ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓެރީ އައިމިނަތު ޝައުނާގެ މައްޗަށް ކޮރަޕްޝަންގެ ސީރިއަސް ތުހުމަތުތަކެއް ކޮށް އަމިއްލަ ފަރާތަކުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް މައްސަލައެއް ހުށަހަޅައިފިއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާއަށް އެޑްރެސްކޮށް ފޮނުވާފާއިވާ ސިޓީއެއްގައި ޝައުނާ އޭނާގެ މަޤާމްގެ ނުފޫޒު ބޭނުންކޮށްގެން ވަކި ބަޔަކަށް މަންފާ ހޯދާދޭން އުޅުނު ކަމަށް ތުހުމަތުކޮށްފައިވެއެވެ.
އެ މައްސަލަ ހުށަހަޅާފައި ވަނީ ޤާނޫނު އަސާސީގެ 119 ވަނަ މާއްދާ އާއި ޚިލާފަށް ޝައުނާ އަށް މަޤާމުގެ ހައިސިއްޔަތުން ލިބުނު މައުލޫމާތެއް އެހެން މީހަކާއި ހިއްސާކޮށްފައިވާ ކަމަށް ތުހުމަތުކޮށެވެ.
އެގޮތުން ދިވެހި ރައްޔިތުންގެ ފައިސާއިން 55 މިލިއަން ޑޮލަރު ހަރަދުކޮށްގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޤާއިމްކޮށްފައިވާ ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދިނުަމަށް ޝައުނާ ނުފޫޒު ބޭނުންކުރައްވާފައިވާ ކަމަށް އެ ސިޓިގައި ތުހުމަތުކޮށްފައިވެއެވެ.
އަދި ޓީއެމްއޭއަށް ލަފާ ދިނުމަށް އައްޔަން ކޮށްފައިވާ އެޓޯލް ކޮމިއުނިކޭޝަންގައި ޝައުނާގެ ހިއްސާ އޮންނަ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ. މީގެ ކުރިން ވެސް އެޓޯލްސް ކޮމިއުނިކޭޝަން އިން ޓީއެމްއޭއަށް ލަފާދޭތީ އާންމުންގެ ފާޑުކިޔުން އަމާޒުވިއެވެ.
އެޓޯލް ކޮމިއުނިކޭޝަންސްގައި ޝައުނާގެ ހިއްސާ އޮންނަ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދިޔައީ އިކޮނޮމިކް މިނިސްޓްރީން އޮންލައިންކޮށް އެކަން ބެލުމަށްފަހުއެވެ. އޮންލައިންކޮށް ދައްކަނީ ޝައުނާގެ ހިއްސާ އެކުންފުނީގައި އޮންނަ ކަމަށެވެ. ނަމަވެސް ޝައުނާ އެކަން ދޮގު ކުރެއެވެ. އޭނާ ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓު އަޕްޑޭޓު ނުވާ ކަށެވެ. އެގޮތުން އޭނާ ވަނީ ކުންފުނިން އޭނާގެ ނަން އުނި ކުރުމަށް އިކޮނޮމިކް މިނިސްޓްރީއަށް އިލްތިމާސްކޮށްފައެވެ.
އެޓޯލްސް ކޮމިއުނިކޭޝަންސްގެ ހިއްސާދާރެއްގެ ގޮތުގައި މިހާރު ޝައުނާގެ ބަދަލުގައި ހަރަކާތެރި ވަނީ ޝައުނާގެ ފިރިކަލުން މުހައްމަދު ތޯރިޤް ކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.
މަޤާމްގެ ހައިސިއްޔަތުން މި މައްސަލައިގައި ޝައުނާއަށް ލިބިފައި ހުރި މައުލޫމާތު، އޭނާގެ ފިރިމީހާ އާއި ހިއްސާކޮށްފައިވާ ކަމަށާއި، އެކަން އެގޮތަށް ކުރެވިގެން ނުވާނެ ކަމަށް އެ ސިޓީގައިވެއެވެ.
އެމްއޭސީއެލްއިން ޓީއެމްއޭއަށް ސީޕްލޭން ޓާމިނަލް ދިން މައްސަލައިގައި ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ދާންދޫ ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުޤައްރިރު ޔައުގޫބް އަބްދުﷲ އަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީއަށް ވަނީ ހުށަހަޅާފައެވެ.
ވަގުން ވަގު.ކޮރަޕްޝަން އިންތިހާއަށް.މިނުބައި ވެރިންގެ ކިބައިން މިގައުމު ސަލާމަތް ކޮށްދެއްވާންދޭ.
0 ޓޮލަރެސް
ޝައުނާ ގެ ހިއްސާ އޮތެވެ.
0 ޓޮލަރެސް ވީމަ ވާގޮތް ދޯ!
ކޮބާ އެއްކަލަ ހަޅޭލެވި ޔާގޫބު ބޭނިގެންހުރެދޯ މި ތެޅިބޭލީވެސް ސަހަލު އެކަތިވެސްނެތް..ހައްތާވެސް ވަގުން ވަގުންގެފޮށި ބާރައް ބަންނާނޭބުނޭދޯ...
ކޮންމެ ފަހަރަކު މި ވެރިންނާ ވެރިކަން ހަވާލު ކުރާއިރަށް މި ޒާތުގެ ކޮންމެވެސް ގަނޑެކޭ ގަންނަނީ! ކުރީގަ ވިއްޔާ ބުނާނެ ޒަކީ އޭ! މިހާރަކު އެ ބުނާ ޒަކީ އެއް ނެތެއްނު! ޔާމީނު ވެއްޖެއްޔާ ހީވި ވެރިކަމަށް އައިރުވެސް އޭނަ އަކީ އެކަހަލަ މީހެކޭ! މިވެރިން ކޮރަޕްސަނާ ދެކޮޅަށް އައިބަޔެއް ހަމަ އެއްގަނޑެއް ގަންނަތަން މި ފެންނަނީ! އުމްރާނީ ތަރައްޤީ އެބަ ފެންނަން ޖެހޭ ދޯ! އިކޮނޮމިކް މިނިސްޓަރަކަސް، ފޮރިން މިނިސްޓަރަކަސް އަދި ނުވިތާކަށް ފިނޭންސް މިނިސްޓަރަކަސް މި ފެންނަނީ ކާޓެލް ހަދައިގެން ސަރުކާރުތެރޭގަ އުޅޭތަން! ބޮނޑު ސޯބު އެނބުރޭ ގޮތަކަށް ދޯ ކުދި ސޯނބުވެސް އެނބުރޭނީ! ސިއުނާ މެން ވާ އަދި ރަނގަޅު!
މި ސަރުކާރުން ވަށްކަމެއް ނުކުރާނެ. މީ އިޙްލާސްތެރު ވަފާތެރި ސަރުކާރެއް އިނގޭތޯ. ޒީރޯ ޓޮލެރެންސް.