ކުރީގެ ރައީސް އަބްދުﷲ ޔާމީން އަލުން ވެރިކަމަށް ވަޑައިގަންނަވާނެ ކަމަށާއި އެކަމާ އެއްވެސް މީހަކު ކުށް ހީއެއް ނުކުރެއްވުމަށް ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެއެވެ.
ޔާމީން މިނިވަން ކުރަން ގޮވާލައި، ޕީޕީއެމް އޮފީހުގައި ސިލްސިލާކޮށް ބާއްވަމުން އަންނަ ޖަލްސާގައި ސައީދު ވިދާޅުވީ ރާއްޖޭގައި ލެއްވި ހުރިހާ ބާރެއް އޮތީ ސަރުކާރުގައި ތިއްބެވި ވެރިންގެ އަތުގައި ކަމަށެވެ. އެހެންވެ، އެމްޑީޕީން ބޭނުންވެގެން އުޅެނީ ކޮން އިންތިހާބެއްތޯ އޭނާ ސުވާލު އުފެއްދެވިއެވެ.
"މުޅި ދައުލަތް އެމީހުން އަތުގައ. ސަރުކާރު އެމީހުން އަތުގއި. މަޖިލިސް އެމީހުން އަތުގައި. މިނިވަން މުއައްސަސާއެއް އޮތިއްޔާ އެމީހުން އަތުގައި. ރާއްޖޭގެ ސިވިލް ސާވިސް އެމީހުންގެ އަތުގައި. ރާއްޖޭގައި ލެއްވިހާ ހުރިހާ ބާރެއް އެމީހުން އަތުގައި،" ސައީދު ވިދާޅުވިއެވެ.
މި ހުރިހާ ބާރެއް އޮވެގެން ގައުމު ތަރައްގީ ނުކުރެވޭ ހިސާބަށް ދެ އަހަރު ދުއްވާލާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ބަޖެޓުތައް މުޅީން ސޮއްސާލައި ބަޖެޓުތައް "ފެންފޮދަކާ ނުލައި" ދިރުވާލާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.
އެހެންވެ، އެ ސަބަބާ ހުރެ ވެރިކަމުގައި ކޮންމެ ބަޔަކު ތިއްބަސް، އެއް ފަރާތަށް ޖެހެން ޖެހޭ ކަމަށް ސައީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ދެއްވާ ވެރިކަން، އަޅުގަނޑުމެންނަށް އެނގޭނެ މި ގައުމުގެ ކުރިމަގު ބައްޓަން ކުރަން،" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، ޔާމީން ފޮރުވާފައި އޮތަސް، ނުވަތަ ނުހައްގުން ޖަލުގައި އަނިޔާ ކުރަމުން ދިޔަޔަސް، ރާއްޖޭގެ އަގު ހިފެހެއްޓުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ވެސް ކުރަން ތައްޔާރަށް އޮތް ކަމަށެވެ.
"އެމްޑީޕީން މިއަށް ކުށް ހީއެއް ނުކުރައްވާ. މާތް ﷲ ގެ އިރާދަފުޅާ އެކު، އަޅުގަނޑުމެންގެ މި ވައުދު ފުއްދަ ދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން. މާނައަކީ ރައީސް ޔާމީން ޔާމީން މި ގައުމުގައި ވެރިކަމަށް ގެންނާނަން،" ސައީދު ވިދާޅުވިއެވެ.
ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮަލަރުން ޖޫޫރިމާނާ ކުރީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ކުށް ސާބިތު ވުމުންނެވެ. އެމަނިކުފާނު ކަފާލާތުގެ ދަށުން މިނިވަން ކުރަން ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމާފައި ވަނީ ޔާމީން މިނިވަން ކުރެވެން ނެތް ކަމަށެވެ.
އިންޝާ ﷲ. މިގައުމު އިންޑިޔާގެ ވަކިތަކުން މިނިވަންކޮށްދެއްވާނެ. ގައުމުގެ އިގްތިސާދު ކުރިއަރާ ދަރަނިވެރި ގައުމަކުން އަރަނިވެރި ގައުމަކަށް ހައްދަވައިދެއްވާނެ. ދައުލަތުގެ މުވައްޒަފުންނަށް ބޮޑު މުސާރަ ދެއްވާނެ. ދޮށީ އުމުރުގެ މީހުނަށް 10 ހާސް ރުފިޔާގެ އެލަވަންސް ދެއްވާނެ. ބޮޑެތި ހޮސްޕިޓަލްތަކާއި، ބައިނަލްއަގްވާމީ އެއަރލައިންއެއް ހައްދަވާ ބޮޑެތި ފްލައިޓްތައް ދިވެހި ގައުމުގެ މުދަލުގެ ތެރޭގައި ހިމަނުއްވާނެ. އިންޝާ ﷲ ދެވަނަ ގަތަރު ފެންވަރަށް ދިވެހި ގައުމުގެ މުއްސަނދިކަން ގެންގޮސް ދެއްވާނެ.
