ސަރުކާރުން މިހާރު ރައްޔިތުން މަޖިލީހަށް ހުށަހަޅާފައިވާ ވަޒީފާއާބެހޭ ޤާނޫނަށް ގެންނަ އިސްލާހްތައް ފާސްވެއްޖެނަމަ ސާވިސް ޗާޖް ލިބޭނީ މަސައްކަތް ކުރި ގަޑިއިރަކަށް ޖެހޭވަރު އެކަނި ކަމަށް ބުނެ ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ސަރުކާރުން ވަޒީފާއާބެހޭ ޤާނޫނަށް ހުށަހެޅި އިސްލާހް ބުނާ ގޮތުން ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކުރާ ގޮތެއްގެ މަތިން، މުވައްޒަފުންނަށް ސަރވިސް ޗާޖް ބެހުމުގައި، ކޮންމެ މުވައްޒަފަކު މަސައްކަތްކުރި ގަޑިއިރަކަށް ނިސްބަތްކޮށް، އެ މުވައްޒަފަކަށް ޙައްޤުވާ މިންވަރު ސަރވިސް ޗާޖުގެ ގޮތުގައި ދިނުމުގެ އިޚްތިޔާރު ވަޒީފާދޭ ފަރާތަށް ލިބިގެންވެއެވެ.

މަސައްކަތަށް ހާޒިރުނުވާ މުވައްޒަފުންނާއި، މަސައްކަތަށް ގަޑިޖެހޭ މުވައްޒަފުންނަށް، މަސައްކަތަށް ހާޒިރުނުވާ ނިސްބަތުން އުނިވާގޮތަށް، ސަރވިސް ޗާޖު ބެހުމުގެ އިޚްތިޔާރު ލިބިގެންވާކަމަށް އިސްހާލްގައި ބުނެފައި ވެއެވެ.

އެހެންކަމުން ބަލިވެގެން ސަލާމް ބުނާ މުވައްޒަފުންނަށާއި، ޗުއްޓީގައި ތިބޭ މުވައްޒަފުންނަށް ވެސް ދެން ސާވިސް ޗާޖެއް ނުލިބޭނެއެވެ.

ސަރވިސް ޗާޖުގެ ގޮތުގައި ވަޒީފާދޭ ފަރާތަށް ކޮންމެ މަހަކު ލިބުނު ފައިސާގެ ޖުމުލަ ޢަދަދުގެ ތެރެއިން، އިދާރީ ފީގެ ގޮތުގައި އެކެއް އިންސައްތަ ނެގިދާނެ ކަމަށް މިހާރު ހުށަހަޅާފައިވާ އިސްލާހްގައި ވެސް ބުނެފައި ވެއެވެ.

ސާވިސް ޗާޖް އިންސާފުވެރިކަމާއި އެކު ރިސޯޓްތަކުގެ މުވައްޒަފުންނަށް ނުލިބޭ މައްސަލައިގައި މުވައްޒަފުން ޝަކުވާ ކުރަމުން އަންނަތާ އެތައް އަހަރެއް ވެއްޖެއެވެ. ސަރުކާރުން މިހާރު ހުށަހަޅާފައިވާ އިސްލާހަކީ ސާވިސް ޗާޖް ކަށަވަރު ކޮށްދޭނެ ކަމުގެ ޔަގީންކަން ހޯދައި ދިނުމުގެ ނަމުގައި ވަޒީފާއާބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހެކެވެ. ނަމަވެސް ގިނަބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރުން ވަޒީފާއާބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހްތަކަށް އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

  1. ޓިނު ވަގު

    ވެއްޓެނީ އިންޝާ ﷲ..

    124
    4
    • އިންޝާﷲ

      އިންޝާﷲ

      79
      3
  2. ޢަހުރނ

    ދިވެހިންނަކި އަޑުގަދަ ކޮޅަކަށް ލެނބޭ ބައެއް.. ހައްގު ސާފު ކޮށް ފެންނަށް އޮތް އިރުވެސް ވޯޓު ދޭނީ ކުލަޔަށް

    132
    3
  3. ލޮލް

    ވަރައް ރަގަޅު. ޑިގްރީ އަދި މާސްޓާސް ފެންވަރު މީހުން ނައް ވުރެ ދަބަސް އުފުލާ މީހުންނައް ލާރި ލިބުނީމަ އިންސާފު ވެރިއެއް ނޫން

