ވަޒީފާއާބެހޭ ޤާނޫނަށް ސަރުކާރުން އަލަށް ހުށަހެޅި އިސްލާހްގައި ދެން އެންމެ ދުވަހު ވެސް ޑޮކްޓަރުގެ ސެޓްފިކެޓް ނެތި ސަލާމް ނުބުނެވޭ ގޮތައް ހަމަޖައްސަން މާއްދާއެއް ހިމަނައިފިއެވެ.
ސަރުކާރުން އަލަށް ހުށަހެޅި އިސްލާހްގައި ބުނެފައި ވަނީ ބަލީގެ ބާވަތާއި އެބަލީގެ ސަބަބުން މުވައްޒަފަކަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް ރަޖިސްޓްރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު ދޫކުރާ މެޑިކަލް ސެޓްފިކެޓެއް ވަޒީފާއަށް ނުކުންނަ ދުވަހު ހުށަހެޅުމުން މެނުވީ އެމުވައްޒަފަކަށް ސަލާމުގެ ޗުއްޓީ ދިނުން ވަޒީފާދޭ ފަރާތައް ލާޒިމްވެގެންނެއް ނުވާކަމަށެވެ.
ޑޮކްޓަރުގެ ސެޓްފިކެޓް ނެތި އެންމެ ދުވަހަކު ވެސް ސަލާމް ނުބުނެވޭ ގޮތައް ވަޒީފާއާބެހޭ ޤާނޫނު އިސްލާހް ކުރަން ސަރުކާރުން މަޖިލީހަށް ހުށަހަޅާފައި ވާއިރު މިހާރު އަމަލު ކުރަމުން އަންނަ ވަޒީފާއާބެހޭ ޤާނޫނު ބުނާ ގޮތުން ޑޮކްޓަރުގެ ސެޓްފިކެޓް ހުށަހަޅަން ޖެހޭނީ ދެދުވަހަށް ވުރެ ގިނަ ދުވަހު ސަލާމް ބުނުމުންނެވެ.
އަލަށް ގެންނަ އިސްލާހްގެ ސަބަބުން "މައިގްރޭން" ފަދަ ބަލިތައް ހުންނަ މީހުން ނުވަތަ މައްސަރު ކަންތަކުގެ ސަބަބުން އޮފީހަށް ނުދެވޭ ފަދަ ހާލަތެއް ދިމާވާ މުވައްޒަފުން ވެސް ކުރިއަށް އޮތްތަނުގައި ޑޮކްޓަރުގެ ސެޓްފިކެޓް ގެންދަން މަޖުބޫރު ވާނެތީ އެއިސްލާހާއި ދެކޮޅަށް ގިނަ ބަޔަކު އަންނަނީ އަޑުއުފުލަމުންނެވެ.
ވަޒީފާއާބެހޭ ޤާނޫނަށް ގެންނަ އިސްލާހްތަކާއި މެދު ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހާއްސަކޮށް ޕްރޮބޭޝަންގެ މުއްދަތު ތިން މަސް ދުވަހުން ހަމަސް ދުވަހަށް އިތުރު ކުރަން އިސްލާހްގައި ހިމަނާފައި ވާތީ ގިނަ ބަޔަކު އަންނަނީ އެކަމާއި ދެކޮޅު ހަދަމުންނެވެ.
ގިނަ ބަޔަކު ދެކޮޅުޙެދިއްޔާ ވާކަމެެއް އެބައޮތްތަ؟ ދެވޭ އެއްޗެއް ބޮޑުވެގެން ކުރެވެން އޮތް ޖެެއްސުމެއްވިއްޔާ ކުރާނެ. ކޮންބައެއް ތީ. މުވައްޒަފުން ގަނަތެޅުވުން ނޫން ދެން ކޮންކަމެއް މީ. ބޮޑުވެގެންވާ މުސީބާތެއް. ޙުވާ މިބުނީ
ސަރުކާރު ފެއިލްވަނީތި
ބަރާބަރު. ދިވެހިން ގެންގުޅެންޖެހޭ ގޮރަށް އެގެންގުޅެނީ. ހަމަ ވަރަށް ސަޅި.
