައި ނުރަކާތެރި ވަބާެއެއްމީ އިބްރާހީމް ޒިހުނީ ވެސް ބުނެވޭނީ ވަކިވަރަކަށް ތިވަރު ކުރި ކަމަށްޓަކާ ށުކުރު ކުރަން މީ އެންމެން ދަންނަ ކަމެއް އެކަމަކު ލޯމަރައިގެން ތިބެނީ ކޮންކަމަކާ ބިރުންބާ! މާތްﷲގެ ކޯފާޔަށް އިންތިޒާރުކުރަނީބާ/ މާތްﷲ ރަހުމަތް ލެއްވިމީހަކުމެނުވީ ސަލާމަތެއްނުވާނެ އަޅަމެންގެ ފާފަ ފުއްސަވާދޭވެ! އާމީން1

  97
  3
 4. ޝަރީފް

  އިންޓަނެޓު ގެ ޚިދުމަތް ދެނީ ރާއްޖޭގަ 2 ތިން ކުންފުންޏަކުން ހަމަރަގަޅަށް މިކަން އެނގިތިބެ އެކަމާ އަޅާނުލަނީ ހަމަލީބޭ ފައިދާބޮޑުކަމުން އަމިއްލަޔަށް ސަލާމަތް ކަން ހޯދަން ޖެހޭ ދުވަސް ވަރެއްމީ. ކޮރޯނާ ވައިރަސް އަށްވުރެ ހަގީގަތުގައި ނުރަކާތެރި ވަބާެއެއްމީ އިބްރާހީމް ޒިހުނީ ވެސް ބުނެވޭނީ ވަކިވަރަކަށް ތިވަރު ކުރި ކަމަށްޓަކާ ށުކުރު ކުރަން މީ އެންމެން ދަންނަ ކަމެއް އެކަމަކު ލޯމަރައިގެން ތިބެނީ ކޮންކަމަކާ ބިރުންބާ! މާތްﷲގެ ކޯފާޔަށް އިންތިޒާރުކުރަނީބާ/ މާތްﷲ ރަހުމަތް ލެއްވިމީހަކުމެނުވީ ސަލާމަތެއްނުވާނެ އަޅަމެންގެ ފާފަ ފުއްސަވާދޭވެ! އާމީން1

  37
  3
 5. Anonymous

  އިންޓަނެޓު ގެ ޚިދުމަތް ދެނީ ރާއްޖޭގަ 2 ތިން ކުންފުންޏަކުން ހަމަރަގަޅަށް މިކަން އެނގިތިބެ އެކަމާ އަޅާނުލަނީ ހަމަލީބޭ ފައިދާބޮޑުކަމުން އަމިއްލަޔަށް ސަލާމަތް ކަން ހޯދަން ޖެހޭ ދުވަސް ވަރެއްމީ. ކޮރޯނާ ވައިރަސް އަށްވުރެ ހަގީގަތުގައި ނުރަކާތެރި ވަބާެއެއްމީ އިބްރާހީމް ޒިހުނީ ވެސް ބުނެވޭނީ ވަކިވަރަކަށް ތިވަރު ކުރި ކަމަށްޓަކާ ށުކުރު ކުރަން މީ އެންމެން ދަންނަ ކަމެއް އެކަމަކު ލޯމަރައިގެން ތިބެނީ ކޮންކަމަކާ ބިރުންބާ! މާތްﷲގެ ކޯފާޔަށް އިންތިޒާރުކުރަނީބާ/ މާތްﷲ ރަހުމަތް ލެއްވިމީހަކުމެނުވީ ސަލާމަތެއްނުވާނެ އަޅަމެންގެ ފާފަ ފުއްސަވާދޭވެ! އާމީން1

  30
  4
 6. އިމާމަ

  ވ ރަންގަޅު ވާހަކައެއް. ބަލާފަ އަމިއްލައަށް އެދުންފުއްދަނީ.

  56
  3
 7. ގަމާރު

  ވަރަށް ބަރާބަރު ލިއުމެއް

  67
  6
 8. ދިނާއިބުނިޕަރީ

  ޢޭ އަގީދާ ވަރުގަދަ ކުރުމަށް ޕްރޮފެޝަނަލް ކޮށް އިސްލާމް ދީން އުގަންނައިދޭނެ ޓީޗަރުން އިސްނަގައި ބަލަ ފޮނި ކެނޑުމަކުން މައްސަލަ ހައްލެއްނުކުރެވޭނެ އިސްކޫލް ތަކުގައި އިސްލާމް ކިޔަވާދެނީ ކަމަށް ގާބިލް މީހުނެއް ނޫން

  36
  10
  • ޢަލިބެއްޔާ!

