މާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓަކީ ގަސްދުގައި ހިންގާފައިވާ އެކްސިޑެންޓެއް ކަމަށާއި އެކްސިޑެންޓުގައި ނިޔާވެފައި ވަނީ އެކަން ކުރި އުމުރުން 26 އަހަރުގެ ޒުވާނެއް ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ބުރުޒުމަގުގައި ދެ ސައިކަލް ޖެހި އެކްސިޑެންޓު ހިނގާފައި ވަނީ ރޭ 10:30 ހާއިރެވެ.

މި އެކްސިޑެންޓުގައި ނިޔާވެފައި ވަނީ ހ. ބްލޫބާޑުގޭ އުމުރުން 26 އަހަރުގެ މުހައްމަދު މިދުހަތެވެ. މިދުހަތު ނިޔާވެފައި ވަނީ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ރޭ ދަންވަރު ދޭއް ޖަހަން އުޅެނިކޮށެވެ.

ފުލުހުން ބުނި ގޮތުގައި އެކްސިޑެންޓު ހިނގާފައި ވަނީ ބުރުޒު މަގުން އިރުން ހުޅަނގަށް ދިޔަ ސައިކަލަކާއި ހަމަ އެ މަގުން އިރުން ހުޅަނގަށް ދުއްވާފައި ދިޔަ އެހެން ސައިކަލެއް ޖެހިގެންކަމަށެވެ. އެކްސިޑެންޓެއް ހިނގި ކަމުގެ މައުލޫމާތު ލިބިފައި ވަނީ ރޭ 10:30 ހާއިރެވެ.

އެ ތަނުން އެއް ސައިކަލް ދުއްވަން އިނީ އުމުރުން 31 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ސައިކަލްގެ ފަހަތުގައި 22 އަހަރުގެ އަންހެނަކު އިން ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިދުހަތު ބާރު ސްޕީޑުގައި ދުއްވި ސައިކަލް ގޮސް، އަނެއް ސައިކަލްގައި ޖެއްސީ ކަމަށްވެއެވެ.

ބައެއް މީހުން ބުނި ގޮތުގައި މިދުހަތު ގޮސް ޖެއްސީ އޭނާގެ ކުރީގެ ލޯބިވެރިޔާ އިން ސައިކަލްގައެވެ. އެ ސައިކަލްގައި ތިބީ މިދުހަތުގެ ކުރީގެ ލޯބިވެރިޔާ އާއި އޭނާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހާ ކަމަށްވެއެވެ.

އެ ދެ ލޯބިވެރިންގެ ތެރެއިން އަންހެން މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ އިރު، ފިރިހެން މީހާއަށް ފަރުވާދެނީ އޭޑީކޭގައެވެ.

މި އެކްސިޑެންޓް ވި އިރު ސައިކަލް ދުއްވަން ތިބި ދެ މީހުންގެ އަތުގައި ވެސް ލައިސަންސް ނެތް ކަމަށް ފުލުހުން ބުންޏެވެ.

މިދުހަތަކީ، ސ. މަރަދޫ، ހުދުހިރި، އަހުމަދު މަފާޒް (މަފާ)ގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ތިން މީހުންގެ ތެރެއިން އެކެކެވެ.

ކިޔުންތެރިންގެ ހިޔާލު

54 ކޮމެންޓް

  1. ކައިޒީން

    ފޭހުނު އިލޮށި އަމިއްލަ ލޮލަށް

    242
    9
    • މާންޔަތާ

      ހަހަހަހަހަހަހަހަ

      21
      4
  2. ޕާރޓޭ

    ޔަޤީން ބިޓުގެ މައްސަލައެއްކަން، ބޮޑު މުސީބާތެއް މިއޮތީ ޖެހިފަ މިއެންމެން ކޮންޓެއިނަރަކަށް ލާފަ ވޫހާން އަށް ފޮނުވާބަލަ

    224
    11
    • ބޮޑު ހަސްންބެ

      ބުރޯ. ލިޔުން އެއްކޮއް ކިޔާބަލަ. އޭގަ އެބަ ބުނޭ ބިޓެއްގެ މައްސަލައިގަޔޭ. ހަމައެކަނި ސުރުހީ ކިޔާފަ ތި ކޮމެންޓުކުރަނީ.