ތިއޮށް އާއިލާކައިރިއަށް ދެވޭގޮތްވަނީ ފަސޭހައިނަ އެޖެންސީ 19 ގެ ދަށުން ރަށުފަތިސް ކޮޅުވީމަ މެންދުރު އަތަށް އަޅާޅައިރު ހުރެވޭނި އަބިދަރިން ކައިރީ ގޭގަ.
އެޖެންސީ 19 އޭ...ފަތިސް ކޮޅޭ... ބުރޯ ތިބައްތަރް ބާހަކަ ދައްކަނީ ބްރޯ ޕްރޭންޑް ކާރީގަ..އިގޭ!!
ބްރޯ މީ...ވަގުތު ނޫސްގަ ވާންޗޯ މީހާ ކޮމެންޓް ނުކުރެވޭ ގޮއް ހަދާބަ... އެހެންނުވަނީމަ އަހަރޭން ހީހީ ބާވަރު ބަނޑުގޮށް އަރަނީ...
ނިކަމެތިން އިތުރަށް ނިކަމެތި ކުރުން ނޫން ކަމެއް ނުފެނޭ..
އޭނަވެސް ބޮއެގެން މާފަށް އެދުނުމީހާވެސް ބޮއެގެން ބޮއެހަލާކު...
ބަލިވަނީ ހަމައެކަނި މީހާ ފިސިކަލީ ބަލިވުމުން އެކަންޏެއްނޫން. ހަމައެގޮތަށް މެންޓަލީވެސް މީހާ ޑައުންވެފަހުރެދާނެ ރެސްޓްއަކަށް ބޭނުންވެފަ. މިއިސްލާހުގެ ސަބަބުން މިކަހަލަކަމަކުން ބަލިވެފަހުންނަ މީހާއަށްވެސް މަޖުބޫރުވާނެ ވަޒީފާއަށް ނުކުންނަން. އެކަމުގެ ސަބަބުން އަސްލު އެމީހާގެ ޕާފޯމަންސް ނުނެރެވޭނެ ގޭގަހުރެގެން ސްޓްރެސް ފިލުވައިގެން އަނެއްދުވަހު ނުކުތުން މާ ބުއްދިވެރި.
މިހާރު މިފެންނަނީ ފަތިސް ކޮޅު
މަޖްލިސް މެންބަރުންނަށްވެސް ތިޤވާއިދު ހިނގާގޮތަށް ބާއްވަން ކެރޭނެބާ؟ އަދި އެމީހުންގެ އަދަބު ބޮޑުކުރަންވެސް ޖެހޭ، އެއީ ގިނަ ބައެއްގެ ހައްޤު އެމީހުންގެ ހާޒިރީގަ ވާތީ.
ތިޔަށް ދޭންއޮތް ނަމަކީ ވަޒީފާގެ ނަމުގައި އަޅުވެތި ކުރުން.
period vegen banda thadhuvaatheeves dhen doc ah dhaanves?
ދެން ޕީރިއަޑް ވެގެން ނުތެދުވެވޭ ހާލުގައި ތިބޭ މީހުނޯ؟ ކޮންމެ ފަހަރަކު ޑޮކްޓަރަށް ދައްކައިގެން ސެޓްފިކެޓް ހޯދަންވީ؟ ކިހާ ބޮޑު ކަމެއް މި ދެން!!!!!!!!!!!!!
ކިނބޫ ކަލޭ ދިވެހި ލޮބުވެތި ރައްޔިތުން ދަންޖައްސާ މަރާލަންވީނު ތިކަހަލަ ބަލާވެރިކަންނުޖައްސާ.
ބޭރުމީހުންނާއި ދިވެހިންނާއިހުރި މުސާރައިގެ ތަފާތު ކުޑަކޮށްލަން ނުކެރެ. އިންޑިއާ މީހުން މުޅިރާއްޖެ ހިފަނީ. އުރިދޫފަދަ ކުންފުނިތަކުގަ ބޮޑެތި މަގާމު ތަކުގަ ގިނައީ އިންޑިއަން. ދިވެސަކަށްވީތީ ރަނގަޅު މުސާރައެއްނުދޭ. މިއޮތީވާ ގައުމެއް
ހެޔޮވެރިކަމުގެ ކޮޅުމަތި ފެންނަނީ.
