ބާރުތައް ހަމައެކަނި ސަރުކާރުގެ އަތްމަތީގައި އޮވެގެން ތަރައްގީއެއް ނުލިބޭނެ ކަމަށް ވެރިކަންކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީ އިން ބުނެފިއެވެ.

އަންނަ ލޯކަލް ކައުންސިލް އިންތިހާބާއި ގުޅިގެން "ރަށްވެހި ފަތިސް" ކެމްޕޭން ލޯންޗުކުރުން އިއުލާންކުރުމަށް މިއަދު އެމްޑީޕީގެ ކެމްޕޭން އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ސްޕޯކްސް ޕާސަން އަފްޝާން ލަތީފް ވިދާޅުވީ، ކަންކަމުގައި ގޮތް ނިންމުމުގެ ބާރަކީ ހަމައެކަނި ސަރުކާރުގެ އަތުގައި އޮވެގެންވާނެ އެއްޗެއް ނޫން ކަމަށެވެ. އަދި ތަރައްގީ ލިބޭނީ އޭގެބަދަލުގައި ގޮތް ނިންމުމުގެ ބާރު ރައްޔިތުންގެ އަތުގައިވެސް އޮވެގެންކަން އޭނާ ފާހަގަކުރިއެވެ.

"އެމްޑީޕީ އުފެދުނީއްސުރެ ދައްކަމުން އައި ވާހަކައަކީ ރައްޔިތުން ބާރުވެރިކުރެވޭނީ ރައްޔިތުންގެ ކަންކަން އެމީހުން ނިންމަން ދޫކޮށްލައިގެންނޭ. ބާރުތައް ސެންޓަރަލް ގަވަރމެންޓަށް ނުވަތަ މައި ސަރުކާރަކަށް މދޕއެތަރައްގީއެއް އަޅުގަނޑުމެންނަކަށް ނުލިބޭނެ. އެތަރައްގީ އަޅުގަނޑުމެންނަށް މިހާރު މިހޯދެނީ މި ބާރުތައް ސަރުކާރުން ދޫކުރަން ފެށީމަ" އަފްޝާން ވިދާޅުވިއެވެ.

އަފްޝާން ވިދާޅުވީ މިހާރުވެސް ސަރުކާރުން ރައްޔިތުން އަމިއްލައަށް ގޮތް ނިންމުމުގެ ބާރު ދެމުން އަންނަ ކަމަށެވެ. އަދި ސަރުކާރުން ބާރުތައް ދޭން ފެށުމުން، އެކަން ފެނިގެން ދަނީ ތަރައްގީ އަންނަ މިންވަރުން ކަމަށް އަފްޝާން ވިދާޅުވިއެވެ. އަދި ކައުންސިލްތަކަށް ލިބެންޖެހޭ އަސާސީ ރައުސުލްމާލުތަކާއި ބޮޑު ބަޖެޓު ދިނުމުން ކައުންސިލްތަކުގެ މަސައްކަތްތައް ރަނގަޅުވާ މަންޒަރު ފެންނަ ކަަމަށް އޭނާ ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ އަމާޒަކީ، ކައުންސިލްތައް ލާމަރުކަޒީ ގާނޫނާއި އެއްގޮތަށް ކުރިއަރުވައި، ކައުންސިލްތަކުގައި އަންހެނުންގެ ދައުރު ފުޅާކުރުން ކަަމަށާއި، އެ އަމާޒަށް ވާސިލްވުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މިހާރު މިއޮތްގޮތަށް ކައުންސިލަރުން އިންތިހާބުކުރުމަށް ފަހު، އެކައުންސިލަރުން ވާނީ އަމިއްލައަށް ރަށުގެ ތަރައްގީއަށް މަޝްރޫތައް ހޯދުމަށާއި މަޝްރޫތައް ކުރިއަށް ގެންދިއުމަށްފުރިހަަމައަށް އެއްބާރުލުން ދޭނެ ބަޔަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އެޖެންޑާ19

    ރަށްވެހި ފަތިހުގެ ދަށުންތަ ރަށްރަށުގަ ފަތިސް ދަޅައިގަ ދެމަފިރިން ނިދާފަ ތިއްބާ މީހުންވަދެ އަންހެނުންނަށް ޖިންސީ ގޯނާ ކުރަނީ

