މެދު ރާއްޖެތެރޭ ރަށެެއްގައި ދެމަފިރިއަކު ނިދަންތިބި ކޮޓަރިއަށް މީހަކު ވަގަށް ވަދެ އަންހެން މީހާއަށް ޖިންސީ ގޯނާ ކޮށްފިއެވެ.

ފުލުހުން ވަނީ، މިފަދަ ކަމެއް ހިނގައިގެން އުޅޭ ކަން "ޥަގުތު"އަށް ކަށަވަރުކޮށްދީފައެެވެ. އަދި މިކަން ހިނގާފައި ވާކަމުގެ ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ މިއަދު ފަތިހު 6:20 ހާއިރު ކަމަށް ވިދާޅުވެފައެވެ.

އެމައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މީގެ އިތުރުން އެމައްސަލަ އާއި ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ރާއްޖޭގައި އިންތިހާއަށް ވައިގައި ހިފައިފައިވާއިރު މީގެ އިތުރު މައްސަލައެއް އިއްޔެވެސް ހިނގާފައި ވާކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. ފުލުހުން ވިދާޅުވީ މިކަންވެސް ހިނގާފައި ވަނީ މެދު ރާއްޖެތެރޭގެ ރަށެއްގައި ކަމަށާއި، އެ މައްސަލައިގައި ޖިންސީ ގޯނާ ކޮށްފައި ވަނީ 38 އަހަރުގެ އަންހެނަކަށް ކަމަށެވެ.

އަދި މިމައްސަލައިގައި ޖިންސީ ގޯނާ ކޮށްފައިވާކަމަށް ބެލެވެނީ 52 އަހަރުގެ ފިރިހެނަކު ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިދެމައްސަލާގައިވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައިވާކަމެއް ނުވަތަ ނޫންކަމެއް ފުލުުހުން ހާމަކޮށްފައެއްް ނުވެއެވެ.

ގއ. ކަނޑުހުޅުދޫގައި އުމުރުން އެންމެ ދެއަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އަށް ފަހު މީގެ ކުރިން، ފޮރުވިފައިވާ މިފަދަ ބައެއް ވާހަކަތައް ފަޅައަރަމުންދާއިރު، މިފަދަ މައްސަލަތައް ފުލުހުންނަށް ރިޕޯޓުކުރާ މިންވަރުވެސް ގިނަކަން ފާހަގަކޮށްލެވެއެވެ.

ކަނޑުހުޅުދޫ މައްސަލައިގައި ހިމެނޭ އެކުއްޖާގެ އާއިލާގެ ފިރިހެނުންތަކަކު ހައްޔަރުކޮށްފައި ވީނަމަވެސް މިފަދަ ހުރިހާ މައްސަލައެއްގައި ހިމެނޭ މީހުން ހައްޔަރުކޮށް ވަގުތުން ފިޔަވަޅު އެޅުމުގެ ބާރެއް ފުލުހުންނަކަށް ނޯވެއެވެ. މިފަދަ މައްސަލަތަކުގައި މީހުން ހައްޔަރު ކުރުމަށްވެސް އެތައް ދުވަހެއް ނަގައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ޔާމިން

    ރަށްވެހި ފަތިސް ތަފާތުވާނެ. އަދި ދި މާވާނެ ރަށްވެހި ފަތިހަކަށް އަލިވިލުނޫ މަ މާ ތަފާތުކަންކަން. ހުރޭ ބަލައް.

    122
    10
    • އ. ޖ. އ

      މިވެސް ސަރުކާރު ގޯސްވެގެން ވީ ކަމެއްތަ.. ތިޔަ ބޯދާ ހިޔާލު ދޫނުކޮށް ގައުމަށް ހަމަ ޖެހުމެއް ނާންނާނެ... ތިމާއަކީ އެއްމެ މާތް މީހާ ކަމަށް ދެކޭ ދެކުން ދޫކޮށް އަމިއްލަ ނަފްސު އިސްލާހު ކުރަންވީ

      37
      88
      • މުހައްމަދު

        ހަ މަ ނުބައިސަރުކާރެއް.

        103
        23
        • ޢަހަރެން

          ޜަނގަޅު އެއްސަރުކާރެއްވެސް
          މަށަކަށް ނުފެނެ???