މަށަށްދެރަވީ މަޖިލީހުގެ 100 ޕަސެންޓް މޑޕ އަށް ނުދިނީމަ. އެހާވެސް ހެޔޮފުޅު.. ދިވެހި ރައްޔިތުންނަށް ދުއްޕާން ކުރުންނޫން ކަމެއް މިމަޖްލިހުން ނުކުރޭ..
ރައްޔިތުން ނުކުމެ މަޖްލިހާ ސަރުކާރު ހަމައަކަށް އަޅުވަންވެއްޖެ..
ޖަޒީރާ ރާއްޖެއަށް ފަތިސްދަން މިއޮތީ. ކައުންސިލް އިންތިހާބު ލިބުމުން ދެން އިރުއަރާނީ ޖަޒީރާ ރާއްޖެއަށް. ދިވެހިން ތިބޭނީ ކުޑަކަކޫމައްޗަށް ތިރިކޮށްފައި. އިންޑިޔާ މީހުން އެދޭގޮތަކަށް ދިވެހި ގައުމު ހިންގާނީ.
މިހުރިހާ މުސީބާތެއް ނިކަމެތިމީހާއަށް ޖައްސާއިރު، މިކަންކުރާ މަޖިލީހުގެ މެންބަރުން އެއުޅެނީ ބޭނުންގޮތަކަށް އެމީހުންގެ ގަވާއިދުހަދާ ލައްކައިން މަހު މުސާރަނަގާ، ބޮޑެތި އެލަވަންސްނަގާ، އަހަރަކު 3 މަސް ޗުއްޓީނަގާ، ޓެކްސް ނުދައްކާ ވެހިކަލް އެތެރެކށްލަ ކޮށްލަ. ހުރިހާ މޮޅެއް ކާލައިގެން. މުސީބާތެއްނު މީދެން
ގާނޫނު ހަދާ މަތިގޭގެ ފަޑުއްކަތަކުރު ، ގ ހަދާ މަތިގޭގައި އިންނަހާ ދުވަހަކު ހަ މަޖެހޭ ގާނޫނެއް ،ދިއުޅި ހަ މަވާ ގާނޫނެއް މިރާއްޖެއަކަށް ނައަންނާނެ ، މި އޮތީ ލޮނު ހެޔޮވަރު ވެރިކަ މެއް ، ދެން އަތްޖަހާ....
ތިޔައީ ތަންތަނުގެ ވެރިންގެ އަޅުވެތިކަ މަށް މުއައްޒަފުން ގެންދަން އެޅުނު ރަނގަޅު ފިޔަވަޅެއް.
މަށަށް ރަނގަޅި މިގާނޫނަށް ދެން ގެންނަ އިސްލާހުގައި 10 ދުވަހު ސަލާމް ބުނާ މީހާ ވަކިކުރަން ހިމެނިއްޔާ.. އިހްސާން ތެރިކަންނެތް. ﷲ ގެ އޯގާވަންތަ ކަމާއި ދިވެހިންގެ ހެޔޮ ނަސީބަށް އުރެދި ﷲ ގެ އަދުއްވުން ގައުމުގެ ވެރިންނަށް ހޮވާ. މީހަކު ދީނޭ ބުނާއިރަށް އަރައިގަނެ ސިޔާސީއޭ ގޮވި ބައިގަނޑު ދިވެހި ގައުމުގައި ގިނައީ. ކަރުބުޑުގައި ހިތިރަހަލާނެ ދުވަހަކަށް މަ މި އިންތިޒާރު ކުރަނީ.
މަޖިލިސް މެމްބަރުން ބޭނުންގޮތަކަށް އުޅުނީމަ ނިމުނީ. އެއްވެސް އިނަާޔަތެއް ނުކެނޑޭ. ސެޓްފިކެޓް ބޭނުމެއްނުވޭ.
ދިވެހިންނަންނަށް މިއޮތީ ވެރިކަމެއް ޖެހިފަ.