      80
      5
      • އިއިމީތީބްސް

        އެ ތަނުން އެއް ސައިކަލް ދުއްވަން އިނީ އުމުރުން 31 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ސައިކަލްގެ ފަހަތުގައި 22 އަހަރުގެ އަންހެނަކު އިން ކަމަށް ވެސް ފުލުހުން ބުންޏެވެ.

        މިއަށްވުރެ އިތުރު މައުލޫމާތެއް ބޭނުމެއް ނުވާނެ ކޮއްކޯ. ކޮއްކޮމެންނަށް އަދި ނުވިސްނެނީ، ތި ހަމައިގަ ނުހުންނަ އުޅުން ދޫކޮށްލީމަ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނީ. ބިޓުންގެ ފަހަތުން ދުވިޔަކަސް އެއްކަމެއްވެސް ހާސިލެއް ނުވާނެ

        52
        1
      • ބޮރޯގެބިޓު

        ރާއްޖޭގަ ބިޓުންނާ ހެދި މީހުން މެރުން މިއީ އާންމުކަމެއް ސުރުހީވެސް ނުކިޔަސއް އިނގޭ! ތިއޮތީ ރާކަނިމަސް ކެވިފަ، ބޯ ދިގު ކޮށްފަ ގޮޅިޖެހި ގަމީސް ލައިގެން ގައްޑާ ވެގެން ޖީއެން މަތީގަ ޕަޓަޕަޓާ ލައްވައިގެން އުޅޭ ޒުވާނުންނަށް ލިބޭ ލަނޑު މީ،

        82
        3
  3. މޯޑް

    ރ. މަޖިލސްގެ މެމްބަރުން ގޮވާލަން/ 18އ ނުފުރޭ އެއްވެސް ކުއްޖަކަށް ދުއްވާ އުޅަނދެއް ރަޖިސްޓްކޮށް ނުދިނު މާއި ލައިސަންސްނެއް ފަރާތްތައް ދުއްވާނަ ވަގުތުން ބޮޑްއަދަދަކުން ޖޫރު މަނާކުރު މާއި އެވަގުތު ޖޫރު މަނާފައިސާ ނުދެެއްކިޔެނަ މަ ދިގު މުއްދަތަކަށް ޖަލައްލުން އަދި ލައިސަންސް ނެއްފަރާތްތަކަށް ދުއްވާއުޅަނދު ދޭފަރާތަކަށް މިއައްވުރެ ބޮޑް އަދަބުދޭ ގާނޫނެއްފާސްކުރަން.

    168
    14
    • މޯޑު މަންމަ

      ކޮބާ ކިހިނެތް ވަނީ ގޮވުން ގަނޑު؟

      76
      6
      • މޯޑު ބަފާ

        އަތަށް ގޮވިކަމަށް ވަނީ

        40
        1
  4. މަ

    ކުށްވެރިން ދޫކޮށްފަ ނާޗަރަންގީ ކުޅެން ބައިތިއްބާތީ ވާގޮތް?. ކުށްވެރިންނަށް އަދަބުދިނީމަ ސަޅިވާނި.?

    138
    2
  5. އަލީ

    ތެންކިޔު..

    55
    3
  6. ޒާ

    ތިކަން ތި ނިމުނީއެވެ. އިތުރަށް ވާހަކަ ދެއްކުމުގެ ބޭނުމެއްވެސް ނެތެވެ. މީހެއްގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ މީހެއް އިތުރު ޖަރީމާ ހިންގަން އުޅެނިކޮށް މަރުވެއްޖެއެވެ.

    202
    3
  7. އަހުނޭ

    އޮން ދަ ސްޕޮޓް ކަރްމާ

    76
    5
  8. ފަރީދާ

    އިންސާފުދެއްވަނީ ﷲ

    126
    3
  9. އިބްރާ

    ދިވެހި ދައުލަތް ކުއްވެރިވާ މައްސަލައެއް. މިދަރަޖައަށް ގައުމުގެ ޙާލަތު މިދަނީ މި ގައުމުގެ ބޮޑުންގެ ނުބައި ނުލަފާކަމުންނެވެ. ތަންދޮރު ނުދަންނަ މީހުންނަށް ބޮޑެތި ވަޒީފާތަށް ލިބޭގޮތަށް އޮތުމަކީ މިކަމުގެ ފެށުމެވެ. މަޖިލީހާއި ، ސަރުކާރާއި ، ކައުންސިލްފަދަ ކަންކަން ނިންމާ ވަޒީފާތަކުގައި ތަންދޮރު ނުދަންނަ މީހުން ތިބުމަކީ މިކަުގެ އަސްލެވެ. އެއިން ވަޒީފާއަކަށް އެއްވެސް ތަޢުލީމީ ޝަރުތެއް ނެތެވެ. ޕޯޑިއަމްތަކުގައި ހަލޭއްލަވައި މީހުންގެ ނެތިމޮށެ ދޮގުހަދާމީހުންނަށް ބޮޑެތި ވަޒީފާތަށް ވަނީ ހުޅުވިފައެވެ.