    29
    112
    • އ. ޖ. އ

      ޔެސް

      6
      39
    • އިއްބެ

      ނުކިޔަވާ އޯކޭދޯ -/86000ރ ދީފަ ބައިތިއްބަން؟

      12
      2
  4. ގުލްކަންދު

    މިހާރު ހުންނާނީ ރަންގަޅައް ރާކަނިމަސް ކެވި އަންބިދަރީންކައިރީ ނިދިފަ

    132
    3
  5. އެސޮރު

    ތިއޮތީ އުއްޗުގެ ސްޓައިލައް ގޮއްސަ ދެންވެސް ހަމަ އަތްޖަހަން ތިބެންވީތޯ އަޅުގަނޑުމެން ރިސޯޓު ބޯއީސް ތަށް؟

    108
    6
  6. އަހުމަދު

    މިފެންނަނީ އެޖެންޑާ 19 ގެ ތަފާތު ...... އަދިވެސް ވޯޓްދީ

    124
    4
  7. ހުރި ހަޔާތްކުޑަކަން

    ރައްޔިތުންނައް ބލ ޖައްސަން ވެރިކަމައް އަރާތިބި ޤަމާރުންތަކެއް. މި އެއްޗެހި ބޮޑުމުސާރަ ނަގާގެން ޙަރާން ރުފިޔާއިން ބަނޑު ފުރާގެން ތިބީމަ އެނިމުނީ. ބަލަގަ ރައްޔިތުންނޭ ތި އެއްޗެހިން ހޮވާފަ ތިތިބީ. އަދި މި ރިސޯޓު ތަކުގަ އުޅޭ އެއްޗެހިންވެސް އުޅޭނެ މި ރީނދޫ ބައިވަރު ގަނޑު ވަރެއް ނެތިގެން ވޯޓު ދީދީފަ. ކޮބާ ހީވެ ކަމެއްހެން އެ އޮތީ އަތައް ގޮވާފަ ދެން ތިބޭ އަތް ޖަހަން ހުރިހާކުދިން ދެން އަތްޖަހާ ދެންއަތްޖަހާ ????

    96
    5
    • ހިނި އަންނަނީ

      ނަޝާލަމާހޭ ކުޅެން ދަމާހޭ މަޖާ ކުރަން ގޯތި ތެރެއައް ދަމާހޭ. ????????

      56
      • ހިނި އަންނަނީ

        ރިސޯޓު ވަޒީފާ ދޫކޮއްފަ ހުރިހާކުދިން ނަޝާފަ ????އަ?ތް?ޖަހަން އާދޭ. އަތު ގުޅާލާާ އެން މެހާ ދިވެހިން އެކީ ވޯޓުލާން ދުވޭ.ޤައު މު އަދު ގަޑުބަޑު ކުރު މައްމު ލާދީނީ
        ބައިގަނޑު މި ގޮވާގޮވުން ޤައު މު ދެކެ ލޯބިން ނިކަން އަދު ހުރިހާކުދިން އާބަސްބުނޭ.???

        45
        1
  8. ޝާހް،ރ.ވާދޫ

    އެހެންވިއްޔާ އެމީހުންގެ ބޭސިކް ސެލަރީވެސް ބޮޑުވާންޖެހޭ. ރިސޯޓް މުވައްޒަފުންނަށް، ލިޔެފަ އިންނަ މުސާރައަކީ ވަރަށްކުޑަ މުސާރައެއް. ބޮޑުބަޔަކީ ސާވިސްޗާޖް. ތިހެން ހެދީމަ ޗުއްޓީއަށް ގޮސްހުންނަ މީހާއަށް ލިބޭނީ ވަރަށް ކުޑައެއްޗެއް. އަނިޔާވެރިކަން މިފެންނަނީ.

    86
    1
  9. އަންނި

    ތިކުދިންނަށް ދެރަގޮތެއް ވިޔަކަ އަޅުގަނޑު ނުދޭނަން... އަޅުގަނޑުމެންއަށް ވޯޓު ދީގެން މަޑުން ތިބެބަލަ..

    48
    7
  10. ޒާ

    ކަލޭމެން ރިސޯޓްތަކުގައި ވަޒީފާ އަދާކުރާމީހުން ބާރަށް އަތްޖަހާ. ތީ ކަލޭމެން ނުގެނެވިގެން ހުރިހާ ރިސޯޓް މުވައްޒަފުން އެކަތިގަނޑަކަށްވެގެން ގެނައި ސަރުކާރު. ދެންތިބޭ ލޮލީބޯން.

