ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އިން މިފަހަރު ލޯކަލް ކައުންސިލް އިންތިހާބަށް ކަނޑައަޅާފައިވާ "ރަށްވެހި ފަތިސް" ކެމްޕޭން ލޯންޗު ކުރުމަށް ހާއްސަ ހަރަކާތެއް ބާއްވަން ނިންމާފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.

އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ތަރުޖަމާނު އަފްޝަން ލަތީފް ވިދާޅުވީ މި ކެމްޕެއިން ލޯންޗު ކުރާނީ އަންނަ ހުކުރު ދުވަހު ކަމަށެވެ. އެ ހަރަކާތް އެ ދުވަހު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ލޯންޗު ކުރާނެ ކަމަށް އަފްޝަން ވިދާޅުވިއެވެ.

އަފްޝަން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނުގެ ދަށުން އެންމެ ބޮޑު ހަރަކާތެއް ބޭއްވީ އިއްޔެ ކަމަށެވެ.

ކެމްޕޭން ޕޯސްޓަރުތައް ހިއްޕުމުގެ ހަރަކާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވި ކަން އަފްޝަން ފާހަގަކުރެއްވިއެވެ.

މި ހަރަކާތުގައި ވަރަށް ގިނަ ބަޔަކު ބައިވެރިވެފައިވާ ކަން ފާހަގަކޮށް އޭނާ ވަނީ ކުރިއަށް އޮތް އެމްޑީޕީގެ އިވެންޓުތަކުގައި ވެސް އެފަދަ ތަރުހީބެއް ދިނުމަށް އެދިވަޑައިގެންފައެވެ.

"އެގޮތުން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ މި ކެމްޕެއިންގެ މައި ހަރަކާތް މުޅި ރާއްޖޭގައި 21 ފެބްރުއަރީ ވަނަ ދުވަހު އޮންނާނެކަން. މީގެ ތަފްސީލްތައް އަޅުގަނޑުމެން އިވެންޓާ ގާތްކޮށްފައި ދެމުން ދާނަން." އަފްޝަން ވިދާޅުވިއެވެ.

ރަށްވެހި ފަތިސް ކެމްޕޭނުގެ ތަސައްވަރާއި ސިޔާސަތަކީ އެމްޑީޕީ އުފެދުނިއްސުރެ ދައްކަމުން އައި ވާހަކަ ކަމަށާއި، މި ކެމްޕެއިންގެ ދަށުން ބާރު އަޅާނީ ރައްޔިތުންގެ ކަންކަން ރައްޔިތުން އަމިއްލަ އަށް ނިންމާ ބަޔަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހަމައެކަނި ގޮތް ނިންމާނީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ނޫންކަމަށާއި، ރާއްޖޭގެ ކަންކަމަށް ގޮތް ނިންމުމުގެ އެންމެ ފުރިހަމަ ބާރު އޮންނާނީ ރައްޔިތުންނަށް ކަމަށް އަފްޝަން ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޙައްގުބަސް

    އެމްޑީޕީއަކީ ބޮޑު ވަބާއެކޭ ބައެއް މީހުން ބުނާތީ އަޑުއިވޭ! ރައްޔިތުން ދެކޭގިތަކީ ކޮންމެފަހަރަކު މޮޅެތި ނަންނަން ކިޔައިގެން އިންތިޚާބުތަކަށް މިކުރިމަތިލަނީ ރައްޔިތުން ގުނބޯ ހައްދަން ވެގެން!! “އެޖެންޑާ 19”އިގެ ދަށުން ގެނައި ސަރުކާރު މިއޮތީ ފެއިލްވެފަ ރައްޔިތުން ކުރިމަތީ! ހައްދަވައިގެން ނެތް ކޮށްދެވުނުކަމެއް!! ރައީސަކު ހުރިކަމެއް ނޭނގޭ!! ބޮޑު ވަޒީރު ހެދިފަ އެހެން މީހަކު މުޅި ދައުލައް އަތައް ކަހާލައިގެން ބޭނުންހާ އެއްޗެއް ހަދާ ގަދަ ބަސް ބުނަމުންދާތަން ފެންނަނީ!! މިއީ ބަދަލު ދިނުން އިންތިހާއަށް ބޮޑު އަދި ކޮރަޕްޝަންވެސް އިންތިހާއަށް ބޮޑު ސަރުކާރެއްކަމަށް ގިނަބަޔަކު މިހާރު ގަބޫލުކުރޭ!! ދައުލަތު ހަރުމުދާތަކާއި ކުންފުނިތައް ނުވަތަ ދައުލަތުގެ އެސެޓްތައް ގައުމަށް ފައިދާ ނުވާގޮތަށް ދެމުންދާތަން ފެންނަނީ!! މިކަހަލަ ހާލަތެއްގައި ގައުމު އޮތްއިރު އަނެއްކާވެސް އިންތިޚާބަކާ ދިމާކޮށް “ރަށްވެރި ފަތިސް” އޭ ކިޔާފަ އެމްޑީޕީން މިދިމާކުރީ ރައްޔިތުންގެ ހިތްތައް ދަމައިގަންނަން!! ކޮންމެ އެއްޗެކޭ ކިޔަސް ދައްކާ ވާހަކައާ ޢަމަލާ މިހާތަނަށް ދިމާވެފަ ނެތް! އެހެންކަމުން މިފަހަރު ރައްޔިތުން ގުނބޯ ހެއްދޭނެކަމަކަށް ނުދެކެން!! ރައްޔިތުން މުފަހަރު ފުންކޮށް ވިސްނާނެ ވޯޓު ކަރުދާސްްކޮޅުގައި ފާހަގަ ޖެހުމުގެ ކުރިން!!