    75
    6
    • ސަތޭކަ

      ކައުންސިލް އިން 100% ދިނީމަ ގައުމު ހަަމަޔަކަށް އެޅޭނީ. އެމްޑީޕީއަކީ ދިވެހިންގެ ލޯބިވާ ޕާޓިީ.

      7
      180
      • ސުމެއް

        ކީީވެތަހުރިހާ ކަމެއް ސިޔާސީީީ ކުރަނީީ ،ސިޔާސީީ ކުރަންވެއްޖެޔާ ނެތެއްނުން ސަލާމަތެއް..........................ދެންމާސިޔާސީނުވެބައް................................................އޯޕްލީޒްީ.

        4
        9
  10. ކޮވިޑް

    މަރުގެ މައްސަލާގައި ޢަދުލު އިންސާފުގައިމު ނުކުރެވިގެން އުޅެނިކޮށް ފުރިހަމަ އިންސާފު ލިބޭހިސާބަށް ވާސިލް ވެވުނީ!

    104
    4
  11. ދިވެހި ފަސްގަނޑު

    އޭތް ސިޔާސީ ދާއިރާގެ އިސްވެރިންނޭވެ، މައިންބަފައިންނޭވެ....މުއައްސަސާތަކުގެ އިސްވެރިންނޭވެ.... ޤައުމަށްޓަކައި އިޚްލާސްތެރިވެ ޤުރުބާންވާންވީ ވަގުތު ފަހަނައަޅައި ދިއުމުގެ ކުރިން.... ވިސްނަވާ....ޖީލްހަލާކުވެ ނިމިދަނީ.....
    އިސްލާމީ ޝަރިއަތަށް ފުރިހަމައަށް ހުކުމްކޮށް ތަންފީޒްކުރޭ....ހަމަޖެހުމާއި ރައްކާތެރިކަމާއި ހައްޤުތަށް ގާއިމްވާނީ އެއިރުން

    70
    4
  12. ރާކަނި

    ގަސްތުގައި ދެމީހަކު މަރާލަން ކުރި މަސައްކަތުން ކުރިން ތިމާގެ ފުރާނައިން އަލްވަދާޢުކިޔަން ތިޔަ ޖެހުނީއެވެ. ޒުވާނުން ވިސަންނަން ވެއްޖެ ނޫންތޯއެވެ.

    94
    1
  13. ސޯލިހު

    ތަމަޅަ ފިލްމުގެ އުޅޭ ސޮރެއް ވައްތަރު ޖަހަނީ ހަތަރެސް ފައިގަ ދަގަޑި އޮޅައިގެން. ހަމަ ފިލްމެއް ތި ކުޅުނީ.

    63
    1
    • ޑަމީ

      ގިނަ ދިވެހިން ހަމަ ކޮންމެ ގޮތެށް ވިޔަސް ވަށްތަރުވާނީ ތަމަޅައިންނާ. ވެދާ ވީ ލައިކް އިޓް އޯ ނޮޓް.

      15
      14
  14. ާމަފާ!

    ޢާމީން. ހަމަ ރަގަޅަށް ވީ. މަފާ ކައިރިން ދެން ދުރަށް ޖެހިބަލަ! މަފާ ދުއްވަލާފަ އަބަދު އުޅެވޭނެ ކަމަށް ހީކުރީ.. ހެހެހެހެހެހެހެހެހެހެހެ

    35
    4
  15. ނަރީމާ

    މާގައްޑާވެލާފައި ގޮސްޖެއްސީމަ ރާކަނިމަސްކެވިއްޖެނު. މަގުމަތީގައި ދުއްވާ އެހެންމީހުންނަށް ނުރައްކާވާގޮތައް ދުއްވާ ޖީއެން ޕާޓޭން ފުލހުންނަށް ނުހުއްޓުވިގެން މިއުޅެނީ ކިއްވެހޭ.!!

