މާފުށީގައި ބިކިނީގައި އުޅެނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު ދޫކޮށްލި އިނގިރޭސިވިލާތުގެ ފަތުރުވެރިޔާ ސިސިލިއާ ޖަސްޓްޒެމްބްސްކާ އޭނާ އަށް ރާއްޖޭގައި ދިމާވި ކަންތައްތަކާއި ބެހޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކައިފިއެވެ.

އިނގިރޭސިވިލާތުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ސިސިލިއާ ބުނީ މާފުށީގައި އޭނާ ބިކިނީގައި އުޅުނީ އެއީ މަނާކަމެއް ކަން ނޭނގި ކަމަށެވެ.

"އަހަރެން ހީކުރީ އެމީހުން އުޅުނީ އަހަރެން ރަހީނު ކުރަން ކަމަށް. އެހާލަތު ދިމާވުމުން ކޮންމެ އަންހެނަކަށް ވެސް ލަފާކުރެވޭނެ ގޮތައް އަހަރެންނަށް ވެސް ކަންތައްތައް ލަފާކުރެވުނީ. އަހަރެންނަށް ހީކުރެވުނީ އަހަރެންގެ ފުރާނަ ވަނީ ނުރައްކަލަށް ހުށަހެޅިފައި ކަމަށް." ސިސިލިއާ ބުންޏެވެ.

ފުލުހުން ސިސިލިއާގެ ބަނޑުމަތީގައި ޖަހާ އަނިޔާ ކުރިކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

އޭނާ ބުނީ މީގެ ކުރިން ވެސް އޭނާ ރާއްޖެ އަށް ޗުއްޓީ ހޭދަކުރަން ގޮސްފައިވާ ކަމަށާއި މީގެ ކުރިން އޭނާ ރާއްޖެ ގޮސް ބިކިނީގައި އުޅުނުއިރު އެއްވެސް މައްސަލައެއް ދިމާނުވުމުން ބިކިނީގައި އުޅުން އެއީ މައްސަލައެއް ކަމަށް އޭނާއަށް ހީކުރެވިފައި ނެތް ކަމަށެވެ.

ސިސިލިއާ ބުނީ އޭނާ މާފުށީ މަގުމަތިން ހިނގާފައި ދަނިކޮށް ފުރަތަމަ އޭނާ ފަހަތުން އަންނަން ފެށީ ދެތިން ފިރިހެނުން ކަމަށެވެ. ފަހުން ބަޔަކު އައިސް މިއީ ފުލުހުން ކަމަށް ބުނި ކަމަށާއި ނަމަވެސް ފުލުހުންގެ ކާޑު ދައްކަން ބުނުމުން ކާޑު ނުދެއްކި ކަމަށް އޭނާ ބުންޏެވެ.

ސިސިލިއާ ބުނީ އޭނާ ކާރަކަށް އެރުވިއިރު އޭގައި ތިބީ ޔުނީފޯމް ލައިގެން ތިބި ބައެއް ނޫންކަމަށާއި އެހައި ހިސާބުން އޭނާ ރަހީނު ކުރީކަމަށް ހީކުރެވުނު ކަމަށެވެ.

ސިސިލިއާ ބުނީ ޕޮލިސް ސްޓޭޝަނަށް ގެންގޮސް ފަސް މީހަކު ވެގެން އޭނާ ފާސްކުރަން ވެސް އުޅުނު ކަމަށެވެ.

"އަހަރެންނަކަށް ނޭނގެ އަހަރެން ބިކިނީގައި ހުއްޓާ އަހަރެން ފާސްކުރަން ޖެހޭ ސަބަބެއް." އޭނާ ބުންޏެވެ.

ފުލުހުން އޭނާ އަތުން ޕާސްޕޯޓް ހޯދަން އޭނާ ދޫކޮށްލި ފަހުން ވެސް ގެސްޓް ހައުސްއަށް ގޮސް ދޮރުފަތުގައި ތަޅައި އިންޒާރު ދިން ކަމަށް ސިސިލިއާ ބުންޏެވެ.