ހިތަށްއަރުވާލައިގެން ހުރޭ
ތިއީ އަޅުގަނޑުމެންގެ ކޮންމެ ދުވަހެއްގެވެސް ދުޢާއަކީ. މިގައުމު މިވަނީ އަޅުވެތިވެފައި. ގައުމަށް ލިބޭހާ ފައިސާއެއް ގައުމުގެ ބޮޑުންގެ ޖީބުތަކަށް ކަހާލަނީ. ދިވެހިން މިއަދު މިތިބީ މިނިވަންކަމާއި ދީން އެއްލާލައިގެން.
މާތްﷲއިރާދަކުރެއްވިއްޔާ ޔާމިން ވެރިކަންކުރާނެއަދި ދިވެހިންނައްއުފަވެރި ދުވަސް އަންނަން މާގިނަދުވަހެއްނެތް.
ان شاء الله
އިޝާﷲ
ޖަލު ގޮޅި ސާފު ކުރު މުގެ ވެރިކަން ދޯ
ސާފުކޮށް ކިބުނަނީ. ދިވެެހިރާއްޖެ ވެރިކަން ކުރާނެ. އިންޝާﷲ.
ދޮންކަލޯ ކަލެއަށް ވިސްނުނީތީ އުފާކުރަން!! ޔާމީނަށް ޖަލު ގޮޅިވެސް ސާފުކުރެވޭނެ!! އެހާ ގަޓް ހުރި ވެރިއެއް އެއީ!! ޖަލުގެ ގޮޅި ކީއްކުރަން މުޅި ގައުމުވެސް ތަރައްގީ ކުރެވޭނީ ޔާމީނަށްކަން ކަލޭގެ ދެ ލޮލަށް ފެންނަވަރު ކޮށްދީފަ އެއޮތީ ހަމަ ޔާމީނޭ!! ގޮޅި ސާފުކުރަންވެސް ނުކުރެނު ބަގަތައް ރައްޔިތުންނަށް އެނގޭ ނޫންތޯ؟ އެއްބަޔަކު ފިލައިގެން ބޭރަށް ގޮސް ގޮނޑި ދުއްވީ!! ދެންތިބި މީހުން ގޮޅި ސާފުކުރަން ޖެހިދާނެހެން ހީވީމަ މާކުރިން ދުވެ ފިލީ ނޫންތޯ؟ ކެރޭ ގައުމީ ހަގީގީ ބަޠަލު އެވަނީ ނިކަން ސާބިތުކަމާއެކު ބަސްބުނެ ފިލައިގެން ނުގޮސް ގައުމުގައި!! ބަޔަކަށް ޖަލު ގޮޅިވެސް ސާފުކުރަން ނުކެރިގެން ނުވަތަ ނުކުރެވިގެން ހުރިހާ ބާރަކާ ނުފޫޒެއް ބޭނުން ކޮށްގެން ހައްގު ނޫންގޮތަށް އެއޮތީ ގޮޅިއަށްލާފަ!! ގޮޅި ސާފުކުރާނެ!! އަދި އިރާދަކުރެއްވިއްޔާ ވެރިކަންވެސްކުރާނެ!! އެއީ ކަލޭމެނަށް ނުކުރެވޭ ތަރައްގީ މުޅިގައުމަށް ގެނަސް ދިނުމަށްޓަކައި!! ގައުމުގެ މިނިވަންކަން ދިފާއުކުރުމަށްޓަކައި! އިސްލާމްދީން ދިފާއުކުރުމަށްޓަކައި!!
މމމ މީނައައް ހާދަ ވަރެއް އެބަބެއޭ
އިރާދަކުރެއްވިންޔާ އަޅުގަނޑު ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށްޓަކާވެސް މިގައު މުގެ ވެރިކަންކުރާނައް ދި މާވެފައިވާ ދަތިހާލުން މިގައު މު ސަލާ މެއްކޮށްދޭނައް އިންޝާﷲ ކޮރޯނާވައިރަސް އަށްވުރެ ބޮނޑު މުސީބާތެއް މިއޮތީ ކުރި މަތިވެފަ އަޅުގަނޑު ނުބުނާނައް ޕޕ މ ނުވަތަ ޕނސ އަށް ވޯޓުދޭށެކޭ އެކަ މު މޑޕ އަށް ވޯޓު ނުދޭތި ކޮން މެވެސް އެހެންޕާޓީޔަކަށްދީ. މޑޕ އަކީ މިގައު މުގެ ހަލާއްކު ނިއް މާލަ މުއްބުނާަނީ ކައުއްސިލް އިއްތިހާބުގެ މެޖޯރިޓ ޕޕ މ އަށްދެއްވާށޭ.
