މިރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި އެކަކު ނިޔާވެއްޖެއެވެ.
މި އެކްސިޑެންޓު ހިނގީ މިރޭ 22:26 ހާއިރު ބުރުޒު މަގު "ޕީޓްރަލް" ކައިރިންނެވެ. މި އެކްސިޑެންޓު ހިނގާފައި ވަނީ ދެ ސައިކަލް ޖެހިގެން ކަމަށް ފުލުހުން ވަނީ ކުރިން ވިދާޅުވެފައެވެ. އެކްސިޑެންޓުގައި ދެ ސައިކަލްގައި ތިބި މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބުނު ކަމުގެ މައުލޫމާތު ލިބުނެވެ. ނަމަވެސް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ނޭނގެއެވެ.
މި އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ފަރުވާ ދެމުން ދިޔައީ އައިޖީއެމްއެޗުގައެވެ. ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވީ އުމުރުން 26 އަހަރުގެ މުހައްމަދު މިދުހަތު ނަމަކަށް ކިޔާ ޒުވާނެކެވެ.
މަންޒަރުދުށް މީހަކު "ވަގުތު" އަށް މަޢުލޫމާތު ދެމުން ކުރިން ބުނެފައިވަނީ، މި އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާ ކަމަށެވެ.
އެކްސިޑެންޓްގައި ނިޔާވި މިދުހަތުގެ މައްޗަށް ކަށިނަމާދު ކުރުން އޮންނާނީ މިއަދު މެންދުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.
ފުލުހުން ވިދާޅުވީ މި އެކްސިޑެންޓްވި ދެ ސައިކަލްވެސް ދުއްވަން ތިބި ޒުވާނުންގެ އަތުގައި ލައިސަންސް ނެތްކަމަށެވެ. ދެ ސައިކަލަށްވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން މައުލޫމާތު އަވަހަށް ދީބަލާށެވެ. މިޖެހެނީ އާދޭސް ކުރާށެވެ.
إنا لله وإنا إليه راجعون
????????????
ބިރުން ފިތްކަނޑައިން ދާވަރުވޭ! އަބަދުވެސް ކޮންމެވެސް މީހަކު މަރުވެގެން. ?
އަކަ ކިލޯމީޓަރެއް ހަމަނުވާ މިމާލޭގަވެސް 40-50 ސްޕީޑުގަ ނޫނީ ނުދުއްވޭ
ތީ މިހާރު އުޅޭ "މިލީނިއަލް" އޭކިޔާ ބައިގަނޑު.
ވިސްނާ ބަޔަކަށް ޢިބްރަތެކެވެ. ދަންނާށެވެ. ގޭންގް ސްޓާރުންގެ މައްޗަށްވެސް ބާރުވެރި ފަރާތެއް ވެއެވެ. ޙައްޤަކާއި ނުލާއި މިދުހަތު (މިޑޭ) އަނިޔާ ވެރިވި ފަރާތްތަކުގެ ބަދު ދުޢާއެވެ. މަރްޙޫމްގެ ފުރާނައަށް ހެޔޮ ރަޙުމަތްލެއްވުން އެދި ދުޢާ ކުރަމެވެ.