ސްނޯކްލިން އަށް ގޮސް އުޅުނު ދިވެއްސަކު އަނެއްކާވެސް ނިޔާވެއްޖެއެވެ.

މިއަދު ސްނޯކްލިން އަށް ގޮސް އުޅެނިކޮށް މީހަކު ނިޔާވިއިރު އިއްޔެވެސް ދިވެއްސަކު ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ނިޔާވެފައި ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ނިޔާވީ ދިވެހި ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ މިއަދު ނިޔާވެފައި ވަނީ އުމުރުން 40 އަހަރުގެ މީހެއް ކަމަށާއި، މި ހާދިސާގެ މަޢުލޫމާތު އެ އިދާރާއަށް ލިބިފައިވަނީ މިރޭ 9:40 ހާއިރު ކަމަށެވެ.

ސްނޯކްލިން އަށް ގޮސް އުޅެނިކޮށް މިރޭ 40 އަހަރުގެ މީހަކު ނިޔާވިއިރު އިއްޔެ ނިޔާވެފައި ވަނީ އުމުރުން 22 އަހަރުގެ ޒުވާނެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާމިގިލީ މީހާ

    އަނެއްކާ ކިހިނެއްތަ މި ވަނީ. މާ އޮއި ބާރީތަ

    13
  2. ޢަލިބެ

    ޢާއްމުސިއްހަތާއި ބެހޭ އިދާރާ އިން ތިކަހަލަ ކަންކަން ބަލާ ހަރަކާތްތެރި ވާކަށް ނުވޭބާ! ޗާބޫކަކުން ބޮޑިޔެއް އެޅީމާ ހޭވެރިކަންވާނީ! ޢިދާރާ އަށް ރީތި ނަމެއްކިޔުނީމާ ނިމުނީތަ! ޑިޕާޓްމެންޓް އޮފް ޕަބްލިކް ހެލްތޭ ކިޔައިގެން ހެލްތް ވާކަރުން ތިބި ދުވަސްވަރު ތިޔައްވުރެ މާރަގަޅު!ނަމުގެ ކުރިޔަށް ޑރ ލައިގެން ތިބޭ މަވެފާ!

    19