ސިސިލިއާ ބުނާ ގޮތުގައި އޭނާ އަކީ ކާކުކަން އެނގި މީޑިއާތަކުން އެމައުލޫމާތު ގެނެސްދީފައި ވަނީވެސް ފުލުހުން އޭނާ އަކީ ކާކުކަން ހާމަ ކުރުމުންނެވެ. އެކަން ސިސިލިއާ ވަނީ ކުށްވެރިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

  1. ސަޢީދު

    މޮޅެއްނު ވާހަަކަ... ކާފަރުންގެ

    213
    8
  2. ޝްރޭ

    ބޮއެގެން ހުރީ.ހަމަ ހޭ ޖެހުނީމަ ދެން ކީކޭކިޔާކަށް

    186
    8
  3. ޢޙުމަދު ނައީމް

    ވަރަށް އޮޅުވާލައިގެން ވާހަކަ ދައްކާފައި ވާކަން ފާަހަގަ ކުރެވިއްޖެ! ދިވެހި ކަމާބެހޭ ފަރާތުން ރާއްޖޭ އަގު ދިފާއު ކުރަން ޖެހޭ!

    128
    7
  4. މަންޖެ

    ރަހީނު ކުރަން އުޅުނުއިރު އެކުގައި އައި ފިރިހެން މީހާ އުޅުނީ ރަހީނުކުރަން އުޅުނު މީހުންގެ އެދުމަކަށް ތިޔަ އަންހެނާގެ އައުރަ ނިވާނުކުރެވިގެން. އެމީހުން ރަހީނުކުރަނީ އައުރަ ނިވާކޮށްގެން ތިބޭމީހުންނޯ.

    105
    3
  5. ފުޅި

    އައްނި ހަދާކަހަލަ ދޮގޭ މިއިނގިރޭސީން ހަދަނީ...ވީޑިޔޯއިން ފެނޭ ފުލުހުންގެ ގަދަ ނޫކުލައިގެ ޔުނީފޯމުގަ ތިބި ފުލުހުން އޭނާ ހިފަހައްޓަން އުޅޭ ތަން.އެކަމު އެބުނަނީ ކުލަހެދުމުގަ ކާޑުނެތް ފުލުހުންނޭ.ކީކޭ ދެން ބުނާނީ ޗިޗަންޑާ19ގެ ދަށުން އަހަރުމެންގެ ގައުމު އަނެއް ދިވެހިރާއްޖެއަށް މިއޮށްގެން ފަތިސްވެ އަލިވިލެނީ

    106
    4
  6. މަކިނބޫ އެޓް ދުބާއީ

    ސާބަހޭ އަދިވެސް ނިކުންނަ ގޮތަށް ހުސް ގަޔާ ދުވާތި ދުނިތެރޭގަ

    75
    3
  7. ގައުމު

    މކެރަފާ ނަޝީފު ހަދާކަހަލަ މޮޅުވާހަކައެއް ހަދާލި..
    ބިކިނީލާއިގެން މީހުން އޫޅެ ރަށުތެރޭ ނުޅޭވެކަން ނޭގެ ވުލޮގަރއެއް މީ..ދެން މޮޅުވާހަކަ ނުދައްކާ.ތި އަޑުއާހަނި ރީދު ބައިގަނޑު ތޭރެން ބަޔަކު.

    82
    4
  8. ޔާމިން

    ނަޝީދުގެ ވާހަކާގައި ހުއްނަކަލަލަ ރާގު ކިހާރީތި. ކީއްވެ ބަޔަކު އުޅުނީ އަޅުގަނޑު ރޭޕުކުރައްށޭ އޭރުންއަދި މާރީތިވީސް ވާހަކަ ބޮނޑު ކާފަރު.