    73
    2
  16. ދޮން ފާތިމަ

    ކޯޓް ތަކުން އިންސާފު ނުލިބުނީމަ އެއްކައުވަންތަ ﷲ ގެ އިންސާފު ކިހާމޮޅު...

    68
    2
  17. ޑިކްޓޭޓަރު ފާ

    މިކަހަލަ ނުލަފާ މީހުނާސްވެސް ލޯބީގެ ގޮތުން ގުޅިގެންއުޅޭ އަންހެނުން އުޅޭތީ ހައިރާންވޭ.

    70
    1
  18. މޮޔަ

    މިޙަކު މެރިކަމުގެ ތުހުމަތު އޮތްމީހަކު ކޮށްފަ ނުކުރާނެ ކަމެއް ނޯންނާނެ. ދައުލަތައް ވަރައް ދަލާމް

    43
  19. ނުލަފާކުއްޖާ

    ތިކަލަ މީހުންނަށް ޖަނާޒާ ވެސް ބާއްވާނެ ކަމެއް. ފާފަވެރި ވާނެ

    26
    4
  20. ޢިހުސާނުްދީން

    ދިވެހިއަންހެނުން ބޭނުންވަނީ ވީހާވެސްނުލަފާ، ކަންފަތާ ނޭފަތާ ބުމަޔާ ތުންފަތް ފުރޭންޏެއްހެން ތޮރުފާފައި އެތަންތަނަށް ސައިކަލު ފުރޮޅުތަކާ ވޮށިތައް މަހައިގެން ކަރާއި އަތިުގައި ޗޭނުއެލުވޢިގެން ޓޭެޓޫޖަހައިެން ވީހާވެސް ބޯދިގުކޮށް ބިއްކެހެމުން ވެއްޓެމުން ތެދުވަމުން ގަޔައްދވިގެންވާ ހާލުގައި އެޕްރޯޗުކުރާ ފިރިެންގޮލާ. ޜަނގާޅު، ބަސްއަހާ މީހެއްނަމަ ވުގުތުންފޮޅާލާނެ ހީވާނީ ހަރާންކަމެއްހެން ރަގަޅު މީހަކާ އަނގައިންބުނުމަކީވެސް.

    31
    5
  21. ސަންފާ

    އަލްހަމްދު ލިއްލާހި

    24
  22. ސަލާމް..

    މީނާ އަކީ އަހަރެން އިން ސައިކަލްއަށް ބުޒުމަގުން ދަނި ކޮއް އަހިސް އުރުނު މީހެކެވެ. އެދުވަހު މީނަ ހުރީ ހަމައިގަކު ނޫން. ނަސީބު ދިމާކުރިގޮތުން ތަންކޮޅެއް ކުރިން މަޑު ކުރުމުން އަހިސް ޖެހުނީ ސައިލް ކުރީ ދަފަތުގައި. ވެއްޓިގެން ފާމަށައިގެން އަދި ސައިކަލް ދަފަތް ހަލާކުވުން ނޫން އިތުރު ކަމެއް ނުވެއެވެ. ބަލާގެން ދުއްވާށެ ބުނުމުން ގަޔަށް ބޮލަށް އަރައި ތިމަންނާއަކީ މިހިސާބު ޑޯންއޭ ބުނި އަދި ބޭނުން ގޮތެކޭ ހަދާނީ ބުނި. ފުލުހުންނަށް މައްސަލަ ޖައްސަން ހިތައްއަރާފައި އެކަން ނުކުރީ، މި ކަލޭގެ ފުލުހުން ދޫކޮއްފިއާމު އާމު ނޮހޯރައްޕޭނެއް ކަމަށް ހަދާނެތީ. ފުލުހުންނަކީ އާމުން ރައްކާތެރިކަން ދިނުމުގެ ގާބިލިޔަތު ހުރި ބައެއް ނޫން. ސިސްޓަމް ފެއިލް. މީހުން ހިހަމަ ޖެހުނަސް ނުޖެހުނަސް ތި ސޮރަށް ވީ ހަމަަ ރަގަޅަށް. ތި ކަހަލެ މީހުންނަށް ވާންވީ ގޮތް އެވީ. އަސްލު މަރުނުވެ، ތާއަަބަދު ޕެރެލައިޒްް ވެފަ ތިކަހަލެ މީހުން ހުންނަން ޖެހޭނީ. ސަލާމް..

    42
    2
  23. ސަލާމް..