ޔާﷲ ރައީޔާމީންގެ ފިކުރުގައި ތިއްބެވި މިޤައުމުދެކެ ލޯބިވާ ދިވެހިދަރީން ރޭގަނޑާއި ދުވާލު ރައީސް ޔާމީން އަށް އަނިޔާ ވެރިވަމުންދާ އަނިޔާ ވެރީންގެ ވަކިތަކުން ރައީސް ޔާމީން ސަލާމަތް ކުރެއް ވުމަށް އެދިއެންމެހައި ލޮބުވެތި ރަށްޔަތުން ކުރަށްވާ ދުޢާ ޤަބޫލު ކުރަށްވާ އިޖާބަކުރަށްވާށި އާމީން
ވެރިކަމަށް އައުން ؟ ތިކަމެއް ނުވާނެ ؟؟؟؟؟
ދިވެހީންމިއަދުރޮށްވައި ފިޔޭ ނެތުމުރައީސް ދިވެހީންމިއަދު ބޭނުން ވަނީ ޔާމީންރައީސް ޔާﷲ ރައީސްޔާމީން ޖަލުގައިހުންނަ ވަނި ކޮށް އި ބަ އިލާހު ގެބަރަކާތު ރައީސް ޔާމީން އަށް ވެރިކަން ލިބޭނޭމަގެއް ފަހިކޮށް ދެއްވާށި އާމީން
#ތަރައްޤީގެބާނީ ރައީސްޔާމީން ދޫކޮއްލާ
#ތަރައްޤީގެބާނީ ރައީސްޔާމީންދޫކޮއްލާ
އިންޕޮސިބަލް!
އިންޑިޔާގެ އުންގަށްވގައުމު ވެއްޓުނަ ނުދެއްވި ގައުމުގެ ތަރައްގީގެ ބާނީ ދޫކޮށްލާ!!!
ކުށް ހީއެއް ނުކުރަން . ބޭނުމީ ޔާމީނު ގެންނަން. ނަމަވެސް ފިކުރު ބައިބައި ވެފަ އޮތުމުން އަދި އެ ފުރުސަތު ޔާމީނަސް އޮތްކަމަކަށް ނުދެންނެވޭނެ. އެއަށް ވުރެ ބޮޑަށް ޔާމީނުގެ އަނބި މީހާ ޔާމީނާ އިދިކޮޅަށް މަސައްކަތް ކޮށްފަ ނެތޭ ނުބުނެވޭނެ. މިހާރި އޭނަ ކުރިޔަށް ނިކުމެ ޔާމީނުގެ ސަލާމަތަށް ނޫޅެނި ކީއްވެ ؟؟؟؟؟
ސައީދު ކިތަންމެ ވަރަކަށް ފުމުނަސް ، ރައްޔިތުންގެ ވޯޓެއްނަގައިގެން ޔާމީނަށް މިރާއްޖޭގެ ވެރިކަމެއް ނުލިބޭނެ !
އެނގިހުރެ ތިބެ އަނެއްފަހަރުވެސް އަލިފާނަށް ޕެޓްރޯލްއަޅަންތަ ތިބުނަނީ؟ އެމްޑީޕީއަށް ދެވުނު ވޯޓުން މިހާރު މިހުރީ މޮޔަހީވެފަ....މިހާ ނުކުޅެދޭ ސަރުކާރެއް އަލުން ގެންނާކަށް ނެތިން
އަނެއްކާ ވައްކަމާ ފަސާދައިގެ އަނެއް ފަސް އަހަރު.
ހަސަދަވެރި ވިޔަސް ތިއީ ބޮޑުވަރު ބަލަ ރައީސްޔާމީން ވެރިކަމަ ށްގެންނަން ކޮންހެން ލާދީނީ ފިކުރުގެ މީހުން ގެވޯޓެއް ބޭނުމެއް ނުވެޔޭ އަލްޖިބްރާ ތިއުޅެޅީ ޕޕއެމގެ އަސްލު ސައިޒުނޭނގިގެންނޭ ބުރިޖަކީ ކޮންއެއްޗެއް ކަންއެނގޭނީ ބުރިޖް މަތިން ދަތަރުކުރީމަ އިނގޭތޯ ރައީސްޔާމީން އަކީހަމަހަބޭސް ރީނދޫ ކުދީން ހަޖަމޯލާ ކައިގެން ވެސް މައިތިއެއްނުވިތާ
ޔާމީން ؟؟؟؟؟؟؟؟
ދެން ލަލަލާ.ހުވަފެނެއްގަ ދެން މިގައުމުގަ ވެރިކަން ކުރާނީ ޔާމީނު.ހަހާާ ،ބަލަގަަ ކޮންމެ ވެރިކަމެއްގަވެސް ކޮރަޕްޓު ވާނެ.ވެރިކަމާ އެހިފަނީ .....