    72
    3
  9. ޖިންނި

    ނޭންގޭތަ ޕޮލިސް ޔުނީފޯރމް ފެނުނީމަވެސް

    74
    4
  10. އެދުރު

    ބޮޑު ކައްޒާބު ދޮގު ހަދަން ފެށީދޯ

    68
    4
  11. އަހުމަދު

    މަޖިލީހުގަ އެއިންނަ ބޭވެސް ވާހަކަ ހުންނަނީ މިކަހަލަ ގޮތަކަށް ދޯ ހޭ ޖެހުނީމަ ބުނީ ބޮލުގަ ބަޑި ޖައްސާފައޭ އިސްތިއުފާ ދޭން އެނގީ

    58
    5
  12. ޙަސްނާނު

    ބަލަ އޭނާގެ ފިރިމީހާ/ބިޓު ވެސް ހުރިހާކަމެއްވި އިރު އެތާހުރެ އޭނާ މައިތިރިކޮއް ތުވާލި އޮޅޭތޯ މަސަތްކަތް ކުރިތަން ވީޑިއޯއިން ފެންނަން އެހެރީ، އެތާހަރަކާތްތެރިވި ފުލުހުންވެސް ތިބީ ޔުނީފޯމުގަ. ސަރުކާރުން ކަންވީގޮތް ރަނގަޅުގޮތުގަ ބޭރުގެމީޑިޔާތަކައް ހާމަކުރަންޖެހޭ، ނޫނީ މާފުށީގެ ޓޫރިޒަމް މީނާ ހަލާކުކޮއްލާނެ މަޝޫރުވާން.

    64
    3
  13. ފފފފ

    ގާނޫނީ ރޮނގުން ދުނިޔޭގެ އެންމެ ގިނަދުވަސްވީ ގާނޫނީ ސިސްޓަމް އޮތް ގައުމުގެ ގާނޫނު ހަދާ މަޖްލިހުގައި ގާނޫނީ މަސައްކަތްކުރާ މުވައްޒަފަކު އެހެން ގައުމަކަށް އަރާ ގައުމެއްގެ ގާނޫނުތައް މުގުރުމަކީ ހުތުރުކަން ބޮޑު ކަމެއް. އެހެން ގައުމުތަކުގެ ޘަގާފަތަށް އިޙްތިރާމް ނުކުރުމަކީބައިނަލްއަގްވާމީ ކުށެއް. ICESCR ގެ ދަށުން އޭނާގެ މައްޗަށް ބައިނަލްއަގްވާމީ ކޯޓެއްގައި ދައުވާ ކުރެވިދާނެ.

    57
    4
  14. ރަހީނު

    ބަލަތިކަން ހިނގިއިރު ސިސިލޭކައިރީގަ އޭނަގެ ރަހުމަތްތެރިއަކުވެސް ހުއްޓެއްނު އޭނަވެސް އުޅުނީކަލޭރަހީނުކުރަންތަ

    50
    4
  15. އެލެކްސް އަހުމަދު

    ފުލުހުންދިން ނަސޭހަތެއްވެސް ނެތް ފުލުހެއްގެ ގަޔައްއަތްލައި އަވިއަނު ނެގިކަމެއްވެސް އެބީތާއަކައް ނޭގޭ އިސްލާމީގައުމެއްގެ އާދަކާދަކައެއް ވެސްނޭންގޭ އެކަމަކު ގާނޫހަދަންލަފާދޭ ބީތާއެކޯލަ ބަޔަކު އޭނަގޭ ފައިބުޑުބޮސްވެސްދީފިވިއްޔާ ދެންކިހާ ފޮންޔެއްވާނެ

    54
    3
  16. ހަސަން ދެވަނަ

    ކޮން މެވެސް ކުއްޖެއް މި މަންޖެގެ ވީޑިއޯ އެ މަންޖެއަށް ފޮނުވާލަ ދީބަލަ .. އޭރުން ދޯ އެ މަންޖެއަށް ގެޓްވާނީ އުޅެވުނުގޮތް...ރަނގަޅީވެސް ޕަބްލިކަށް ފެންނަހެން ހޭޝްޓެގް ކޮށްލުން

    50
    2
  17. ނަޒާން

    ހުސް ދޮގު.. މިއީ މި ސަރުކާރުގެ ބަޔަކު ވެގެން މީނާ ލައްވާ ހިންގި ޑުރާމާއެއް.. ކީއްވެ އޭނާ ޑީޕޯޓު ނުކުރީ..؟ ކީއްވެ އޭނާ ފައިން ނުކުރީ..؟ މިއީ މިކަމުގެ ހެކި.