    12
  2. ުދުންމާރި

    އެންމެން އަންބާކިޔާފަ ނިކުމެ ލޯކަލް ކައުންސިލް އިންތިހާބު އެމް ޑީ ޕީ އަށް ހޯދައިދޭށެވެ. އެއިރުން ރާއްޖެތެރޭގެ ހުރިހާ ރައްތަކަކަށް ބޮޑު ބަޖެޓް ދޭނެއެވެ. އެއިރުން އަސްލު ޖަޒީރާ ރާއްޖެ ފެންނާނީ، ރާއްޖެތެރެ އެކަކުވެސް މަސައްކަތެއް ހޯދާކަށް، ބޭސްފަރުވާއަކަށް، ކުއްޖަކަށް ކިޔަވައިދޭކަށް ތަނަކަށް އެއްވެސް ތަނަކަށް ދާކަށް ނުޖެހޭނެ. ރަށު ރައްޔިތުން އަތިރިމަތީ ހޮޅުއަށިތަކުގައި އަނގަނައިގެން ތިބީމަ ނިމުނީ

    15
    1
  3. ބުރުސްލީ

    މީކޮންކުއްޖެއްތަ މިކޮސްގޮވަނީ. ތިންބާރު އުފެދުމުގައިވެސް އެއްތަނުގައިވާހިނދު ތަރައްގީކުރެވޭނީ ތިންބާރުވެސް މިސަރުކާރުގައި އޮންނަހެން އެކެއްގެ ކޮންޓުރޯލުގައި އޮވެގެން.

  4. ތަރައްގީ ޕީޕީއެމް

    އަފްޝަންބުނިހެން ކައުންސިލްތަކައްބާރުދީގެން ތަރައްގީކުރާނަމަ ޕީޕީއެމްނޫންބަޔަކައް އެތަރައްގީއެއް ގެނެސްނުދެވޭނެ އެއީޕީޕީއެމްގެލީޑަރޝިޕްގަހުރީ ތަރައްގީގެބާނީ އެކަން ޚޮދުއެމްޑީޕީންވެސްގަބޫލުކުރާކަން އަފްޝަންގެ ވާހަކައިންވެސް އެއެނގުނީ އެހެންވީމާ ޕީޕީއެމްއައްވޯޓްދެއްވާ

    15
    1
  5. ބްރޯ

    ބޭކާރު ވާހަކަ ނުދައްކާ .ދިވެހި ގައުމު ތަރައްގީކުރެވޭނީ ސަރުކާރުން ކުރީމް އިންޑިޔައަށް ބަލަބަލަ ތަރައްގީ ވެތަ؟ 30 ލޯކަލް ގަވަނމަންޓް އަމިއްލަވެރިކަން ހިންގާ 30 ސަރުކާރު އެކަމަކު ދިވެހި ގައުމަޥަ ވާވަރުވެސް ނުވޭ.ދިވެހިގައުމު ތަރައްގީ ފަހަތައް ދިޔައި ތިޔަ އުފެއްދި ކައުންސިލް އިދާރާ ތަކެއްގެ ސަބަބުން. އިގިރޭސި ވިލާރުގެ ބާރުތައް ކައުންސިލަތަކަށްދިނީ އެސިޓީތަކައް ގެންނަންޖެހޭ ފުރިހަމަތަރައްގިއާ އާމްދަނީ ސަރުކާރުންގެނެސްދިީފަ އޭގެފަހުން ދިވެހި ގައުމު މިވަނީ 3 ވަނަ ދުނިޔޭގެ ތަރައްގިގަ އޮވެފަ ދުނިޔޭގެ 1 ވަނަ ދަރަޖައިގެ އެޑްމިނިސްޓްރޭޓިވް އޮނިގަނޑެއް ގާއިމްކޮށްފަ. މިކަމުގެ ސަބަބުން ދަވްލަތަށް ލިބޭ އާމްދަނީދަނި ގިނަ ބައިތަކަށް ބެހި ބޭކާރުވެގެން. އާމްދަނި އިން ތަރައްގިއަށް ހަރަދުކުރެވެނީ މަދު މިންވަރެއް.މި ހިސާބުންވެސް މިނަގާ ކައުންސިލަރުން އިންތިހާބުކުރުން ހުއްޓާލާ ގައުމު ތަރައްގީގެ ބާރު ދުވެއްޔަކަށް ދާން އެބަޖެހޭ. އަދި ދިވެހިގައުމުގަ އަބާދީ ބެހިގެން މީހުން ދިރިއުޅޭނީ ގައުމުގެ ކިތައްރަށުގަ ކަމާ އެ ރަށްރަށަށް ސިޓީ އެއްގެ ދަރަޖަ ދިނުމަށް އާމްދަނިއާ ހިދުމަތްތައް ގާއިމް ކުރެވިފައި ހުންނަންޖެހޭ މިންވަރު ގާނޫނުއަސާސީގަ ކަނޑައަލަން އެބަޖެހޭ އާބަދީ 10000 ހަމަވެ ސިޓީ ކިޔާއިރު ސިޓީ މިއޮންނަނީ 200 މީހުންގެ އާބާދީގެތަރައްގީއާ އެއްހަމައެއްގަ މިއަށް މިކިޔަނި ކޮންސިޓީއެއްބާ؟