          1
          1
      • ނަސްރީނާ

        ސުންޕާ ސަރުކާރެއްވީމަ ވާގޮތް މިފެންނަނީ

        14
        4
  2. ފާއިޒު

    މަތިމައްޗަށް މައްސަލަ.އެއްވެސްކަމެއް ނިމެންނޫޅޭ.ތަހުގީގު ކުރިޔަށް.ދިވެހި ރައްޔިތުންނަށް އިންސާފު ލިބޭނީ ކޮން އިރަކުންބާ؟

    82
    2
    • ފާތުން

      އިންސާފު ހޯދަދޭނީ ވެސް ކިހިނެއް މިވަރަ މީހުނާ ބެހެންޔާ

      32
      4
  3. ނަރެންދުރަމޯދީ

    ޖިންސީ ގޯނާ އަދި ރޭޕްކުރުމުގަ ރޮނގުން ރާއްޖެ އިންޑިޔާވެސް ފަހަތަށް ޖައްސާލައިފި! އެޖެންޑާ 19 ވަރަށް ތަފާތު

    101
    8
  4. މިހާރު މިރާއްޖޭގަ އަމާންކަމެއް ނެތީތޯ

    ސާބަހޭ ލާދީނީރީނދޫ ވެރިކަމެއް ފާޅުވިފަހުން މިރާއޖޭގައި ނުބައި ވެގެންވާހުރިހައި ކަމެއް ޢާމްވެއްޖެ ހުރިހިތާމަ އެއްގެ ބޮޑުކަމާއޭ ޔާﷲ މިވެރުކަން އަވަސްވީގޮތަކުން ނެތިފަނާ ކުރަށްވާށި އާމީން

    100
    9
  5. ޙަސަން

    މަޖްލިސް ރައީސް ގެ ހަމްދަރުދީ ލިބިއްޖެތޯ މިކަމުގައި، ރަށްވެހި ފަތިހު ކަމެއް ނުވާނެ މައްސަލަ އަކަށް

    67
    5
  6. ނޯ ކޮމެންޓް

    ޖަޒީރާ ރާއްޖެއަށް ފަތިސްވާ ގަޑިތަ މީ ހެހެހެހެ

    71
    3
  7. އ. ޖ. އ

    ޗަސް ޗިސް ޗުސް ކަލޯ ހުރިހާ ކުޅިޔެއް ފެށީ ފާޑެއްގެ ރީނދޫ ކުލަގަނޑެއް ޖެހިފަތިބި ބައިގަނޑެއް ޤައުމު އެބައިގަނޑު ޤައުމު ހިންގަން ނޭގިގެން ޤައުމު ފަނާކުރާއިރު ވެސް ރަށްޔަތުން ތިބޭންވީ ހަނުތަ ކަލޯ ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ ކިތަމެގިނަ ގުދުލާފަ އޮތަސް ކަލޯޔަށް ތިހިރީ ހަމަޔާ އިންސާފު ރީނދޫ ފެނުގައި ފިސާރިރަގަޅަށް ގިރައިގެން ބޮވިފަ ދެންބާރަށް ދެކޮޑުހުޅުން އަތްނެއް ޓޭވަރަށް އަތްޖަހާ

    51
    6
  8. އަނބީންނާއިފިރީންގެ ރަށްކާތެރިކަން ކަށަވަރުކުރުން

    ދެންމި5 އަހަރުނިމެން ދެން ދެމަފިރިން ތިބޭ ޑިއުޓީ ކުރަން އަނބި މީހާނިދީމަ ފިމީހާއިނދޭ އަނބިމީހާކައި ދަމަށް އެނޫންގޮތެއް ނެތެއްނު ދެން އަނބިމީހާ ތެދުވިއިރަކުން ފިރިމީ ހާނިދާނީ

    37
    2
  9. ކުޑަފޫޅު

    ކުރީސަރުކާރުގެ ސަބަބުން ހިނގާކަންކަން މިއީ ،އެސަރުކާރު ވެރިކަ މުގަ ރ. ޔާ މީންގެސަބަބުން މިހާރު އެސަރުކާރުގެ ސަބަބުން .. މިއީ އިޒްރޭލާ ފަލަސްތީނުކަ މަށް އަދުން ހުސޭނުއޮތީ ނިން މާފަ .އޭނާ އަދުން ގާނަންގެންގުޅޭ އޮޑިހަނަކީވެސް ރާއްޖެތެރޭން ހޯދި އޮޑިހަނެއް. ވ. ސަލާ މް