    48
    4
  18. ޑިމޮކްރަޓިސްޓް

    ކަލޭ ވާހަކަ އަނބުރާލަން މޮޅުވާހަކަނުދައްކާހުރޭ. ރަށުގަ މުޅި ރައްޔިތުންގެ ކުރިމަތީގަ ކަލޭ ރަހީނުކުރަން އުޅުނީ؟ ކަލެޔަށް ބިކިނީލައިގެން ރަށުތެރޭގަ އުޅުމަކީ މަނާކަމެއްކަމާ، ތުވާއްޔެއްދީ ނިވާކުރަން ބުނީމަވެސް ރަހީނުކުރަން އުޅުނީ؟ ގަޅިވާހަކަ ދައްކާނީ ގަޅިން ކައިރީ.

    42
    3
  19. ސަންތިމަރިޔަބު

    ހިނދު ކޮޅުގާއި ހުރުމުން ތިކަހަލަ ގޮތްގޮތައް ހީވާނެ
    މިގައުމުގާވެސް އުޅުއްވާ އެންމެނަކު އަބަދު ހަމާއިގާތިބޭކަށް ނޭދޭނެ ހަމާއިނެއްޓެން ބޭނުންވާމީހުން ހަކުރު ބޭނުން ކުރުމުން ހަކުރު މާގިނަވޭ
    ހަމަހިނިއަންނަނީ

    40
    2
  20. ނަންނުގަތި

    ހުސްދޮގު ހަދާ މީހެއްތީ، ފުލުހުން ތިބި ޔުނީފޯނުގައިވެސް، އެރުވީވެސް ޕޮލިސް ޖަހާފައިވާ ވެހިކަލަކަށް، ބޯއިފްރެންޑްވެސް ކައިރީގައި ހުރި ހުރިހާކަމެއް ހިނގިއިރު، މީހާހުރީ މާގިނައިން ބޮއެގެމް "ނައިސްވެފައި".

    34
    3
  21. ޔާނު

    ހަމަ ޔާމީނު ކަހަލަ ވަގެއް މިވެސްަ

    4
    39
  22. ޒަމީރު

    މިއީ ު ޔޫކޭތަ މީހުން ރަހީނު ކުރަން

    26
  23. ހަމަވިސްނުން

    ޖާހިލުން އަބަދުވެސް ބަލާނީ ދޮގެއް ހެދޭތޯ؟ އޭނައަކީ ތަހުޒީބު އަންހެނެއް. އޭނާ ދޮގެއް ހަދަން ޖެހޭތަ؟

    19
    4
  24. ކޮމަން މޯލްޑިވިއަން

    ސެސީލިޔާ! ޕްލީޒް! ވީ ވުޑް ލައިކް ޔޫ ޓު ސްޓޭ އަވޭ ފްރޮމް ދަ މޯލްޑިވްސް އިން ފިޔުޗަރ! ވީ ޑޯންޓް ލައިކް ޔޫ އެންޑް ޔުއަރ އެޓިޓިޔުޑް

    16
    2
  25. ނީތާ

    މީނާ އަދިވެސް ދަނީ ރާއްޖެ ބައިނަލްއަޤްވާމީ މީޑިޔާތަކުގައި ބަދުނާމު ކުރަމުން..... މިވަރުގެ މީހަކަށްޓަކައި ވިއްޔަ މި ނާޝީދު މާފަށް އެދުނީ

    14
  26. ލަމް އަސްލަމް

    އާނ ކަލޭ ވާނެ އެެހެން ހީކުރަން. މީ އައިސިސް މީހުން ވިއްޔާ! ކަލޭ އަމިއްލަ ރަށުގަވެސް ފުލުހުންނާ ދިމާކޮށްބަލަ. ތަޅާ ތިިރިއަރުވާލާނެ ވިއްޔާ!