    .މީނާ އަކީ އަހަރެން އިން ސައިކަލްއަށް ބުޒުމަގުން ދަނި ކޮއް އަހިސް އުރުނު މީހެކެވެ. އެދުވަހު މީނަ ހުރީ ހަމައިގަކު ނޫން. ނަސީބު ދިމާކުރިގޮތުން ތަންކޮޅެއް ކުރިން މަޑު ކުރުމުން އަހިސް ޖެހުނީ ސައިލް ކުރީ ދަފަތުގައި. ވެއްޓިގެން ފާމަށައިގެން އަދި ސައިކަލް ދަފަތް ހަލާކުވުން ނޫން އިތުރު ކަމެއް ނުވެއެވެ. ބަލާގެން ދުއްވާށެ ބުނުމުން ގަޔަށް ބޮލަށް އަރައި ތިމަންނާއަކީ މިހިސާބު ޑޯންއޭ ބުނި އަދި ބޭނުން ގޮތެކޭ ހަދާނީ ބުނި. ފުލުހުންނަށް މައްސަލަ ޖައްސަން ހިތައްއަރާފައި އެކަން ނުކުރީ، މި ކަލޭގެ ފުލުހުން ދޫކޮއްފިއާމު އާމު ނޮހޯރައްޕޭނެއް ކަމަށް ހަދާނެތީ. ފުލުހުންނަކީ އާމުން ރައްކާތެރިކަން ދިނުމުގެ ގާބިލިޔަތު ހުރި ބައެއް ނޫން. ސިސްޓަމް ފެއިލް. މީހުން ހިހަމަ ޖެހުނަސް ނުޖެހުނަސް ތި ސޮރަށް ވީ ހަމަަ ރަގަޅަށް. ތި ކަހަލެ މީހުންނަށް ވާންވީ ގޮތް އެވީ. އަސްލު މަރުނުވެ، ތާއަަބަދު ޕެރެލައިޒްް ވެފަ ތިކަހަލެ މީހުން ހުންނަން ޖެހޭނީ. ސަލާމް..

    18
  24. ހާކިމް

    ގަސްތަކު އެކްސިޑެންޓެއް ނުކުރާނެ. ހަމަޖެހޭ ވާހަކަ ލިޔެބަލަ. ގަސްތުގަ ގޮސް ޖައްސާނީ. އެއީ އެކްސިޑެންޓެއްނޫން.

    23
  25. ރަދީފު

    ގަސްދުގައި ކުރި އެކްސިޑެންޓުން ޒުވާނާވީ މަރު!

    ?
    އެކްސިޑެންޓުގެ މާނަ އަކީ ގަސްތަކާނުލާ. އެހެންވީ މަ ރަނގަޅުގޮތަކީ ހަ މަލާއެއްގަ ޒުވާނަކު މަރުވެއްޖެ

    29
    • ކަމަނަ

      ޖާނުން ފިދާވެގެން ދިން ހަމަލާއެއް ގަ

  26. ރަނގަޅު

    ދޫކޮއްފަ ބަހައްޓާ...ތިޔަހެން ތިމީހުން މަދުވާނީ....

  27. ބްރޯ

    މިގައުމުގާ ހިންގާޖަރީމާތައް ފުލުހުންނާ ކޯޓްތަކަށް ހުއްޓުވޭނީ ގާނޫނުއަސަސީގެ 52 ވަނަ މާއްދާ އިސްލާހުކޮށް ފުލުހުންނަށް ބާރު ދީގެން. ކުށްކުރާމީހާ ކުށްކުރުމަށް އެހީވެދީއެކަމަށް ބާރު އަޅާ އެހީތެރިވާ މާއްދާތަކެއްގާނޫނުއަސާސީގަ އެބަހުރި 52 ގަ ބުނަނީ ފަނޑިޔާރު އަމަލުކުރަންވާނީ ކޯޓްގަ ފަނޑިޔާރުގެ ކުރިމަތީގަ ބުނާ ބުނުމަށް އެކަނިކަމަށް .ކާކު ކޯޓަށް ގޮސް މިވެނިކަމެއްކުރީމޭ ބުނާނީ .ހެކި ވެސް ފުލުން ހޯދަންމިޖެހެނީ ކޯޓުން އަމުރު ހޯދައިގެން ނޫންނަމަ އެއީ ގައިރުގަނޫނީ ހެއްކެއް އެއަށް ކޯޓުން އަމަލުކުރެވޭކަށެއްނޯވޭ. ގާނޫނުއަސާސި އިސްލާހު ކޮށް ފުލުހުންނަށް ބާރު ދީގެން މެނުވީ މިގައުމު އަމާން މަންޒިލަކަށް ނުގެންދެވޭނެ.