    85
    1
  11. ޢެގަންޖާ 19

    ރެސޯޓުބޯއިސް ދެންވެސް ހަނުތިބޭ..ކުރަންވީ ކަމަކީ ކައުންސިލްއިންތިހާބުން ސަރުކާރު ފޭލިކޮއްލަންވީ..ކިތަންމެވަރަކަށް އަޑުއުފުލިޔަކަސް މިސަރުކާރަކުން ބަލައެއް ނުގަންނާނެ # ..ވަރަށްވާހަކަ#

    69
    2
  12. ރިސޯޓުކުއްޖާ

    ރީނދޫ ކުލަ މަތިންވެސް ފޫހި ވެއްޖެ!

    71
    1
  13. ރބޯއިސް

    މިއީ އަހަރުމެންގެ ސަުކާރު. މިސަރުކާރުން އަހަރުމެނަށް ހައްގުމިންވަރު ހޯދާދޭނެ. ފަހަރުގައި ލިބޭއެއްޗެއް މަދުވެސްވެދާނެ އެކަމަކު ހައްގުމމިންވަރު ލިބޭނެ.

    32
    28
  14. ކޮރަލް

    ހުށަހެޅި އިސްލާހުގެ ސަބަބުން މިހާރަށް ވުރެ ގޯސް ވާނެ އެވެ.

    51
    3
  15. ޢަލިފުޅު

    ދެން އަތްޖަހާ....

    42
    1
  16. އ. ޖ. އ

    ތިޔައީ ތިކަން ކުރަން އެންމެ ރަނގަޅު އުސޫލު

    10
    24
  17. މަ ހީ ހީ

    ހައްޤުވީ މިންވަރު .. މަ ހީ ހީ... އަނބި ދަރިންކައިރީ ނިދިފަ ތިޔަހުރީ. ހަ ހަ ހަ. އަލްހަމްދުﷲ! ފޭހުނު އިލޮށިގަނޑު ލޮލަށް. އަދިވެސް ވޯޓުދީ! ދަމުން ދަމުން ގޮސް ދެމީދާފެހި ބުޅަލަށް ވީވަރުވެސް ނުވާނެ.

    49
    1
  18. ޔޫލް

    ދެން ބާރަށް އަތް ޖަހާ. ރިސޯޓް ބޯއީސްގެ މެޖޯރިޓީ ކުލަޔަކީ ޔެލޯ. ހަމަ ހިނި އަންނަނީ

    35
    • ސާން

      ހެހެހެ.. ނިގޫ ފިތިއްޖެ ރިސޮޓް ބޯއީސް..

  19. ބޮޑު ހަސަންބެ

    ހެޔޮވެރިކަން ދޯ މި ކުރަނީ. ރީންދޫ ކުދިން ބޭނުންވަނީ ރާއްޖެ އިންދަ ޖައްސަން.

    34
  20. މިންވަރު

    މިއީ ދޮއްތޮ އެމްޑީޕީން އެބުނާ ހައްގުވާ މިންވަރަކީ؟ ހައްގުވާ މިންވަރު ލިބި ނިމެނީ. ވަލްހަމްދުލިއްލާހި.

    29
  21. ސުނާ

    އަދިވެސް ވޯޓް ދީފައި ބަހައްޓާ??. އިންތިޙާބު ކުރިއަށް ދިޔަ ދުވަސްކޮޅު ކަލޭމެން ނުބާއި ހިންޔަކުން ހިނިއައިސްސަ ތިބެގެން ބުއި ބޮނޑީގެ ކަރުތެރޭގައި ލާހެން މިހާރު މަށައް އެބަ ހީވޭ! ދެން ލަލަލާ

    23
  22. ދަރަނި ދަންތުރަ

    ކޮބާ ރިސޯޓު ބޯއިސް އަލިފާން ކެވިއްޖެ ދެންބާރަށް އަތްޖަހާފަ ގޮސް ތިލަފަތަށް ވޯޓުލާ އޭރުން ހުއްނާނީ ރާކަނިމަސް ކެވިފައި....