   ކިތަންމެ ޤާބިލަސް ކިޔަވާ ދެވޭނީ ފޮތުގައި އޮތް އެއްޗެއް. ހިތަށްއެރި ހާ އެއްޗެއް ކިޔަވައެއް ނުދެވޭނެ. ކޮންމެސް ކަމަކު ސިލަބަސް ހަދާފަ އޮންނަނީ. ބަދަލު ކުރަންޏާ ކުރަން ޖެ ހޭނީ ސިލަބަސް. ހޮޅިވާ ހަކަ ނުދައްކާ.

   30
   2
   • އަހްމަދު

    ސިލަބަހުގައި ، ފޮތުގައި ލިޔެފައިވާ އެއްޗަކަށްވުރެ އިތުރު އެއްޗެއް ބުނެދިނުމަކީ މަނާކަމެއްތޯ؟ ނޫނީ ހަރާމްކަމެއްތޯ؟

    18
    3
 9. މުހައްމަދު

  އަޅަމެންގެ ވެރި الله މި ނުބާ އަމަލުން އަޅަމެން ސަލާމަތް ކޮށްދެއްވާންދޭވެ އާމީން.

  112
  6
 10. އަލީ

  ޕޯން ސައިޓްތައް ބޮލޮކް ކުރަން މުޒާހަރާ ކުރަންވީ..

  113
  7
 11. ޕޯންނެއްތޭނީ

  ޕޯންބެލުން ނެއްތޭނީ އެކަމަށް މީހުން ހޭލުންތެރިކޮށްގެން. ހާއްސަކޮށް ފުރާ އުމުރުގެ ކުދިންނަށް މިއެއްޗެހި ބެލުމުގެ ގެއްލުން ވިސްނުވައިދީގެން. ޝަހުވާނީ އެދުން ގަދަވަންޏާ މައިންބަފައިން އެބަޖެހޭ ކުއްޖާލައްވާ ރޯދަހިފުވަން ދަސްކޮށްދޭން. މައިންބަފައިން އެބަޖެހޭ ކުދިން ކުރާކަންތައް ދެނެގަނެ އެކަންތައް ހުއްޓުވަން. އިންޓަނެޓް ދޫކުރާ ފަރާތްތަކަށް މިކަމެއް ނުހުއްޓުވޭނެ. ހުއްޓުވޭނެ ހަމައެކަނި ގޮތަކީ މުޅި އިންޓަނެޓު އެއްކޮށް ބްލޮކުކުރުން. ވަކި ވަކި ސައިޓުތައް ބުލޮކު ކުރުމުންވެސް ވީޕީއެން ބޭނުންކޮށްގެން ވަދެވޭނެ. ޒުވާނުންނާއި ފުރާއުމުރުގެ ކުދިންނަށް ވިސްނުވައިދީ ހޭލުންތެރިކޮށް ދީނަށް ލޯބިޖައްސައި އީމާންތެރިކަން ވަރުގަދަކުރުމަށް ދަރުސްތައް ދީގޭން ނޫނީ މިކަމެއް ނުވާނެ.

  49
  3
 12. ވަމީން

  ދިރާގާއި އުރީދޫ އަދި ދިވެހި ސަރުކާރުން ރާއްޖެއައް ބުރޯޑު ބޭންޑުކޮއް ޕޯރން ބެލޭނޭހެން ދޫކޮއްފައި ހުރިހައިދުވަހަކު މިތާގަ ޕޯން ބަލާ އަންހެނުންނާއި ފިރިހެނުންނާއި ކުދީން ތިބޭނެ.

  58
  3
 13. ޙަވާ

  އެއީ ބައެއްގެ ބޮޑުވިޔަފާރިއަކައް މުޅިމުޖުތަމައު ފަނާކޮއްލަނީ ގަސްތުގައި އެގިތިބެ މިގައުމުގެ ހުރިހާސަރުކާރެއްގެ ތެރެއިން ހިންގާކަމެއް ފޯނުގެ ހިދުމަތްދޭ ދެ ކުންފުނިން ބޮޑު ފައިދާއެއް އެނަގަނީ ތިބުނާސައިޓް ތަކައް ދިވެހިން ވާވައްދުވައިގެން ބޭނުންނަމަ ވަގުތުން ބުލޮކްކޮއްބަލަ ، އެއްވެސް ދީނީ ޖަމިއްޔާ ޖަމާއަތެއް މިވާހަކަދައްކާލެވޭވަރު ބައެއްނެތޭ ހައްތާވެސް ދީނާގައުމު

  16
  3
 14. އާމިރު

  ދުވަހަކު ވެސް ދިރާގުންނާ އުރީދޫއަކުން ޕޯން ސައިޓުތަކެއް ބޮލޮކެއް ނުކުރާނެ. ސަބަބަކީ އިންޓަނެޓް ގިނައިން މީހުން ބޭނުން ކުރަނީ ޕޯން ސައިޓް ތަކައް ވަންނާން. ގިނަ މީހުން ޕޯން ބެލި ވަރަކަށް. ދިރާގާ އުރީދޫއަށް ފައިދާ ވަނީ. ދިރާގާ އުރީދޫއަށް ވެސް އެގޭ ހަގީގަތެއް މީ.