މީ އާސަންދައިގެ ދަށުން ވަރަށް ފަސޭހަ ކަމާއެކު ޑޮކްޓަރަށް ދައްކާލެވެން ހުންނަ ގައުމެއްތާ. ބޭނުން ގަޑިއެއްގައި ގޮސް ބޭނުން ވައްތަރެއްގެ ޑޮކްޓަރަށް ބޭނުން ގަޑިއަކު ދައްކާލާ ސެޓްފިކެޓް ހައްދާލެވޭހެން ހީވަނީ. ރާއްޖޭގައި ބަލިވެގެން ޑޮކްޓަރަށް ދައްކަން އުޅޭ މީހާ އެކަމާ ތެޅިތެޅި އިތުރ ބަލިތަކެއް ވާއިރު ޑޮކްޓަރަށް ދެއްކޭނެ ފަދަ ނެތްކަން ރައްޔިތުންގެ ހާލަތު މިހާގާތުން ދަންނަ މެމްބަރުންނަށް ނޭނގުނީމާ ބުނެވޭނީ ސަލާމޭ.
ކިހާ ދެރަކަމެއް.ވަރުގަދަ ވެރިކަމެއް ގެނެވިފަ މިއޮތީ.ދިވެހި ރައްޔިތުންނޭ ސިވިލްސާވިސްގެ އިޚްލާސްތެރި މުވައްޒަފުންނޭ ލޯކަލް ކައުންސިލް އިންތިހާބު ކުރިޔަށް ހުރި އިންތިހާބުގަވެސް މިސަރުކާރަށް ނޫނެކޭ ބުނަން އެބަޖެހޭ.މިވަރުގެ ވެރިކަމެއް އަދި ނުދެކެން.މަވާ ސަލާމް ދެން.
އަންހެންކުދިންނަށް ޕީރިއަޑް ދުވަސްވަރު ޗުއްޓީ ދޭގޮތަށް ހަމަޖައްސަން ޖެހޭނީ ތިހެން ކަންތައްކުރަން ބޭނުމިއްޔާ. ދެރަކަމެއްނު.
ތީ ޑްރާމާއެއް ބަލާތި.. ސަރުކަޜުން ގަވާއިދު ހެދީ ފޮނުވަން ހަދާފަ ނިމއްޖެ. ދެންފޮނުވީމަ ހިހެން ނަހަދާ އާދޭސްކޮށްފަ ބުނާނެ މަޖިލީހުގެ އެމްޑީޕީ މެމްބަރުން....ފެންނާނެ ބަލަނތިބޭ
މަށަށްވެސް ހީވޭ ތިބުނީ ރަނގަޅަށް ހެން. އިންތިހާބާ ކައިރި ކޮށްފަ ނަމްބަރު މަތިވޭތޯ.
ހާދަހާވާ ހެޔޮ ވެރިކަމެކޭ... ރައްޔަތުން ދެކެ ލޯބިން ހަފުސްވާނެ ވޯޓުލާ ދުވަސް ކުރިމަތިވެފަ މައިކެއް ފެނުނީމަ ރައްޔަތުން ދެކެވާލޯބިން މައިކުގަނޑުވެސް ހީވާނީ ދިރުވާލަފާނެހެން. ޢެޖެންޑާ 19 ގަ ރައްޔަތުން ގަނަތަޅުވާ ރައްޔަތުން ބަނޑަށްޖައްސަން ތެޅި މަރުވަނީ..
މިސަރުކާރު ގެންނަން ވޯޓްލީ ކުދިން ބާރަށް އަތްޖަހާ. މީދޯ 4 މެމްބަރުން ވަކިކުރިކަމަކީ. ފުއްގަނޑު ބޭނުންގޮތަކަށް މޮޑެ ގުޅަޖަހަންދޯ
ސިޔާސީ މީހުންނަށް ވެސް ތިޔަ ގޮތައް އޮންނަން ޖެހެ އެވެ.
ދެން ސަލާމް ބުނާނީ އެއްދުވަހަކަށް ނޫން. ދެ ދުވަހުން ނޫނީ ބަލިމަޑު ކަމެއް ރަނގަޅަކަށް ނުފިލާނެ. ޢެއް ދުވަސް ބަލީގަ ރެސްޓު ކޮށްލަން އަނެއް ދުވަސް ސެޓިފެކިޓް ހޯދަން.
މިއީ އަހަރުމެންގެ ސަުކާރު. މިސަރުކާރުން އަހަރުމެނަށް ހައްގުމިންވަރު ހޯދާދޭނެ. ފަހަރުގައި ލިބޭއެއްޗެއް މަދުވެސްވެދާނެ އެކަމަކު ހައްގުމމިންވަރު ލިބޭނެ.