    25
  23. ތިޔަވި

    ޙައްޤު ހޯދަން މަސައްކަތްކުރާ ފަރާތްތަކަށް ދަތި
    ކުރުން ނޫން ކަމެއް ނޯންނާނެ މިހާރު ބޮޑާހާކަނި

    18
  24. ޢަހްމަދު

    ޢުންމީދު ކުރަން ކުރިން އިންތިހާބު ތަކަށްވުރެ ރަނގަޅު ކާމިޔާބީއެށް މި އިންތިހާބުންވެސް ރިސޯޓްތަކުން ކުދިންކޮޅު ހޯދަދޭނެ ކަމަށް.މީ އެންމެ ގިނަ ރިސޯޓް ބޯއީސް ބޭނުންވި ގޮތް.

    8
    2
  25. ހަޖަމް

    އެންމެ ހެޔޮފުޅު ސަރުކާރުގައި ތިޔަހެރިކަންތައްތައް ވާނެ

    7
    1
  26. ީއިންސާފުވެރި ވެރިންނޯ...

    އަނިޔާވެ ރިކަން ބޮޑުކަމާއެވެ.........
    ވެ ރިކަމަށްއާދެވެނީ އާންމު ރައްޔިތުންގެ ފައިބުޑުންކަން ހަނދާން ނައްތާލައިފި...

  27. މާއުނގޫދޫ

    ތިބިލް ފާސްވެއްޖެނަމަ އެމްޑީޕީ އަށް ވޯޓް ހަ ރާން.

  28. މމސ

    ނަތީޖާ މިފަހަރު ބަދަލަކަށް ލޯކަނު އިންތިހާބުގައި އަޅުގަނޑު ވޯޓް ދޭނީ .... މިސަރުކާރު ބޮޑުތަނުން ފެއިލް ވެއްޖެ

  29. އަޖޭ

    ބަލިވެގެން ސަލާމް ބުނާ މުވައްޒަފުންނަށާއި، ޗުއްޓީގައި ތިބޭ މުވައްޒަފުންނަށް ވެސް ދެން ސާވިސް ޗާޖެއް ނުލިބޭނެއޭ؟؟؟. ވަރައް ހެއްވާ!!! މިއީ ދެން ޖޯކެއްތަ އަޅެ. ފިކްސް ކޮއްފަ ބެހެއްޓީމަ ކޮބާ މައްސަލައަކީ.؟ ވަޒީފާ ކުރަން އޮންނަނީ 8 ގަޑި އިރު. ދެން ހީވޭތަ އިތުރުގަޑި މަސައްކަތް ކޮއްފިނަމަ އިތުރައް ލާރި ދޭނެހެން؟؟ ނުދޭނެ. އަހަރެންނަކީ 8 ގަޑި އިރައްވުރެން ގިނަގަޑި މަސައްކަތް ކުރާމީހެއް، ލިބެނީ ކުޑަ އެތިކޮޅެއް. ދެން ވަރައް ހެއްވާ

  30. ސަނީޒާ

    ސޭކު ދިވެހީންނައް އަބަ ދުވެސް ވާނީ ހަމަ މިވަރު.. ދިވެހީންނަކީ ލޯ އަނ ދިރި ކަންފަތް ބީރު ވިސްނުންކޮށިބަޔެއް.. ދަންތުރަތަކުގަ އެންމެފަސޭހައިން ޖެހޭނީވެސް ދިވެހީން.. އަ ދި ކަރަޕްޝަނާއި ވައްކަމުގެ ފައިސާގަ އެންމެ އަވަހައް ހިފަނީވެސް ދިވެހީން.. މިހާރު އަ ދި ދީނެއްވެސް ނޯވޭ.. ބޭނުންވަނީ ޖާހާއި ފައިސާ.. އެއީވެސް މަސައްކަތެއް ނުކޮއް.. ހަމަ އެކަނި އަނގަ ތަޅައިގެން. ދެން މި ފަސްގަނޑުވެސް ދުވަސް ކޮޅަކުން ދިވެހީންނައް ގެއްލޭނެ. މިހާރު މިތިބަ ދިވެހީންނަކައް މިނިވަން ދައުލަތެއް ހައްގެއްވެސް ނޫން.

  31. ޙަސަނާ

    ކޮންމެކަމެއްކޮންގޮތަކައް ނިންމިއަސް ރިސޯޓުމުއައްޒަފުން އެމްޑީޕީ އައް ކުރާތާއީދު ހުއްޓުވައެއްނުލެވޭނެ އުފަލާމަޖާ އޮތީ އެމްޑީޕީގަ ފިކުރެއްވެސްއޮތީ އެމްޑީޕީގަ ވީމަ މިފިކުރެއްދުލެއްނުކުރެވޭނެ...