  6. ބަރު

    ބާރުތައް މިހާވަރަށް އެއްކޮށްލާ މުށުތެރެއަށްލީ ސަރުކާރެއް މިހާތަނަށް ރާއްޖޭގައި އުފެދިފަނުވެ. މީ ލާމަރުކަޒީ ނިޒާމްދަންނަ ބަޔެއްނޫން. ކުޅުދުއްފިށި ޖަޒީރާއިންވަކިކޮށް ބޮޑުކޮށް ސިޓީއަށް ހަދާފި. ސިޓީކައުންސިލްގެ ރައީސް ހޮވަންވެސް އަދި އަތޮޅުކައުންސިލްގެ ރައީސް ހޮވަންވެސް އެމީހުންވޯޓްދޭނެ. ކުޅުދުއްފުށީގެ މީހުންގެ އިތުރުން އަތޮޅުކައުންސިލްގެ ރައީސްހޮވަން އަތޮޅުގެ އެހެންހުރިހާރަށެއްގެ މީހުންވެސް ވޯޓްދޭނެ. ޢެކަމަކު މުސާރަބޮޑީ ސިޓީކައުންސިލްގެ ރައީސްގެ. ބާރުތައް ގަދައީ ސިޓީކައުންސިލްގެ ރައީސް މީ ޤާނޫނު ހަދަންނުދަން ލާމަރުކަޒީ ނިޒާމްނުދަންނަ ބަޔަކު ހަދާފައޮތް ތާކުންތާކު ނުޖެހޭ އެއްޗެއް. އަތޮޅު ކައުންސިލް އިފީސް ހުންނަނީ ސިޓީކައުންސިލް އޮފީހުގަ. މީ ކޮންބައެއް؟

  7. ހޮލޯކާސްޓް

    ތަރައްގީވާނީ ދެމަފިރިން ނިދަން އަރާ ގަޑީގައި ފުރިމީހާ ނިންދަވާ ކައިރިއަށް އެހެން މީހެއް ވެއްދުމަކުން ނޫން. ނޫނީ ދެމަފިރިން ދަރިފުޅު ގެއަަށް އެއްލާލާފައި އައިސް ސިޔާސީ ކަންކަމުގައި ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން އުޅުމެއްވެސް ނުމެނޫންމެ ތަރައްގީއަކީ. ކަމަނާގެ ނަޒާހަތްތެރިކަން އިގޭނީ ފިރިމީހާ މާލެ މޭޔަރު ކަމަށް ކުރިމަތިލާ ނަގާ ވޯޓުން.

  8. ޖަރީމާ

    ބަނޑު ހަންގަނޑޭ ކިޔާބަލަ. އެހެންވެދޯ ސްޕްރީމް ކޯޓާ, އެތަންމިތާ ބަގުޑި ބައްދަނީ ސަރުކާރުން.