??
ވެރިކަމުގައި ތިބޭއިރު ބޭނުންގޮތަކަށް ކަންތައް ކުރެވިދާނެ. ގޫނޫގައި ބުނެޔޯ ގާނޫނޫގެ ކުރިމަތީގައި އެންމެންނަކީ ހަމަހަމަ ބައެކޭ. ތިޔަހަދާ ގާނޫނތައް ހަމަ ހުރިހާ ރައްޔިތުންނަށް ހިންގަން ވާނެ. ރައީސެއް ވަޒީރެއް މަޖިލިސް މެމްބަރެއް އިސްތިސްނާ ވެގެން ނުވާނެ. މިހިރަ މިހިރަ ގަވާއިދުތައް މިހަދަނީ ރައްޔިތުންނަށް ދުއްޕާންކުރަން. ރައީސް ސޯލިހު ހީކޮށްގެން ނުވާނެ ތިމަންނާގެ މުޅި އުމުރަށް ވެރިކަމުގައި ހުރެވޭނެކަމަށް. ﷲ އިރާދަ ކުރެއްވިއްޔާ ދާދި އަވަހަށް މި މުސީބާތުން މިރާއްޖެ ސަލާމަތް ކުރައްވާނެ. ވެރިކަމަކީ ތިމާމެންގެ މޮޅުކަމުން ގަދަބާރުން ލިބުނުކަމެއްކަމުގައި ހީކޮށްގެން ނުވާނެ. ވެރިކަން ދެއްވިފަރާތުން އެވެރިކަން ގެންދެވުމަށް އިރާދަކުރެއްވުމުން ލަހެއް ފަހެއްނުވާނެ.
" ރަހެއް ވެރިއެއް ކަލޭފާނެއްގެ ބާރެއް ނުމެހިނގާ ދުވަހެއް،
ލަހެއްނުވެ އާދެޔޭ ކުރިމަތިވަމުން އެބަ ހައްގުވެރި ގޮތުގައި "
ބަދަލަކަށް އެދުނީ، ތިއަންނަނީ ބޯކޮށް
ބަރާބަރު. ސަލާން ބުނާ މީހުން ސަލާން ބުނަނީ ގިނަފަހަރު ބަލިވެގެން ނެތް ނޫން. ހޭލެވޭ ގޮތުން ވެސް، އުޑުމަތި އޮންނަ ގޮތުން ވެސް ނިދާކަން ވެގެން ބުނާނީ ސަލާމް. މަސައްކަތަށް އެއްވެސް ލޯތްބެއް، ޒިންމާދާރު ކަމެއް ނެތް. އެކަމަކު ބަރާބަރަށް މުސާރަ ނަގައިގެން 30 ސަލާމް ހުސް ކުރަން ޕްލޭން ކުރާނެ. ދިވެހިން ދިވެހިންގެ ގޮތުގަ، ފަރުވާކުޑަ ކަމުގަ ހައްދުފަހަނާ އަޅާފަ. ހެޔޮ ބަދަލެއް ވެއްޖިޔާ އެވީ ސިޔާސީ ކަމަކަށް ހަދަން.