  23
  2
 15. ކޭޑީ

  ވަރަށް ފަސޭހަ ކަމެއް.. ސަރުކާރުން މި ސައިޓްތަކަށް ނުވަދެވޭ ގޮތް ހެދީމަ އެނިމުނީ...

  24
  3
  • ވަޒީރެއާލާ

   ކޭޑީއަށް ފަސޭހަ އަކަސް ސަރުކާރަށް އެންމެ އުނދަކޫ ކަމަކީ ތިޔަސައިޓް ތައް ބަންދުކުރުން. ތިޔަ ސައިޓްތައް ބަންދު ކުރުމުން އެންމެ ކަންބޮޑުވާނީ މަޖިލިސް މެމްބަރުން. އެހެންވީމާ ސަރުކާރުން ތިކަމެއް ނުކުރާނެ. އަމުދުން މިސަރުކާރުން ނުކުރާނެ.

   20
   2
 16. ހަގީގީ

  ނުބެލޭގޮތް ހަދާބަލަ. މަށަށްވެސް ނުބެލޭނެ އޭރުން

  36
  1
 17. ހަލީމް

  ސަރުކާރުގެ ނަޒަރުގަ ދިރާގު އުރީދޫ އިން ބުރޯޑުބޭންޑުކޮއް ފެންނާނީ އިސްލާމީ ޕޯންއަށް ވާތީދޯ ނުހުއްޓުވަނީ..

  1
  1
 18. މިޔާޚަލީފާ

  ހެޔޮނުވާނެ.....!

  1
  1
 19. ސަނީ ލިއޯން

  ޔާމިނު ނުކުރި ކަމެއް އިބޫ ސާލިހު ކުރާނެތަ؟ ޒުވާނުންނަށް އުޅެވޭނެތަ މިއާ ނުލާ؟

  17
  4
 20. ބަކުރު

  ތި ލިޔުންވީ ޕޯން ސައިޓުތަކަށް ސިއްރުވެރިކަމާއެކު ވަންނާނެ ގޮތް ބުނެދިން ލިޔުމަކަށެވެ.

  11
  16
 21. ގެރި މޯދީ

  ވަރަށް ހެޔޮ ވަހަކައެ..ހިތާމަހުރި..!😥

  7
  2
 22. ގަނޑިޔާ!!!

  އިންޓާރ ނެޓްގެ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް މިފަދަ ސައިޓުތަށް ނުހުޅޫވޭނޭހެން ހެދުމަށް ނަސޭހަތްތެރިވަން. ސަރުކާރާއި ގުޅިގެން މިކަން އަވަސްކޮށްދެއްވާ. ކިތަންމެ ބެލެނިވެރިއެއް ޝުކުރުވެރިވާނެ.

  11
  1
 23. މަކަލޯ

  ކަލެއަކަށް އަސްލު ނޭނގޭ މެސެޖެއް ދޭކަށް މިލިޔުން ކިޔާފަ ކަލޭގެ ލިޔުންތައް ނުކިޔަން ނިންމައިފިން

  2
  9
 24. ނަން

  ކަމާބެހޭ ފަރާތުގެ ޒިންމާ ހިމެނިނަމަ ވަރަށް ފުރިހމަ ވާނެ. ސައިޓް ތަކެކީ އައެސްޕީއަށް ބްލޮކް ކުރެވޭ ވަރުކަމެކެވެ. ސައިންސް އެންޑް ޓެކްނޮލޮޖީއިން ބޮލޮކް ކުރަން މުއްދަތެއް ދީ ނުކޮއްފިނަމަ ބިލިއަނުން ޖޫރިމަނާ ކުރަންވީ. ކީއްކުރާނީ ޑޭޓާވިއްކައިގެން ލިބޭ ޖއެސްޓީއައި ދެން އެކަމުން ލިބޭ ޓެކްސް ފައިސާ މަދުވެދާނެތީ އެހާފަސޭހައިން މި ސައިޓްތަކަށް އެކްސެސް ވެވޭގޮތަށް މިހާ ދުވަހު ފިޔަވަޅު ނޭޅި މިއޮތީ. އެއްވެސް ސަރުކާރަކު އިހްލާސްތެރި ކަމެއްނެތް.