    11
    1
  27. މުއމިން

    ރާއްޖޭގެ ނަން ޚަރާބުކޮށް ދިވެހިން ބަޑަށް ޛައްސަންވެގެން ހައެވާނު ހަދާދޮގު ބަލާބަލަ.

    13
  28. އަތޮޅޭ

    ބްލޮގަރއެއް. ގާނޫނީ ވަކީލެއް. ކުރިން ވަނީ ރާއްޖެ އައިސް. އެހެންކަމަށްވާ އިރު، އޭނާގެ ޗާލުކަމާއި ނާޒުކު ކަަމަށް ދުނިޔޭގެ ސަމާލުކަން ގެނައުމަށް ކުރި ކަމެއް ތިޔައީ. އަދި އަމުދުން ގާނޫނީ ކަންކަމަށް ލަފާދޭ މީހެއް ކަމަށްވަންޏާ، އެހެން ގައުމުތަކުގެ ގާނޫނުވެސް ބަލާ ދިރާސާކުރާނެ އެންމެފަހުގެ އަޕްޑޭޓްތައްވެސް ބަލާ ހަދާނެ.
    އެހެންވީމަ ތިޔަކަމަށް ބުނެވެން އޮތީ އޭނާގެ ހުރި ސެން ދިވެހިންނަށް ދައްކާލަން ކުރި ކަމެކޭ އެއީ

    8
    1
  29. ޙަމަހަމަ

    ބޭކާރު ދޮގު. ޙިތާވެގެން އުޅުނު ފިރިހެންސޮރު ފުލުހުންނަށް އެއްބާރުލުންދޭން މަސައްކަތްކުރާތަން ވީޑިއޯއިން ރީއްޗަށް ފެނެ. ޢަދި މިޒަމާނުގައި ފުލުހުން ހާމަ ނުކުރިޔަަސް ފަސޭހައިން ކާކުކަން ހޯދޭނެ

    11
  30. ސަމްސިއްޔާ

    މިއީ އިނގިރޭސިވިލާތު މަންޖެއަކަސް އިނގިރޭސި ނޭންގެނީކަމަށް ވާނީ. އެހެން ބުނިނަމަ މާ ތާހިރުވީސް ދޯ. ތުވާޔެއް ހިފައިގެން ތުވާލި ގައިގައި އޮޅަން މަންޖެ އާއި އެކުގައި އުޅުނުމީހާވެސް ދުވިއިރު ނޭންގުނީ ވާނުވާ.

  31. ޢަޖައިބު

    ނަށީދު ގެ ރޭވުމެއް

  32. ައަހްމަދު

    ގެސްޓްހައުސް ގެ ދޮރުގައި ތެޅިޔޯ އެބުނީ އެކަމު އަހަރެން ކީ އާޓިކަލް އަކުން ދުށިން މި ފަތުރުވެތިޔާ މީ ރިޒޯޓަކުން އައި ފަތުރުވެރިޔެކޭ ކިހިނެތް މިވަނީ

  33. ޞިކަނދަރު

    ޢަދިވެސް މާފައް އެދިފަ ތަހުތައް އަރުވާ

  34. ރޫރޫރޫރޫ

    ބޮއެގެން ވާނުވާ ނޭގޭ ހާލުގަ ކޮންކަމެއް އިނގޭނީ.

  35. މަނިކ

    މީނާއަކީލޯފަންމީހެއްތަ ޔުނިފޯމްގަތިބިފުލުހުން ނުފެންނަނީ

  36. ދަރަނި ދަންތުރަ

    ދެވަނަ ކެނެރީ ނަސީދު ދޯ ސާބަސް ފުޅު...

  37. ބިސް

    ހަމަ ތިކަހަލަ މޮޅުވާހަކަ ދައްކާ މީހެއް އުޅޭ މަގައުމުގަވެސް. ހީވަނީ ދެމީހުންވެސް ކިޔެވީ އެއްފޮތަކުންހެން.