މީސްމީޑިއާގެ އެކި މަންސަތަކުގައި، ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ފޯނުން ގުޅައިގެން މީހުންނާއި ދައްކާފައިވާ ވާހަކަ ކަމަށް ބުނެ ފަތުރަމުންދާ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

މިރޭ އަލީ ވަހީދު މިކަން ހާމަކޮށް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، މިހާރު ދައުރުކުރަމުންދާ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށާއި އެއީ ބަޔަކު އެމަނިކުފާނުގެ އަބުރު ކަތިލުމުގެ ގޮތުން ހިންގަމުންދާ ޖަރީމާއެއް ކަމަށެވެ. މިރޭ ކުރެއްވި ޓްވީޓުގައި އަލީ ވަހީދު ވިދާޅުވީ މިފަދަ ޖަރީމާތަކުން އެމަނިކުފާނުގެ އަޒުމް ނުގުޑާނެ ކަމަށެވެ.

"ދައުރުކުރަމުން ގެންދަނީ ސައްހަ އޯޑިއޯތަކެއް ނޫން. އަބުރު ކަތިލުމުގެ ގޮތުން ހިންގާ ޖަރީމާތަކުން މި އަޒުމެއް ނުގުޑާނެ އަދި ހިއްވަރެއް ބައްޔެއްވެސް ނުކުރެވޭނެ. ހައްޤަސް އަބަދުވެސް ނަސްރު ލިބޭނެ. އިންޝާﷲ" މިނިސްޓަރ އަލީ ވަހީދު ކުރެއްވި ޓްވީޓުގައި ވެއެވެ.

މިރޭ މީސްމީޑިއާގައި މިނިސްޓަރ އަލީ ވަހީދު ދައްކަވާފައިވާ ވާހަކަ ކަމަށް ބުނެ ބަޔަކު ވަނީ ދެ އޯޑިއޯއެއް އާންމުކޮށްފައެވެ. އޭގެތެރެއިން އެއް އޯޑިއޯގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީނަށް ނިސްބަތްކޮށް ހަޑިހުތުރު ބަހުން ވާހަކަ ދައްކާ އަޑު އިވޭއިރު، އަނެއް އޯޑިއޯ އިން އަޑު އިވެނީ އެޑިއުކޭޝަން މިނިސްޓަރ އާއިޝަތު އަލީއަށް ނިސްބަތްކޮށް ހަޑިހުތުރު ބަހުން ވާހަކަ ދައްކާ އަޑެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ފަޒުނާ

    ކަލޭގެ އަބުރެއް އޮވެގެން އަބުރު ކަތިލެވޭނީ

    52
    • އ. ޖ. އ

      އެންމެންގެ ވެސް ެޮއޮންނާ ނެ

      3
      2
  2. ސަމާ މާލެ

    ސައްހަ އެއްޗެއް އެއީ. ބަލަ އެއީ ހަމަ ކަލޭގެ އަޑު. ކަލޭ ދައްކައިފިޔާ އެއީ ސައްހައެއްޗެއް ނޫން. މީ މިނިސްޓަރުންގެ ފެންވަރަކީ. ތޮއްޑޫ ކަރާ.

    52
  3. އަރީ

    އަލީ ވަހީދު އެކަނި ތިޔަ ހުރީ ހައްގު ގޮތުގަ! ޢަލީ ވަހީދު މުއްސަނދި ވިގޮތާ މާލެއިން ގެއެއް ގަތްގޮތް ޓުވީޓު ކޮއްދީބަލަ އިންޝާﷲ

    47
  4. އަހަރެން

    އެއްކަލަ އަލީވަހީދު ގޮތް ހުސްވެގެން ތެޅިފޮޅެނީ. އަދިވެސް މާ ގަޓުހުރެގެން ހިތުހުރި އެއްޗެއް ގޮވާ. ގޮވާފަ ދެން ފިނޑިއެއްހެން ދެކޮޅަށް ދުވޭ. އެއީ އަލީވަހީދުގެ އަޑުކަން ނޭނގޭ ދިވެއްސަކު މިއުޑުދަށަކު ނެތް. އެއްޗެއް ބުނަންވާނީ ފިސާރިކެރިގެން. އެހެންނޫނީ ފީކުކުޅެއްހެން ހާލީގައޮވެބަލަ.

    43
  5. ޙުންސާ

    ތިއީދޮގެއް

    24
  6. މަރިޔަމް މޫސާ

    އިތުރު ދޮގުތައް ނެހެދިޔަސް ބޫންބޫން އަކީ ދޮގުވެރިއެއްކަން ދެނެހުރިން.

    42
  7. ޝަމާއު ޝަރީފް

    ހާދަ ގަޓެއް ނެތޭ ދޯ. ކޮރަޕްޝަން ލާރިން ފްލެޓް ގަނެފަ ކަރާ ވިއްކައިގެން ހޯދި ލާރިން ގަތް އެއްޗެކޭ ބުނެ އޮޅުވާލި ގޮތަށް އޮޅުވާލެވޭނީ އެމްޑީޕީގެ ކެނައިން

    41
  8. އަހުމަދު

    ދޮގު ހަދާ ފަ ގޮސް ކާކުތަ ބުނާނީ މި ހަދަނީ ދޮގޭ
    މިސްކިތުގަ ހުޅު ޖަހާފަގޮސް ކާކުތަ ބުނާނީ ހުޅުޖެހީ މަށޭ