    31
    6
  10. ލުލޫ

    ދެން ތިމައްސަލަ ބެލޭނެ. މިއަދުވެސް އާ ނައިބެއް ލައްވައިފިވިއްޔަ!
    ދިވެހިރާއްޖޭގައި މިހާރު ބާކީކޮށްލާފައި ހަވާސާ ކޮށްލާފައި އެތިބަ، ތަޖުރިބާއާއި ތަޢުލީމާއި މިހާތަނަށް ކޮށްދީފައިވާ ޚިދުމަތުންވެސް ފާހަގަކޮށްލެވޭ އެތަކެއް ބޭފުޅުން މަގުމަތީ ދަމާކަނޑައިގެން އަނބިދަރިންނަށް ކާންބޯންދޭން ގުލާނު ކުރަނިކޮށް، ތަޖުރިބާއާއި ތަޢުލީމާއި ޚިދުމަތުގެ ރޮނގުން އެޔަށްވުރެވެސް މާމޮޅު ބޭފުޅަކު ދެއްތޮ މިއޮއް ހިތްހެޔޮ ސަރުކާރުން ހެޔޮވެރިކަމެއް ކުރަމުން މިވަޒީފާ މިދެއްވީ؟؟؟؟ އެންމެ ބޭފުޅުން ބާރަށް އަތްޕުޅު ޖައްސަވައިގެން ތާއީދު ކުރައްވާ ކައުންސިލް އެލެކްސަންގައި ރީނދޫ ޕާޓީއަށް. އޭރުން ރާކަނި ބާބަކިޔު ފިހެވޭނެ ފަރިކުޅުއްވަން!

    20
  11. ހުސެން ބޮސް

    އެހާ މިނިވަން ރާއް ޖެއެއްވީ ވާ މިނިވަން ކަމާއިއެކު ބޭނުން ކަމެއް ކޮށްލަނީ

    16
  12. ޙަސަނާ

    ރައްވެހިފަތިސް ގަ ވާނެގޮތަކީ ފަތިސްނަމާދައް ފިރިމީހާދާވަގުތު އަބިމީހާއައްޖިނންސީގޮނާކުރާނީ ދެން އެކަމާބިރުން ފަތިސްނަމާދައް ދިއުން މަދުވާނީ...19 ވަނަ އެޖެންޑާ....ޖަޒީރާރާއްޖެ...ކޮވިޑު 19 ޗައިނާ.....އެޖެންޑާ އަޖްތަކު19(އިންޑިއާ މުސލިމުންނާދެކޮޅު އެޖެނއޑާ...

  13. ދޮށިކޮއި ޢަލީގެ މުޙައްމަދު

    ތިޔައީ އެފިރިހެން މީހާގެ ގާބޫލްގައި އޭނަ ވެއްދިމީހެއް އަދި ވެއްދިޔަ ދިނީވެސް އޭނާކަމަށް ލަފާކުރެވެއެވެ ތިކަމުގެ އަޑިގައި ކޮންމެވެސް ކަމެއް ވާހެން ހިވޭ.

  14. ޢަހަރެން

    ޜަނގަޅު އެއްސަރުކާރެއްވެސް
    މަށަކަށް ނުފެނެ???

  15. ޢަހަރެން

    ގަނޑިޔަ...ފިރިމީހާ އޮތީކީއްވެފަ އެހުރިހާކަމެއްވިއިރު!!!.
    ާ

  16. ދެވަނަ އަނބި

    އަސްލު ޕޮއިންޓަށް ދޭ.! ކައިވެނި ކުރެވޭ އުމުރު ދައްްކުރުމުން. ޒިނޭ ނުވަތަ މިޒަމާނު ބަހުންނަމަ ޖިންސީގޯނާ ކުރާވަރު މަދުވާނެ. ދެއަންބަށް، ތިންއަންބަށް މީހުންނާ އިންނަން އިސްލާމްދީން ހުއްދަ ކޮށްފާ އޮނަނަނީ ސަބަބަ ތަކެކާ ހެދިކަން އެނގެން ވެއްޖެ. އެކަކަށް ވުރެ ކިނަމީހުންނާއި އިނުން ފަސޭހަ ކުރޭ. އަދި ހުސްކޮށްތިބެ އުމުރުގެ ބޮޑު ބައެއް ހޭދަނުކޮށް ދެވަނަ އަނބަށްވިޔަސް މީހަކާއިނދޭ! އެރުން މުޖުތަމައު ރަނގަޅުވާނެ.