ސަލާން ބުނާ ކޮންމެ ދުވަހަކު ހައްގު ގޮސް ބަލަނީތޯ ސަލާން ސައްހަ ތޯ ނުވަތަ ނޫންތޯ ތިޔައީ އަހަރެމެން އެންމެންނައްވެސް ދެކެ ފަރިތަ ވައްތަރުގެ ވާހަކަ އަނެކާގެ ވާހަކަ ނުދައްކާ ނިކަން އޮފީހައް ދުރުވޭ ގޮސް އެންމެން ކައިރީގަ ކިޔާ ތިޔައީ މޮޅުވުމެއް ނޫން
މމމަޖްލިސް މެންބަރުން ވަރިހަ މަ ގަވައިދުން ހާޒިރު ނުވިޔަސް...އެތައް ބައިވަރު ލާރި ތަކެއް މުސާރައަށް ލިބޭ މީހުން...ދެން ތި އިސްލާހު ފާސްވީ މާ މައިގްރޭން ހުރެގެން ބޭސްކައިގެން ރެސްޓު ކޮށްގެން ރަނގަޅުވާ މީހާވެސް އެތައް ލާރި ތަކާއި ވަގުތު ތަކެއް ދުއްވާލާފަ ތި ސެޓްފިކެޓެއް ހޯދަން ދާން މި ޖެހެނީ..ދެން އަނެއްކާ ބައެއް ކަހަލަ ދާއިރާގައި މަސައްކަތް ކުރާ މީހުން ( އެޑިއުކޭޝަން ދާއިރާ ކަހަލަ) ނޯންނާނެ އަހަރީ ޗުއްޓީ އެއް..ބުލޮކް މޯޑަށް ކިޔަވާއިރު ކިޔަވަން މިދާން ޖެހެނީ ކޮން މެސް އެއްދުވަހެއް ސަލާ މް ބުނެފަ...އައިޖީ އެ މް އެޗް އަށް ޑޮކްޓަރަށް ދައްކަން ގޮސް އެއްދުވަސް ހަތަރު ދަ މު އެތާ...ކްލިނިކް އަކަށް ގޮއްސިއްޔާ ރ450 އަތުން ދާނެ... މިއުޅެނީ ބިލްތައް ދައްކާފަ އަނގަޔާ އަތާ ދި މާނުވެގެން...އިސްލާހު ވެސް ހުށައަޅަން ވާނީ ރައްޔިތުންނަށްވެސް ވާނެ އުނދަނގުލަށް ވިސްނާފަ.
މައިގްރޭން ހުންނަ މީހުން އޭގެ ސަރޓިފިކެޓެއް ހޯދާ. އޮފީސްތަކުގެ މީހުން ސަލާ މް ބުނުން ހައްދުން ނެއްޓީ މަ ތިހެން ހަދަން ފެނޭ
ހަމަރަނގަޅު... އަދިވެސް މާރަނގަޅު ބަބަޔަކަށް ވެގެން ހޮވާ... އަދި ރަނގަޅުވާނެ... އިންސާފު ތިލިބެނީ
ޕީރިއަޑުގެ ޙާލަތުގައިވެސް ދެން ސަލާމް ނުބުނެވޭނެ.
ފެއިލްވެފައިވާ ސަރުކާރު
ސަރުކާރުން ކުރާނެކަމެއް ނެތިގެން އުޅޭހެން ހީވަނީ... އަދި މިސަރުކާރު އައީ ރައްޔިތުން ފެލުމާ ރައްޔިދުންނަށް އެއްޗެއް ދޭވެން އޮންނަ ހުރިހާ މަގެއް ހަނިކުރަން
މީހަމަ މުވައްޒަފުންނަށް ހުރި އޯގާތެރިކަމެއްގެ ސަބަބުން ހުށަހާޅާލިބިލެއް.
ދެއުޅި އެއްނުވާ މީހުންނަކަށް ނޭންގޭނެ ކަންކަމަށް ޤަވާއިދު ހަދާކަށް. ބުރާންތިވެފައި ތިބޭ މީހުން އަބަދުވެސް ބުރާންތި ހާލަތުގައި ތިބެންޖޭނީ.
ސިޔާސީ މީހުން ނޫން މީހުންނަށް ވީމަ ހެޔޮ ކޮންމެ ގޮތެއް ހެދިޔަސް؟ ހީކުރީ ވަރަށް ރަނގަޅު ސަރުކާރަކަށް ވާނެ ކަމަށް.
