އިއްޔެ ހުޅުމާލޭގައިި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ހުޅުއްވާދެއްވި ވޮލީ ކޯޓަކީ ރައީސް ޔާމީންގެ ސަރުކާރުގައި ހުޅުވާދެއްވައިފައިވާ ކޯޓެއްކަމަށް ބުނެފ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވަރަށް ބޮޑަށް ފާދު ވިދާޅުވެއްޖެއެވެ.

ޝިޔާމް ކުރެއްވި ޓުވީޓުގައި ވަނީ "މީގެ ދެ އަހަރު ކުރިން ރައީސް ޔާމީންގެ ސަރުކާރުގައި ތަރައްގީ ކޮށްފައިވާ ވޮލީ ކޯޓެއް. މި ސަރުކާރުން ވެލިކޮޅެއް އަޅާލުން ފިޔަވާ ކުރި އިތުރު އެއްވެސް ކަމެއް ނެތް. ރިބަން ކަނޑަން ނިކަން ކުޅަދާނަ ސަރުކާރެއް" ކަމަށް ވިދާޅުވެ، ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ބައިނަލްއަގުވާމީ ފެންވަރުގެ ޓްރެއިނިން ހިދުމަތްތަކާއެކު ބީޗް ވޮލީ ކޯޓު އިތުރަށް ތަރައްގީކޮށްފައިވާކަން އިއުލާނު ކުރެއްވީ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް އެވެ. އޭގެ ފަހުން އިއްޔެ ހަވީރު ހުޅުމާލޭ ރެޑްބުލް ޕާކުގައި ބީޗްވޮލީ ކޯޓު ރަސްމީކޮށް ހުޅުވުމަށް ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.

އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މިނިސްޓަރު މަހުލޫފްގެ ޕެއާ ވަނީ ގައުމީ ބީޗް ވޮލީ ބޯޅަ ޓީމާ ދެކޮޅަށް ހާއްސަ މެޗެއް ކުޅެފަ އެވެ. ޝިއުނާޒް އަޙްމަދު އަދި އަޙްމަދު ޢަލީ ހިމެނުނު ގައުމީ ވޮލީ ޓީމުން މި މެޗު ކާމިޔާބުރީ 5-3 އިންނެވެ. އެއަށްފަހު ރައީސް ސޯލިހާއި، ރައީސް މުހައްމަދު ނަޝީދާއި، މިނިސްޓަރު މަޙްލޫފު ހިމެނޭ ގޮތަށް ސްޕޯޓްސް މިނިސްޓްރީގެ ޓީމަކާއި ވެޓަރަންސް ވޮލީބޯލް ކުޅުންތެރިންގެ ޓީމަކާއި ދެމެދު މެޗެއް ކުޅުނެވެ. އެ މެޗު 24 ޕޮއިންޓް 23 ޕޮއިންޓުން ކާމިޔާބުކުރީ މިނިސްޓްރީގެ ވޮލީޓީމުންނެވެ.

އިދިކޮޅުން ސިލްސިލާކޮށް ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ކޮންމެ ރެއަކު އަންނަނީ ބައްދަލުވުންތައް ބާއްވަމުންއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އުނޭ

    ޝިޔާމް ކޮއްކޯ މިއަދު އޯތީ މުޅިން ތިޔަ ބާވަތުގެ ކަންތައް. އެއަރުޕޯޓް ސީޕްލޭން ޓާމިނަލް ބަޔަކު ޕްލޭންކޮށް ހަދާ ނިންމީމަ އެތަން ވިއްކާގެން އަމިއްލަ ޖީބު ބޮޑުކޮށް ނަން ހޯދުން. ހޮސްޕިޓަލް ހެދީމަ އެތާ ގަހެއް ޖަހާފަވެސް ބުނާނެ މިގެނެސްދިނީ ތަރައްގީއޭ. ބްރިޖް ހެދީމާ ބުރިޖު ބުޑުގައި ގަހެއް އިންދާ ވިޔަފާރި ކުރަން ކަންމަތީ ފިހާރައެއް ހަދާފަދެންވީ ކޮންމެވެސް މީހަކަށް އެތަންދޭނަމޭ ކިޔާ ލާރިގަނޑެއް ދިރުވާލަނީ. މިސްކިތެއް ކޮންކްރީޓް ނިންމާ ކުލަލާން ދިނީމަވެސް 2 އަހަރު ނަގާ ހުޅުވާލަން. އިސްލާމީ
    މަރުކަޒު ނަމާދުކުރާ ބައި އާބާތުރަ ފިލުވާލަން ބަރާބަރު 4 މަސް. ހުޅުމާލެ ވޯޓަރޕާކްވެސް ނިމުނީމަ އެތަނަށް ފެންއަޅާފަދެން ބުނާނެ އެޖެންޑާ 19 އޭ. މަގެއް ހަދާލެވުނީއެއް ނޫން. ބީޗް ސަރަހައްދުގައި ތިމާވެށީގެ އަންބޮޑި ކަމަށް ދައުވާކުރާ ފަރާތްތަކުން ހެދި ޕާކް ކަރަންޓް ގުޅާފައި ކައިވަތަކުން ބޮކި ލާފަ ދިއްލާލަ ދިއްލާލަ އޮންނަތާ 14 މަސް. އަސްލަމްގެ އެންވައިރަމަންޓް ސިކުޑީގެ މޮޅުކަން. ބަލާވެރިކަމެއް މިއޮތީ