    34
  9. ސިކަންދަރު

    އަބުރެއް އޮއްމީހަކު ނަމތާ ތިޔާ ވިދާޅުވާ އަބުރެއްގެއްލޭނީ މިދިވެހިރާއްޖޭގެ އެންމެން ދަންނަ ސިއްރެއް މިގައުމުގައި އެންމެ ފުރަތަމަ ޕާޓީ ބަދަލް ކުރުމުގެ ތުހުމަތެއވީ ދެން ކޮން އަބުރުފުޅެއްތޯ މާލޭން ގޯއްޗެއް ބައްލަވައިގެން ވާހަކައެއްވެސް ވަރައްބާރައް ފެތުރުނު އެދުވަސްކޮޅު ހަމަވީ ތެދަކައް ދެން ކީކޭތޯ ވިދާޅުވާނީ ކިތައްމެ ވަރެއް ދައްކާލިޔަސް ﷲގެ ޙަޒުރަތަކައް އޮޅުވައެއްލާ މަކަރެއް ނުހެދޭނެ އަހަރުމެން ނިކަމެތި ރައްޔަތުންނައްވެސް ތިޔާ އުޅެނީ އޮޅުވާނުލެވިގެން

    37
  10. އުބޭ

    ދައުރުވަނީ ހަމަ ސައްޙަ އޯޑިއޯ

    40
  11. ނައީމް

    ބަލަބޫންބޫން ކަލޭ ބުން ދުންވިހަދާންވޭތާ ދެން އޭރު ލެވީހަޅޭކުގެ އަޑުއަހާބަލާ ކަލޭނުވާނެ ތިނޫންގޮތެއް ބޫންބޫން ކަލޭބުނީމެއްނު ފައިސާހޯދޭނީ ވަރަށް ހަޔާތްކުދަވެގެނޭ ..ކަމުން ސޯލިހް ނަމުން ޖާހިލު މިހެންނުކިޔޭނެ އެއްގޮތެއްވެސްނެތް

    33
  12. މޫސާމަނިކް

    މިކަލޭގެމުއްސަދިވީ ޖީއެމްއާރ އިންދިން600މިލިއަންޑޮލަރުކާލީމާ ނުކެރޭނެ ދޮގެކޭބުނާކިން

  13. ހުސޭނުބޭ

    ތި އޯޑިއޯތައް އެއްފަރާތުގައި ބާއްވާފައި މާލޭން ގެއަކާއި ހުޅުމާލޭން ދެގޯތި ގަނެފައިވަނީ ހަލާލު ފައިސާއިންކަމަށް ޔަޤީންކޮށްދީބަލަ!

  14. ރައްޔިތުން

    ކިއްލި ގޮށްޓައް ވެސް އެނގޭނެ ތީ ދޮގެއްކަން.. ކިއްލި ވަގު ތިހިސާބައް އާދެވުނީވެސް ހުސް ދޮގު ހަދައިގެން، ދެންވެސް ތެދެއް ހަދާނެތަ؟

  15. ާއަލީ

    މާފަށް އެދެން.....

  16. ެއެޑްވަޑް ބާމުންޑޭ.

    ދައުރު ވަމުންދާ އޯޑިއޯއަކީ ޞައްހަ އޯޑިއޯއެއް ނޫނޭ ތިވިދާޅުވީވެސް ޢަލީ ވަަހީދުއެއް ނޫން. އެހެން ވިދާޅު އެވީވެސް އެހެން ބޭފުޅެއް.

  17. އ. ޖ. އ

    މީހުންގެ އަބުރަށް އުނިކަން ލިބޭނެ ގޮތަށް ދޮގު ހަބަރާ މައުލޫމާތު ފެތުރުމަކީ ބޮޑު ފާފައެއް - ވަގުތު

    2
    5
  18. ބޮޑު ހަސްންބެ

    ބަރަހަނާ ވެބްސައިޓް ތަކުގައު ދައުރުވާ މިއާ ހަލީފާގެ ބަދު އަހުލާގީ ވީޑިއޯތަކަކީ ސައްސަ ވީޑިއޯތަކެއްނޫން.

  19. މުޙައްމަދު

    އަލީވަހީދު މޮޔަވާހަކަ ނުދައްކާ. އެއީ އަލީވަހީދުގެ އަޑު އަދި ހަމަ ރަނގަޅަށްވެސް އެހެރީ ވަހީދުގެ އަސްލު ސޫރަފެނިފަ. ވަހީދު ތީ މިރާއްޖޭގެ އެއްމެ ފުރަތަމަޔަށް ރިޝްވަތު ނަގައިގެން ޕާރޓީ ބަދަލު ކޮށް މުޑުދާރު ޢަމަލު ދިވެހިންނަށް ދަސްކޮށްދިންމީހާ. އެއީކީ ދިވެހިން ކުރިން ދަންނަކަމެއްނޫން. ތިކަރާވާނީ ހަމަތިކަރަޔަށް.

  20. އަލީ

    އަބުރޭ، ކެކެކެކެކެ
    މިކަހަލަ ކޮރަޕްޓް މީހުންގް ކޮން އަބުރެއް
    ޢެލްސިއޯން ކައިރީގައި ސަންފްރަންޓް ރަޝާދު އެ ހަދަމުންދާ ގެއަކީ އަލީ އަބުރުފުޅު ކޮންތާކުން ފައިސާ ގެނެސްގެން ގަނެފައިވާ ބިމެއް. އަބުރޯ😂😂

  21. ސަޓޯ

    އއެއީ ހަމަ ކަލޭގެ އަޑު.. ކިއްލިތަޅާ ކަރާވަހީދު ގަނޑު