މިނިމަމް ވޭޖް އެންމެންނަށް ދޭނަމޭ ބުނި، އެވެސް ވަކިބަޔަކަށް، އޯޓީ ދިނުމެއް ނުވޭ. އަނެއްކާ އަނެއް އުނދަގޫ.. ހުރިހާ ރައްޔިތުން ސިޔާސީ މަޤާމެއް ލިބޭތޯ ދޯ އުޅެންވީ
ވެލްކަމްތު ފުލް ޔެލޯ
މިސަރުކާރުން ވައްޓާލުން ނޫން ގޮތެއް ނެތް މިހާރުދެން އަތްފައި ކަނޑަންފެށީ ..މިދަނީ ސިވިލް ސާރވިސް ކޮމިޝަން އުވާލުމާ ދިމާލަށް. 3ބާރު އެކަމު ހުރިހާކަމެއް އެއްބާރުން ނިންމަނީ..މެޖޯރިޓީދިނީމަ ވަރަށް ތާހިރެއްނު ތައް
ބައެއް މީހުންނަކީ ޕީރިއަޑް ވުމުން އެތައް ކަމެއް ތަހައްމަލުކުރާ ބައެއް. ހަމަ ކޮންމެ ފަހަރަކު ޑޮކްޓަރަށް ދައްކާފައި ސެޓްފިކެޓް ހޯދޭތަ؟ ރައްޔިތުންނަށް ދަތި ނުކޮށް ވެރިކަން ކުރަންޏާ ކޮށްބަލަ. މީ އަޅެ ތިބައި މީހުންގެ އަޅުންތަކެއްތަ؟؟ ބަޔަކަށް ހެވެއް ލިބިދާނެތީ ހީވަނީ މޮޔަތަކެއް ވާހެން. ތިއަށް ވުރެ ރަނގަޅުވާނެ ކޮންމެ މަހެއްގައި ވެސް ޕީރިއަޑް ވާ ދުވަސް ޗުއްޓީއެއްގޮތަށް ހަމަޖައްސައިދިނަސް. ގައިމު ހިތް ހަމަ ޖެހިގެން މަސައްކަތްކޮށްލެވޭނެ އޭރުން. ރައްޔިތުންނޭ ކިޔާފަ ތިބެނީ ކަލޭމެން ބޭނުންހާ އެއްޗެއް ހަދަން ތިބޭ ބައެއް ނޫނޭ!!!!!
މުޅިއަކުން ގޯހެއް ނޫން. މިހާރު އޮންނަ ގޮތުން ބަލިނުވެ ސަލާމް ބުނާ މީހުން ވަރަށް ގިނަ. ހެނދުނު ހޭލާއިރު އިތުރަށް ނިދާލާހިތް ވިޔަސް އެ ދުވަހު ސަލާމް.
ޥާނެ ހުރިހާ ކައުންސިލް ގޮޑިޔެއް މިބަލާވެރިކަމަށްދޭން! ޢެމީހުން ބޭނުން ގޮތެއް ހަދައިގެން މިފަސްގަޑުގައި އުޅެވެންއޮތީ!
ތީކުރަން ހަމަ ރަގަޅު ކަމެއް
ފުރަތަމަ ކަމަކަށް ކުރަންވީ ކަމަކީ ސިވިލްސާވަންޓުންނަަށް މުސާރަޔާއި އިނާޔަތްތައް އެކަށީގެންވާވަރު ކުރިން ދެންކުރަންވީކަމަކީ ސިވލްސާވަންޓުންނަށް މަޤާމްގެ ކުރިއެރުން ލިބޭނެ ނިޒާމެއްްޤާއިމް ކުރުން ކުރާ މަސައްކަތާ އެކާށީގެން ވާވަރަަށް އުޖޫެރަ ނުދީ ލިބޭ އެތިކޮޅުވެސް މަދުކުރާނެ ހުރިހާކަމެއް އެބަކުރޭ ފުރަތަމަ އިތުރު ގަޑި ހެދުން ހުއްޓުވީ ދެން ސަލާމް ބުނުން ވިސްނާލަބަލަ ސިވިލްސާވަްޓުން އުޅޭ ޙާލު މިނިވަން މުއައްސަސާގެ ޕިޔޯނަކަށްވެސް ލިބޭ ސިވިލްސާވިސްގެ ޑިރެކްޓަރަކަށް ލިބޭ ވަރު ސަރުކާރުގެ ވަޒީފާ ތަކަކީ 2008 ގެ ކުރިން ކިހާ ފަހުރުވެރި ވަޒީފާތަކެއް އިތުރަށް ރަގަޅު ކުރަން އުފެއްދި ސިވިލްސާރވިސްގެ ޙާލުބަލާބަލަ 20 އަހަރު އެއްމަޤާމެއްގަ ހުއްޓަކަސް 1 ރުފިޔާވެސް އިތުރެއް ނުވޭ
ނިކަމެތި މުވައްޒަފުންނަށް ޖެއްސުން ކުރަން އެއްވަނަ ސަރުކާރު ހަމަ.
