ރ. އުނގޫފާރުގެ މިސްކިތެއްގައި ހުރި ފަންޑް ފޮއްޓެއް ފަޅާލައިފިއެވެ.

ފުލުހުން ވިދާޅުވީ، މިއަދު 17:10 އެހާކަންހާއިރު ރ. އުނގޫފާރު "މަސްޖިދުލް ތަޤްވާ" މިސްކިތުގެ ފަންޑް ފޮށި ހަލާކު ކޮށްލައިގެން ވައްކަން ކޮށްފައިވާ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

ފަޅާލާފައިވާ ފަންޑް ފޮށި ބެލި ބެލުމުން އެއްވެސް އެއްޗެއް ގެއްލިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާއާއި ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ. އަދި އެފަދަ އަމަލެއް ހިންގާފައިވަނީ ކޮންބައެއް ކަމެއްވެސް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.

މި މައްސަލަ މިހާރު އަންނަނީ އިތުރަށް ތަހުޤީގު ކުރަމުން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޔާމިން

  އއއ އެޖެންޑާ19 ތަފާތުވާނެ.

  11
 2. އަހްމަދު

  ފަންޑުފޮށި ފަޅައިލައި ވަންކަންނުކުރާކަން އެނގެނީ ކިހިނެއްބާ ހަމަގައިމުވެސް ފަންޑުފޮށީގަހުރީކިހާފައިސާއެއްކަން އެގޭނެމީހަކުނުހުންނާނެ އެހެންވީމަ ވަކަންނުކުރާކަންއެނގެނީކާކަށްބާ؟

 3. ފަންޑުފޮށީގެހައްޤުވަގުވެރިން

  ނޫނޭވާ ދޮގުހެދުމާއި މަކަރާ އޮޅުވާލުމުގައި ވެސް ފުލުހުން ވަރަށް ބޮޑުތަނުން މިލާދީނީ ސަރުކާރު އައިފަހުންކު ކުރިއަރައިގޮފިކަން ވަރަށްބޮޑަށް ފާހަގަ ކުރެވޭ ހާދަބިޒީއޭދޯ އަ ބަދުވެސް މައްސަލަ ބަލާތަޤީގު ކުރުމުގައި ހަމަފަޅާލީތޯ ނޫނީ ފަޅާލައިފިޔޭ ބުނާށޭ ބުނީތޯ

 4. އަހްމަދު

  ހަނދާނަށް އެބަ އާދޭ މީގެ ހައެއްކަ އަށެއްކަ އަހަރު ކުރިންވެސް އުނގޫފާރު މިސްކިތުގެ ޚައިރާތު ފޮށި ފަޅާލިވާހަކަ. އިސްލާމީ މަރުކަޒު ބިނާކޮށް ނިމނު އިރު އެތާންގެ މިސްކިތު ގައިވެސް ޚައިރާތު ފޮށިތަކެއްހުރި. އެފޮށިތަޢްވެސް ފަޅާލިފަހުން ދެން ފޮށިތައް ނަގާފި.

 5. ޔާސީން

  އަމިއްލަ ގޭގައި ހުންނަ ފޮއްޓެއް ފެޅޭނީ ގޭގެ ވެރިމީހާއަށް ނޭނގި