  28. މަރު މޯލް އުދުޅި

    އެ ސޮރުމެން ވަރަށް ގަޓުވާނެ އެދިޔައީ ޖީ އެން ގެސުޕީޑް 150ހޯސް ޕަވަރައް ޖައްސާލަން

  29. ކަމަނަ

    މަރަން ވެފަހުރި ކުއްވެރިއެއް އެންމެފަހުން އަމިއްލައަށް މި މަރުވީ

    12
  30. ގައްޑާ

    މަގުމަތީ މިއުޅޭ މަކުނު ތައް ހިތަށް އަރަނީ މާ ގައްޑާ ބައެކޭ. ޢަމިއްލަޔަށް ބޮނޑި ބޯލީ. ??

    11
  31. ޙަމަހަމަ

    މަންޖެމެނަށް ދަސްވާނެކަމަށް އުންމީދުކުރަން - މާ ގައްޑާވެގެން އުޅޭ ޕާޓޭންނާއި ހިތާނުވާން.

    16
    1
  32. ސަޓޯ

    ރަގަޅު... އެކަތި މަދުވީނު

    12
  33. ސޮއްބެ

    އިބުރޭއާ އަންނި އާއި ކަރާ ވަހީދު އާއި ނަހުލާ ކަހަލަ އަޑި ނުބައި ނުލަފާ މީހުން ވެރިންނަށް އައިމަވާ ގޮތް މިއީ

    7
    7
  34. ޢަކު

    ކާރްމާ!

  35. ބިލާލް

    ދައުލަތް ފެއިލް!

    ފުލުހުންގެ އުވަލާ! ބޭކާރު ޚަރަދެއް! ރިކޯރޑް ވަނީ ބޭކާރު!

    1
    1
  36. ޅޮލލލލ

    ކަރމަ އިސް އަ ވަޓް؟

  37. ކައްވާރަ

    މިވީގޮތުން މާރަނގަޅެއްނު!! ދައުލަތުން މަރުގެ ޙުކުމް ތަންފީޒުކުރާކަށް ނުކެރޭ! މޭބޮޑުވެ މޭކަރާވަރުން!! މިހާރު ދެން އެއޮތީ މަގުމަތިން މަރުގެ ޙުކުމް ތަންފީޒުކޮށް ނިމިފަ!!! މަށަށް ފެންނަނީ ފުލުހުން ލައްވަ މިކަހަލަ ބޮޑެތި މުޖުރިމުންގެ ގަޔަށް ފުލުހުންގެ ބޮޑެތި ޖިޕުތައް އަރުވާލާފަ މަގުމަތިން މަރުގެ ޙުކުމް ތަންފީޒު ކުރަން!!!

    1
    2
  38. ނުކި

    އަލްހަމްދުލިﷲ، އެކަހަލަ ނުލަަފާ އެންމެން ﷲ ނެތިކުރައްވާށި!

    5
    1
  39. ދަރޭ

    ކޯޓް ތަކުން އިންސާފު ނުލިބުނީމަ އެއްކައުވަންތަ ﷲ ގެ އިންސާފު ކިހާމޮޅު...

  40. ދަރޭ

    އަލްހަމްދުލިﷲ، އެކަހަލަ ނުލަަފާ އެންމެން ﷲ ނެތިކުރައްވާށި!

  41. ދަރޭ

    އިންސާފުދެއްވަނީ ﷲ

  42. ދަރޭ

    ތިކަން ތި ނިމުނީއެވެ. އިތުރަށް ވާހަކަ ދެއްކުމުގެ ބޭނުމެއްވެސް ނެތެވެ. މީހެއްގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ މީހެއް އިތުރު ޖަރީމާ ހިންގަން އުޅެނިކޮށް މަރުވެއްޖެއެވެ.

  43. އޭތި

    ޖާނުން ފިދާވުމުގެ ޓެރަރިސްޓް ހަމަލާއެއް

  44. ދާހިލީ

    ތިޔަބުނާ ޒުވާނާ އެމަންޖެޔައް ބިރުތަކާތާ ކިތަށްމެ އަހަރެއް ދިވެހި ފުލުހުން އަޅާ ނުލި އެެމްޑީޕީގެ މެދުމިނުގެ ޒުވާނަކަށް ވީތީ.