    28
    1
    • ހަލޯ

      ވޯޓް ކަންތައް އޮތީ އިލެކްސަންސް އިން ނިމިފަ. ދެން އޯކޭވާނެ ވޯޓްލާން ނުދިޔަސް

  2. ކޮޕީކިޓް

    ކޮޕީ ކުރުމުން 1ވަނަ. ކުރިން އެންމެންނަށް ދެއްކީ ނައިފަރު ދޮހޮއްކޮގެ ނަނާ ހުވަފެން ދުށީމޭ. މިފަހަރު ޔާމީނުގެ ރަށްވެހި ތަރައްޤީ، އަބްދުﷲ ހަމީދުގެ ރަށްވެހިކަމުގެ ފަތިސް ވަގަށް ނަގައިގެން އަމިއްލަ އެއްޗަކަށް ހަދައިގެން މިއޮތް ދައްކަނީ. ކަމެއްކުރަން ނޭގޭ ބަޔަކަށް އަމިއްލައަށް ކަމަކަށް ނަމެއް ކިޔަންވެސް ލަވަޔެއް ކިޔަންވެސް ނޭގޭނެދޯ.

  3. ނޭގުނު

    ލާމަރުކަޒީގެ މާނައަކީ ލާދީނީ...ނަމުގަ ލާމަރުކަޒީ ކިޔަސް މޑޕ ރަދީފުގަ ވާ މާނައަކީ ލާދީނީ...ސޯ މި ރައްވެހި ފަތިސްގެ ވެސް އޮނަނާނެ އެހެންމާނައެއް...ހައިޑް އެންޑް ސީކް ކުޅެނީ ވެރިކަމަށް އަރާތިބެ....މާދަމާ ތި ރައްވެހި ފަތިސް އަައް އިރު އެރީމަ ބާރަށް ހީހީފަ ބާރަށް އަތްޖަހަން ތިބޭ....ދެން އަތް ޖަހާ ..

  4. ޑޮންޑޮން

    މިފަހަރު ވޯޓު ލާން ނުދިޔަޔަސް އޯކޭ ވާނޭ...ނަޝީދު އޮތީ ބުނެފައެއް ނުން ވޯޓުގެ ނަތީޖާ....މާނައަކީ މިފަހަރު ވޯޓު ލާން ރައްޔިތުން ނުދިޔަޔަސް އޯކޭއޭ....އެޖެންޑާ 19 އައް ހީހީފަ އަތްޖަހަން ތިބިގޮތައް ރައްވެހި ފަތިސް އައް އަލިވިލީމަ ދެންހަމަ އަތްޖަހަން ވީ....

  5. އީޖާބޭރާއްޖެ

    ތިޔާކަންވާ އެނޣޭ ރައްޔަތުން ހިންގަހިން ހުރި އިންޖީނުގެތައް އަތުލީ ދޯރިނެއ ބޯލްޕޮއިންޓު ގަލަމެއް ޖަހައިގެން އައިމީހެއް ރައްރާުގެ އަންހެނުންގެ ކޮމެޓީތަގުގައި ހުރިރުފިޔާކޮޅާ ޖަމިއްޔާތަކުގަހުރި ރުފިޔާކޮޅުވެސް މާލެ ގަނައީ ދެން ހުރިހާ ސަރުކާރުތަކަކުންވެސް ތިޔާ ބައްލަވަނީ ބިންތައް ހިސޯރުކޮއް ނުދީ ދަތިކޮއް ފައި ފުލެޓް ގެ ނިމުގައި ގެސްޓް ހައުސް ތިޔާ ހިންގަނީ ރައްޔަތުން އަޅުވެތިކޮއް ފަސޭހަ ކަމާއެކު ވޯޓްހޯދަން އަދވެސް އައްޖަހާ ހުދު ތިމާމެންގެ ހައްގެއް ހޯދަން ނޫޅެ ދެން ކޮންރައްޔިތެއްގެ ހައްގެއްތޯ ހޯދާދެވޭނީ