މަތިމައްޗަށް ޑިގްރީ ހަދައިގެންވެސް މިއުޅެންޖެހެނީ ކޭންބުއިމަށް ލާރި ނުލިބިގެން. ލިބޭ މަދު އެތިކޮޅުވެސް ނުދޭން ލައްކަ މަސައްކަތް އެބަ ކުރޭ.
އަނެއްކޮޅުން އެއްވެސް ކޮލިފިކޭޝަނެއް ނެތް ސިޔާސީ މީހުންނަށް ބޮޑު މުސާރަ ދީފަ އެމީހުން ހަމަ އިތުރު ކުރަނީ. ކުރާ އެއްކަމެއްވެސް އޮތީކީ ނޫން އޭގެން މީހެއް! ރުޅިނައިއްޔާ ދެރަ ދެން!
އެންމެން ވަޒީފާއިން ވަކިކޮށްފައި ރޮބަޓް މުވައްޒަފުންނަށް ހަދަންވީނު. މަޔަކަށް ބަފައަކަށް ކުއްލި ހާލަތެއް މެދުވެރިވެގެންވެސް އެއިންމީހަކަށް ފަރުވާއެއްދޭން ތަނަކަށް ދާންވިޔަސް އެމީހުން މަރަށް ތެޅެންބާއްވާފައި ފުރަތަމަ ސެޓްފިކެޓެއް ހޯދާކަށް ނުޖެހޭނެ. ރަނގަޅު މުވައްޒަފުނކޮޅުވެސް ދެންކެނޑޭނީ.
ހިދުކޮޅު އަންނަ މީހުން ހޮވަންޏާ ވާނެގޮތްމިފެންނަނީ
=ރާއް ޖެރައްޔިތުން=
ކުރިއަށް ކުރިއަށް ބާރަށް ކުރިޔަށް. ލާދީނީ މީހުންނަށް ވިކުނީމަ ވާނީ މިހެން.
މަޖިލިސް ވެސް
ދިވެހީންނަކީ ނަރެއްހައިތަން ދޫކޮށްލިއްޔާ ކެނބެއްހައިތަން ދަމައިގަންނަ ބަޔެއް!
ވަޒީފާގެ އަޚްލާޤު މުވައްޒަފުންނަށް ވަރަށް ގަދަޔަށް ކިޔަވައިދެއްވަންވެސް ޖެހޭ!
ސަލާން މަދުކުރުމަށްޓަކައި ކުރީގައި އޮންނަގޮތަށް އަހަރުތެރޭގައި އެއްވެސް ސަލާމެއް ނުބުނާ މުވައްްޒަފުންނަށް އަހަރުނިމުނީމާ އެއްމަހުގެ މުސާރަ ހަދިޔާއަކަށް އިތުރަށްދެއްވަންވީ.... އަދި ސަލާމެއް ނުބުނެ ގަޑިއެއްނުޖެހި ހާޒިރުވެއްޖެނަމަ ދެމަހުގެ މުސާރަ އިތުރަށް ހަދިޔާއަކަށް ދެއްވަންވީ.....
ސިޔާސީ މީހުންގެ މުށުތެރޭގައި ބަނދެވިގެން މީހަކަށް ސިވިލްސާވަންޓް ވެގެން ނުވާނެއެވެ. ސިވިލްސާވަންޓްގެ މުސާރަ ހަމަޖެއްސުމާއި އެއަށް މުސާރައަށް ބަދަލު ގެނައުމުގެ ބާރު ލިބިގެންވަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ސިޔާސީ ވެރިންނަށެވެ. މިކަން މިގޮތަށް ވެގެން ވާނެކަމަކަށް ޤަބޫލެއް ނުކުރަމެވެ. ސަބަބަކީ ސިވިލްސާވަންޓެއްގެ އެއްވެސް މައްސަލައެއްގެ ޒިންމާ ސިޔާސީ ވެރިން ނަގަން ނުޖެހޭ ކަމެވެ. އަދި ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ސިވިލްސާވަންޓުން ތިބެން ޖެހުމަކީ އެމީހުންގެ މިނިވަންކަން ނިގުޅައިގަތުން ކަހަލަ ކަމަކަށް ވާތީއެވެ.
ބޮޑުވަޒީރުގެ އޮފީހުން ތިއިސްލާހު ހުށަހެޅީ